ވިލާގެ ފަން އައިލެންޑް ރިސޯޓަށް އަރައި ކަސްޓަމުގެ މުވައްޒަފުންނާއި ފުލުހުން ގުޅިގެން އެ ރިސޯޓުގައި ހުރި ރާތައް ބާލައިގެން ގެންދަނީ.
23 ޖެނުއަރީ 2018 - 22:00
ވިލާ ހޮޓެލްސް އިން ހިންގާ ރިސޯޓުތަކަށް ކަސްޓަމްސްގެ މުވައްޒަފުންނާއެކު އެރި ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ މުދާތައް ގާނޫނާ ހިލާފަށް ގެންދިޔުމުގައި ފުލުހުން ބައިވެރިވި ކަމަށް ބުނެ އަދި އެ ކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާއެއްގައި ފުލުހުން ބައިވެރިކަމަށް ތުހުމަތުކޮށް އެ މައްސަލަ ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަނުން ތަހުގީގު ކުރުމަށް ބާރު އަޅައި ވިލާގެ ގާނޫނީ ވަކީލުން ނެރުނު ނޫސްބަޔާނުގައި ވަކިވަކި ފުލުހުންގެ ފަރުދީ މައުލޫމާތު އާއްމުކޮށްފައިވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.
"މި އަމަލަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފުން ގާނޫނު ތަންފީޒުކުރުމަށް ކުރަމުންގެންދާ ގާނޫނީ މަސައްކަތްތަކަށް ހުރަސްއެޅުމަށާއި ނުފޫޒުފޯރުވުމަށާއި ބިރުދެއްކުމަށް ހިންގި އަމަލެއްކަމަށް މި ސާވިސް އިން ދެކެމެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ވިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ރިސޯޓުތަކަށް އަރައި އެ ކުންފުނީގެ މުދާ ގެންދިއުމުގެ ޖަރީމާގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުން ގާނޫނީ ގޮތުން ޒިންމާދާރުކުރުވާ ހައްގު އަދަބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަންޖެހޭ ވާޖިބެއްކަމުގައި ދެކޭ ކަމަށެވެ. އެހެންވެ އެކަމުގައި އަމަލީގޮތުން ބައިވެރިވި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ އެ 44 މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް އާއްމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަމްމުށި
24 January 2018
ފުލުހުންނަށް ތަހްގީގަކީ ކޮބައިކަން ނޭގެކަން އެނގެނީ މޮޔަމީހުން އުޅޭގޮތައް އެ އުޅެނީ ގާނޫންތަކަށްވެސް ބީރައްޓެހިކަން އެނގެނީ
އާންމު
24 January 2018
އެކަމަކުބުނާނެ ތަނަކަށް ވަންނައިރު ނަމާއިވަނވަރު ހާމަކުރަން ޖެހެޔޯ... ސޯ
ދަނތޫރަ
24 January 2018
ކޮބާ ތިޔޮތީ އެރަކްނަޓް . . . ތަހްގީގް ކުރަނީ ކަމެއްހޯދަން. ތިޔަބުނާ ހާމަކުރި ލިސްޓް ދުނިޔޭގެ އެންމެންނަށް ވަނީ ލިބިފައި، ޕޮލިސް ގެ ހުރިހާ އޮފިސަރުންގެ އަތުގާވެސް ހުންނާނެތާ؟؟/ ދެންކޮން ތަހްގީގެއްބާ ހިންގަން އޮތީ؟؟؟ ކޮންގޮތަކަށްތޯ ފުލުހުންގެ ވާޖިބަށް ހުރަސް އެޅީ؟؟ އެތަންތަން ބަލާ ފާސްކުރުމުގެ ހުއްދަ ވަނީ ދީފަ ... އަމުރާ ހިލާފަށް ތަކެތި ގެންދިޔައިރުވެސް އެމުދަލުގައި ގަދަކަމުން ހިފާޢްޓާ ހަދާފައި ނުވާނެ... ކޮބާ ކޮން ބިރެއްތޯ ދައްކަނީތިޔަ.. ތަހްޒީބީ ޒަމާނެއްގައި ރީތިކޮށް އުޅޭށެވެ. ބަސްމަގު ރީތިކުރޭ. މީހުންގެ ހައްގުތަކަށް އިހްތިރާމް ކުރޭ.
