ޚަބަރު / ރައީސް މުހައްމަދު ނަޝީދު

ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން ދިވެހިންނާ ބައްދަލު ކުރުން ކެންސަލްކޮށްފި

ނަޝީދު ލަންކާގައި ބައެއް ދިވެހިންނާ ބައްދަލު ކުރައްވަނީ: އަންނަ ބުދަ ދުވަހު ބާއްވަން ހަމަޖެއްސި ބައްދަލުވުން ކެންސަލްކުރީ ނަޝީދަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެ--ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަޔަކު ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުން، ނަޝީދު ލަންކާގައި ދިވެހިންނާ އެކު ބާއްވަން ހަމަޖެއްސި ބައްދަލުވުން ކެންސަލްކޮށްފި އެވެ.

މިވަގުތު ސްރީލަންކާގައި ހުންނެވި ނަޝީދު އެ ގައުމުގައި ތިބި ދިވެހިންނާ ބައްދަލު ކުރަން އަންނަ ބުދަ ދުވަހު ބައްދަލުވުމެއް ބާއްވަން ހަމަޖައްސާފައި އޮތުމަށް ފަހު އެ ބައްދަލުވުން ނުބާއްވާ ގޮތަށް ނިންމިކަން އިއުލާންކުރީ ރާއްޖެ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމެވެ.

ނަޝީދުގެ ފަރާތުން ނަސީމް ދެއްވި ބަޔާނުގައި އޭނާ ވިދާޅުވީ އެ ބައްދަލުވުން ބާއްވަން ނިންމުމުން ތަފާތު އިންޒާރުތައް ލިބިފައިވާ ކަމަށާއި އެ ބައްދަލުވުން ނުބާއްވަން ނިންމީ ނަޝީދުގެ ހަށިކޮޅަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށެވެ. އަދި އެފަދަ ކަމެއްގެ ސަބަބުން ހަމަނުޖެހުމެއް އުފެދިއްޖެ ނަމަ ލަންކާގެ ގާނޫނުތަކާ ޚިލާފް އަމަލުތަކެއް ހިނގާފާނެ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"ކިރިޔާ ވެސް ހަމަނުޖެހުމެއް އުފެދިއްޖެ ކަމަށް ވަނީވިއްޔާ މިކަން ވާނީ ދިވެހި ރައްޔިތުންގެ ފަރާތުން ސްރީލަންކާގެ ގާނޫނުތަކާ ޚިލާފަށް ހިންގި އަމަލެއް ކަމުގައި. އެހެންވީމަ އެންމެ ރަނގަޅު ގޮތަކީ އަދި އެންމެ ބުއްދިވެރި ގޮތަކީ މިކަން މިވަގުތަށް ހުއްޓާލުން،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި އެ ބައްދަލުވުން ކެންސަލް ކުރިޔަސް، ކުރިއަށް އޮތް ތަނުގައި ދިވެހިންނާ ނަޝީދު ބައްދަލު ކުރައްވާނެ އެވެ. އަދި ދިވެހިން އުޅޭ ކޮންމެ ތަނަކަށް ނަޝީދު ވަޑައިގަތަސް ދިވެހިންނާ ބައްދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދު ލަންކާއިން ރާއްޖެ ގެންނާނެ ކަމަށް، ރާއްޖެއިން ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މޮންދު) ވިދާޅުވެފައިވާތީ އެކަމަށް ވެސް އެ ބަޔާނުގައި ނަސީމް ވަނީ ފާޑު ވިދާޅުވެފަ އެވެ. އަދި ކަމާބެހޭ އިދާރާތަކުން ބަލަންޖެހޭ ކަންކަން ކަމަށް ނަސީމް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ފޮނުވުމުން ނަޝީދު ވަނީ އެ ގައުމުން ހިމާޔަތް ހޯއްދަވައިފަ އެވެ. އެމަނިކުފާނު ލަންކާ އަށް ވަޑައިގެން އުޅުއްވަނީ އިނގިރޭސިވިލާތުގެ ހިމާޔަތުގަ އެވެ. ފަހަކަށް އައިސް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންގެ ބައްދަލުވުންތައް ބާއްވަނީ ވެސް ލަންކާގަ އެވެ.

78 ކޮމެންޓް, 215 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 32%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗޮކޯ

23 December 2017

ތިތަނަށް ދާނެ ބަޔަކު ނުވީމަ ކެންސަލް ކޮށްލީ ހަމަ.... އަބަދުވެސް ކަޑަ ސްޓްންޓު ޖެއްސުން އަންނިގެ ކަމަކީ

The name is already taken The name is available. Register?

ދައްޑަހިލު

23 December 2017

ޢެންމެ ފަހުން ދިވެހިން ނަޝީދައް ހަމަލާ ދޭނެ ކަމަށް އެތުހުމަތު ކުރީ މިވަރުން މި އުޅެނީ ދިވެހިންނާ ބައްދަލު ކުރާކަށް ނޫން ،ސަމާލްކަން ހޯދައި މައްސޫރުވާން ވެގެން . ލަދު ދޯ....!!!

The name is already taken The name is available. Register?

ކކކ

23 December 2017

ޔާމީން އަކީ ވޯޓުން ހޮވިގަ ހުރި ވެރިއެއް. ކަލޭ2013 އިން ފެށިގެން އަދިވެސް ތިހުނނަނީ ކލޭމެންގެ ރޫހާނީ ލީޑަރުގެ އެބުނާ24 ގަޑިއިރު ހަަމައިގަ ނުތިބޭގޮތަށްތަ?

