ސަން އައިލެންޑް ރިސޯޓުގައި ދެ އަންހެނަކު ކުނި ކަހަނީ. އެމީހުން ގަބޫލުކުރާ ގޮތުގައި ގާސިމަށް ކުރާ ދުއްތުރާތައް ސަރުކާރުން ހުއްޓާލަން ޖެހޭ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 ޖެނުއަރީ 2018 - 06:23
މިއީ އެއްކަލަ، އދ. މާމިމިގިއްޔާއި ފެންފުށިން ކުނި ކަހަން ކޮންމެ ދުވަހަކު ހެނދުނު މިރަށަށް އަންނަ އަންހެންވެރިންގެ ހިތުގެ އުދާހެވެ. އެމީހުން މިއަދު ތިބީ ގޮތްހުސްވެފަ އެވެ. ސަން އައިލެންޑް ހުއްޓުމަކަށް އަތުވެއްޖެ ނަމަ، އެކަމުގެ އަސަރު މި ފަންސާހަކަށް އަންހެންވެރިންނަށް ވެސް ކުރާނެ އެވެ. އެމީހުންގެ އެ ކުނިކެހުން އިސާހިތަކު ނިމުމަކަށް އަންނާނެ އެވެ.
"އަޅެ ފަހެ، ގާސިމަށް ކޮން ދުއްތުރާއެއް ސަރުކާރުން ކުރާކަށްތަ؟ ގާސިމް އަތުނުޖެހޭ ހިސާބުގައި ހުރީމަ މި ދިމާކުރަން ފެށީ ގާސިމްގެ ވިޔަފާރި އިނދަ ޖައްސާލަން. މިއީ ދެން ބޮޑުވަރު،" ރިސޯޓުގެ އަރާމު ސްޕާ ކައިރީގައި ކުނިކަހަން އޮތް ފާތުމަތު މަނިކު، ޖެހިގެން އޮތް މުސްކުޅި އަންހެނެއްގެ ގާތު ބުންޏެވެ.
ހަގީގަތުގައި ވެސް އަންހެންވެރިން ތިބީ ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެމީހުންގެ ހިތުގެ ޝުއޫރުތައް "ބަންޑުން" ކޮށްލީ ނޫސްވެރިންކަން އެނގުނު ހިސާބުންނެވެ. އެހާ ހިސާބުން އެމީހަކަށް ކިޔުނު އެއްޗެއް ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ވެސް ގޮވަން ފެށި އެވެ.
ސަން އައިލެންޑްގައި މީހަކު ކުނި ކަހަނީ. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ތިން ކުދިން ގޮވައިގެން ފެންފުށީގައި ދިރިއުޅޭ 52 އަހަރުގެ ޒުބައިދާ އަލީ އަކީ ކުނި ކަހައިގެން ލިބޭ އާމްދަނީން ގޭގެ ހަރަދުތައް ބަލަހައްޓަމުން އަންނަ އެކަނިވެރި މައެކެވެ. ޒުބައިދާ ބުނި ގޮތުގައި ވަޒީފާ ގެއްލިއްޖެ ނަމަ، ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދަން ދަތިވާނެ އެވެ. އެހެންވެ، މީގައި އޮތް ގޮތަކީ، ދައުލަތަށް ފައިސާއެއް ދައްކަން ގާސިމަށް ޖެހިއްޖެ ނަމަ، އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު، އެ ފައިސާ ދެއްކުން ކަމަށް އޭނާ ގަބޫލުކުރެ އެވެ. މިއީ ދާއިމީ ހައްލެއްގެ ގޮތުގައި އޭނާ ގަބޫލުކުރެ އެވެ.
އަންހެންވެރިންގެ ނަޒަރުގައި މިއީ ހަމައެކަނި ގާސިމަށް ދެވޭ އަނިޔާއެއް ނޫނެވެ. ވިލާގައި މަސައްކަތް ކުރާ އެތައް ހާސް މުވައްޒަފުންގެ "ކަރުގައި މަޅިއެއް" ޖެއްސުން ފަދަ ކަމެއް ކަމަށް އެމީހުން ދެކެ އެވެ. އެމީހުންގެ ވަޒީފާ ގެއްލިއްޖެ ނަމަ، ސަރުކާރުން ވަޒީފާ ހޯދައިދެވޭނެތޯ އެމީހުން ސުވާލުކުރެ އެވެ.
