ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި ޕީޕީއެމާއި އެ ޕާޓީގެ ކޯލިޝަންގެ ބައެއް އިސްވެރިން.---ފޮޓޯ: ނިޝާން އަލީ/މިހާރު
30 ޖެނުއަރީ 2018 - 00:38
ގައުމަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން އިމްތިޔާޒުތަކެއް ލިބިވަޑައިގަތުމަކީ ގާނޫނު މުގުރަން ލިބޭ ލައިސަންސެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ރިޝްވަތު ނަގައިގެން ކަންކަން ކުރެއްވުމަކީ އެ މެމްބަރުންގެ އިމްތިޔާޒްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ. މެމްބަރުންގެ އިމްތިޔާޒްގެ ތެރޭގައި ހިމެނޭ ކަމަކީ އިސްލާމީ ރިވެތި އުސޫލުން އެ މެމްބަރަކަށް ފެންނަ ގޮތަކަށް، ވާހަކަ ދައްކަވައި، ވޯޓު ލެއްވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ރައީސް ޔާމީން އެ އިޝާރާތް ކުރެއްވީ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅަށާއި ރިޝްވަތު ދިނުމުގެ ތުހުމަތުގައި މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރުމާ ގުޅިގެން އެކަމަށެވެ.
މައުމޫނާއި ފާރިސްގެ ނަން ފާހަގަ ނުކުރައްވައި، ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން ގާނޫނާ ޚިލާފު ކަންތައްތައް ކުރުމަކީ އަބަދުވެސް ކުށެއް ކަމަށެވެ.
"އެ ކުށުގެ އަދަބު ތަފާތުވެދާނެ ހާލަތަށް ބަލާފައި. އެކަމަކު އެއީ އަބަދުވެސް ކުށެއް. އެއީ ހަމަ ބުއްދިން އިންސާނުން ގަބޫލު ކުރާނެ ކަމެއް ނޫން. ކުރީގައި ވެސް ކުށެއް. ފަހުން ވެސް ކުށެއް. މިހާރު ވެސް ކުށެއް. އެކަން އަޅުގަނޑުމެން ގަބޫލު ކުރަންވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުންނާ ރައްޔިތުން އަމާނާތް ހަވާލުކުރީ "އަގު ކިޔާފައި ނޫން" ކަމަށެވެ. އަދި ރިޝްވަތު ނަގައިގެން ކަމެއް ކުރާނަމަ، މެމްބަރަކު ނުވަތަ ސިޔާސީ ބޭފުޅަކަށް ވިޔަސް އެ ކުރައްވަނީ ކުށެއް ކަމަށާއި އެ ކުށުގެ އަދަބު ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުންފުޅުވާކަން ދޭހަވާ ގޮތަށް، މައުމޫން ދެއްކެވި ވާހަކަފުޅަށް ނުސީދާ ގޮތެއްގައި ރައީސް ޔާމީން މިރޭ ފާޑު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިމްތިޔާޒަކީ ހުރިހާ ކަމަކަށް ފާޑު ކިޔޭނެ ކަމަށް ހިޔާލު ގެނައުމެއް ނޫނެވެ. ކަންކަމަށް ފާޑު ކިއަން ވާނީ އޭގެ ހަގީގަތް ބެލުމަށް ފަހު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިމްތިޔާޒްތަކެއް ލިބުމަކީ ހުރިހާ ކަމަކަށް ފާޑު ކިޔޭނެ ސަބަބެއް ނޫން ކަމަށާއި، ގާނޫނަށް ވުރެ މަތީގައި ތިބޭ ބަޔަކަށް އަދަބެއް ލިބުނަސް ހިތާމަ ނުކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ގާނޫނު އެންމެންގެ މައްޗަށް ހަމަހަމަކޮށް ހިނގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޝަރުއީ މަރުހަލާ ކަޑައްތު ކުރުމަށް ފަހު ނޫނީ އެމަނިކުފާނުގެ ސަރުކާރުގައި އެއްވެސް