ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
05 ފެބުރުއަރީ 2018 - 13:11
ކާން ދޭ އަތުގައި ދަތް އެޅި ކަމަށް އެއްބަސްވެވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ރައްދު ދެއްވައިފި އެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ގާސިމްގެ ނަން ފާހަގަ ނުކުރައްވައި، ސައީދު ވިދާޅުވީ އޭނާއާ ދިމާލަށް ރައްދުކޮށް ކާން ދިން އަތުގައި ދަތް އެޅި ކަމަށް ބުނެ ބަޔަކު ފާޑު ކިޔަމުން އަންނަ ކަމަށެވެ. އެކަމަކު، އިދިކޮޅު ހަތަރު ލީޑަރުން ދަތް އެޅީ ކޮން އެއްޗެއްގައިތޯ އޭނާ ސުވާލުކުރެއްވި އެވެ.
"އަޅުގަނޑާ ދިމާލަށް ރައްދުކޮށް ބުނާނެ ކާން ދިން އަތުގައި ދަތް އެޅިއްޔޭ. ވަރަށް ބާރަށް ބުނާ ވާހަކައެއް އެއީ، އަޅުގަނޑު ދަތް އެޅީ،" މިހާރު ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި ސައީދު ވިދާޅުވި އެވެ.
ޕީޕީއެމުން "ރުމާލު 2" ޖަގަހައިގައި ކުރިއަށް ގެންދާ ޖަލްސާ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު
ގާސިމްގެ ބޮޑު ރިސޯޓު ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނެވި ސައީދު ގާސިމަށް އިޝާރާތް ކުރައްވައި ކުރިން ވިދާޅުވެފައި ވަނީ އއ. އާއި އދ. އަތޮޅު ތަރައްގީ ވިޔަނުދީ ބޭއްވީ އަމިއްލަ ވިޔަފާރީގެ ހިމާޔަތުގައި ކަމަށެވެ. ވިޔަފާރިވެރިއެއްގެ ޝައުގާއި ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން އެއްވެސް ރަށެއް، އަތޮޅެއް، މީހެއް، ހުންނަން ޖެހޭނެ ކަމަކަށް ގާނޫނުއަސާސީގައި ނުވާ ކަމަށް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަމުގެ މަގާމަށް ސައީދު ވަޑައިގަތީ ވެސް ޖުމްހޫރީ ޕާޓީއަށް ކަނޑައެޅި ސްލޮޓެއްގަ އެވެ. އެކަމަކު ފަހުން އޭނާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.
ސައީދުގެ ވާހަކަތަކާ ގުޅިގެން ގާސިމް ކުރިން ވިދާޅުވީ ޖަނަވާރުން ވެސް އެސޮރު ގެންގުޅެ ބަލައި ބޮޑުކުރި މީހާ ދަންނަ ކަމަށެވެ. ބައެއް މީހުން ބުނެފައި ވަނީ ގާސިމް ކިޔަވައިދީ އަދި އޭނާގެ ވަޒީފާގައި އުޅުއްވަނިކޮށް، މިނިސްޓަރުކަން ހޯދައި ދެއްވާފައިވާއިރު ދެން ގާސިމަށް ސައީދު ފާޑުވިދާޅުވުމަކީ ހުތުރު ކަމެއް ކަމަށެވެ.
