ދިވެހި ސިފައިންގެ ކޯސްޓްގާޑުގެ އުޅަނދެއް: ގެއްލިގެން ހޯދަމުން އައި "ނޫރު" ދޯންޏާ ގުޅިފައިވާ ކަމަށް އެމްއެންޑީއެފުން މިރޭ ބުނޭ.
12 ޖެނުއަރީ 2018 - 21:56
ތ. ބުރުނިން 11 މީހުންނާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް، ގެއްލިގެން ހޯދަމުން އައި "ނޫރު" ދޯނި މިރޭ ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ، ގާތްގަނޑަކަށް 65 ފޫޓުގެ އެ ދޯންޏާ މިރޭ 9:00 ހާއިރު ގުޅުނުއިރު އެ ދޯނި އޮތީ ކ. ދިއްފުށީ ބޮޔާ ހިސާބުގައި ކަމަށެވެ. އަދި ދޯނީގެ ކެޔޮޅާ ހަވާލާދީ، އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ މިރޭ ދަންވަރު 1:00 ހާއިރު، އެ ދޯންޏަށް ކ. ހިންމަފުއްޓަށް ވަދެވޭވަރުވާނެ ކަމަށެވެ.
"ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު،" ގެއްލިގެން، މިދިޔަ ބުދަ ދުވަހު ސިފައިންނަށް ރިޕޯޓް ކޮށްފައިވާ ދޯނީގައި ތިބި މީހުންނާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުންޏެވެ.
"މި ދޯންޏާ ނުގުޅުނީ ބޭރުގައި މަސްވެރިކަން ކުރަން އުޅުމުގެ ސަބަބުން ކަމުގައި ދޯނީގެ ކެޔޮޅު އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވެ އެވެ."
މި ދޯނި ގެއްލިގެން ރިޕޯޓްކުރިއިރު، އޭގެ ޚަބަރެއް އެންމެ ފަހުންވީ، ހދ. ނޮޅިވަރަމާ ދިމާލު ބޭރުގައި އޮއްވައި މިދިޔަ ހޮނިހިރު ކަމަށް ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.
އެމްއެންޑީއެފުން ބުނީ، މިފަދަ އުޅަނދުތަކުގެ ޚަބަރެއް ނުވެގެން ހޯދުމަށްޓަކައި ވަރަށް ގިނަ ވަސީލަތްތައް ބޭނުންކުރަންޖެހޭ ކަމަށެވެ.
އެހެންވެ، މަސްވެރިން މަސްވެރިކަމުގައި ހޭދަކުރާ ވަގުތު އާއިލާއަށް ގުޅައި ޚަބަރުތައް އެންގުމަށް ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ.
"ހަމަ އެހެންމެ ޚަބަރެއް ނުވެ ފާއިތުވެގެންދާ ދުވަސްތަކަކީ އާއިލާއަށް ވަރަށް ބޮޑެތި އުނދަގޫތައް ތަހައްމަލު ކުރަންޖެހޭ ވަގުތުތަކަކަށް ވާތީވެ، މަސްވެރިންނާއި އޮޑިވެރިންނާއި ކެޔޮޅުން އެމީހުންގެ އާއިލާތަކަށް ނުތަނަވަސްކަން ތަހައްމަލުވިޔަ ނުދީ އެހީތެރިވެ ދެއްވުމަށް ވެސް އިލްތިމާސް ކުރަމެވެ،" އެމްއެންޑީއެފުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބަރޭ
13 January 2018
މީ ވަރައް ދެރަކަމެއް. އޮޑިވެރިން މިކަހަލަ ކޭސް ތަކުގަ ބޮޑު އަދަދަކުން އޮޑީގެ ވެރިފަރާތް ޖޫރިމަނާކުރަން ފެނޭ. ސަބަބަކީ ސެޓެލައިޓް ފޯނު ބަހައްޓަން ގަވާއިދުގަ ބުނެފަވުމާ، ސެޓުން ނުވަތަ ފޯނުން ގުޅާ ރަށުގަ ތިބި އާއިލާއަށް އަދި އޮޑީގެ ވެރިފަރާތައް އެންގެންވެސް އޮތްއިރު އެކަން ނުކޮށް ދޫކޮއްލުމުގެ ސަބަބުން ކޯސްޓްގާޑުން އެތައް ވަސީލަތަކާ ތެލާ މީހުން ބޭނުން ކޮއްގެއް އެމީހުން ހޯދަން މަސައްކަތް ކުރަން ޖެހުން މީ ބޮޑު އިސްރާފަކައް ވާތީ. މިމީހުން ޒިންމާދާރުކުރަން ޖެހޭ
