އަލީ ހުސެއިން: އޭނާގެ މައްޗަށް ކުރާ ދައުވާގައި ވަކީލަކު އައްޔަން ކުރުމުގެ ފަހު ފުރުސަތު ކްރިމިނަލް ކޯޓުން މިއަދު ވަނީ ދީފައި.---ފޮޓޯ: މިހާރު
16 ޖެނުއަރީ 2018 - 17:59
ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަން މައްސަލާގައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނަށް ކުރާ ދައުވާގައި، ވަކީލަކު ހަމަޖައްސަން ދިން ދެ ފުރުސަތުގައި ވެސް އޭނާ އެކަން ނުކުރައްވާތީ، މައްސަލަ ބައްލަވާ ގާޒީ އެކަމާ މެދު އަލީ ހުސައިނާ މިއަދު ވަރުގަދަ ސުވާލުތަކެއް ކުރިމަތި ކުރައްވައިފި އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހުގެ އިދާރާއަށް ވަން މައްސަލާގައި 12 މެމްބަރަކަށް ދައުވާ ކުރާއިރު، އަލީ ހުސައިން ފިޔަވައި އެހެން ހުރިހާ މެމްބަރުން ވަނީ ވަކީލަކު އައްޔަން ކޮށްފަ އެވެ.
އަލީ ހުސައިންގެ ވަކީލް ސަސްޕެންޝަންގައި ހުރުމުން ވަކީލު ހަމަޖެއްސި ކަމުގެ ފޯމް އޭނާ އަދިވެސް ކޯޓަށް ހުށައެެއް ނާޅުއްވަ އެވެ. އެކަމާ މެދު ގާޒީ ސުވާލު ކުރެއްވީ، އަލީ ހުސައިނަށް ރައްދުވާ ބައި މިއަދު ވަކިން ކުރިއަށް ގެންދިއުމަށް ބޭއްވި އަޑުއެހުމުގަ އެވެ.
ދެ ފަހަރަށް ފުރުސަތު ދިނުމުން ވެސް، ވަކީލަކު ހަމަނުޖައްސަނީ ކީއްވެގެންތޯ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވުމުން، އަލީ ހުސެއިން ވިދާޅުވީ އޭނާ އިހްތިޔާރު ކުރި ވަކީލު ހުރީ ސަސްޕެންޝަންގައި ކަމަށެވެ. އޭނާ އެހެން ވިދާޅުވުމުން ގާޒީ އާރިފް ވަނީ، އެކަން ކޯޓުން ކަށަވަރު ކުރާނީ ކިހިނެތް ތޯ އާއި އެ ވަކީލް ހަމަޖެއްސި ކަމުގެ ފޯމް ހުށަނާޅުއްވަނީ ކީއްވެގެންތޯ ސުވާލު އުފައްދަވައިފަ އެވެ.
ޖަވާބުގައި އަލީ ހުސައިން ވިދާޅުވީ، ފޯމް ހުށަނޭޅުއްވީ އެ ހުށަހެޅިޔަސް، ސަސްޕެންޝަންގައި ތިބޭ ވަކީލުންނަށް ކޯޓުތަކަށް ހާޒިރު ނުވެވޭތީ ކަމަށެވެ. ވަކީލުން ސަސްޕެންޑް ކޮށްފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި ކޮންމެ މީހަކަށް ވެސް އެ މީހަކު އިހްތިޔާރުކުރާ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ކުރާ ކަންކަމުގައި ކޯޓުން ބައިވެރިނުވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލީ ހުސެއިން އެގޮތަށް ވިދާޅުވުމުން ގާޒީ އާރިފް ވަނީ، ސަސްޕެންޑް ކޮށްފައިވާ ވަކީލަކު ވަކީލަކަށް ވާނެތޯ ވިދާޅުވެ، އަލީ ހުސައިނާ ސުވާލު ކުރިމަތި ކުރައްވައިފަ އެވެ. ގާޒީ ވިދާޅުވީ އިހްތިޔާރު ކުރާ ވަކީލަކު އައްޔަން ކުރުމުގެެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނާނެ ކަމަށާއި އެކަމަށް ހުރަހެއް ނެތް ކަމަށެވެ. އެކަމަކު އައްޔަން ކުރާ ވަކީލަކީ ކޯޓަށް ހާޒިރުވުމުގައި ހުރަހެއް ނެތް ފަރާތަކަށް ވާންޖެހޭނެ ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ.
"އަލީ ހުސައިނަށް އަޅުގަނޑުގެ ނަން ވެސް ހުށަހެޅިދާނެ ވަކީލެއް އައްޔަން ކުރުމުގެ ގޮތުން. އެއީ އަޅުގަނޑުގެ ނަން ވެސް އޮންނާނެ ވަކީލުންގެ ލިސްޓުގައި. އެކަމަކު މި މައްސަލާގައި ވަކީލެއްގެ ގޮތުގައި އަޅުގަނޑުގެ ނަން ހުށަހަޅައިފިއްޔާ އެކަން ކޯޓުން ބަލައެއް ނުގަންނާނެ. ސަބަބަކީ އަޅުގަނޑު މިއިނީ މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން،" ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާރިފް ވިދާޅުވި އެވެ.
