ޓީޗާސް ކޮންފަރެންސްގައި ބައިވެރިވި ޓީޗަރުންތަކެއް: ދިރާސީ އަހަރުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އަންނަ އާދިއްތަ ދުވަހު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ޖެނުއަރީ 2018 - 18:01
ސްކޫލްތަކަށް 400 އެއްހާ ޓީޗަރުން ހޯދަން އިއުލާންކުރީ ވީހާވެސް ގިނަ ދިވެހިންނަށް ފުރުސަތު ދިނުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާއިރު، އެ އަދަދަށް ޓީޗަރުން ހަމަވެދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ފާޑުކިޔުމާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ، 400 އެއްހާ ޓީޗަރުން ހޯދަން އިއުލާންކުރީ، ވީހާ ވެސް ގިނަ ދިވެހި ޓީޗަރުންނަށް ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ. އަދި އެއީ ސިވިލް ސާވިސްގެ މަގާމަށް މީހުން ހޯދަން އަމަލުކުރަން ޖެހޭ އުސޫލުކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސްކޫލްތަކުން ބޭރު ޓީޗަރުން މަދުކޮށް ދިވެހިންނަށް ފުރުސަތު ދިނުމަކީ މިނިސްޓްރީން އިސްކަންދޭ ކަމެއް ކަމެއް. ދެން ދިވެހި ޓީޗަރުން ހޯދަން ކުރާ އިއުލާން ތަކަކީ ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަަމެއް. އޭރުން ބިދޭސީންގެ ބަދަލުގައި ގިނަ ދިވެހިންނަށް ފުރުސަތު ދެވޭނީ،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލުތަކުގެ ކިޔެވުން ފަށާނީ ބޭނުންވާ އަދަދަށް ޓީޗަރުން ހަމަކޮށްގެންނެވެ. އަދި ބޮޑު ބަންދަކަށް ފަހު އާދިއްތަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ފަށާއިރު، އެކަމަށް ވާންޖެހޭ ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ކަން ޝަފީއު ފާހަގަކުރެއްވި އެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ގިނަ ސްކޫލުތަކަކުން އަންނަނީ ޓީޗަރުން ހޯދުމަށް ގެޒެޓުގައި އިއުލާނު ކުރަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޕްރީ ސްކޫލު ޓީޗަރުންނާއި ވަގުތީ ޓީޗަރުން ވެސް ހިމެނެ އެވެ.
މިކަމާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ އޮފީހުގައި އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒުު ފަހުމީ (އިންތި) ވިދާޅުވީ މި އަހަރަށް ސްކޫލުތައް ހުޅުވޭއިރު، ޓީޗަރުން ހޯދައިގެން ތަމްރީނު ދީ، ސްކޫލަށް އަހުލުވެރި ކުރަންޖެހޭނެ ކަމަވެ. އަދި އެކަމަށް ވަގުތުތަކެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކޫލުތައް ހުޅުވާއިރަށް، ބޭނުންވާ މިންވަރަށް ޓީޗަރުން ނުލިބުމަކީ އިދިކޮޅު ޕާޓީތަކުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގައި އެޑިއުކޭޝަން މިނިސްޓްރީ އިހުމާލުވެފައިވާތީ އެކަން ކުށްވެރިކުރާ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލާމް
08 January 2018
ދިވެއްސަކަށް އަދާކުރެވޭނެ ވަޒީފާއެއް އޮތިއްޔާ އެވަޒީފާއެއް ދެނީ ބޭރުމީހުންނަށް. މިހާރުވެސް ރާއްޖޭގައި ހުޅުވާ ކޮންމެ ރިސޯޓެއްވެސް ފުރެންދެން އެތިބީ ބޭރުމީހުންނަށް ވަޒީފާދީފައި. އެކައްޗެއް ނޭގުނަސް ބޮޑެތި މުސާރަ ދީފައި. ކިތަންމެ މޮޅު ދިވެއްސަކަސް ދިވެހިން ތިބެންޖެހެނީ އަޅުންގެ ގޮތުގައި ގުލާމުކޮށްދޭން. ގަވާއިދެއް ހަމައެއް ލަމައެއް ނޯވޭ. އެކަންކަން ބަލާނެ ބެލޭނެ ގޮތެއްނެތް. ދެން އެކިއެކި އިދާރާއިން 1000 ޑޮކްޓަރުންނާއި 2000 ނަރުހުންނާއި 3000 ޓީޗަރުން ހޯދަން އިއުލާން ކުރިޔަސް ރާއްޖޭގައި ނެތްބަޔަކު ނުވާނެ. އެކަހަލަ އިއުލާނުތަކުން ހީވަނީ ދިވެހިންނަށް މަލާމާތް ކުރާހެން ނުވަތަ އަދަދެއް ހަމަކުރަން ކުރާކަމެއް ހެން. ދިވެހިންނަށް ވަޒީފާހޯދަދޭން މަސައްކަތް ކުރާނަމަ ދިވެހިންނަށް ރިސޯޓުތަކުން ބޮޑެތި މުސާރައާއި އެކު ލިބެން ހައްގު ވަޒީފާތައް ފުރަތަމަ ހޯދަދޭންވީ ނޫންތަ؟
ހަމަސާބަސް
08 January 2018
ބޯހަމަ ނުޖެހޭ ވާހަކަ ނުދައްކާ. ޓީޗަރުން ހަމަވެފަ ތިބިއްޔާ ރާއްޖެއެއް ބޭރެއް އެތެރެއެއް ނޯންނާއެއްނު. ފައިސާ ގިނަވެގެން ބިދޭސީ ޓީޗަރުންނާ ދިވެހިންވެސް ބައިތިއްބަނީތަ. އަންނަނީ ހަމަހިނި.