The name is already taken The name is available. Register?

ކކކ

23 December 2017

މަވެސް 2018 ކާމިޔާބު ކުރާނަން. އެކަަކު ކުތިމަތިލުމަށް ބޭނުންވާ3000 ސޮއި ނުލިބިގެން މިއުޅެނީ.

The name is already taken The name is available. Register?

ހހޖޖ

23 December 2017

ފާތުން, މަމީ އެކަން ރާވަން އުޅުނު މީހާ. އެތަށް ދިވެހިން ނެެއް ކައިރީ އާދޭސް ކުރީމަވެސް ބުނީ ނޫނެކޭ. ލަދުގަނެބަަލަ މިވަރުވީމަވެސް.

The name is already taken The name is available. Register?

ހހ

23 December 2017

ދިވެހިން އަނިޔާވެރިކަމުން ސަލާމަތް ކުރަން ފޫގަޅައިގެން އުޅޭމީހަކު ދީފާނެ ހަމލާއަކަށް ބިރުން ހުންއައިސް ރަޖައެއް ނުލާނެ. ނަޝީދަކީ ފިނޑިއެއް

The name is already taken The name is available. Register?

ޖޖޖޖ

23 December 2017

ގުއި ފުންޏެއްގަ އިންނަ މެއްސަށް ހަމަލާދޭ ގޮތަށްވެސް ނަޝީދަކަށް ހަަމަލާއެއް ނުދޭނެ. ގުއިވަޅުމެއްސަކަށްވުރެވެސް ތިޔަ ނަޝީދުގެ މުހިންމުކަން ދިވެހިންނަށްދައް.

The name is already taken The name is available. Register?

ހިރި

23 December 2017

ލަންކާގަ ވަރަށް ސަޕޯރޓު އޮތްކަމަށް ކުރިން ބުނަމުންއައީ މިހާރު ލަންކާގަވެސް ދެކޮޅު، ރާއްޖޭގަވެސް ދެކޮޅު، އެހެންވީމަ އަދި އިނގެރޭސިވިލާތް އެބައޮތެއްނުން، އެތަނުގަ 2018 ނިމެންދެން މަޑުކޮށްލާ، އޭރުން އަހަރެމެން ދިވެހިންނަށް ހަމަހޭގަ އުޅެލެވޭވަރުވާނީ، މަނިކުފާނު މިޤައުމުގައި ހުންނަވާނަމަ އަހަރެމެން ދިވެހިންނަށް ވަރަށް އުނދަގޫވާނެ، މަގަކު ނުހިނގޭނެ، ރޭގަނޑަކު ނުނިދޭނެ، ޓޫރިސްޓުން އަޔަކަނުދޭނެ، މަނިކުފާނު އަބަދުވެސް މަސައްކަތްކުރައްވަނީ ދިވެހިންނަށް ހެޔޮއެދިގެން ދިވެހިން ބަނޑަށްޖައްސަން

The name is already taken The name is available. Register?

farthy

23 December 2017

ދިވެހިންނެއްނޫޅެ އަންނިއަތުނުޖެހިގެނެއް ނޫނީ ހަމަލާއެއްދޭކަށް. ދިވެހިންނެއްނޫޅެ އިންޑިއާދެކެބިރުން ގަޔަށްކުޑަކަމުދެވިގެނެއްވެސް. ދިވެހިންނެއްނޫޅެ އަންނިއާއިބައްދަލުކުރާހިތަކުންވެސް. ވެގެންއުޅޭގޮތަކީ އަންނިގެހަބަރެއް ނޫހަކުންވެސްގެނެސްނުދޭތީ އަދި ދިވެހިންގެމެދުގައި އަންނިގެމަގުބޫލުކަން ނެތިގެންދާތީ، ތިމަންނަވެސް ދުނިޔޭގައިހުރިކަން ދިވެހިންނަށްއަންގާލަން ކޮންމެވެސްކަމެއް ކެރަފާމެންލަށްވާކޮށްލީ.

The name is already taken The name is available. Register?

މުސާފިރު ޚާނާ

23 December 2017

ކެރެފާ ނަސީމަކީ އިބްރާހީމް ނާސިރުގެ ވެރިކަމުގައި އިޒްރޭލަކީ ދައުލަތެއްކަމަށް ޤަބޫލްކޮށް ދިވެހިރާއްޖެއިން އދ ގައި ވޯޓްދިން މީހާނު. އޭނަ ކުޔާފާނެ ކޮންމެފަދަ ވާހަކައެއްވެސް. ފޮރިންމ ިނިސްޓަރުކަން ލިބުމާއެކެު އެންމެ ފުތރަތަމަ އޭނަ ދަތުރުކުރި ްައުމުތަކުގެ ތެރޭގައި އިޒްރޭލްވެސް ހިމެނޭ. ޔަހޫދީންނާ ވަރަށް ގާތް ގުޅުމެއް އޮންނާނެ އޭނަޔާ. އޭނާދައްކާ ވާހަކަ ޤަބޫލްކުރަންވާނީ 1000ން 1 ޕަސެންޓް. އެދެއްކި ވާހަކަ އަށް ބަލާއިރު ޤަބޫލުކުރަންވާނީ ނަޝީދު ލަންކާގަ ހުރިކަމާ ބައްދަލްވުން ކެންސަލްވިކަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454