ސުވާލުތައް ކުރިމަތި ކުރެއްވުމަށް ފަހު، ގާޒީ ވަނީ ވަކީލަކު ހަމަޖައްސަން އަލީ ހުސައިނަށް އިތުރު ފަސް ދުވަހުގެ މުއްދަތެއް ދެއްވައިފަ އެވެ. އެ މައްސަލާގައި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ވެސް ދައުވާ ލިބޭއިރު، އެ ބޭފުޅުންގެ ހައްގުތަކާ މެދު ވެސް ވިސްނެވުމަށް އަލީ ހުސެއިނަށް ގާޒީ އިލްތިމާސް ކުރެއްވި އެވެ. އަދި މިއީ ވަކީލަކު ހަމަޖައްސަން އަލީ ހުސައިނަށް ދެއްވާނެ އެންމެ ފަހު ފުރުސަތު ކަމަށް ވެސް ގާޒީ އާރިފް ވިދާޅުވި އެވެ.
"ހަނދުމަފުޅު ބަހައްޓަވާތި ކުރީގެ އަޑުއެހުމަށް ވުރެ މިއަދު ފަނޑިޔާރުގެ ބަސް ހަރުކަށި ކަން. މާނައަކީ މިއީ ދެވޭނެ އެންމެ ފަހު ފުރުސަތު ކަން،" ވަކީލަކު ނެތަސް، ދެން އޮންނަ އަޑުއެހުމެއްގައި އަލީ ހުސައިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެ، ގާޒީ އާރިފް ވިދާޅުވި އެވެ.
އިތުރު ފަސް ދުވަހުގެ ފުރުސަތެެއް އަލީ ހުސެއިނަށް ގާޒީ ދެއްވިޔަސް ދައުލަތުން އެކަމާ ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ ގާނޫނު އޮތްގޮތުން ވަކީލަކު ހަމަޖައްސަން ދޭންޖެހޭނީ 10 ދުވަސް ކަމަށާއި އެކަމަކު އަލީ ހުސައިނަށް އެ ފުރުސަތު ދިން ފަހުން މިއަދާ ހަމައަށް 112 ދުވަސް ވެފައިވާ ކަމަށެވެ. އެހެންވެ، ވަކީލަކު ނެތަސް އެ މައްސަލަ ކުރިއަށް ގެންދަން ދައުލަތުން އެދުނެވެ.
އެކަމަކު ގާޒީ އާރިފް ވިދާޅުވީ ޝަރީއަތުގެ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށާއި އިތުރު ފަސް ދުވަހުގެ ފުރުސަތެއް އަލީ ހުސައިނަށް ދެއްވާނެ ކަމަށެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް މި މަހުގެ 25 ވަނަ ދުވަހު ބާއްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުތާ
17 January 2018
ފަނޑިޔާރު އާރިފަށް އަލީ ހުސެއިންގެ ވަކީލަކަށް ނުވެވޭނީ ކޮންމެެހެން މައްސަލަ ބަލާ ގާޒީއަށް ވީމަކަ ނޫނެވެ. ނުވަތަ އެމައްސަލައިގެ ރިޔާސަތު ބަލަހައްޓާކީވެސް ނޫނެވެ. ވަކީލަކަށް ނުވެވޭނެ ސަބަބަކީ އާރިފަކީ ކޯޓެއްގެ ފަނޑިޔާރަކަށް ވީމައެވެ.
ފުރަތަމަ ޤައުމު
17 January 2018
މަޖްލީސްގެ ބާރު މަޖްލީސް އަށް ހޯދޭނީ އަދި ޖުޑީޝަރީ ހަމަ މަގަށް އެޅުވޭނީ ވެރިކަން ކުރާ ޕާޓީގެ މަޖްލީސް މެމްބްރުންގެ ގޮތުގައި މިހާރު ތިބި އިސް މެމްބަރުން މަޖްލީސްގެ ހާލަތާމެދު ވިސްނާ ފޮކުރި ކޮށްގެން ނެވެ.އަދި 10 މެމްބަރުން މިކަމަށް ނިކުމެގެން ނެވެ.