ގާސިމްގެ ރިސޯޓުތަކަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް އެ ރިސޯޓުތަކުގެ މުވައްޒަފުންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ގާނޫނީ އިމުގެ ތެރެއިން ކުރުމަށް އެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ.
ވިލާ ގްރޫޕްގެ ޗެއާމަން ގާސިމްގެ ރިސޯޓުތައް ފާސްކުރަނީ، ރޯޔަލް އައިލެންޑް ރިސޯޓަށް ގެންދަން ހުއްދަ ދީފައިވާ، އޫރު މަހާއި ރާ، ސަން އައިލެންޑާއި ޕެރެޑައިސް އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ގެންދާ ކަމަށް ބުނެ އެވެ. އަދި ފަންގައި ހުރި ގިނަ އަދަދެއްގެ ރާ ފުޅިތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
އެކަމަކު ސަރުކާރުގެ ފިޔަވަޅުތައް މިހާރު ވަނީ ކުޑަކޮށް މަޑުޖައްސާލައިފަ އެވެ. އެގޮތުން އިއްޔެ ސަރުކާރުން ވަނީ ވިލާގެ ރިސޯޓްތަކަށް ރަލާއި އޫރު މަސް އެތެރެކުރަން 14 ދުވަހުގެ ވަގުތީ ހުއްދައެއް ދީފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ވިލާގެ ރިސޯޓުތަކަށް ވަގުތީ ލައިސަންސެއް ދޭން ނިންމީ ރާއްޖޭގެ ޓޫރިޒަމަކީ އިގްތިސާދަށް މުހިއްމު ސިނާއަތަށް ވާތީވެ، ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށް ކަމަށެވެ. ޓޫރިޒަމް ދާއިރާގައި، ޓޫރިސްޓުންނާ ގުޅުން ހުރި ހިދުމަތްތައް ލިބެން ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ގާސިމްގެ އުފަން ރަށް މާމިގިލީގައި ބޭއްވި މުޒާހަރާގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލަނީ. ---ފޮޓޯ: ހުސެއިން ވަހީދު /މިހާރު
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ ވިލާގެ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 5.1 މިލިޔަން ޑޮލަރު ނުދައްކާ ކަމަށެވެ.
އެކަމަކު، ދައުލަތަށް ވިލާގެ ކުންފުނިން އެއްޗެއް ދައްކަން ޖެހޭ ކަމަކަށް އެތަނުގެ މުވައްޒަފުން ގަބޫލެއް ނުކުރެ އެވެ. އެމީހުން ބުނާ ގޮތުގައި އެއީ ރައްޔިތުންނަށް އޮޅުވާލަން ވެގެން ސަރުކާރުން ދައްކާ ވާހަކަތަކެވެ.
ކުނި ކަހާ މީހުންނާއި ރިސޯޓުގެ މުވައްޒަފުންނަށް ރޮށި ފިހަން ފެހެންދޫން އަންނަ އަންހެނުންނަށް ސަން އައިލެންޑުން މަހު މުސާރަ ދެ އެވެ. އެކަން ގާސިމް ދަމަހައްޓަވަނީ އެ މީހުންނަށް ވެސް އާމްދަނީއެއް ލިބޭނެ ގޮތެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާތީ އެވެ.
"އަހަރުމެން ދެކެމުން އަންނަނީ ގާސިމަކީ ފަގީރުންގެ ބައްޕަ ކަމުގައި. ގާސިމްގެ އެހީއެއް ނުލިބޭ ދާއިރާއެއް ނުހުންނާނެ. ގާސިމްގެ އެހީތެރިކަން ދިވެހި ކޮންމެ އާއިލާއަކަށް ހެން ލިބިފައިވޭ. ގާސިމަށް ލިބޭ ކޮންމެ ގެއްލުމަކީ އަހަރުމެންނަށް ލިބޭ ގެއްލުމެއް،" ފަސްދޮޅަހުގެ އަހަރުތައް ގުނަމުން އަންނަ އަންހެނަކު ބުންޏެވެ.
