ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒު ވައްދާ ކަމަށް ވިދާޅުވެ، ރައީސް ޔާމީންގެ ހަމަލާތަކެއް ޝަހީދާއި އެމްޑީޕީ އަށް

ތުޅާދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ: ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ވައްދަން ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވި. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ދާޚިލީ މަސްލަހަތުގެ ތެރެއަށް ބޭރުގެ ނުފޫޒު ވައްދަން އަޑުއުފުލުމަކީ ގައުމަށް ގެއްލުން ދިނުން ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. އިން އީރާނަށް ކަނޑައަޅާފައި ހުންނެވި ޚާއްސަ މަންދޫބު ޑރ. އަހްމަދު ޝަހީދާއި އެމްޑީޕީއަށް ރައީސް އަބްދުﷲ ޔާމީން މިއަދު ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވައިފި އެވެ.

ރައީސް ޔާމީން އުތުރުގެ ތިން އަތޮޅަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ބ. ތުޅާދު އަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅު އަމާޒުކުރެއްވީ ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވާ މައްސަލަ އަށެވެ. މިގޮތަށް ރައީސް ވާހަކަފުޅު މި ދެއްކެވީ، ދާޚިލީ ގުޅުންތަކުގައި "އޮޅުންތަކެއް އަރާނެތީ" ކަމަށް ބުނެ، ހުއްދަ ހޯދައިގެން ނޫން ގޮތަކަށް، ބޭރުގެ ޑިޕޮލެމޭޓުންންނާ ބައްދަލުކުރުން ލޯކަލް ކައުންސިލްތަކަށް މަނާކުރި މައްސަލާގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ވެއްދުމުގެ އެޖެންޑާ ކުރިއަށް ނެރެގެން ބަޔަކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެއީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެކަން ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ތުޅާދޫގައި: އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވައި ގޮނޑުދޮށް ނިމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަތް.

"އަޅުގަނޑުމެން ދުށިން ދެއްތޯ އެމްޑީޕީ ސަރުކާރުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ޑރ. ޝަހީދު ވެސް، ދިވެހިރާއްޖޭގެ ހާލަތު އޭރު ގޮސްފައި އޮތް ހިސާބުން އަޅުގަނޑުމެންގެ އެކުވެރި ގައުމެއްގެ ސްޕެޝަލް ފޯސަސް ދިވެހި ރާއްޖެ އަށް އައިސް ރާއްޖެ ހިފަންވެއްޖެ ކަމަށް ޓުވީޓް ކުރެއްވި ތަން. މި ހަނދާންތައް އަޅުގަނޑުމެން ގެންނަންވީ ނޫންތޯ. ކީއްވެތޯ އަޅުގަނޑުމެން މި ހަނދާންތައް ނުގެންނަންވީ؟،" އިދިކޮޅު އެމްޑީޕީ އަށް ތާއީދު ބޮޑު ތުޅާދު އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ރައީސް ވިދާޅުވި އެވެ.

"އަދި ހަމައެހެންމެ މިހާރު މި ހިނގާ ކަންތައްތަކުގައި ވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ފުންނާބު އުސް ބައެއް ބޭފުޅުން ބޭރުގެ ދައުލަތްތަކާއި ސަފީރުންނަށް ދައުވަތު ދެއްވުމާއި ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެ މީހުންގެ ނުފޫޒު ފޯރުވަން ދެއްވާ ދައުވަތަކީ ދިވެހި ދައުލަތުގެ ހައްގަކަށް [އަރައިގަތުން]."