ހަބޭސްވެށި
08 January 2018
ޕްރީސްކޫލް ޓީޗަރުންނަށް ނަގަނީ ސަދަގާތު ފައުންޑޭޝަނުން އެޕްރޫވްކުރާ މީހުން ނޫންނަމަ އޮންލައިން މިނިސްޓަރ ބުނާމީހުން 2018 ގައި އޮންލައިންކޮށް އޮޕްރޭޝަން ޑޮންޓަރުންނާއި ނާރުގެ ޑޮކްޓަރުން ތަމްރީންކުރަން އެޑިޔުކޭޝަނުން ތައްޔާރުވަނީ މީއީ އުފާވެރި ޚަބަރެއް ގޭގައި ތިބެގެން މިރޮންގުން ކިޔަވަން ލިބޭ ފުރުސަތެއް
ާޢާދިލް
07 January 2018
ފޭކް މިނިސްޓްރީ އެއް. ދައްކާ ވާހަކައެއް ދިމާނުވޭ. މިހާރުވެސް ފ.ފީއަލީން ދެ ޓީޗަރަކު ހޯދަން މިހާރު އިއުލާންކޮށް ހުރިހާ ޑޮކިއުމެންޓްތައް މިނިސްޓްރީއައް ފޮނުވާފައިވާތާ 2 މަސްވަނީ މިހާރު. ޢަދިވެސް ވަޒީފާ ހަމަނުޖެހޭ.
ޓީޗަރު
07 January 2018
ދިވެހިން ހޯދާފަ ރިލީފް ޓީޗަރުންގެ ނަމުގަ ކުޑަ މުސާރައެއް ދީގެން ގެންގުޅެން
ބަލާތި
07 January 2018
ވީހާވެސް ގިނަ ދިވެހިންނަށް ފުރުސަތު ދިނުމުގެ ގޮތުން 400 ޓީޗަރުން ހޯދަން ރާއްޖޭގެ ތާރީޚް ގައި ވެސް އިއުލާން ކުރީ އެއީ މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުގައި އެކަނިއެވެ. އެމެން އެމްޑީޕީގެ ވެރިކަމުގައި ނަމަ ކަޓް ކާލައިގެން އިންޑިއާއިން ފޭކް ސެރޓިފިކެޓްސް ހިފައިގެން އަންނަ މީހުންނަށް ޓީޗަރުންގެ ވަޒީފާ ދޭނީ. މިތަނުން ގިނަ ޓީޗަރުންނަކީ އެއީ ރާއްޖެތެރެއަށް ބޭނުންވާ ޓީޗަރުން ކަަމށްވާތީވެ ރާއްޖެތެރޭގައި 10 ހާހުން ދަށުގެ އާބާދީ ތަކުގައި ދިރިއުޅޭ ހުރިހާ މީހުން އެބަޖެހޭ މާލެ ސަރަހައްދަށް ބަދަލު ކުރަން. އެއިރުން އެންމެ ރަނގަޅުވާނީ މިކަމުގައި.
އޯސަމް
08 January 2018
ބިއުޓިފުލް އެން އޯސަމް އަށް 2013 ގެ ކަލޭމެންގެ ވައުދުތަށް ކިޔާލަބަލަ، 2018 ގަ ދިވެހިން ހަނދަށް ފޮނުވަދޭތި