ބިލެއްދޫ ޒުވާނުން ފަތާފައި މަގޫދުއަށް ދިޔުމުން އެ ރަށުގައި ބެރުޖަހަނީ: މިކަމަށް އަންނަނީ ފާޑުކިޔަމުން
08 ޑިސެމްބަރ 2017 - 22:56
ފ، މަގޫދޫގައި އިދިކޮޅު ޕާޓީތަކުން މިރޭ ބާއްވާ ޖަލްސާއަށް އެއަތޮޅު ބިލެއްދޫން ފަތާފައި ދާން އުޅުނު މީހަކު މަރުވުމުން ވެސް ޖަލްސާ ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
މިކަމާ ގުޅުވައިގެން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިދިކޮޅުން ބެރުޖަހައި އުފާކުރަނީ" ކަމަށެވެ. އެވެ.
"ޕާޓީ ބައިވެރިއަކު ޕާޓީ ހަރަކާތުގައި ކުއްލިއަކަށް މަރުވީމައި ވެސް ބެރުޖަހާފައި ނެށީ. އެމްޑީޕީއަކީ ގޮތެއް ފޮތެއް ނެތް ޕާޓީއެކޭ ބުނަނީ މިހެންވެ،" ނިހާން ވިދާޅުވި އެވެ.
އަދި ނިހާން ވަނީ އިންސާނިއްޔަތުކަމެއް ނެތީތޯ ސުވާލު ކުރައްވައިފަ އެވެ.
ގާތްގަނޑަކަށް ތިން މޭލަށް ވުރެ ދުރުގައި އޮންނަ މަގޫދޫއަށް ފަތާފައި ދާން މޫދަށް ފުންމާލިތާ ވަރަށް ކުޑަ ވަގުތުކޮޅަކަށް ފަހު މެޔަށް ތަދެއް އަރައިގެން ފަރުވާ ދެމުން އަންނިކޮށް މަރުވީ ބިލެއްދޫ ސާމަރާމަންޒިލް އިބްރާހިމް ނާހިދެވެ. އޭނާ މަރުވީ މެއަށް ތަދުވާތީ ލޯންޗެއްގައި ރަށަށް ގެންގޮސް، އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދޭން ފެށިތާ ސާޅީހަކަށް މިނެޓް ފަހުންނެވެ.
ބިލެއްދޫން މަގޫދުއަށް ފަތާފައި ދިޔަ ޒުވާނުންނާއެކު މެމްބަރުު ރޮޒޭނާ މަޑުކޮށްލައްވައިގެން
ނާހިދު ސިއްހީ މަރުކަޒަށް ގެންދިޔަ ނަމަވެސް، އޭނާއާއެކު މޫދަށް ފުންމާލި ސާޅީހަކަށް ޒުވާނުން މަގޫދޫއަށް ދިޔަ އެވެ. ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު ފަހުން އެ ޒުވާނުން މަގޫދުއަށް އެރުމުން އެ ރަށުގައި ތިބި އިދިކޮޅު ފަރާތްތަކާއި ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔެވެ. އެގޮތުން އެ ޒުވާނުން އެ ރަށަށް އެރުމުން އެ މީހުންގެ ކަރުގައި މާފަތި އަޅުވައި، ބޮޑުބެރު ޖެހި އެވެ.
އިދިކޮޅު މީހުންނަށް އަދި ހާއްސަކޮށް އެމްޑީޕީއަށް މިކަމާ ގުޅިގެން ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ ޕާޓީގެ ހަރަކާތެއްގައި ބައިިވެރިވާން ދިޔަ ސަޕޯޓަރަކު އެފަަދަ ގޮތަކަށް މަރުވުމުން ވެސް ބެރުޖަހައި ނަށައި އަދި ޖަލްސާ ކުރިއަށް ގެންދަނީ މަރުހޫމްގެ ކަށުކަމާކެމީގެ ކަންތައް ވެސް ނުނިމެނީސް އަދި އާއިލާ ބޮޑު ހިތާމައެއްގައި ތިއްބާ ކަމަށެވެ.