ތުޅާދޫގެ ބަނދަރު ހުޅުއްވައި ދެއްވުމާއި ގޮނޑުދޮށް ނިމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ހައްގަކީ ވަކިވަކި ޕާޓީއެއް ނުވަތަ ވަކި ފަރުދެއްގެ ހައްގަކަށް ވުރެ މާބޮޑު ހައްގެއް ކަމަށެވެ. ރާއްޖެއަކީ ހައްދުފަހަނާޅާފައި އޮތް ތަނެއް ކަމަށާއި މިހާރު އޮތް މުގައްރަރުގެ ބަދަލުގައި އެހެން މުގައްރަރަކާއި އިސްލާމްދީން ނޫން އެހެން ދީނެއް ރާއްޖޭގައި އޮންނަން ޖެހޭ ކަމަށް ބޭރުގެ ގައުމުތަކުގައި ވާހަކަ ދައްކާނަމަ، އެ އަރައިގަނެވެނީ ގައުމުގެ ހައްގަށް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމަށް ގެއްލުން ދިނުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ހައްގެއް ނޫނެވެ. ދިވެހި ދައުލަތާއި ރައްޔިތުންނަށް ދަތިކުރަން، ޓޫރިސްޓުން ރާއްޖެ ނުފޮނުވަން ގޮވާލުމަކީ ރާއްޖެ އަށް ގެއްލުން ދިނުން ކަމަށް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިއީކީ އެއްވެސް މީހަކަށް އެއްވެސް ޕާޓީއަކަށް، އަދި ކިތަންމެ މަތިވެރި ދިވެހި އިންސާނަކަށް ވިޔަސް އޭނައަކަށް ހައްގު ލިބިގެންވާ ކަމެއް ނޫން. ދިވެހި ރާއްޖޭގެ ރައީސްކަން ކޮށްފައި ތިބި މީހުންނަކަށް ވެސް މި ހައްގެއް ނުލިބޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން "އުނދުޅި ބާނަން" ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ދާޚިލީ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ދިވެހި ދައުލަތާއި ރައްޔިތުންގެ ކިބައިގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

ރަށެއްގެ ދެ އަވައްޓެރިންގެ ދެމެދުގައި މައްސަލައެއް ދިމާވުމުން ހައްލު ހޯދަނީ ބޭރުންތޯ ރައީސް ސުވާލު އުފެއްދަވައި ޖަވާބު ދެއްވަމުން ވިދާޅުވީ، އެއީ ރާއްޖޭގެ ޝަރުއީ ކޯޓުތަކުން ނިންމޭނެ ކަންކަން ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި، ކުރިމަތިވި ދާޚިލީ މައްސަލަތައް ހައްލުކުރީ ބޭރުގެ ފަރާތްތައް ގެނެސްގެންތޯ ރައީސް އެއްސެވި އެވެ. އޭރު އެކަން އެގޮތަށް ނުކޮށް، މި ސަރުކާރުގައި އެކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

47 ކޮމެންޓް, 166 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 1%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާނާ

27 February 2018

ސާބަހޭ ރައީސް ޔާމީން މިގައުމުގެ ވެރިކަން ކުރެވީ ތިކަހަލަ ގައުމާ ރަތްއަތުން ދެކެ ލޯބިވާ ވެރިންނަށް އެއްޖިންސުން ކައިވެނު ކުރުމަށް އެދޭ ވެރިން މިގައުމަށް ބޭނުމެއްނޫން ގައުމާދީ ދީން ބޭރުގެ ފަރާތްތަކާ ގުޅިގެން ހަލާކުގެ ތެރެއަށް ވަށްޓާލާކަށް ފުރުސަތު ނުދެވޭނެ،

The name is already taken The name is available. Register?

މަތިވެރި ދިވެހި އިންސާނާ

27 December 2017

މަނިކުފާނު 2018 ގައި ނޮހޮވިއްޖެނަމަ ނަޝީދު އުޅޭގޮތަށް ނޫޅެއްޗޭ. ނަޝީދު އުޅޭތަން އިނގޭ މިހާރުވެސް މަނިކުފާނު އުޅެނީ ކޮންތަނެއްގަކަމެެއް އެކަކަށްވެސް އޭރަކުން ނޭންގޭނު

The name is already taken The name is available. Register?