އަނދަވަޅު
17 January 2018
ދުވަހަކު އެއްވެސް ވަޒީފާއެއް ނުލިބުނަސް އަދި ކާން ނުލިބި ބަނޑަށް ހުންނަން ޖެހުނަސް ރައީސް ޔާމީނު އާއި އެބޭފުޅާގެ ކެބިނެޓްގެ ހައްޤު ގައި (އެބޭފުޅުންގެ ދިފާއުގައި) ޕީޕީއެމްގެ މަޖްލީސް މެމްބަރުން މިހާރު އަދާ ކުރާ ޒާތުގެ ނިކަމެތި މެމްބަރުކަމެއް އަހަރެން ނަމަކަ އަދާއެއް ނުކުރާނަމެވެ.ކޮން ތަރައްޤީ އެކޭ ކިޔާކަށް ތޯއެވެ؟ ތަރައްޤީ އަކީ ވެސް ޑިމޮކްރެސީ އާއެކު ބޭނުންވާ އެއްޗެކެވެ.ރިޝްވަތާ ފަސާދައާއި އަނިޔާވެރި ކަމާ އެކު ތަރައްޤީ( ކޮންކްރިޓް ) ބޭނުމެއް ނެތެވެ.ހުރިހާ ޤާނޫނު ތަށް ޑްޕިލިކޭޓް ކޮށް ޤައުމުގެ މިސްރާބު ފަހަޔަށް އަބުރާލައިފާ ކޮން ތަރައްޤީއެކޭ ކިޔާކަށް ތޯއެވެ؟
ނިހާނު ރިޔާޒް
17 January 2018
12 މަޖްލީސް މެމްބަރުން މަޤާމުން ވަކިކޮށް، އަނެއް 12 މަޖްލީސް މެމްބަރުން ގެ މައްޗަށް މަޖްލީސް އަށް ވަނުމުގެ ދައުވާ ކޮށް އަނެއް މެމްބަރު ސަޚްސު އޮޅުވާލި ކަމުގައި ދައުވާ ކޮށް އަދި ޖަލުގައި ހައްޔަރު ކޮށްފައި ވާއިރު އަނެއް ބައި މެމްބަރުން މިކަމަށް ތާއީދު ކޮށް އަތް ޖަހާ ނަށާނީ ހާދަހާވާ ގޮތެއް ނެތީމާ ތާއެވެ.މަޖްލީސް ގެ ބާރުކަޑާލައި މަޖްލީސްގެ މެމްބަރުން ނަކީ "އިލެކްޝަން ކޮމިޝަނަރުު އަށް ވަކިކުރެވޭ ބަޔަކަށް ހަދާލި އިރު ބަލަން އަތް ޖަހާނީ ހާދަ ގޮތެއް ނެތް މެމްބަރުން ކޮޅެއް ތާއެވެ.ލަދުން ހޮޑު ލެވޭވަރު ވެއެވެ
ބަސް
17 January 2018
ޝަރުއީ އުސޫލަށްބަލާއިރު ގާޒީގެ ބަސް ގޯހެއްނޫން އެކަމަކު މަސްލަ.ޢުފެދުމުގެ.ޢަސްލު އުގެދިފައިވަނީ ބާތިލުގެ މައްޗަށް ބާތިލުގެ ގޮތުގައި ދަވްލަތުގެ ސައްހަކަން ފުރުހަމަ ވާނީ މަޖްލިސްދެމިއޮވެގެން އެހެންނޫނީ ދަވްލަތުގެ ސައްހަކަމާމެދު ވިސްނާލަންޖެހޭނެނޫންތޯއެވެ.
ކީކޭބުނާނީ
16 January 2018
ދެންއައްޔަނުކުރި ބަލިވެއްޖެނަމަ ބަލިފަސޭހަވަންދެން މައްސަލަ މަޑުޖައްސާލާނީ... ދެން ވަކީލު ކޯޓަށްދާނީ އަލީހުސައިންއަށް ކޯޓަށްނުކިޔާދުސްތަކުގަ... ކޯޓަށްކީ ވަކީލު ބަލިވާނީ ނޫނީ ރާއްޖޭންބޭރަށްދާނީ.. ދެންމިގޮތުގަ މިދައުރު ނިންމާލާނީ... މިވެސް އަދުލުއިންސާފުގެ ވަރަށް ފުރިހަމަ ވައްތަރެ.... ހައްގުހަމަހަމަ...
އަލީ
16 January 2018
ގާނޫނެއްވެސް އުޑެއް ބުޑެއް ވެސް އިނގޭ ބައެއް ނޫން. ޖޯކު.
ޥާލުސޮރު
16 January 2018
ޢެސޮރު ކީކުރާ ވަކީލެއް މަޖިލީސް މެމްބަރަކަށް ވީމަ ޤާނުގެ އިޖުރާއަތްތަށް ހަދާން ނެތެނެތީތާ އަނެއްކަ އެކަމުގެ ހައްލަކީ މެންދުރުފަހު ގިނައިން މަހުމޭ ކެއުން އިސާހަތަކުން ރަގަޅުވެދާނެ
ކަކަކަ
16 January 2018
އަލީ ހުސެއިންނަށް ރާކަނިމަސް ކެވިފަ ހުންނާނެ
ސޯރޭ
16 January 2018
ވަގުު ފައިސާއަށްވުރެ ރާކަނި މަސް މީރުވާނެ. ތިޔަ ފައިސާ ބަދަލުވާނީ ނަރަކައިގެ އަލިފާނަށް. އަލިފާން ކައި!
ގގގގ
16 January 2018
މިދާ ރޭޓުން ޔާމީނު ރައީސް އޮފީހަށް ވަދެގެން އަދި ދައުވާ ކުރާނެ