ޕޮގުބާ
13 January 2018
ނުގެއްލުނަސް ވާނެ. އުނދަގޫ ބޮޑުކުރަން. އެކަމަކު ޓުރާސްޕޯޓުން ދުނިޔޭގެ ކޮންމެހިސާބެއްގަ އުޅަނދުހުއްޓަސް ގުޅޭވަރުގެ މުއާސަލާތީގުޅުމެއް ދޯނީގަ ހުންނަން ޖެހޭނެކަމަށް ކަނޑައެޅިޔަސް އޮޑިވެރިން ބުނާނެ އެއީ އެމީހުން އަމިއްލަ ފައިދާޔަށް ކުރާކަމެކޭ އެކަމަކު ދޯނިގެއްލުމަށްފަހު ދިވެހި ރަށްޔިތުންތިބެނީ ސަރުކާރަށްބަވަން އެގެއްލުނު ދޯނީގެ އަނބިދަރިން ތިބެނީ ނުކާނުބޯ ބަނޑަށް
ހެހެ
13 January 2018
ޚަބަަރުގައިވާ ގޮތުން އެ ދޯނި އެއޮތީ ގަވާއިދާ ޚިލާފުވެފަ. ކީއްވެހޭ ފިޔަވަޅު ނާޅަނީ. ހީވަނީ މިކަހަލަ ކަންތައް ކުރުވަން ދޫކޮށްލާފަ ހުންނަނީ ދޯނި ގެއްލިގެން ފަހުން ހޯދާފަ ސިފައިން މެޑަލް ޖަހަން ވެގެންހެން!
ބޫންބޫން
13 January 2018
ޑޮކްޓަރު ސިޓީ ހަޖަމު ހަޖަމު ކަލޯ ހަޖަމު
ކޮލެޖް ބޯއީ
13 January 2018
ޒިއްމާދާރު ކަން ކުޑަ، ފަރުވާ ކުޑަ، ދޯނި ފަހަރު ހޯދަން ދައުލަތުގެ ޚަރަދު ތި ގޮތަށް ބޭކާރު ކުރާ ދޯނިތަކުގެ ވެރިން ޖުރުމާނާ ކުރަން ޖެހޭ. ދޯނި ހޯދުމަށް ފަހު ކުރެވޭ ތަހުގީގުގައި ދޯނި ހޯދަން ޖެހުނީ އެމީހުންގެ އިހުމާލުން ކަން ދައުލަތަށް ސާބިތުވެެއްޖެ ނަމަ ކުރި ޚަރަދު ހޯދަން ޖެހޭގޮތަށް ގަވައިދު ހަދާ
ކައުންސެލަރު
12 January 2018
ހަމަ ކުރިންވެސް "ގެއްލުނު" ދޯނިހެން މިފަހަރުވެސް؟ ކީއްކުރާނީދޯ. ސަރުކާރުގެ އެތައް ހަކަތައެއް/ރައްޔިތުންގެ އެތައްފައިސާއެއް ބޭކާރުވަކީ މިކަހަލަ "ނަހައްގު" ކަންކަމުގަ. އެޅޭ ފިޔަވަޅެއްވެސް ނެތްހަމަ؟
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
12 January 2018
ދައުލަތުގެބަޖޭޓުން ސިފައިންނަށާއިފުލުހުންނަށް ކުރާ “އިސްރާފް” މަދުކޮށް އެފައިސާސީދާރައްޔިތުންނާއި ގުޅުންހުރި އެހެންކަމެއްކުރުމަށް ހޭދަކުރާންޖެހޭ. މިސާލަކަށް ރާއްޖޭގެފުދުންތެރިކަމާއިނުބައްދަލު ހޭދައެއްކޮށް “ވަކިބަޔަކަށް މާލީމަންފާ ހޯދާދިނުމަށް” 300 މިލިޔަނެއްހާ ޑޮލަރު ހޭދަކޮށްގެން އަޅާ ބްރިޖް ނިމުމުން ބްރިޖަށްހޭދަ ކުރި ފައިސާގެ ތެރެއިން އަގު ދެއްކުމަށް ފަހު އެއަރޕޯޓް ފެރީގެ ގޮތުގައި މިހާތަނަށް ރެޖިސްޓްރީ ކޮށްފައިވާ ފެރީތަކާއި އެމްޓީސީސީގެހުރިހާ ފެރީތަކެއް ދައުލަތަށްނެގުމަށް ފަހު ހއ އިން އައްޑޫ އަށް ހިމެނޭ ޤުދުރަތީ 26 އަތޮޅުގެ މެދުގައި “ޔަޤީން ކަމާއި އެކު ދަތުރު ކުރެވޭނެ ކަނޑު ދަތުރު ފަތުރުގެ ނިޒާމެއް” ޤާއިމް ކޮށް ކޮންމެ އަތޮޅެއްގެ ވެސް އެތެރޭގެދަތުރުތައް ދައުލަތުން ސަބްސިޑައިޒްކޮށް އަގު ކަންޓަރޯލް ކުރެވޭނެ އުސޫލު ތަކާއި އެކު އެހެންފަރާތް ތަކަށް އަތޮޅު ތަކުގެ އެތެރޭގެ ދަތުރު ނުވަތަ އިންޓަރ އައިލެންޑް ދަތުރު ތައް ދޫކޮށް މިކަން ފުރިހަމަ ކޮށްފިނަމަ މިހާރު ކުރާ އިސްރާފަށް ވުރެން ރަނގަޅުވާނެ.