ތެލި

27 December 2017

މުހަންމާ ބުނާހެން ދެކެދެކެވެސް މިވަރުކަމެއް ނުދެކެން އަރާކޮންމެ ތަނެއްގައި ނަޝީދޭކިޔަގެން ހާދަލޯބިންނޭ މިވާހަކަފުޅުދައްކަވަނީ ވަރަށް އުފާވޭ ނަޝީދު ޕްރޮމޯޓްކޮށްދެއްވާތީ ރައީސަށް ހަމަ ސާބަސް އިނގޭ

The name is already taken The name is available. Register?

ށަހީ

27 December 2017

ޑރ. ޝަހީދު އަކީ ދޮންއިންގިރޭސިނަނާމާ ގަޔާވާ މީހެއް. އެއިން މީހަކައް އޭނާގެދަށުން ސަރުކާރުގެ ވަޒީފާދީގަވާއިގާހިލާފައް ޕާސްޕޯރޓް ގެ ހުއްދަވެސް ދިން. ކޮމްމެވެސް ދުވަހަކުން ށަރީއަތައް ޝަހޫދު ހާޒިރުކުރެވޭނެ.

The name is already taken The name is available. Register?

ތުއްތޫ

26 December 2017

އަހަންނަކަށް ނޭގޭ އަހަންނަށް އަރާ ހުރެ ދެއްކޭ ވަހަކަ ވެސް ނުދެއކޭ ވާހަކަ ވެސް

The name is already taken The name is available. Register?

ކޮމެންޓޭ

26 December 2017

އަރާ ގައުމު ދަރުވާފަ ،އަބުރާ ދައްކަން ވީމަ ތިހަދާންތަށް ކޮށްދޭނަން،ތުޅާދޫ ކީއްކުރަން މަނިކުފާނަށް މަނިކުފީނުގެ އާއިލާގެ ވޯޓު ވެސް ގެއްލޭ ހިސާބަށް އަނިޔާވެރިވެފަ އޮތީ

The name is already taken The name is available. Register?

ޕާރޓީ މުދިމް

26 December 2017

އެއްވެސް ޕާޓީއަކަށް ޖަލްސާއެއް ބާއްވާނެ ތަނެއް ނުދީ، ތިމާގެ ޕާޓީގެ ޖަގަހަތައް މުޅިމާލޭގަ ހެދިޔަސް ވޯޓު ނުލިބޭނެކަން ހަދުމަފުޅު ބަހައްޓަވާތި. އަރިހުގައި ތިޔަ ގެންގުޅުއްވާ ދެއުޅި އެއްނުވާ ހައެއްކަ މީހުންގެވޯޓުން ހޮވޭނެތޯ. ނުހޮވޭނެކަން ޔަޤީން .. އިންޝާﷲ.

The name is already taken The name is available. Register?

AS Maldives

26 December 2017

ރައީސް ޔާމިން މިގެންނަވާ ތަރައްގީ ވަރަށް ސާފު. މިތާކު ދީނޭ އާހިރަތޭ ކިޔާފަ އައްނަ އެހެންބަޔަކު ނުފެނޭ. އަދިވެސް ހަމަ ޔާމިނަށް ދޭވަރުވޭ

The name is already taken The name is available. Register?

މުދިމްބެ

26 December 2017

ތިމާއަށް ތހިމާ އޮޅުނީމަ ދެން ވާނެގޮތް މިހާރު މަނިކުފާނަށް ތިޔަވަނީ.

The name is already taken The name is available. Register?

ފާތުން

26 December 2017

ރައީސް ނަޝީދު ދެކެ ރައީސް ޔާމީން ހާދަ ލޯބިފުޅު ވެޔޭ.. އަބަދު ރައީސް ނަޝީދޭ ވިއްޔަ ވިދާޅުވެވެނީ ވާހަކަ ދައްކަވަން ފުރުސަތެއް ލިބިވަޑައިގެންފިއްޔާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454