ބޭފުޅަކު ބަންދެއް ނުކުރާނެ ކަމަށެވެ. ޖަލު ގޮޅިއަށް ދާ ކޮންމެ މީހަކަށް ސުޕްރީމް ކޯޓާ ހަމައަށް ދިއުމުގެ ބާރު އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު މަގާމުން ދުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ވެސް އެމަނިކުފާނު ރައްދު ދެއްވި އެވެ. ރައީސް ވިދާޅުވީ އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅާނީ ކޯޓުގެ އިތުބާރު އޮތީމަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަނި
30 January 2018
ދެން ތިވިދާޅުވާ ގާނޫނުގެ ވާހަކަ މިހާރު ދިވެހިންނަށް އިނގޭ ހިތްނުރުހޭމީހުންނަށް ހިނގާކަންވެސް އެނގޭ ތިވާހަކަތައް ދިވެހިންނަށްވަނީ މިހާރުޖޯކަކަށް ފަޅުރަށަކަށް ގޮސް ދައްކާ ރުއްގަސް ހުންނާނެ އަޑުއަހަން
އަހުމަދު އިބްރާހިމް
30 January 2018
ސިޔާސީ މީހުންނާއި ތޮޅެ ހެދިޔަސް މަށައް ވަރިހަމަ... މިގައުމަށް އެރި ހުރިހާ ރައިސުން ވެސް އެތައް މިލިއަނުން ކެއި...... ވެރިކަމާއި ހެދި އެންމެން އުޅެނީ ވެސް ކާން..... ސިޔާސީ މީހުން ޖަލަށް ލައިގެން ނަމަވެސް ގައުމު ތަރައްގީ ކޮށްދެއްވާ.....ރަށްރަށުގެ ބަނދަރު ތަކާއި ، ސިއްހީ ހާލަތު ރަނގަޅު ކޮށްދެއްވާ...... އެ ނިމުނީ.. އިތުރު އެއްވެސް ކަމެއް ބޭނުމެއް ނެތް
ދާންދޫ
30 January 2018
ޢާނ ! ޤާނޫނުނު މުގުރާލެވޭނީ ރައީސްކަން ލިބުނީމާ ! އިމްތިޔާޒް ލިބުނީމަކާނޫން.
ބަރުބާަދު
30 January 2018
މިގައުމުގަ ވެރިކަމުގެ ބޫތުގަ ގާނޫނެއް ގަވާއިދެއް ނެތި ގޮއްމުށުބާރުގަ ހުރިހާކަމެއް ނިންމަމުންދަނީ ކާކުބާ؟ އަދި ކިހާދުވަހަކު އެކަން އެގޮތައް ހިންގޭނެބާ؟. ﷲ ނުބައިމީހުންގެ ނުބައިކަމުން މިގައުމު ސަލާމަތް ކުރައްވާށި.
ައަލީ 77777777
30 January 2018
މަނިކުފާނާއި، މަނިކުފާނުގެ އައުވާނުންނަށް ކޮރަޕްޝަނާއި ރިޝްވަތުގެ ތުހުމަތު ކުރެވުނަސް އެެޢީ ކުށެއްނޫން ދޮއްތޯ؟
އިމްތިޔާޒް
30 January 2018
އެންމެ ދެމީހުންނަށް ޤާނޫނު ގެ ވާގަނޑު ނުފޯރަނީ އެހެން މީހުންނަށް ބޮޑު ބޯވައެއްހެން ތަތްލަވާ. އެ އީ ކޮން ދެ ކަނބަލެއްކަން މި ކުޑަ ޤައުމުގެ އިތުރުން މުޅި ދުނިޔެ ދަންނާނެ. އެ ދެ މީހުންނަށް އިމްތިޔާޒުގެ ތެރޭން ހުރިހާކަމެއް ހުއްދަ.
ކޮލަމާފުށި
30 January 2018
ހުސްބޭކާރު ވާހަކަތައް...ތިޔަ ވާހަކަދައްކަން ދާންވީނު އެހެންތަނަކަށް...އަޑުއަހާނެ ބަޔަކުމިހާރަކު ނެތް...ފޫހިވެއްޖެ.
ޙައްކޮ
30 January 2018
ތިޖަލްސާ ނިންމާލީވެސް 00:30 ވީފަހުން. ގާނޫނަށް ޢަމަލުކުރާމީހުންނޯ މީ. ފުލުހުން މިނިވަނޯ. ކިހިނެތް ތިދައްކާ ވާހަކަ ގަބޫލުކުރާނީ.
ޢަލިކޮ
30 January 2018
ގާނޫނާ ހިލާފްވާ މީހުންނަށް ގާނޫނުގަ ވާގޮތުގެ މަތިން އަދަބު ލިބޭނެކަން ހަދާންކުރަންޖެހޭ
ކޮލެޖް ބޯއީ
30 January 2018
މަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ އިތުބާރު ދަމަހައްޓަވައި ފައި