މޮޅަދޫ އިންޖީނުގޭގައި ހުރި ތިޖޫރި ވަގަށް ނެގި މައްސަލާގައި ފުލުހުން އިއްޔެ އެރަށުގައި ހަރަކާތްތެރިވަނީ. - ފޮޓޯ: މޮޅަދޫ ކައުންސިލް
19 ޑިސެމްބަރ 2017 - 19:35
ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެ މީހުން ގެ ބަންދަށް އިހަވަންދޫ ކޯޓުން 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ވަނީ ތިޖޫރީގައި ހުރި ފައިސާ މިއަދު ހޯދައިފަ އެވެ. ހޯމަ ދުވަހުގެ ރޭ އެ ތިޖޫރީ ވަގަށް ގެންދިޔައިރު، އޭގައި 38،740ރ. ހުންނާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ފެނަކަ އިން ހިންގަމުން އަންނަ އިންޖީނުގޭގައި ހުރި ތިޖޫރި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 20 އަހަރާއި 26 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރީ މިއަދު ކަމަށެވެ.
ރާއްޖޭގެ ރަށްރަށުގެ ތެރެއިން ވެސް ބޮޑު ރަށެއްގެ ގޮތުގައި ބަލާ މޮޅަދުއަކީ އަތޮޅުގެ ނިސްބަތުން އާބާދީ އެންމެ ކުޑަ ރަށެވެ. އެ ރަށުގެ އާބާދީ އަކީ ގާތްގަނޑަކަށް 400 އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy