ގާނޫނު އަސާސީ އިސްލާހުކުރުމުގެ ނަމުގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ ގުޅިގެން މަސައްކަތް ކުރިއިރު ބޭއްވި މުޒާހަރާއެއްގައި ނަޝީދާ އެކު ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ:ރާއްޖެޑޮޓްއެމްވީ
02 ޖެނުއަރީ 2018 - 12:29
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވުރެ، ދިވެހި ގައުމަށް ހެޔޮއެދޭނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓުވީޓަކުން މިގޮތަށް ވިދާޅުވީ، އިދިކޮޅު ޕާޓީތަކުން 2018 ގެ ރިޔާސީ އިންތިހާބަށް ނެރެން އެންމެ ތާއީދު އޮތް ކޮންޑިޑޭޓަކު ކަނޑައަޅަން ރާއްޖެ ޓީވީން ޓްވިޓަ މެދުވެރިކޮށް ނެގި ޕޯލުގައި، ނަޝީދުގެ މައްޗަށް ގާސިމް ކުރި ހޯއްދެވުމުންނެވެ. ދިހަހާހަށް ވުރެ ގިނަ މީހުން ވޯޓު ލާފައިވާ އެ ޕޯލުގައި ގާސިމަށް 43 ޕަސެންޓް ވޯޓު ދިން އިރު ނަޝީދަށް ވޯޓު ދިނީ 25 ޕަސެންޓެވެ.
ނިހާން ވިދާޅުވީ ވެރިކަމަށް އެކަށޭނަ އެކަކު ވެސް "ފާޓު ފުޅާ ކޯލިޝަން"ގައި ނެތް ކަމަށެވެ. އެކަމަކު ނަޝީދަށް ވުރެ ކިތަންމެ ގުނައަކުން ވެސް ގާސިމް ދިވެހި ގައުމަށް ހެޔޮއެދޭނެ ކަމަށް ވިދާޅުވި އެވެ.
RTV ge Poll ah Aanmmu koh libeynee Ginavegen 300+ Votes. 8 USD ah 100 Vote ge Nisbathun BOT Medhuverikoh Konmme bayakah ves thiya Vote Kaamiyaabu kurevidhaane! 😬 https://t.co/TFa7cnM56n
— Ahmed Nihan (@ahmed_nihan) January 2, 2018
ޕޯލުގައި 10،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކުރައްވަމުން ނިހާން ވިދާޅުވި ގޮތުގައި އެ ޕޯލުގައި އެންމެ ގިނައިން ވެސް ވޯޓުލާނީ 300 މީހުންނެވެ. ބޮޓު މެދުވެރިކޮށް އަށް ޑޮލަރު (123ރ.) އަށް 100 ވޯޓު ގަނެވޭ ކަމަށާއި އެހެންކަމުން ކޮންމެ ބަޔަކަށް ވެސް އެފަދަ ވޯޓެއް ކާމިޔާބު ކުރެވިދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޖަލްސާއެއްގައި ނިހާން ވާހަކަ ދައްކަވަނީ: ވެރިކަމަށް އެކަށީގެންވާ އެއްވެސް ބޭފުޅަކު އިދިކޮޅު ޕާޓީތަކުގައި ނެތް ކަމަށް ވިދާޅުވި
"ތިޔަ ޕޯލްގައި 9500 އެއްހާ ބޮޓު އެކައުންޓްތަކުން ވޯޓު ދީފައިވޭ. އެއީ އަށް ޑޮލަރަށް 100 ވޯޓުގެ ރޭޓުން ކުރެވެން ހުރި ކަމެއް. ޔަގީނުން ވެސް އަންނިއަށް ވުރެ ގާސިމް މާ ބޮޑަށް ވެސް ކެރިސްމެޓިކް ވާނެ،" ނިހާން ވިދާޅުވި އެވެ.
ރާއްޖެ ޓީވީގެ ޕޯލަށް ނިހާން ފާޑުވިދާޅުވިއިރު، އެ ޕޯލުގައި ނަޝީދުގެ މައްޗަށް ގާސިމް ކުރި ހޯއްދެވުމުން ދެ ޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ މެދުގައި ހޫނު ޒުވާބެއް ވަނީ ފަށައިފަ އެވެ. އެ ޒުވާބުގައި އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވެސް ދަނީ ކުރަމުންނެވެ.
އެމްޑީޕީގެ ސަޕޯޓަރުން ދެކޭ ގޮތުގައި ޖުމްހޫރީ ޕާޓީން އެ ޕޯލް ކާމިޔާބުކުރީ ވޯޓަށް ފައިސާ ހޭދަކޮށްގެންނެވެ. ޓުވިޓާގެ ޕޯލުތައް ކާމިޔާބުކުރާނެ ގޮތްތައް އެމްޑީޕީގެ އެކްޓިވިސްޓުން ކިޔައިދެމުން އަންނައިރު ޖޭޕީން ބުނަނީ، އެންމެން ގޮވައިގެން އުޅެވޭނެ ގާބިލްކަން ހުރީ ގާސިމްގެ ކަމަށެވެ. ރާއްޖެ ޓީވީގެ ޕޯލުން ވެސް އެކަން ސާބިތުވެފައިވާ ކަމަށް އެ މީހުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުއާދު
21 May 2018
ޤާސިމަށްވުރެ ނިހާނު މާބޮޑުތަނުން ހެޔޮއެދޭނެ.
