ރައީސް މުހައްމަދު ނަޝީދު ލަންޑަންގައި އިއްޔެ "މިހާރު"އަށް އިންޓަވިއުއެއް ދެއްވަނީ.
17 ޖެނުއަރީ 2018 - 11:38
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ސާފު ބަހެއް ބުނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގޮނޑި ގެއްލުނު ކަމަށް އީސީ އިން ބުނާ މެމްބަރުންނާ ގުޅޭ ގޮތުން ސާފު ބަހެއް ބުނަން ޖެހެނީ އެތައް ހާސް ރައްޔިތުންގެ ވަކީލުންނާ ގުޅޭ ކަމަކަށްވާތީ ކަމަށެވެ. އަދި މިކަން ލަސްކުރުމަކީ ކޯޓުގެ އިހުމާލެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
Majlis ge memberunge therein gon'di gellunukamah EC in bunaa memberunai gulhey gothun saafu baheh SC in bunanjehey. SC in saafu kohdheyn mi jehenee ethah haas rayyithunge vakeelunai gulhey kameh. Mi kan laskurevvumakee SC ge ihmaal eh
— Mohamed Nasheed (@MohamedNasheed) January 17, 2018
ނަޝީދު ކުރެއްވި ޓުވީޓު.
ގޮނޑި ގެއްލިފައިވާ ކަމަށް އީސީ އިން ކަނޑައަޅާފައިވާ އިދިކޮޅު މެމްބަރުން، ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކުގެ ޖަވާބު ނުދީ އެ ކޯޓުން ބަހެއް ނުބުނެ ތިބެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.
މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ ބަހެއް ހޯދަން މެމްބަރުން މަސައްކަތް ކުރެއްވުމަކީ އެ ބޭފުޅުންނަށް ލިބިގެންވާ ހައްގެއް ކަމަށާއި އެކަން ސާފު ކުރައްވަން ޖެހޭނެ ކަމަށެވެ.
މަޖިލީހުގެ، އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ. މިއީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ ހައްލެއް ހޯއްދައިދޭން އެ މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހަޅުއްވައިފަ އެވެ. މައްސަލަތަކާ މެދު ގޮތެއް ނިންމުން ލަސްވާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް މެމްބަރުން ކޯޓަށް ވަޑައިގަންނަވަ އެވެ. އެކަމަކު، އެއްވެސް މެމްބަރަކަށް ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭ ގޮތެއް އަދިއެއް ނުވެ އެވެ.
މަޖިލީހުން ހުސްވެފައިވާ ކަމަށް އީސީ އިން ކަނޑައެޅި ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން، ސަޕްލިމެންޓްރީ ބަޖެޓުން ފައިސާ ހަމަޖައްސައިދީ، މިދިޔަ އަހަރު ނިމުނުއިރު ވެސް އެ އިންތިޚާބުތަކެއް ނުބޭއްވެ އެވެ. އެހެންވެ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އީސީ އަށް ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތަކުރާ
18 January 2018
ނަޝީދަށް ތާއީދެއް ނުކުރަން. ނުވެސް ކުރާނަން. ނަޝީދުގެ ވެރިކަމުގައި ގައުމު ފުނޑުފުނޑުވެ ބައިބައިވެ ދިޔައީ. އިގްތިސާދީގޮތުން ނިކަމެތިވެ އާއިލާތައް ރޫޅި މުޅި ގައުމު ބައިބައި ކޮށްލި. ނަޝީދު އަށް ތާއީދު ނުކުރުމަކީ ގައުމަށް ކޮށްދެވޭބޮޑު ހެޔޮކަމެއް. އަދި ގައުމީ ވާޖިބެއް....އަޅުގަނޑު ހަމަލޮލުން ދުށީމު ބޭންކު އޮފް މޯލްޑިވުސް ސ. ހިތަދޫ ބުރާންޗް ބޭރުގައި ފަތިހު 4 ޖެހުމާއި އެކު ދަމާފައި އޮތް ކިޔުލައިނު... ކީއްކުރަންތޯ ކިޔު ޖެހިގެން ދުވާލަކު ބޭންކުން ވިއްކަނީ 600 ޑޮލަރ އަދި އެއީ 3 މީހަކައް ކޮންމެ މީހަކައް 200 ނަމަވެސް މީސްމީހުން މިފަދަ އުނދަގޫތަކާއި ކުރިމަތި ލަމުން ދިޔައީ ގޮތެއްނެތިގެން... ނަޝީދުގެ ވެރިކަމުގައި މަދުބަޔަކައް ގައުމުގެ މުއްސަނދި ކަން ފޭރިގަނެވުނަސް ރައްޔަތުން ގަނޑުތަޅުވައިލި ރައީސެއް... މަވާ ސަލާމް..
ޮދޮންދުރިމާ
17 January 2018
މިދެމީހުންނައްތަ އެގެނީ ސްޕްރިމް ކޯޓުން ބުނަންޖެހޭ އެއްޗެއް ބޯހަލާކު
މޯޑް
17 January 2018
ނަޝީދު ތިވާހަކަ ދައްކާކަށް މާ ރަނގަޅެއްނޫން. ތި ނޫނީ ނުހުންނާނެ ރައްޔިތުންނަށް އޮޅުވާލައިގެން ރާއްޖެއިން ބޭރަށް ބޭސްފަރުވާ ކުރަން ދިޔަމީހެއް. ފުރަތަމަ ތިމާ ދެން އެހެން މީހުން
ރައްޔިތުމީހާ...