ވިލާ ގްރޫޕްގެ ރިސޯޓުތަކަށް ބަނގުރާ ގެންދިއުމުގައި ގަވައިދާ ހިލާފުވެފައިވާ ކަމަށް ބުނެ، ރިސޯޓުތަކަށް އަރައި ބަލައި ފާސްކޮށް ތަކެތި ގެންދާ މައްސަލައާ ދެކޮޅަށް ވިލާގެ ރިސޯޓުތަކުގައި މުވައްޒަފުން ވަނީ މުޒާހަރާކޮށްފަ އެވެ. އެމީހުން ތިބީ ސަރުކާރުގެ އަމަލުތަކުން ވަޒީފާ ގެއްލިދާނެތީ ރުޅިގަދަވެފަ އެވެ.
އަންހެނަކު ސަން އައިލެންޑްގައި ކުނިކެހުމުގެ މަސައްކަތުގައި ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ސަން އައިލެންޑްގައި މަސައްކަތް ކުރާ އަހުމަދު ފާއިޒް ބުނި ގޮތުގައި ރާއްޖޭގައި މިހާރު ހިނގަމުން މިދަނީ އެންމެންގެ ނަފްސާ ގުޅިފައި އޮތް ކަމެކެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ އެމީހުންގެ ނަފްސު ނައްތާލުމަށް ކުރެވޭ ކަމެކެވެ.
"އަޅުގަނޑުގެ އާއިލާއަށް ކާން ބޯން ދޭން ކުރާ މަސައްކަތް މި ރިސޯޓުން ކުރަނީ. މިއުޅެނީ އެއްޗެއް ގެނައުން މަނާކުރާކަށް ނޫން. ސަރުކާރުން މިއުޅެނީ ޓޫރިޒަމް ނައްތާލަން ވެގެން،" ފާއިޒް ބުންޏެވެ.
އަންހެންވެރިން ރިސޯޓްގައި ކުނިކަހާ މަންޒަރު ބަލަން ޓޫރިސްޓުން ވެސް ތިބެ އެވެ. އެ މީހުންނަށް އެކަން ވަރަށް ހިތްގައިމެވެ. ނަމަވެސް، ސަރުކާރުން ވިލާގެ ރިސޯޓްތަކަށް ކުރިމަތިވިކުރުވާ ހުރަސްތައް ކުރިއަށް ގެންގޮސްފި ނަމަ އޭގެ ނުބައި އަސަރު އެންމެ އަވަހަށް ކުރާނެ އެއް ބަޔަކަށް އެ އަންހެންވެރިން ވުން ކައިރި އެވެ.
"ކޮއްކޯ، ދެން އަހަރުމެން މިހެން ގުދަށް އޮވެގެން ކުނި ކަހާ ތަން ނުފެނިދާނެ،" އޭގެ ތެރެއިން އެކަކު ބުނެލި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމިގިލިނޫންމީހާ
23 January 2018
ބަލަ މާމިގިލި މީހުން އުޅެންވީ ތިތަން ކުނިކަހައިގެނެއް ނޫނޭ. މިހާ ދުވަހު ތަން ހިންގާއިރު ތަނުގެ މިޑް މެނެޖްމަންޓުގައި ތިބީ މާމިގިލި ކިތައް ޒުވާނުންބާ؟ މިސަުވާލުގެ ޖަވާބު ދިނީމާ އެނގޭނެ މިބުނާ ލައްކާ ވާހަކައިގެ މާނަ!