މާހި
24 January 2018
އެތަން ތަނައް އެރިމީހުންގެ ނަން ތައް ހާމަ ކުރުމަކީ ކުށަކަށް ވަނީ ކީވެގެން ބަ އެމީހުން އެތަން ތަނަށް އެރީމާ އެރިވާހަކަ ބުނެ ވޭނެ ؟؟؟؟؟؟؟؟
ހޮޓްކިންގ
24 January 2018
ހަގީގަތުގައިވެސް ވިލާއިން އެކުރަނީ ކުށެއްގެ މައްޗަށް ކުށެއް. ދައުލަތަށް ޓެކްސް ނުދައްކާ ރިސޯޓް ހިންގަނީ. ރާވިއްކަނީ އެފަދަ ތަކެތި ވިއްކުން ހުއްދަކޮށްފައިވާ ގަވާއިދާ ޚިލާފަށް. ދެން އޮތީ ދައުލަތުގެ މުޢައްސަސާތަކުން ޤާނޫނީ ގޮތުން ބަލަން ޖެހޭ ބެލުންތަކެއް ބެލުމަށް ރިސޯޓަށް އެރީމާ އެ ފަދަ މުޢައްސަސާތަކުގެ މުވައްޒަފުން ފަލީހަތް ކުރުމަށް ނަންހާމަ ކުރުން. އެކަން ކުރީ ބިރުދެއްކުމާއި ވާޖިބަށް ހުރަސް އަޅަން. އެކަމަކުވެސް ވިލާރިސޯޓަށް ރާއްވިއްކަން އަނެއްކާވެސް ހުއްދަދިނީ މަޓީން އެކަމަށް އެދިގެން. އެހެންވެ މަޓީންވެސް ކުށްތަކެއް ކުރުމަށް ބަޔަކަށް ހިތްވަރު ދޭތަން މިފެންނަނީ.
އާޒާދީ
24 January 2018
ޓެކްސް ނުދައްކަނީއެއް ނޫން ދައްކަން ދިޔައީމަ ބަލައި ނުގަންނަނީ އަންޒަމާނުގެ ޖޫރިމަނާތަކެއްގެ ވާހަކަ ދައްކާފަ.. ޤާނޫނެއް ޤަވާއިދެއް ނޫނީ ކޯޓުހުކުމެއްގެ ދަށުން ދައްކަންޖެހިފަ އޮތް އެއްޗެއްވެސް ނޫން.. ދެން ޖީއެސްޓީއާ ޖޫރިމަނާއާ ގުޅުވަމީ ކީއްވެޔޯ؟
ޢަހުމަދު
24 January 2018
ބިރުގަންނާނީ ނުބައިކަމެއް ކުރެވުނީމަ. ފުރިފަހުރިއެއްޗެއް ގުޑުގުޑެއްނާޅާނެ
ދަންތޫރަ
24 January 2018
މީހެއްގެ މުދާ ގާނޫނާ ހިލާފައް ފޭރިގަތް މައްސަލާގައި ބިރުން އުޅޭ މަންޒަރު ފެންނަނީ.
ނޫސަންގު
24 January 2018
ފުލުހުންނަށް އޮންނަން ޖެހޭ އިހްތިރާމް ގެއްލެނީ ފުލުހުންގެ ޢަމަލު ތަށް ހުންނަ ގޮތުން. ތި މުއައްސަސާ އަކީ ސަރުކާރުން ފުށްގަނޑެއްހެން މޮޑޭ ތަނެއްކަން ދިވެހިން ދަނޭ. ޓް ސަރވް އެންޑް ޕްރޮޓެކްޓް.............؟
އަހުމަދު ދެމޭ
24 January 2018
ރަގަޅަށް ފެންއަޅައި އޮލަކޮށް މޮޑެން ފެށީ 2009 ގައި އޭރުން ސުރެ ހަމަ މޮޑެނީ. އޭގެ ކުރީ އޮތީ ސިފައިންނާއެއްކޮށް މަސްހުނީ ގޮތުގައި. 2009 ގެ ފެށިގޮތަށް އަދި ދަމާލާ ފިހެލެވޭ ވަރު ނުވޭ. އެހެން އުޅެނިކޮށް 2012 ގައި ބަންޑުންވެއްޖެ. އަނެއްކާވެސް މޮޑެން ފެށީ... ކުރިއަށް އޮތީ ކޮން ސަރުކާރެއްކަމެއް ނޭންގެ އެކަމަކު ބަލަން ހުރޭ ކޮންމެ ބަޔަކަށް ލިބުނަސް ހަމަ މޮޑޭނީ ރަހަބަލާލަން ރައްޔިތުން ޖެހޭނީ ކެތް ކޮށްލަން.
ޙަސަނާ
24 January 2018
ތިޔައީ ތަހްގީގެއް ބޭނުންވާ ކަމެއްނޫުން ނަންތައް ހާމަކުރިކަން އެގޭނު ލިޔުމުން
އަލީ.
24 January 2018
ފުލުހުން ނެއްކަމަކު ގާނޫނައް ވުރެމައްޗަކައް ނޭރޭނެ ބޫޓު ސައިޒު އޮޅުވާނުލާ