ބިލެއްދޫ ޒުވާނުން ފަތާފައި މަގޫދުއަށް ދިޔުމުން އެ މީހުންނަށް މަރުހަބާ ކިޔުމަށް އެރަށުގައި ބޮޑުބެރު ޖަހައި ނަށާއިރު އިދިކޮޅު ބައެއް މެމްބަރުން އަތް ޖައްސަވަނީ
"މި ފަދަ ދަނޑިވަޅެއްގައި އާއިލާގެ އިހުސާސްތަކަށް ވެސް އިހުތިރާމް ކުރަން ވާނެ. އެކަމަކު އިދިކޮޅު އުފާފާޅު ކުރަނީ،" މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.
ފާޑުކިޔުންތައް އަމާޒުވެފައި ވިޔަސް ނާހިދުގެ މަރާ ގުޅިގެން، އިދިކޮޅު ޕާޓީތަކުގެ އިސްވެރިންނާއި މެމްބަރުން ވަނީ ހިތާމަފާޅުކޮށް އަދި ޖަނާޒާގައި ވެސް ބައިވެރިވެފަ އެވެ. އެ ބޭފުޅުން މަގޫދޫ ޖަލްސާއަށް މިރޭ ވަޑައިގަތީ ބިލެއްދޫގައި އޮތް ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ފަހުގަ އެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ނާހިދުގެ ޖަނާޒާގައި ބައިވެރިވަނީ
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރުމުގެ އެންމެ އިސް ސަފުގައި ނާހިދު ކެނޑިނޭޅި މަސައްކަތް ކުރި ކަމަށާއި އޭނާ މަރުވީ ވެސް އެ މަސައްކަތުގައި ދެމިހުއްޓާ ކަމަށެވެ. އަދި "އިސްލާހީ މަސައްކަތުގެ ބައިވެރިޔާ"އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.
ނާހިދާއެކު މޫދަށް ފުންމާލި މީހަކު ބުނިގޮތުގައި ނާހިދު މެއަށް ތަދުވެގެން ލޯންޗަށް ނެގީ، އެ ރަށު ބޭރު ތޮށިމަތިން އެ މީހުން މޫދަށް ފުންމާލައި، ދިހަވަރަކަށް ފޫޓު ދުރަށް ދިޔަ ފަހުންނެވެ. ފަތާފައި ދިޔަ 40 ޒުވާނުންނާއެކު، ތިން ލޯންޗާއި އިންޖީނު ދޯންޏެއް ވެސް ދިޔަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގެއްތަ؟
10 December 2017
ރޫހާނީ ލީޑަރަށްޓަކައި ޖާނުން ފިދާވީމަ މިވީ ކޯޗަކަށް. އެހެންވެ އަހަރުމެން އެމީހުންނަށް ހިތާއި ރޫހު ހުސްކޮށް ނުލަނީ. އެއްވެސް މީހަކަށްޓަކައި ކަނޑުވެ މަރުވާ ވަރަކަށް އަހަރުމެންނަށް ލޯތްބެއް ނުވެވޭނެ.
ރާއްޖެ
09 December 2017
ދެން ޖަލްސާ ބާއްވާ ރަށެއްގެ މީހުން ކައިރީގަ ބުނޭ އެކޮޅުކޮޅުން ހިނގާފަ ނޫނީ ޖަލްސާއަށް ނާންނާށޭ. އޭރުން ވެސް ހޭބުއްލި ފިލާފަ ތިބޭ މީހުން ދާނެ. މާލޭ ބޭފުޅުން ހަމަ ބުނާހާ ކަމެއް ކުރަން މި ރާއްޖެތެރޭ މީހުން ތިބޭތީ މި ހުރިހާ ކަމެއް މިހެން މިވަނީ.
ރުމާލު3
09 December 2017
ބެރު ޖަހާ ނެށީ ނިޔާވީ ފަހުން ތޯއެވެ. ނުވަތަ ނިޔާ ވުމުގެ ކުރިން ތޯ؟ ސާފު ކޮށްދިނުމަށް އެ ދެން.
ހީޑް
10 December 2017
ލިޔުމުގައި ވަނީ މޫދަށް ފުންމާލިތާ ކުޑައިރުކޮޅެއް ތެރޭގައި އޭނާ ހޮސްޕިޓަލައް ގެންދިޔަކަމަށް ! އޭގެ 40 މިނެޓް ފަހުން ނިޔާވި ކަމަށް !!! ފަތާފަ ދިއަ މީހުނަށް މަންޒިލަށް ދެވުނީ 2 ގަޑިއިރު ފަހުން !!! ހަބަރު ތެދުނަމަ ބެރު ޖަހާ ނެށީ ނިޔާވީ ފަހުން !!!!
