މަޓީން މިދިޔަ އަހަރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވިލާގެ ޗެއާމަން އަދި މަޓީގެ ވައިސް ޗެއާމަން ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ސަން އޮންލައިން
18 ޖެނުއަރީ 2018 - 22:20
ރާއްޖޭގެ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ކުންފުނި، ވިލާ ހޮޓެލްސްގެ ރިސޯޓުތަކުގައި ހުރި ރަލާއި އޫރުމަސް ރަށުން ބާލަން ކަސްޓަމްސް އިން މަސައްކަތްކުރަމުން ދާ އިރު، ޓޫރިޒަމް ދާއިރާ ތަމްސީލްކުރާ އެންމެ ބޮޑު ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އެއްވެސް ވާހަކައެއް ނުދައްކާތީ ބައެއް ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި ބައެއް މީހުން ބުނީ މީގެ ކުރިން އެއްވެސް ރިސޯޓެއްގައި ކަސްޓަމްސް އިން ހިންގާފައިނުވާ ފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު ޓޫރިޒަމާއި ޓޫރިސްޓުންގެ ހައްގުގައި ވެސް މަޓީން އެއްވެސް އެއްޗެއް ނުބުނެ ހިމޭންވުމަކީ މައްސަލައެއް ކަމަށެވެ.
ސަން އައިލެންޑް ރިސޯޓުގެ އިތުރުން، ވިލާގެ ޕެރެޑައިސް އާއި ރޯޔަލް އާއި ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓު ބަލާ ފާސްކުރަނީ ބޮންޑެޑް ވެއާ ހައުސް އިން ރޯޔަލް އަށް ދޫކުރި ބަނގުރާތަކެއް އެ ރިސޯޓާ ގުޅުން ހުރި އެހެން ރިސޯޓުތަކަށް ގެންގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކަށެވެ. އެކަމަކު މި އަމުރުގައި އެއްވެސް އެއްޗެއް އެ ރިސޯޓުތަކުން ގެންދެވޭނެ ކަމުގެ ވާހަކައެއް ބުނެފައެއް ނެތެވެ.
މަޓީގެ ވައިސް ޗެއާމަނަކީ ވިލާ ހޮޓެލްސްގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. އޭނާ މިހާރު ހުންނެވީ ޖަރުމަނަށް އަރުވާލެވިގެންނެވެ. ޖަރުމަނަށް ވަޑައިގަތީ، ތިން އަހަރަށް އިއްވި ޖަލު ހުކުމުގައި ހުންނަވަނިކޮށް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ.
ހަތަރު ރިސޯޓްގައި އެއްފަހަރާ ކުރިއަށް ގެންދާ އޮޕަރޭޝަނާ މެދު މަޓީން ދެކޭ ގޮތެއް ހޯދަން މީޑިއާތަކުން މިއަދު ތަކުރާރުކޮށް ގުޅުމުން ވެސް އެ ޖަމިއްޔާގެ ވެރިން ޖަވާބެއް ނުދެއްވަ އެވެ. ސެކްރެޓަރީ ޖެނެރަލް އަދި ކްރައުން ކޮމްޕެނީގެ އެއް ޑިރެކްޓަރު އަހުމަދު ނަޒީރު ފޯނެއް ނުނަންގަވަ އެވެ. އަދި އެސްއެމްއެސްތަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
މަޓީގެ ޗެއާމަނަކީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. އަދި ވައިސް ޗެއާމަނުންގެ ގޮތުގައި ތިއްބަވަނީ ގާސިމްގެ އިތުރުން ކްރައުން ކޮމްޕެނީގެ އެއް ޑިރެކްޓަރު ޗަމްޕާ ހުސެއިން އަފީފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަހްސިނު
20 January 2018
މިއީ އިންދިޕެންޑެންޓްކަޮށް އުޅެވޭ ބައެއްނޫން. އެންމެންވެސް ނާޖާއިޒުކޮށް ކަންކުރާތީ ނުވަތަ ކަންތައް ކުރަން ބޭނުންވާތީ ހިމޭނުން ތިބެނީ.
ޭއެޅަބެއްޔާ
19 January 2018
މަޓީ ގެ މެމްބަރަކަށް ސަރުކާރުން ރިސޯޓެއް ގަ ހުޅު ގެސްޓުން ފުލްކޮށް ތިއްބާ ހުޅު ޖެހި އަސް އުއްފު ވެސް ބުނެފިއްޔާ އެމީހުން ގެ ރިސޯޓް ގެ ދުވަސް ވެސް ދިޔައީ، އަނެއްކާ އެ މެމްބަރުން ވެސް ބަލާނީ ޤާސިމް ފުޑާލާފަ އެރިސޯޓް އެމީހުން ދަމައި ގަންނަން
އެމްޔޫ
19 January 2018
މީގެން މި އެގެނީ މަނިކުމެނ ވިކިފަ ތިބި ވަރު އެހެނ ވ މަ ނުކެރޭނެ ދޯ. ޝަމްޕާމެންވެސް ތިބެނީ އަބަދުވެސް ވައި ޖެހޭ ކޮޅަކައް. މިކަހަލަ މީހުން ތިބޭ ޖަމްއިއްޔާ ތަކުގަ ބައިވެރި ވުމައްވުރެ ރަގަޅ ވާނެ ނުވިއްޔާ. އެއީ އަމިއްލަ ފައިދާ އައް ތިބޭ ބައެއް.