ރޭގެ ޖަލްސާގައި ސައީދު ވިދާޅުވީ ގައުމަކީ "މަންމަ" ކަމަށްވާއިރު، ގައުމު ބޭނުންކޮށްގެން ފޭރޭ ކަމުގައި ވާނަމަ، އެ ދަތް އެޅެނީ މަންމަގެ މުޅި ގައިގައި ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވީ މައުމޫނަށް 30 އަހަރު ވަންދެން ރަން ތަބަކަކަށްލާފައި ވެރިކަން ދިނީމަ، އެމަނިކުފާނަކީ ރާއްޖެ ތަރައްގީ ކުރުމަށް ފައިސާ ގެންނަން ނޭނގުނު ބޭފުޅެއް ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވަޑާންގެއެއް ހިންގަން ނޭނގުނު ބޭފުޅެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ރައީސް ޔާމީން ހުންނެވި މަގާމުގައި އިދިކޮޅު ކޮންމެ ލީޑަރެއް ހުރި ނަމަ، ހައެއްކަ ފަހަރު އިސްތިއުފާ ދެއްވާނެ ކަމަށާއި ރައީސް ޔާމީނާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީނަކީ މުހައްމަދު ތަކުރުފާނު ފަދަ ދިރި ހުރި ބަތޮލެއް ކަމުގައި އޭނާ ވިދާޅުވި އެވެ.
ރާއްޖެ ދައުލަތަކަށް ވާނަމަ، ދައުލަތުގެ ވަލީއުލްއަމުރަކީ ޖުމްހޫރިއްޔާގެ ރައީސް ކަމަށާއި އެކަމާ ޝައްކު ކުރެވޭނެ އެއްވެސް ފަރާތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ގާނޫނުއަސާސީއާ ހިލާފުވި އެއްވެސް ކަމެއް ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަބީރު
06 February 2018
ކަލޯ ކަލޮޔައް ތިކިޔޭ ނުކިޔޭ އިނގޭބާ
sandhuvaa
05 February 2018
މުޙައްމަދު ސަޢީދަށް ކިޔަވާދީ ބެލެހެއްޓީ ޤާސިމެއްނޫން. މައިޒާން ޢަލިމަނިކު މައްސަލައެއްގައި، ތުރާކުނަށް ފޮނުލުމުން، ބެލެހެއްޓީ، މުޙައްމަދު ސަޢީދުގެ މަންމަޔާއި، ބައްޕަ އަދި މާމަ. އެކަމުގެ ހަދިޔާއެއްގެ ގޮތުން މުޙައްމަދު ސަޢީދު އާއި، އޭނާގެ ކޮއްކޮ މާލެގެނެސް މައިޒާން ޢަލިމަނިކުގެ ގޭގައި ބަހައްޓައިގެން ކިޔަވާދީ ވަޒީފާގެ މާޙައުލަށް ނެރެދިނީ. ޖެނެރަލް މެނޭޖަރާ ހަމަޔަށް ދިޔައީ، މުޙައްމަދު ސަޢީދުގެ އަމާނާތްތެރިކަމާ ހިތްވަރުން. މިއީ ވަރަށް ސާފުކޮށް އެނގޭކަމެއް. މީހުންގެ އަގުވައްޓާލަން ފާޑު ފާޑު ވާހަކަތައް ނުދެއްކުން ރަނގަޅުވާނެ.
ކޮޓރިކުލި
07 February 2018
އެކަމަކު އެސޮރު ބުނަނީ ކާންދިން އަތުގައި ދަތްއެޅީމޭ . ޢެކާކު ގެ އަތެއްބާ
ހިބަރު
05 February 2018
ކަލޭމެންނަށް ނެއެނގޭ ގާނޫނު އަސާސީއަށްވުރެ މާ ބާރުގަދަ ގާނޫނެއްވެއެވެ. އެގާނޫނުގައިވާގޮތުން އެންމެ މުހިންމުވަނީ އަދުލު އިންސާފެވެ. ދުނިޔޭގެ އެކިއެކި ކޯޓުތަކުން ސުޕްރީމް ކޯޓުން ނިންމާފައިވަނީ ގޯސްކޮށްކަން އެނގުމުން އެ ހުކުމުން ރުޖޫޢަވެފައިވާކަން ނެއެނގެންޏާ މަހައް ދާށެވެ. މަރުގެ ހުކުމް ތަންފީޒުނުކުރުމަށް ގޮވާލާ ޖަމާޢަތްތަކުން ބުނަނީ ފަހުން ގޯސްހުކުމެއްކަމަށް އެނގިއްޖެއްޔާ އެކަން އިއާދަ ނުކުރެވޭނެއެވެ. ވީމާ ހުކުމުގައި މައްސަލަ ހުރިކަން އެނގުމުން އަލުން މައްސަލަ ބަލަން ސުޕްރީމް ކޯޓަށް ނެއެންގޭނެކަމަށް ބުނާމީހުނަކީ އަދާލަތާ އިންކާރުކުރުމުގެ ކުށުން ކުށްވެރިވާނެ މީހުންނެވެ.
