ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އާސިމާއި އިންޑިއާގެ ބޮޑުވަޒީރު މިއަދު ބައްދަލުކުރައްވަނީ.
11 ޖެނުއަރީ 2018 - 21:01
ރާއްޖެ އާއި އިންޑިއާގެ ދެމެދުގައި ރަހުމަތްތެރިކަން އަބަދު ވެސް އޮންނާނެ ކަމަށާއި އަދި އެ ގައުމުން ރާއްޖެއަށް ދޭ އެހީތައް ކުރިއަށް އޮތްތަނުގައި އިތުރު ކުރާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން އިންޑިއާއަށް މިހާރު ކުރައްވާ ދަތުރުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު ވަނީ މޯދީއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ރާއްޖެއާ އެކު އިންޑިއާއިން ބާއްވާ ގުޅުމަށް ޒަމާންތަކެއް ވެފައިވާއިރު އެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ބާއްވަވާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ "އިންޑިއާ ފަސްޓް" ޕޮލިސީއާ މެދު އެ ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މުހިއްމުކަމާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވި ކަމަށް އެތަނުން ބުންޏެވެ. އޭގެ އިތުރުން ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ވެދީފައިވާ އެހީތަކަށް ޑރ. އާސިމް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މި ދަތުރުގައި އޭނާ ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ ވެސް ބައްދަލު ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ވެސް "އިންޑިއާ ފަސްޓް" ޕޮލިސީ އާއި އަވަށްޓެރި ގައުމުތަކާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އެ ގައުމުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ޕޮލިސީއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ޑރ. އާސިމް އިންޑިއާގެ ބޮޑުވަޒީރު މޯދީ (ކ) އާ މިއަދު ބައްދަލު ކުރައްވަނީ-- ފޮޓޯ: ފޮރިން މިނިސްޓްރީ
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަށް މިހާރު ބުރޫއަރާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވެ އެވެ. މި ވާހަކަތައް ބޮޑަށް ގަދަވީ، ރާއްޖޭން ޗައިނާއާ އެކު ގާތްގުޅުމެއް ބާއްވައި އަދި މި ފަހުން، އެ ގައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުންނެވެ. އެ އެއްބަސްވުމާއެކު، ޗައިނާގެ ބާރު އިންޑިއާ ކަނޑުގައި ގަދަވެ، ޗައިނާގެ ނުފޫޒު މި ސަރަހައްދަށް ބޮޑުވުމުގެ ބިރު އޮތް ކަމަށް އިންޑިއާގެ ބައެެއް މީޑިއާތަކުގައި ވެސް ބުނެފައިވެ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނަމުން އަންނަނީ އެފްޓީއޭގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުމަށް ބުރުލެއް ނާރާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަރު އަކިލޭޝް މިޝްރާ، ގއ. އަތޮޅު ކައުންސިލަރުންނާ ބައްދަލު ކުރެއްވުމުން ހުރިހާ ކައުންސިލަރުން ސަސްޕެންޑްކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. ސަރުކާރުން އޭގެ ފަހުން ވަނީ ހުއްދަ ނެތި، ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރުން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާކޮށްފަ އެވެ.
އެކަމަކު ފަހުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ މިޝްރާއާ ބައްދަލު ކުރައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަމްބެލް ބޯއީ
12 January 2018
އިންޑިޔާ އިން ރާއްޖެއަށް މާގިނަ އެހީ ދޭން އުޅޭނެ ކަމެއް ނެތް.
ރައްޔިތުމީހާ...
12 January 2018
އިންޑިޔާއިން ރާއްޖެއަށް ވަރަށް ގިނަދާއިރާތަކުން އެހީވެޔޯ ! މުޅިއަކުން ދޮގެއްނޫންކަމަށްވެދާނެ . ސުވާލަކީ ހިލޭއެހީތޯ ނޫންނަމަ ދިވެހިންއަތުން އިންޑިޔާއަށް ފައިސާ ވަންނާނެކޮޅުތަށް ހުޅުވައި ދިނުންތޯ ނޫނީ ފައިސާދިނީމަ ވިއްކާމުދަލުގެ ގޮތުންތޯ؟ އަދި ދިވެހިރާއްޖޭގައި ސިޔާސީގޮތުން ޕްރޮޕެގެންޑާ ފަތުރަން އެހީވުންތޯ؟ މިހިރީ މުޅިންވެސް އުފެދޭ ބޮޑެތި ސުވަާލުތައް... ރަނގަޅުނިޔަތެއްގައި ރަނގަޅަށް ކަމެއްކުރެވެންޏާ ހަމަގައިމުވެސް އަޅުގަނޑު ބަލައިގަންނާނަން.. ވަރަށް ސަލާމް.
