ޚަބަރު / ދަރުމަވަންތަ ސްކޫލް

ޒަހަމްވި ދަރުމަވަންތަ ދަރިވަރަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައި

ލިލީމަގުން ހިނގާފަައި ދަނިކޮށް ވަޅި ހެރުމުން ޒަޚަމްވި ދަރުމަވަންތަ ސްކޫލްގެ ދަރިވަރަށް ފުލުހުންގެ މީހަކު އެހީތެރިވެދެނީ. ފޮޓޯ ސޯޝަލް މީޑިއާ

ސްކޫލު ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ވަޅި ހަރައި ޒަހަމްކޮށްލި ދަރުމަވަންތަ ސްކޫލުގެ ދަރިވަރަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

މިއަދު މެންދުރު ލިލީ މަގުގައި، އަރިކައްޓަށް ވަޅިން ހަމަލަދީ ޒަހަމްކޮށްލައިފައިވާ އެ ދަރިވަރުގެ އާއިލާއިން ބުނި ގޮތުގައި އެ ކުއްޖާ ދެ އިނގިއްޔެއް ވެސް ވަނީ ބިނދިފަ އެވެ. އަދި، ސީޓީ ސްކޭންތަކުން ދެއްކި ގޮތުގައި ދަރިވަރުގެ ބޮލަށް ވެސް ވަނީ ގެއްލުން ވެފަ އެވެ.

ސޯޅަ އަހަރުން ދަށުގެ ގައުމީ ފުޓުބޯޅަ ޓީމުގައި ވެސް ހިމެނޭ އެ ދަރިވަރު ސްކޫލު ތެރޭގައި އެހެން ދަރިވަރަކާ މިއަދު މައްސަލަތަކެއް ކުރިމަތިވި ކަމަށް އާއިލާ އަށް އެނގިފައިވާ ކަމަށް އާއިލާ އިން ބުންޏެވެ. އެހެން ނަމަވެސް، އޭގެ ތަފުސީލެއް އަދި ނުލިބެ އެވެ.

"އޭނަ އާންމުކޮށް ބޭރަށް ދާނީ ވެސް ފުޓުބޯޅަ ކުޅެން އެކަނި،" އާއިލާގެ މީހަކު އޭޑީކޭ ހޮސްޕިޓަލުގައި ހުރެ ބުންޏެވެ.

އާއިލާ އިން ބުނީ ދަރިވަރުގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ. އަދި ބުނީ ވަޅި ހަރާފައި ވަނީ އެހާ ފުންކޮށް ނޫން ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ ކުއްޖެއްގެ ގަޔަށް ވަޅި މިއަދު ހެރިއިރު، ތާޖުއްދީން ސްކޫލަށް ބަޔަކު ވަދެ ކުއްޖެއްގެ ބޮލަށް އިއްޔެ ވަނީ ކަތުރެއް ހަރާލައި ޒަހަމް ކޮށްލައިފަ އެވެ.

97 ކޮމެންޓް, 363 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 74%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދީއެސް

19 January 2018

މއީ ވަރަށް ހިތާމަވެރި ހާދިސާއެއް.

The name is already taken The name is available. Register?

1234

18 January 2018

ކޮންމެ ސްކޫލެއްގެ ގޭޓުގައި މެޓަލް ޑިޓެކްޓަރު ހަރުކުރަން މިޖެހުނީ

The name is already taken The name is available. Register?

ޕޮކަންޑިމޭން

17 January 2018

ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އަހަރެން މީހެއްގެ ނުވަތަ ސްކޫލެއްގައި ކިޔަވާ ކުއްޖެއްގެ ގަޔަށް ވަޅިޖަހަން ނިންމައިގެން ގެއިން ނުކުމެ ޓީޝާޓްދަށުން ބަކަށް ވަޅިއެއް ޖަހައިގެން ގޮސް ދޭ ހަމަލާ ދުރާލާ އެނގޭނެގޮތެއް ނުވަތަ ހުއްޓުވޭނެ ގޮތެއް ނޯންނާނެ. ގޮންޖަހާފަ ބުނަން މިނޫން ގޮތަކަށް އޮންނަ ކަމެއްނޫން މިއީ. އަތްކީއްކުރަން ފާރެއްގައި ބޮލުންތެޅިއަސް މިކަން އެއިރެއްގައި ވެރިކަމުގައި ހުންނަ މީހެއްގެ ބޮލުގައި އެޅުވޭނެ އެއްވެސް ހަމައެއް ނޯންނާނެ.

The name is already taken The name is available. Register?

ބޮޑުވަރު

18 January 2018

މާލޭގެ މަގުތައް މިހާރު އާދައާޚިލާފަށް އަމާން ދެއްތޯ؟

The name is already taken The name is available. Register?

ކޯޑިނޭޓަރ

17 January 2018

މި 4 އަހަރު ތެރޭ ޤައުމު މި ވަނީ ވަރަށް ބޮޑަށް އަމާންވެފައި... ރައީސް ޔާމީނުގެ ދުރުވިސްނޭ ޙިކުމަތްތެރި ސިޔާސަތުން މި ޤައުމު މިދަނީ ރޮކެޓް ސްޕީޑުގައި ކުރިއަރަމުން... ވަޅި ޙަރަނީ ފާއިތުވި 35 ވަަރަކަށް އަަހަރު މި ޤައުމުގައި ވެރިކަން ކުރި މީހުންނަށް ވެރިކަން ކުރަން ނޭނގުނީމަ...