ކާން ދޭ އަތުގަ ދަތް އަޅާ
05 February 2018
އޯކޭ ކުރީގެ އެކަކަށް ވެސްނޭނގުނު އެއްވެސް ކަމެއް.ކުރަން ސައީދު އަށް އެބަ އިނގޭ ނު ވައި ޖެހޭ ކޮޅަށް ސަނާ ކިޔަން މި ވެސް ވަރަށް ބޮޑު ވަރުތާ
63564
05 February 2018
އޭނަ މޮޅު މީހަކަށް ވީމަ ޔާމީން އޭނަ ބަލައިގަތީ ދެން އެކޮލެޓީ އޭނާއަށް ލިބުނީ ﷲ ގަގިފުޅާއެކު ކުރި މަސައްކަތުން!މީގަ ބުރުމާ ކޮށްދިން ކަމެއްް ވަރަށް ކުޑަ އަސްލު...ތަނަކަށް މީހަކު ލިއަސް އެތާނގެ މީހުން ނުގަބޫލިއްޔާ ފެއިލްވަނެ..ކިތައް މިނިސްޓަރުންނަށް މިގޮތަށް ދިމާވީ މިދައުރުގަ
ހެހެހެ
05 February 2018
ލަދު ހަޔާތުގެ ކުޑަވެސް ކަންފުޅެއް ނެތް!
ފާތުން
05 February 2018
ސައީދުގެ ތި އަސަރުގަދަ ވާހަކަ ބޮލެއް ހުރި މީހެއްވީއްޔާ ބަލައެއްނުގަންނާނެ. ތީހަމަ އަމިއްލަ އެދުމުން ފޯވެފައިވާ ގޮތެއްނެތް މީހެއް. އެހެންމީހުންނާދިމާލަށް ފާޑުފާޑުގެ އެއްޗެހިކިޔާއިރު، ސައީދު އަމިއްލެއަށް ތިއުޅޭގޮތް ނިކަން ބަލާލަބަލަ. ކޮންމެވެސް އެއްދުވަހަކުން ސައީދުއަށްވެސް މިކަން ވިސްނޭނެ. ވެދާނެ އެއީ ކުޑަ ގޮޅީގަން އިންނަންޖެހޭދުވަހަކުކަމަށްވެސް.
ރޮނާ
05 February 2018
ކާން ދޭ އަތުގަ ދަތްއެޅުންވެސް ކަލެއަށް ތިވީ މޮޅު ކަމަކަށް. ނޫނޭ އެއީ އަމިއްލަ އެދުމުން ފޯމީމަ ވާ ގޮތް. ހަމަ ހިރާންކޯރުވުން ތީ. ކަލޭ ޔާމީނަށް ވެސް ހިދާނީ ހަމަ ތިހެން.
ހުއްބުލްވަތަން
05 February 2018
އިންސާނެއްވެއްޖިއްޔާ ގޮތެއް، ލަދެއް ހަޔާތެއް ހުންނާންވާނެ. ނަމަވެސް ކުރާނެކަމެއް ނެތް.
ހަހާ
05 February 2018
ތިކަހަލަ ތަނަކުން ދެން ކަލޭމެން ފެންނާނެހެން ހީނުވޭ. ކަލޭމެން ގޮވައިގެން ބުރެއް ޖަހާލަން ޓްރަމްޕް ލޯންޗެއް އެބަ ފޮނުވާ