17 January 2018
ކަލޯ މިއީ ކޯޓުތަކުގެ ނިންމުމާއި ކޯޓުތަކުން ކުރަންޖެހޭ ކަންތައްތަކަށް ފާޑުކިޔަން އެންމެ ރަނގަޅު މީހާ ބަލަގަ އަޅުގަނޑުމެން ހަނދާނުގައި އަދިވެސް އެބަހުރި މިރާއްޖޭގެ ކޯޓުތަކުގައި ތަޅުއަޅުވާ ބަންދުކޮށް 3 ނިޒާމް އެއްނިޒާމަކަށް ހަދައި ގާޒީންވަގަށްނަގައި އަދި މިރާއްޖޭގައި ހުރި އެންމެ މުހިއްމު ތަންތަންވިއްކައި އަދި މިވަރުން ނުވެގެން ތަންތަން ރޯކޮށް ބުދުބަހައްޓައި، އަދި ކޮބައިތޯ ކުރެވުނުކަންތައްތަކަށް ޒިންމާވާންޖެހުނު ދުވަހު ފިލައިގެންގޮސް އަދިވެސް ކުރެވުނު ވަރުކުޑަކަމަށް ހީކޮށް މިރާއްޖެ ނައްތާލެވޭތޯ "ތިމަނިކުފާނު" ކަރަމުން އަންނަމަސައްކަތް އަޅުގަނޑުމެންނަށް އެބަފެނެއޭ އިނގޭތޯ! ވަރަށް ސަލާމް... ހަޖަމް ހަޖަމް
ވިސްނާލީމާ
17 January 2018
ބުނަން ޖެހުނަސް ކީތްތޯ ކުރާނީ. އެއިރުވެސް ކަންތައްވީ އެހެންނޫންތޯ؟
އެއްލާލާ
17 January 2018
ކެނެރީގެ ނަޝީދު އަލިފު ލައިލާ ވާހަކަ ކިޔަން ބައިންދާ އަވަހަށް މަމެން އެއިޓީން މޫން ސީންގް ރޭހުގެ ރިހާރސަލް ތައް ބާއްވާ ނިންމާ އަވަހަށް އެމެން ރަންރީނދުލޭ ބިއުޓީ ކްއީނޭ މެންގެ ޗެކް މާރކް ވެސް ދަމައިގަންނަންވީއޭ އެމެންނަށް ވާނުވާ ނާންގާ އެއިރުން ހުންނާނެ ރަންރީނދޫ ބޮޑޭ އަށް ރަނގަޅަށް ރާކަނި މަސްކެވިފައި ދޯ. ކޯއްޗެކޭ ކިޔަންތޭ ކެނެރީގެ ނަޝީދު މިއުޅެނީ. ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބަލަގަ އެއިރުން މާ ތާހިރުވާނެ އެއް ނޫންތޭ. މަހަށް ދޭބަލަ.
ވިއެޗްއެސް ޓޭޕް
17 January 2018
ކޮންހާ ވާހަކައެއް! ނިޒާމުގެ ބޭރުން ވަކީލަކު ހައްޔަރުކޮށް، ކޯޓުގެ 100 ފޫޓާ ކައިރިއަށް ވެސް ނުދެވޭނޭ ކިޔާފައި، ވަލިޔުލް އަމްރަކަށް ހުރެ ދެއްކި ވާހަކަތަކާ، އެ މައްސަލައިގާ ސްޕްރީންމް ކޯޓުން އޭރު ނެރުނު އަމުރުތަކަށް، ސްޕޯކްސް ޕާސަން ލައްވާ ފާޅުގައި ޖެހި ގޮންތައް މިހާރު ރައްޔިތުން ހަދާން ނެތިދާނެކަމަށް ހީކުރަނީހެވެ! އަމިއްލަ ފައިދާއަށް، ނިކަމެތި ރައްޔިތުން ޤުރުބާންކޮށް ހުރިހާ ސިޔާސީ ބޮޑުން އިސްކޮށްތިބެ، ޤާނޫނު އަސާސީ ކޮށާ މަށާ، ސްޕްރީމް ކޯޓް ގެ ބެންޗް ކުޑަކޮށް، ނައިބުރައީސުން ވަކިކޮށް، އޮޑިޓަރ ޖެނެރަލް ވަކިކޮށް.... ދެންވެސް އޮތް ކަމެއްކޮށް ހަދާފައި ވާނެ ހަތަރެތި ވީމާ ތިކިޔަނީ ކީކޭ ހެއްޔެވެ؟ ދެން އަނެއްކާ ތި އުޅެނީ މާ އެކުވެރި ބައެއްކަމަށް ހެދިގެން ކޭކު ލިބޭތޯއެވެ؟ ކޭކު ލިބިއްޖެނަމަ ކޭކް ގެ ބޮޑުބައި ކޮންމެ މީހަކު ނަގަން ހިފައިގަނެގެން އުޅޭއިރު ހުރިހާ ދެރައެއް އަނެއްކާ ލިބޭނީ ނިކަމެތި ރައްޔިތުންނަށެވެ.
އިސްމާލު
17 January 2018
ކުއްވެރިވެ ބަންދުން ފިލައި ހުރެ ދައްކާ ވާހަކަތަކަކީ އެހާ އޮއްޓަރެއް ހުރި ވާހަކަ ތަކަކަށެއް ނުވާނެއެވެ. ނަަމަވެސް ރައީސްކަން ނުކުރެއްވިއަސް އެފަދަ ކިނލަބު ކަމެއް ނެތްމީހަކު ބުނެފިނަމަ އޭގަ ކަމުދާ އޮއްޓަރެއް ހުރި ކަމުގައި ބެލެވިދާނެއެވެ.