މުޙުއްމާ
03 January 2018
އަޅުގަނޑުމެން ނަޝީދުވެސް، ޤާސިމްވެސް އަދި ޔާމީނު ވެސް ބޭނުމެއްނުން. ބޭނުންވަނީ އާ ބޭފުޅަކު. އެމް.ޑީ.ޕީ. ކުދިންނަކަށް ނަޝީދުގެ ގޯސް ސިފައެް ނުފެންނާނެ. ޖުމްހޫރީ ޕާރޓީ ކުދިންނަކަށް ޤާސިމްގެ ގޯސް ސިފައެއް ނުފެންނާނެ. ދަަރުބާރު ފެކްޝަންގެ ޕިންކް ކުދިންނަކަށް ޔާމީނުގެ ގޯސް ސިފައެއް ނުފެންނާނެ. އަޅުގަނޑުމެނަށް ފެންނާނެ ތި ހުރިހާ ބޭފުޅުންގެ ގޯސް ސިފަޔާއި ރަނގަޅު ސިފަވެސް. އެހެންވީމަ މިފަހަރު ބޭނުންވަނީ އާ ބޭފުޅަކު ތަޖްރިބާ ކޮއްލަން.
މުހައްމަދު އަހްމަދު
03 January 2018
އަޅުގަނޑުގެ ގާތު ޝާހިދުގެ ވަރަށް ގާތް ބޭފުޅެއް ވިދާޅުވި.... ޝާހިދުގެ ޝައުގުވެރިކަން އެބަހުންނެވިއޭ ވެރިކަމަށް.... އެކަމަކު ރައީސް ނަޝީދާ ވާދަ ކުރައްވަން ޚިޔާލު ކުރައްވައިފިއްޔާ، އިބުރާއާއި، މުނައްވަރާއި، ޑީޑީ އާއި، އަލްހާނާއި، ރީކޯ އަށް ޖެހުނު ދަތުރު ޖެހޭނެތީ ބިރުފުޅުގަންނަނީއޭ.
ދީދީ
03 January 2018
ނިހާނު މީ އެއްވެސް ކަމެއްނުވާ ބޮޑު އަންގައެއް، މާލޭ ރައްޔިތުންނައް ކަންކަން ފަސޭހަވާ އެއްވެސް ބިލެ މީނާ މަޖިލިޔައް ހުޝައެޅިތޯ ނިކަން ނޫސްވެރޮޔަކު މީނާޔާ ސުވާލުކޮއްބަލަ
ބެއްޔާ އައްޑޫ
02 January 2018
ދޮންކަލޯ ރައީސް ޔާމީނާ އަޅާ ކިޔާލަން ކެރޭނެތަ؟
ކާފަ
02 January 2018
ނަޝީދަކީ , ޔާމީން އަތުން ބަލިވެފައިހުރިމީހެއް. އަދި ގާސިމްވެސް. ދެން ތަންކޮޅެއް ޒުވާން ކިޔަވައިގެންހުރި މީހަކު ހޯދަބަލަ.
ޙަސަން ހަލީމް
08 May 2018
ޥަރަށް ބޮޑު ތެދެއް.
ޖާން
02 January 2018
އެކޮޅުންވެސް ލާރިއެއް ލިބިދާނެކަމަށް އުންމީދު ކުރީ ތޯއްޗެއް .
މަރޭމިތުރާ
02 January 2018
މަގޭވޯޓް މިގައުމުގެ ބޮޑު އަމާނާތެއް! އަގައް ވިއްކާލުމީ މިގައުމައްވާ ހިޔާނާތެއް!
ލަލަލާ
02 January 2018
އެއީ ނިހާނާ ބެހޭ ކަމެއްތަ؟
ސިންތިލީ ވޫމް
02 January 2018
ނަޝީދު ވެސް ގާސިމް ވެސް ކަމަކުނުދޭ ދިވެހިންގެ ވެރިކަމަ. 2 މީހުނަނަކީވެސް ގައުމައްވުރެން އަމިއްލަ އެދުމައް އިސް ކަން ދޭ 2 މީހުން. ތައުލީމީ ޒުވާން ވެރިޔަކު މިހާރު ބޭނުމީ ދިވެހިނަނައް.
ޢަބްދުﷲނާފިޒު
02 January 2018
މިސާލަކަށް މިސްޓަރ އިނޑިކޭޓަރ ފަދަ ޒުވާން ބޭފުލުން ދެއްތޮ،
ޢަލީމްބެ
02 January 2018
ތައުލީމީ މީހުންތިއްބާ މަޖިލީހަށް ލިޔަންކިޔަން ނުދަންނަ މީހުން ހޮވައިގެން ތިތިބީ.