ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ގާސިމްގެ ބައެއް ރިސޯޓުތަކުން ބަނގުރާ ހުސްވާން ފަށައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ހަތަރު ރިސޯޓުން ބަނގުރާ ހުސްވާން ފަށާފައިވާ ކަމަށް ވިލާ އިން މިއަދު ބުނެފި އެވެ.

ގާސިމްގެ އެކި ކުންފުނިތަކުން ހިންގާ ފަސް ރިސޯޓުގެ ތެރެއިން، ސަރުކާރުން ދިން ވަގުތީ ހުއްދައިގެ ދަށުން އޫރު މަހާއި ބަނގުރާ އެތެރެކުރެވެނީ ހަމައެކަނި ރޯޔަލް އައިލެންޑް ރިސޯޓަށެވެ.

ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ، ގާސިމްގެ ރިސޯޓުތަކަށް ދީފައިވާ އޫރުމަހާއި ރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ހިފެހެއްޓީ މިދިޔަ މަހު އެވެ. ސަރުކާރުން ހުއްދަ ހިފެހެއްޓުމަށް ފަހު، ޓޫރިޒަމް އިންޑަސްޓްރީގެ ޕްރެޝަރާ ހެދި، ރަލާއި އޫރުމަސް އެތެރެކުރަން ސަރުކާރުން ވިލާ އަށް ދިން 14 ދުވަހުގެ ލައިސަންސް މި ހަފުތާގައި ހަމަވާނެ އެވެ.

ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް "މިހާރު" އަށް ވިދާޅުވީ، ރޯޔަލް އައިލެންޑް ފިޔަވައި ދެން ހުރި ހަތަރު ރިސޯޓުން ބަނގުރާގެ ބައެއް ބާވަތްތައް ހުސްވެފައިވާ ކަމަށެވެ. އަދި ބައެއް ރާ ނުލިބުމުގެ ސަބަބުން ޓޫރިސްޓުން ޝަކުވާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޯޔަލްގެ އިތުރުން ގާސިމް ހިންގަވަމުން ގެންދަވާ ރިސޯޓުތަކަކީ ޕެރެޑައިސް އައިލެންޑް ރިސޯޓާއި ސަން އައިލެންޑް ރިސޯޓާއި ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓެވެ.

"ކުރީގައި ޓޫރިސްޓުން އެދުނީމަ ރާ ދޭނެ. އެކަމަކު، މިހާރު އެހެން ނުދެވޭ. ޓޫރިސްޓުން ބޭނުންވާ އެއްޗެއް ނުލިބިގެން ޝަކުވާ ވެސް އެބަ ކުރޭ،" ގައިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ އެންމެންނަކީ ވަރަށް ބުރަކޮށް، މަސައްކަތް ކުރަމުން އަންނަ ބައެކެވެ. އެ މީހުންނަކީ ސިޔާސީ ބައެއް ނޫން ކަމަށާއި ސަރުކާރުގެ އަމަލުތަކުން ޓޫރިޒަމް އިންޑަސްޓްރީ ފުނޑާލެވިގެން ދާތަން ދެކެން ބޭނުންނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި މައްސަލަ އަށް ވީހާ ވެސް އަވަހަކަށް ހައްލެއް ގެނައުމަށް ބޭނުންވަނީ،" ގައިސަރު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެ އަށް ޓޫރިސްޓުން އަންނަ ވަރަށް ގިނަ ގައުމުތަކުން ދަނީ ޓްރެވަލް އެޑްވައިޒަރީ ނެރެމުންނެވެ. ގައިސަރު ވިދާޅުވީ ޓްރެވަލް އެޑްވައިޒަރީ ނެރޭނަމަ، ރާއްޖެ އަށް އެކަމުގެ އަސަރުކޮށް، ޓޫރިސްޓުން އައުން މަދު ވާނެ ކަމަށެވެ.

"މިތަނުގައި ހަމަނުޖެހުން އުފެދޭ ގޮތަށް ކަންކަން ވާނަމަ، ޓޫރިސްޓުން ނާންނާނެ. އެއީ އެ މީހުންނަކީ ހިތްހަމަޖެހިގެން ދިރިއުޅެން ބޭނުންވެގެން އަންނަ ބައެއް،" ގައިސަރު ވިދާޅުވި އެވެ.

ރޯޔަލް އަށް އެކަނި ކަސްޓަމުން ބަނގުރާ ދޫކުރާ މައްސަލައިގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް "މިހާރު" އަށް އިއްޔެ ވިދާޅުވި ގޮތުގައި މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ސަރުކާރުން ބައެއް ރިސޯޓުތަކަށް ރާ އެތެރެ ކުރުމުގެ ލައިސެންސް އަދިވެސް ހިފަހައްޓާފައިވާ ކަމަށެވެ. އެހެންވެ، ރާ އެތެރެ ކުރެވެނީ ރޯޔަލް އަށް އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކަސްޓަމްގެ ފަރާތުން އެއްވެސް ރިސޯޓެއް ހިންގުމަށް ދަތިވާ ކަމެއް ކުރަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަން ޖެހޭ ފައިސާ އިން ބައެއް ދައްކައި ވަނީ ހަލާސްކޮށްފަ އެވެ. އެކަމަކު، ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކާނެ ކަމުގެ އުންމީދުގައި، އެ ކުންފުނީގެ ރިސޯޓްތަކަށް، ރާ ވިއްކުމުގެ ވަގުތީ ލައިސެންސެއް ދީފައި ވިޔަސް، އެ ފައިސާ ދެއްކުމުގައި ވިލާ އިން އެއްބާރުލުން ނުދޭ ކަމަށެވެ.

އެ ކުންފުނީގައި ރަނގަޅު ނިޔަތެއް ނެތް ކަން ހާމަވާތީ ކުރިމަގުގައި އިތުރު ލުއިތަކެއް ނުދޭނެ ކަމަށާއި ރާ ވިއްކަން ދީފައިވާ ވަގުތީ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ނުދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އެކަމާ ގުޅިގެން ވިލާގެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީރާއިން މި މަހުގެ 21 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވިލާ ޝިޕިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށާއި އެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށެވެ.

2 ކޮމެންޓް, 40 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 15%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާއްޓޭ

06 February 2018

ދޮގުނަހަދާ. މީގެ 5 ދުވަސްކުރިން ދުވަަހަކުވެސް ނުގެންދާ ވަރުގެ ރާ ތިރަށް ގެންދިޔަތަން އަހަރެން ދުށިން. އަދި އެތަކެތި އަރުވާވެސް ދިނިން. ހުސްދޮގު

The name is already taken The name is available. Register?

ޑިމޮކްރަޓިސްޓް

06 February 2018

ކޮބާ އަދާލަތު ޕާޓީއިން މިކަމާ ސަރުކާރަށް ޕްރެޝަރެއް ނުކުރޭތަ؟:::::::

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454