ހުތާ
23 January 2018
މިގޮތަށް އިލޮށިފަތިން ކުނިކަހާލާފައި އޮންނައިރު ކިހާ ޗާލު، ސަންއައިލެންޑެކޭ އެއްގޮތަށް އެހެން ރިސޯޓުތަކުންވެސް ދިވެހި އަންހެނުން ލައްވައި މިމަސައްކަތް ކުރުވަންވީއެވެ. ބައެއް ރިސޯޓުތަކުގެ ބީޗުތައް ބަންގްލަދޭޝް މީހުން ލައްވައި ސާފުކުރުމުން ބީޗުގެ އަސްލުކަން ހުންނަނީ ގެއްލިފައެވެ. ފެންނަންހުންނަނީ ދަތީގެ ރޮނގުތަކެކެވެ. ސަންއައިލެންޑަށް ގޮސްފަ ހުރި މީހެއްނަމަ އެމީހަކަށް އަޅުގަނޑު މިކިޔާދޭ ވާހަކަ އެނގޭނެއެވެ.
ބަސް
23 January 2018
އަސްލު އެންމެންވެސް ސިޔާސީ ވެގެން ގޮސް ހަގީގަތާ ކުރިމަތި ނުލެވިފަ މިއޮންނަނީ. ހަގީގަތަކީ، ގާސިމު ވިޔަސް، ނަޝީދު ވިޔަސް، ޔާމީނު ވިޔަސް ގާނޫނާ ހިލާފުވާނަމަ، ގާނޫނުގެ އިމުގެ ތެރެއިން އެބަޔަކަށް އެކަމުގެ އަދަބު ދެވެން ޖެހޭނެކަން.. ހަގީގަތަކީ ކުދި ފިހާރަތަކުން ކުޑަ މިންވަރެއްވެސް ސަރުކާރައް ނުދައްކާ އޮތަސް، ސަރުކާރުން އެބަޔެއްގެ ވިޔަފާރިތައް ވަގުތުން ހުއްޓުވާކަން. ކީއްވެތޯ ގާސިމް ވީމަ ތަފާތު ވާންވީ؟؟ ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަ ވާންޖެހޭނެ ނޫންތޯ؟ އަސްލު ވަރަށް އަންފެއަރ ދެއްތޯ ގާސިމް ވީމަ ވަކި ގޮތެއް ހެއްދެވީމަ
ދެރައޭ
23 January 2018
ބޮސް ކައިރިގަބުނޭ ޓެކްސް ދައްކާލާށޭ... އޭރުން ޔަގީންވާނެދޯ ތިބިރުހީވާކަމުގަ... ހަމަޖެހިގެން ކުނިކަހާލެވޭނެ... ވަގުންނަކަށް ހަމަޖެހުން ނާންނަފަދައިން ބޮސްވެސް ހީލަތްތެރިވީމަ ވާނެތިހެން.. އާއިލާގެ އެއްމެ ކުއްޖަކު މަސްތުވާތަކެއްޗަށް ދެވިހިފީމަ މުޅި އާއިލާ އެކަމުގަ ވޭންއަޅަންޖެހޭ... އެއުސޫލުން ގާސިމްގެ ސަބަބުން މިއަދު މުއައްޒިފުން ބިރުގަނެފަ ތިބެންޖެހުނީ... ތިޔަ ރައްޔިތުންނާ ދެން ބާކީތިބި ހުރިހާ ރައޔިތުންގެ ހައްގު އެކަކު އެކަނި ނިގުޅާއިގެން މިއުޅެނީ.... އަހަރެމެން ރައްޔިތުންނަ އޮތް އެއްޗަކީ ޓެކްސުން ގާސިމްދޭ އެތިކޮޅު... އެވެސްނުދީ އެފިލީ....
