ވިލާއިން ހިންގާ ފަން އައިލެންޑް ރިސޯޓުގައި ހުރި ރާތަކެއް ކަސްޓަމްސް އިން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ގެންދަނީ.
24 ޖެނުއަރީ 2018 - 07:29
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ އިން ހިންގާ ރިސޯޓްތަކަށް އަރައި، އެ ރިސޯޓްގައި ހުރި އޫރުމަހާއި ގިނަ އަދަދެއްގެ ރާ، ގާނޫނާ ޚިލާފަށް ގެންދިޔަ ކަމަށް ތުހުމަތުކޮށް ކަސްޓަމްސްގެ އޮފިސަރުންގެ ނަންތައް އާއްމުކުރި މައްސަލަ ތަހުގީގުކުރަން އެ އިދާރާ އިން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ކަސްޓަމުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރޯޔަލް އައިލެންޑް ރިސޯޓްގެ ނަމުގައި ގަވައިދާ ހިލާފަށް ރާ އެތެރެކުރި ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާ ގުޅިގެން އެ ރިސޯޓުގެ އިތުރުން އެހެން ހަތަރު ރިސޯޓަކަށް އެރީ ދޮގު މައުލޫމާތު ދީގެން ހޯދި ކޯޓު އަމުރަކުން ކަމަށް ބުނެ ވިލާ ޝިޕިންގުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށެވެ.
ކަސްޓަމްގެ ބަޔާނުގައި ބުނެފައި ވަނީ ވިލާ ޝިޕިންގެ މުދާ ގެންދިޔައީ ގަވައިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް އަދި އެއީ އެ ކުންފުންޏާ ދެކޮޅަށް ހިންގި ޖަރީމާއެއްގައި ބައިވެރިވުން ކަމަށް ތުހުމަތުކޮށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގުކުރުމަށް ބާރުއަޅައި ނެރުނު ބަޔާނުގައި ކަސްޓަމްސްގެ ވަކިވަކި އޮފިސަރުންގެ ނަންތައް ހާމަކޮށްފައިވާތީ ވަރަށް ބޮޑަށް އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ކަސްޓަމުން ފުލުހުންނަށް ހުށަހެޅިއިރު، ވިލާގެ ރިސޯޓުތަކަށް އެރި ފުލުހުންގެ ނަންތައް އާއްމުކުރި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވިލާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ރިސޯޓުތަކަށް އަރައި އެ ކުންފުނީގެ މުދާ ގެންދިއުމުގެ ޖަރީމާގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުން ގާނޫނީ ގޮތުން ޒިންމާދާރުކުރުވައި ހައްގު އަދަބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަންޖެހޭ ވާޖިބެއްކަމުގައި ދެކޭ ކަމަށެވެ. އެހެންވެ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ އެ 44 މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް އާއްމުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިސާން
24 January 2018
ބަލަ ޔުނީފޯމް ނޭމް ޓެގް ވެސް ޖަޙާ އެމީހުން، އެހެން ވީމަ ކަސްޓަމްސް އަދި ޕޮލިސް ކޮން މޮޅައެއް މި ގޮވަނީ
މުޙުއްމާ
24 January 2018
މީހެއްގެ މުދާ ފޭރުނީމާ އެވާހަކަ ދައްކާނެ. އެކަންކުރި މީހުންގެ ނަންވެސް ހާމަކުރާނެ. އެމީހުނާއިގެން ދަޢުވާވެސް ކުރާނެ. މިހާރު ނުބެލުނަސް އެމީހުނާ ޤާނޫނު އަރާ ހަމަކުރާދުވަސް އަދި އައްނާނެ. ޖަލަށް ދާން ތައްޔާރަށް ތިބޭ. ކޮންމެހެން މިހާރު ފުއްޕާފަ އުޅޭނެކަމެއް ނެތް.
ޕިކްސް
24 January 2018
ނަން ހާމަކުރުމަކީ މައްސަލައެއްނަމަ މިފަހަރު އިލެކްސަންގަ ވޯޓު ލެވޭ މީހުންގެ ނަންވެސް އާއްމު ކޮށްގެން ނުވާނެ
ބެއްޔާ
24 January 2018
ތިމީހުންގެ ފޮޓޯތައް ހުރިހާ ކޮންޓިނެންޓް ތަކުގައި އެބަ އެނބުރޭ އެމެރިކާ މީހުންކަރި ބުނެގެން އެކަން މަނާކުރަން ކޯޓް އަމުރެއް ހޯދާ
ސަހޫ
24 January 2018
ނޮޓް ފަނީ..
ބަސް
24 January 2018
ކޮން މައްސަލައެއް ބަލަން. އެ މީހުންނަކީ އެ ތަނަށް ދިޔަ ބަޔަކު ވިއްޔާ ދިޔައޭ ނުބެނެވެންވީ ސަބަބެއް ނެތެވެ. ކަސްޓަމްސް ޔުނިފޯމްގައި ނަން ޓެގާއި އެއްޗެހި ޖަހަނީ ބޭނުމަކުއެވެ. ކޮންކަމެއް ކާކު ކޮންއިރަކު ކީއްކަން ކުރީ ސާފުކޮށް ބުނެދިނުމަށް ފަސޭހައެށެވެ.
ވާނެގޮތް
24 January 2018
ދެން ވާނީ މައްސަލަ ބަލާހާއެވެ.އެއްމެ ފަހުން ނިމޭނީ މައްސަލަ ބަލަން ތިބި މީހުންގެ މައްސަލަ ބަލާ ގެން ނެވެ. ޢެހާ ހިސާބުން "ފިލްމު އޯވަރ" އެވެ.
ދީދީ
24 January 2018
ބަލަގަ ކޮން ކަމަކާތަ ތިޔަ ހާސްވަނީ ތީ ގާނޫނާ އެއްގޮތައް ހިންގިކަމަކައް ވަންޏާ. މިހާރު ތިއުޅޭ ވައްތަރުން ޔާގީންވޭ ތީގައި ނުރަންގަޅު ކަންތައްތަކެއް އުޅޭކަމައް.
ސިއާ
24 January 2018
ނަން ހާމަކުރީމަ މައްސަލައެއް, މުދާތައް ގެންދިއުން ރަނގަޅުތޯ?
ޒާހި
24 January 2018
ގާސިމު ސައިޒްކުރަންޖެހޭ. މާ ފުއްޕައިގެން އުޅޭ މީހެއް.
ޥަސް
24 January 2018
ނުޖެހޭނެ ސިއްރު ކުރާކަށް.