ހެންޑެލި
13 January 2018
ސިފައިންނާ ފުލުހުންނަށް ދައުލަތުން ކުރަނީ ބޭކާރު ޚަރަދެއްކަމަށް ވަންޏާ އާސަންދަ އާއި އެނޫންވެސް ރައްޔިތުންނާ ގުޅުންހުރި ކަންކަމުގަ ދައުލަތުން ކުރަނީ ބޭކާރު ޚަރަދުތަކެއް. ސިފައިންނާ ފުލުހުންނަށް ދައުލަތުން ކުރަނީ ބޭކާރު ޚަރަދެއްކަމަށް ބުނި އިރު ސިފައިންނާ ފުލުހުންނަކީ ބޭރު ގައުމަކުން ރާއްޖެއަށް އެތެރެކޮށްފައިތިބި ބައެއްތަ؟ ދޮންކަލޯ އެއީ ހަމަ ދިވެހި ދަރިން، އެމީހުންވެސް މިތާގަ ދިރިއުޅެނީ ދައުލަތައް ޓެކްސް ދައްކައިގެން، ތިމާގެ ގެއިން ވަށްކަމެއް ކޮށްލިޔަސް ގުޅާނީ ޕޮލިހަށް، ބޮޑު މުސީބާތެއް ޖެހުނަސް ގުޅާނީ ޕޮލިހަށް، ތަނެއްގަ ރޯވިޔަސް ގުޅާނީ ސިފައިންނަށް، ވާރޭކޮޅެއްވެހި ކިރިޔާ ފެންބޮޑުވެލާ އިރަށްވެސް ގުޅާނީ ތިޔަބުނާ ސިފައިންނަށާ ފުލުހުންނަށް. މިކަން ކަން ދިމާވެގެން ތިޔަބުނާ ސިފައިންނަށާއި ފުލުހުންނަށް ނުގުޅާ އަމިއްލަ އަށް ކަންކަން ހައްލު ކުރެވޭނަމަ ސިފައިންނާ ފުލުހުންނަށް ދައުލަތުން ޚަރަދު ކުރުން ހުއްޓާލުމަށް ގޮވާލުން ރަނގަޅުވާނެ، ވަކި ވަޒީފާއެއް އަދާކުރާތީ އެބަޔަކު ދެކެ ރުޅިއަންނާކަށް ނުޖެހޭ.
ހަބަރޭ
13 January 2018
ހެންޑެއްޔާ ކަލޯ ޑޮކްޓަރުންގެ ސިޓީ އެ ވިދާޅުވަނީ މިހާލަތުގަ ދޯނީގެ އިހުމާލުން (އެހާދިރައް ދާއިރު އަންގަން ވާފަރާތްތަކައް ހާއްސަކޮއް ވެރިފަރާތާ އާއިލާތަކައް ނާންގާ ރޭންޖުނުލިބޭ ހިސާބައް ދިޔާމާ) ހޯދަން ޖެހުމަކީ ހަގީގަތުގާވެސް ވަރައް ބޮޑު އިސްރާފެކޭ. އެފާއިސާ ހޯދެން ޖެހޭނެޔޭ ވާހަޔަކީ. މުޅި ކޮމެންޓު ކިޔާލާފަ ރައްދެއް ލިޔެލަބަލަ. މިހެން ހެދީމަ ކިޔާ މީހުންނައް ހާދަ ބޭކާރު ވަގުތެކޭ މިގެއްލެނީ. މީތި ރަނގަޅު ކޮއްލާ ބުރޯ
ބޮޑުވަރު ދޯ
15 January 2018
މިދެން ހާދަހާ ވާނުވާ މީހެކޭ... ކޮން ޑޮކްޓަރުންގެ ސިޓީ އެކޭ ކިޔާކަށް، ކޮންމެ ރަށެއްގެ މީހަކަސް ވަރިހަމަ ކިޔަވައިގެން ޑޮކްޓަރަކަށް ވެއްޖެނަމަ އެއީ މުޅި ގައުމަށް ލިބޭ މަންފާއެއް ކަމަށް ވިސްނާބަލަ،