ކޮބާތަ
12 January 2018
ޑޮކްޓަރުންގެ ސިޓީ އައްޑޫ ސިޓީގެ މޮޅު ތަރުޖަމާނު ބުނި ގައިމު މޯދީއާވެސް ބައްދަލުނުކުރެވޭނެއޭ. ކިހިނެތްތަ މިވީ؟
ސަމާސާ
12 January 2018
އިންޑިޔާ އަށް ދިވެހިރާއްޖެ އާއި ނުކުޅެވުނު މިފަހަރު. ބޮޑު ތަނުން އިންޑިޔާ އަމާން ދިން ތަން މިފެނުނީ. ރަގަޅު ގޮތަކީ އިންޑިޔާ އިން ރައީސް ނަޝީދުގެ ގޮތްނޭގޭ ސިޔާސަތާއި ދުރުވެ އޭރަކު އޮންނަ ސަރުކާރަކާއި ގުޅިގެން ދިޔުން.
ސޮކްތެރެޕީ
12 January 2018
އިންޑިޔާއަކީ މިހާރު ދިވެހިންގެ ތަރައްގީގެ ހުރަހެ ޗައިނާ އަކީ މިރާއްޖޭގެ ތަރައްގީ.
ޖުހާ
12 January 2018
އިންޑިއާގެ އެހީ ބޭނުމެއް ނޫން
ހާން
12 January 2018
ހޫން އިންތިހާބުގަ އިދިކޮޅު ފަރާތްތަކަށް އެހީދޭ ވާހަކަ ދޯ ތިޔަބުނާ ރާއްޖެއަށްދޭ އެހީއަކީ؟ ކުރިންްވެސް ތިޔަހެން 7 ހުވައި ކުރި ރާއްޖެ އަންނަން.. ރީނދޫ ހުން ޖެހި ނާދެވުނީ.. ދެންވެސް ވާނި އެވަރު.. ކަލޭ ނާންނާނެ ނަޔަސް ހެޔޮ މަކަރުން ފުރިފަ ތިބި އެދުން ބޮޑު ބައެއް
ނީނާ
12 January 2018
މުޅިން ވެސް ދޮގު ހަދާނި އިހަށްވެސް ބުނި އެސްއީޒެޑަށް އައިހެވަނަށް އިންވެސްޓްކުރާވާހަކަ ވެސް.. ތިޔަ ލާރިތަކާ އެހީތައް އިދިކޮޅު މީހުންނަށް ދޭނި ސަރުކާރަށް ޖެއްސުންކުރަން
ޑޭންޖުރެސް
12 January 2018
ރާއްޖެ އަށް ދޭ އެހީތައް އިންޑިއާ އިން އިތުރު ނުކުރި އަސް މަމެންނަށް މައްސަލަ އެއް ނެތޭ އިންޑިއާ އިން ދޭ އެހީތައް ނުދިނިއްޔާ މަމެންނަށް ރަނގަޅީ. އައިޖީއެމްއެޗް ވެސް އެއީ ބޮޑު ދުއްޕާނަކަށް ރާއްޖޭގެ ސަރުކާރަށް ވެފައި އޮތީ އެތަން ހަދާފައިވާ ލޯކޮލިޓީގެ ސަބަބުން. ރާއްޖެ އަށް ކޮންމެހެން އިންޑިއާ އިން އެހީއެއް ވެދޭނެ ކަމެއް ނެތް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިއާ އިން މާ ބާރުގަދަ ބަޔެއް ކަމަށް ދެއްކެން ނުބޭނުން އެއީ މީގައި އިންޑިއާ ކޮށްދޭންވީ ކަމަކީ. އިންޑިއާ މީހުންނަކީ އެއީ ދިވެހިންގެ ނޯކަރުން. އެލެވެލް ގައި އެމެން ތިބެން ޖެހޭނީ. އިންޑިއާ އަށް އިންޑިއާގެ ސައިޒު ކުޑާ ކޮށް އޮޅިގެން އުޅޭ ހެން މަމެންނަށް ވަރަށް ބޮޑަށް ހީވެއޭ އިންޑިއާ ސައިޒުން ކަނޑަން ޖެހުނީ އެހެންވެއޭ މަމެން އިންޑިއާ އަށް ދެން އިތުބާރެއް ނުކުރާނަމޭ އިންޑިއާގެ އެމްބަސޭ އިޒް ނޯ ޑޭމް ގުޑް ފޯރ އަވަރ ކަންޓްރީ ހީ އިޒް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް. ހާއް ހާއް ހާއް ހޭއް ހޭއް ހޭއް ހޯއް ހޯއް. ޑޭންޖުރެސް ޑޭންޖުރެސް.
ކޯނީ
12 January 2018
މާނަ އަކީ މޑޕ އަށް، ސަރުކާރަށް ޖެއްސުން ކުރަން ދޭ ހަރަދު އިތުރު ކުރާ ވާހަކަ.