މެންޓަލިސްޓް
19 January 2018
އޭގައި މަޓީން ކީކޭތޯ ބުނަންވީ ،،،، ގާނޫންތަކާއި ގަވާއިދުތަކާއި ޙިލާފަށް ބަނގުރަލުގެ ވިޔަފާރިކުރެވޭނެތޯ ؟؟؟ އަސްލުވެގެން އުޅެނީ އެކަހަލަ ކަމެށްނޫންތޯ ؟؟؟ އެއްކުންފުންޏެއްގެ ލައިސަންސް އިން އަނެއް ކުންފުނިތަކަށް މުދާގެނެސް ބަހާ މައްސަލަނޫންތޯ ،،، އަޅުގަނޑަށް ހީވަނީ އެހެން ހިނގައިގެން އުޅޭކަމެށްހެން ،،، ކަސްޓަމްސްގެ ގަވާއިދާއި ރާޢްޖޭގެ ކޮންޓްރޯލް ސަބްސްޓަންސްތަށް ގެންގުޅުމުގެ ގަވާއިދުތަކާއި ޙިލާފަށް ކޮންމެވެސް ކަމެށް ހިނގައިގެން ވެގެންއުޅޭގޮތެއް ކަމަށް ފެންނަންއޮތީ ،،،، އެހެންވީމައި މަޓީން ބަޔާނެއްނުނެރޭނެތާ ،،،،، މަޓީއަކީ ބަޔާންނެރޭ ބައެއްނޫން ،،،، އަމަލީގޮތުން ކަންކަން ކުރާބައެއް ،،، ތާރީޙް ހެކިދެނީ އެހެން ،،،، މައައްސަލާމާ
ބެއްޔާ އައްޑޫ
19 January 2018
ސަރުކާރުން މިކަހަލަ ދެއުޅިއެއްނުވާ ކަންތައްތައް ކުރީމާ އިންވެސްޓަރުން އުދުހިފާ ރޮކެޓްގައި އަންނާނެ އިންވެސްޓްކުރަން. ދޮން މީހުންނަކީ މޮޔައިންކަމަށް ހީކުރާނީ ހަމަބުއްދިފިލާފައި ތިބި މީހުން. އެސްއީޒެޑް ހަދައިގެން ކުރިއަށް ނުދެވޭ ސަބަބު މިފެންނަނީ. ނަޝީދުމެން ދައްކާ ވާހަކަ އިންވެސްޓަރުން ގަބޫލު ކުރަނީ ޔާމީނުގެ ސަރުކާރުން މިކަހަލަ ކޮސް ކަންތައް ކުރާތީ. ޙަސަދަވެރިވިޔަސް ގައުމުގެ އިގުތިސާދު ފުނޑާލުމަކީ ޒިންބާބުވޭގެ ކުރީގެ ރައީސު މުގާބޭ ކުރާކަހަލަ ކަންތައްތަކޭ.
ހަސަނެ
19 January 2018
ބަލަ ރިސޯރޓުގެ ކުލިނުދައްކާތީ މީރާއިން ކިހާވަރަކައް ދައުވާކުރީ
ބެއްޔާ އައްޑޫ
19 January 2018
ދަރިފުޅާ ހަސަނޭ މިދައްކަނީ ތިޔަ ފައިސާގެ ވާހަކައެއް ނޫނޭ ރަންކޮޅާ
ހޮޓްކިންގ
19 January 2018
ޤާސިމް ދައުލަތަށް ދައްކަންވާ ފައިސާ ނުދައްކާ އޮތްކަން މީރާގެ ރިކޯޑުން ދައްކާ. ދެން އެބުނަނީ ކަސްޓަމް ގެ ގަވާއިދާ ޚިލާފަށް ބޮންޑެޑް ވެއާހަސްތަކުން ރަލާއި އޫރުމަސް ގެންގޮސް ބޭނުން ކުރާވާހަކަ. އެއީ ވައްކަން ނޫނަތަ؟ އެފަދަ ކަންކަމަށް ވިޔަފާރިވެރިންނަށް ހިތްވަރުދީ ހަދަން އެކަމާޢި އެއްބާރުލުންދޭން މަޓީ ތެދުވާން ލަދު ގަންނާނެދޯ؟
އެވޯޑް
19 January 2018
މީރާއިން ގާސިމްއަށް އެވޯޑްވެސް ދިން އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް އެވޯޑް ދިން އިރު.
ގަރުދިތަ
19 January 2018
އެއް ކުންފުންޏެއްގެ ދަށުން ހިންގާ ރިސޯޓުތަކަށް އެއްރިސޯޓަށް ގެނެސްފާހުރި އެއްޗެއް ގެންދިއުމަކީ މަނާކަމެއްނަމަ ތި ގަވާއިދު އުވާލަންފެނޭ
އަބްދު
19 January 2018
އެނބޫދޫ ފިނޮޅުގަ އެ ހިއްކާ ފަޅަށް ބޭލި ކޮންޓެއިނަރ ތަކުގެ ވާހަކަ ދައްކާ މީހަކު އުޅޭތަ. މިގައުމަށް ޗައިނާ ނޫން ތާކުން ޓޫރިސްޓަކު އަތުވެދާނެތީ އެއުޅެނީ.
ޖުހާ
19 January 2018
ކަސްޓަމްސްގައި ހުރީ ހިތުން ރައީސް އަށް ވުރެ ބަަރު ގަދަ މީހެއް.
އަހްމަދު
19 January 2018
ވިލާގެރިސޯޓުތަކުންވެސް ގަވާޢިދާހިލާފައްކަމެއްކޮށްފައޮތިއްޔާ އެކަމެއްބަލަންޖެހޭނެ ގަވާއިދާއެއްގޮތައްދާކަންތައްތަކާބެހޭގޮތުންމަޓީންއެއްޗެކޭބުނަންޖެހޭބާ