The name is already taken The name is available. Register?

ޖހސސސ

17 January 2018

ޓެބްލެޓް ގެ މައްސަލައެއްދޯ މިއީ. ވަރަށް ބުއްދިވެރި މީހެއް މިފެނުނީ. އަވަހަށް ޓެބްލެޓް ކަންތައްހުއްޓާލާ. އޭރުން ގައުމު އަމާންވީ.

The name is already taken The name is available. Register?

ގފސސސ

17 January 2018

ގައުމު އަމާންވާނީ އަހުލާގުރަގަޅު ޒިންމާދާރު ޖީލެއް އުފެއްދިގެން. އަދި ވެރިކަމާހެދި ގައުމު ވިއްކާމީހުންނަށް ދިވެހިން ނޫނެކޭ ބުނެގެން.

The name is already taken The name is available. Register?

ކކޖހގ

17 January 2018

މިކުއްޖާއަށް ލިބުނު އަނިޔާވެސް މިމީހުންނަށް މިވީ 2018 އަށް ކެމްޕޭނު ކުރަން ލިބުނު ފުރުސަތަކަށް. އިންސާނކާ ދޭތެރޭ ހަމްދަރުދީވުމެއްނެތް. ވެރިމީހައަށް ހިތުހުރިއެއްޗެއްކިޔާ ތިމާމެންގެ އަމިއްލަ އެދުން ފުއްދަން ލިބުނު ރަގަޅު ފުރުސަތަކަށް މިފަދަ ހިތާމަވެރިކަންތައްވެސްމިހެދީ.

The name is already taken The name is available. Register?

ުޖސގސ

17 January 2018

ވަންވޯލްޑް މިއީ މިހާރު ދުނިޔޭގަ ހިނގާ ހުރިހާ ނުބައެއް ހިނގާ މިތާވެސް. ޒިންމާދާރު ބެލެނިވެރިން އެމީހުންގެ ދަރިން އެކަނި ދޫކޮށެއް ނުލާނެ.

The name is already taken The name is available. Register?

ެޖހފޖގ

17 January 2018

މިހާރު މި ގޯސްވެގެންއުޅެނީ 14 އަހަރާ 35 އަހަރާ ދެމެދުގެ އުމުރުގެ ކުދިން. ހިސާބު ޖަހައިގެން ބަލާބަ ވެރިކަން ކުރީ ކޮންކޮން ބައެއްތޯ. ތަނެއްދޮރެއް ނޭނގޭ މީހުން ކައިރީ ތިހެން އަނގަ މޭލަަކަށް ފުޅާކޮށްފަ ވާހަކަ ދެއްކިދާނެ. މަމެންކައިރީ ފަތިގަނޑު ފިރުކައިނުލެވޭނެ ދަރިޔާ.

The name is already taken The name is available. Register?

ޙުސެން

17 January 2018

ޢެންމެ ހާމަކަން ބޮޑުކޮށް ވަޅިޖަހަނީ މިވެރިކަމުގަ.

The name is already taken The name is available. Register?

ފާތުން

18 January 2018

ދުނިޔޭގަ ތިބިއްޔާ ބަލާތި، ކުރިއަށް އޮތް ދުވަސްތަކުގަ ދުނިޔެއަށް އަންނަ ބަދަލުތައް މިގައުމަށް ނާދޭތޯ. މިއީވެސް، ޖީލުޖީލުން ހިނގާ ކަންކަން. 1980 ގެ އަހަރު ތަކުގަ ފެނުނީ، ޑާކޫ ފިލްމްތަށް މިހާރު ފެނޭތަ. މިއީ ޓެކްނޮލޮޖީ. މިރާއްޖެވެސް މިދެކެނީ ދުނިޔެއަށް އަންނަ ބަދަލުތައް. ނުބައިކަންކަން ހުއްޓުވައި ރަނގަޅުކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ ސަރުކާރުތަކުގެ ޒިންމާއަކީ، މައިންބަފައިންގެ ޒިންމާއަކީ ބަންޑުން ބޭރުވާއިރަށް، ފޭސްބުކް އެކައުންޓެއް ހަދާ އިންޓަރނެޓުން ސަރޗްކުރަން ދަސްކޮށް ދިނުމެއް ނޫން. ރިވެތި އަޚްލާގުގެ މަތީ ތަރިން ތަރުބިއްޔަތު ކުރުން. ކޮންމެ ކަމެއްވާއިރަށް އެއިރު އޮންނަ ސަރުކާރަށް ނުބަވާ، ތިމާގެ ޒިންމާއާ ދޭތެރޭ ވިސްނާލަބަލަ. އެހެން ނުވާހާ ހިނދަކު މިޖީލުގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއްދެވޭނެ ގޮތެއް ނޯންނާނެ.

The name is already taken The name is available. Register?

ގުބޯ

17 January 2018

އަތްޖަހާ ދެން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454