ެއެފް އެމް
23 January 2018
ހަގީގީ ކަންބޮޑުވުމުގެ ވާހަކަ ލިޔެލާނަމަ ކިހާރަނގަޅު އެތަކެއް ޒަމާނެއްވަންދެން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޓެކްސް ނުދައްކައި ސިޔާސީ ބާރުވެރިކަމުގެ ބޭނުންކޮއްގެން އެފައިސާ އަމިއްލަވިޔަފާރި ކުރިއަރުވަން ބޭނުންކުރުމީ ކިހާބޮޑު ކަންބޮޑުވުމެއްތޯ އަދި އެފައިސާ ނުދައްކައިގެން ފިޔަވަޅު އެޅުމުން އަމިއްލަ ރިޒޯރޓްގެ އަމިއްލަ މުއައްޒަފުން ނެރެގެން މުޒާހަރާކުރުވާފަ އެމަންޒަރުތައް އަމިއްލަ ޓިވީ ޗެނަލުން ދައްކުވާފަ އަމިއްލަ ނޫހުގަ އެވާހަކަ ލިޔެފަ އަމިއްލަ ޕާރޓީއިން ބަޔާންނެރުނީމަ އެކަންބޮޑުވުމުގެ ވާހަކަ ލިޔާނެ ބަޔަކު ނެތީބާ
ޜަސްގެފާނު
23 January 2018
މުހައްމަދު ސައީދުގެ މޮޅު ޕޮލިޓިކްލް ސްޓްރެޓެޖީ، އުމުރުދުޥަހު އެކީ މަސަތްކަތްކުރި މީހުން މަގުމަތިކޮށްލުން. ޢިގޯބޮނޑު ވިޔަސް ތީދެން ބޮޑުވަރު. މިވެރިކަން ނިމޭދުވަހަލުން މުހައްމަދު ސައީދުވެސް މަގުމަތިކޮށްލާނަމެވެ.
އަހްމަދު
23 January 2018
މިހުންގެވަޒީފާގެއްލެންވީސަބަބެއްނެތް ރިސޯޓު ގާސިމްއަތުންވަކިކޮށް ސަރުކާރައްލާރިދައްކައިގެން އެކަންކުރެވޭވަރުގެމީހަކާ ރިސޯޓުހަވާލުކުރީމައެއްވެސްމީހެއްގެވަޒީފާއަދިގެސްޓެއްގެ ހިންހަމަނުޖެހުމެއވެސްނާންނާނެ މައްސަލަޔަކީ ސަރުކާރުގަ ޑިސިސަންނަގަންތިބިމީހުންގެ އެހިއްވަރުނެތީ ދެފުށައްކެނޑެނީ
ޢަންމަޑޭ
23 January 2018
ޢަހަންނައް އެންމެ ރަގަޅު ގާސިމްގެ ރިސޯޓްތައް ނެގިޔަސް. ނަމަވެސް ގާސިމްއައް ރިޒޯޓްތަކުގެ ވެލިޔު ދޭނެޖެހޭނެ. ސަންއައިލެންޑް އައް 400 މިލިއަން، ހޮލިޑޭ އައިލެންޑް އައް 100 މިލިއަން، ޕެރެޑައިސް އައް 300 މިލިއަން، ރޯޔަލް އައް 160 މިލިއަން، ފަން އައިލެންޑްއައް 60 މިލިއަން. ގާތްގަޑަކަށް 1 ބިލިއަން ޑޮލަރު ދީފަ ނަގަންވީ. ޢެއީ ގާސިމް އަމިއްލަ ލާރިން ހެދި ތަންތަން. ޢެއީކީ ކުޅުދުއްފުށީ ހޮސްޕިޓަލްއެއްނޫން.