ދޮންބީފާނު
10 December 2017
ފަހުން. ބުނެދިނިއްޔާ ކަލެއަށް އެނގޭނެތަ؟
އަމލީ
09 December 2017
އިއްޔެ ޖަލުގަވެސް ނިހާނުމެން ކަހަލަ މީހުންގެ ފަރުވާ ކުޑަކަމުން މީހަކު މަރުވި ވާހަކަ އެބަދައްކާ. މިކަމާ ހިތާމަ ކުރަން ފުރަތަމަ ތިޔަބައިމީހުން އިސްތިއުފާ ދޭންވީނު. ޖަލްސާގަ ތިބި މީހުން ފެނިފަ ނިހާނު އަށް އަސަރު ކުރީދޯ. އަވަހަށް ޖަލްސާއަށް ދާމީހުން އަތުން ޓެކްސް ނެގޭތޯ މަޖިލީހުން ބިލެއް ފާސް ކުރޭ.
ޤާދިރު
09 December 2017
ދޮގެއްނޫން މީހުން އޮތްލެއް ގިނަކަމުން ބިރުން ފިތްކަނޑައިގެން ނުދިޔައީ ހަމަ ކިރިޔާ. 3000 މީހުންގެ އާބާދީ އެއްއޮތް ނިލަނދޫއިން ވެސް ބޮޑު ޖަލްސާއަށް ދިޔައީ ފިތްކަނޑައިގެން ދާވަރުގެ 16 މީހުން ވިއްޔާ. ދ. ޙުޅުދެލި ބަނޑިދު މީދު ފ. ނިލަންދު ދަރަބޫދު މަގޫދު ބިލެއްދު ފީއަލި އދ. މާމިގިލިން މީހުން ގެންގިސްގެން ވީ ވަރު ވިއްޔާ.
ކޮއްޔާ
09 December 2017
މަރުވުމާ ޖާނުންފިދާވުމާ ދެކަމެއް
ސަހަލޭ
09 December 2017
އެތައް ބަޔަކު މަގުމަތީވަޅި ހަރާ މަރާ އިރުވެސް ސަރުކާރުންވެސް ނާޗަރަންގީ ކުޅުމުގައި
ޝަހާމު
09 December 2017
ތިއައީ އެމްޑީޕީގެ ގޮތް. އެމީހުން ޖަހާ ހާ ބެރަކަށް އަތޮޅުތަކުގައި ތިބި ބަޔަކު ނަށާ ނަމަ އެވާނީ ކަނޑު ކޮހުންނަށް. އެހެންވެ، މިބާވަތުގެ ސްޓަންޓްތައް ޖައްސަނީ. އަދި މިކަމުން މިއިނގެނީ އާހިރުގައި އަމިއްލަ ނަފްސަށް ވެސް ގެއްލުންދީފައިވެސް ޕާޓިއްޔަތު ކުރިއަރުވަން މި ބައިމީހުން މަސައްކަތް ކުރާކަމެވެ. މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުވާކުރަމެވެ. އަދި އާއިލާއަށް ކެއްތެރިކަމަށް އެދެމެވެ.
ގުންޑާ
09 December 2017
ބަލަ ބެރުޖަހާ ނެށީ މާކުރިން މަރުވީ އޭގެ ފަހުން
މުސާފިރު ޚާނާ
09 December 2017
ތީ ޕީޕީ އެމްުން ބޭއްވިކަމެއްގަ ދިމާވި ކަމެއްނަމަ ހުރީސް ފިސާރި ފޯރި. ކީއްކުރާނީ. އޭނާގެ ވާހަކަ ދައްކާނެ މީހަކު ނުވާނެ ދެނ. ޢާއިލާއަށް ކެއްތެރިކަން މިންވަރު ކުރައްވާށި.އާމީން
ގުނބޯ
09 December 2017
ގައުމުގެ ބައިތުލްމާލު ދަވާލާ ގައުމު ލޫޓުވާލަނަނީ ގޮތެއްފޮތެއް ނެތް މީހުން