ހެހެހެ
23 January 2018
ކަލޯ މިއުޅެނީ 2018 ގަ، 1960 ގަ ޔެއް ނޫން. ކަލޯ ކިޔަވައިގެން، ތަސައްވަރުފުއްދަބަލަ. ހެހެހެހެ
ޢަބްދުރަހީމް
23 January 2018
ޜައީސް ޔާމިންއެވެ. ގާސިމްއަކީ 50،000 ވޯޓު މަދުވެގެން. ޢެކަން މިދިޔަ އިންތިހާބުން އެގޭނެ. ގާސިމްގެ ބޭސް އަކީ ގާސިމް އައްވަރަށް ލޯޔަލް ބޭސްއެއް. ޢެއީ އެމީހުނައް ގާސިމް ކިރިޔާ ވިޔަފާރިކުރެވެން ފެށިއިރުއްސުރެ އެހީވެދީފައިވާތީ. ކާކުތޯ ތިމާގެ މަންމަ މަރުގެ ތުންފަތްމަތިން ސަލާމަތްކުރުމައް އެހީވެދިން މީހަކަށް ލޯޔަލް ނުވާނީ. ޢަދި މެޑަމް ހަގްކޮށްލާފަ ސިޓީއުރައިގައި ދޭ 1000 ރުފިޔާއިން އެމީހުނެއް ނުގަނެވޭނެ. ޢަރިއަތޮޅުމީހުން މަނިކުފާނު ގޮބޯ ހައްދާފަ އެޔޮތީ، ތާއީދު އޮތޭ ކިޔާފަ. ގާސިމްއައްދޭ މިފަދަ އެޓޭކްގެ ސަބަބުން ގެއްލޭނީ 50،000 ވޯޓު. މުހައްމަދު ސައީދު އެއީ ރިޒޯޓް މެނޭޖަރެއް އަދި އޭނައަކަށް ނޭންގޭނެ ރައްޔިތުންގެ ތާއީދު ހޯދާކަށް. މުޅި އަރިއޮތޮޅު އެންމެން ރުޅި އަންނަ މީހެއް ސައީދަކީ. ގާސިމްއައް ނުވި ލޯޔަލްޓީއެއް ޔާމިނައް އޭނަ ވާނެތަ.
ރާއިޒް
23 January 2018
ޓެކްސް ނުދެއްކުން އެއީ ޤާސިމް ކުރި ވަރަށް ވިޔާ ނުދާ ކަމެއް. އެކަމަކު 25000 ވަރަކަށް މީހުންގެ ދިރިއުޅުމާއި ކުޅޭއިރު ސަރުކާރުން ވިސްނާލަންޖެހޭކަމަށް ފެނޭ. ކުރިއަށް މިއޮތީ 2018 އިންތިހާބު. ސަރުކާރަށްވެސް އެނގޭ ޤާސިމްގެ %85 މުވައްޒަފުން ޤާސިމްއަށް ސަޕޯޓް ނުކުރާކަން. އެނޫންނަމަ ރާއްޖޭގެ ވެރިކަމުގައި ހުންނާނީ ޤާސިމް. ބުނަން މިއުޅެނީ އެވަރުގެ ނިންމުމެއް ނިންމާއިިރު ވަގުތު ދޭން ޖެހޭނޭ. 03 މަސް ނުވަތަ 06 މަސް ދުވަހުގެ ނޯޓިސްއެއް ވިޔަސް ދޭން ޖެހޭނޭ.
ބަސް
23 January 2018
އެހެންވިއްޔާ ކޮބާތޯ މީރާއިން ގޮސް ބަންދު ކުރާ ކުދި ވިޔަފާރިތަކުގެ ހައްގުތައް؟؟ ހަމަ އެ ވިޔަފާރިތަކަށްވެސް ބަރޯސާވެގެން ތިބޭނެ ކިތައް އާއިލާ؟؟
ހަމަސާބަސް
23 January 2018
މީރާގެ އެވޯރޑްވެސް ޤާސިމަށް ދިން ޓެކްސް ބަރާބަރަށް ދައްކާތީ. ރައީސް މީހާވެސް ޤާސިމްހާ ވަފާތެރި ހިދްމަތްތެރިއެއް ނެތިގެން ޑިމޮކްރަސީގެ ބައްޕަ ވެގެން ބޮޑު މައިކުން ރައްޔިތުންނާ މުޙާތަބްކޮށް ބުނި. ކިޔޭއެއްޗެއް ކުރެވޭކަމެއް އެނގޭބާ. ގަރަހަތަތީ ހަދާންނެތެން. ޤާސިމަށް ދީފަމިވަނީ ފެނުކައްކާ ބޮލީގެ އިއްޒަތް. ތިޔަށް ކިޔަނީ ދީފަ އަތުލާ ފީފާ ބުރިއޭ
ގެޓޫ
23 January 2018
ކޮއްކޮމެންނަކަށް ގެޓެއް ނުވާނެ