ޚަބަރު / ބޯހިޔާވަހިކަން

ޓާޓާގެ އެއްބަސްވުމާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފް ބޮޑު: މިނިސްޓަރު

އެއްބަސްވުން އޮތީ ކުންފުންޏަށް ފައިދާވެ ސަރުކާރަށް ގެއްލުންވާ ގޮތަށް. އަރަބިއްޔާ އާއި ގާކޮށިން ހަތަރު ބުރި 50 އަހަރަށް ޓާޓާ އަށް. އޭގެ އިތުރުން ވިޔަފާރީގެ ފައިދާ ހޯދަން ނާދީ ހުރި ބިމާއި އޯޑިއޯން ހުރި ބިން ދީ ލަގްޒަރީ ވިލާ އަޅައި ވިއްކަން ޅޮސްއަލިފުށި ވެސް ދޫކުރި.

ހައުސިން މިނިސްޓަރު މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ: ސަރުކާރުން ކުރަން ޖެހުނު ހަރަދާ ބަލާއިރު ފްލެޓްތަކުގެ އަގު ބޮޑު ކަމަކަށް މިނިސްޓަރު ގަބޫލެއް ނުކުރައްވާ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގެ ގާކޮށީގަ އާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި ފްލެޓް އަޅަން އެމްޑީޕީ ސަރުކާރުން އެކުލަވާލި އެއްބަސްވުމަކީ މިހާތަނަށް ސަރުކާރަށް އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނު އެއްބަސްވުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ ދެ ބިމުގައި ޖުމްލަ 280 ފެލެޓް އަޅަން ހަވާލުކުރީ ޓާޓާ އާއި އެސްޖީ 18 ޑިވެލޮޕާސްގެ ހިއްސާއާ އެކު އުފައްދާފައިވާ "އެޕެކްސް ރިއަލްޓީ"އާ އެވެ.

ހައުސިން މިނިސްޓްރީގައި "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގެ ފައިދާ އޮތީ ޓާޓާ ކުންފުންޏަށް ކަމަށެވެ. ސަރުކާރަށް ގެއްލުން ލިބޭ ކަމަށް ވަންޏާ އެއީ "ވަރަށް ގޯސް" އެއްބަސްވުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ދުވަހަކު ވެސް ބަޔަކު ނުހަދާނެ މިކަހަލަ އެގްރީމެންޓެއް. --މުއިއްޒު

މިނިސްޓަރު ވިދާޅުވި ގޮތުގައި ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ފްލެޓް އަޅާތީ އެޕެކްސް ރިއަލިޓީ އަށް އެއްބަސްވުމުގެ ބޮޑެތި އިނާޔަތްތަކެއް ދީފައިވެ އެވެ.

އެއް ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، ދެ އިމާރާތެއް އަޅާތީ އޭގެ ބަދަލެއްގެ ގޮތުން މާލެ އިން އެހެން ދެ ބިމެއް އެ މީހުންނަށް ދިނުމެވެ. އެގޮތުން މާފަންނުން ދީފައިވާ އޯޑިއޯން ހުރި ބިމާއި ހެންވޭރުން ދީފައިވާ ކުރީގެ ނާދީ ހުރި ބޮޑު ބިމުގައި އެ ކުންފުނިން ބޭނުންވާ ފެންވަރަކަށް ފްލެޓް އިމާރާތްކޮށް ބޭނުން އަގެއްގައި ވިއްކުމުގެ ފުރުސަތު ލިބެ އެވެ.

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓް. - ފޮޓޯ: ނިޝާން އަލީ/މިހާރު

"ސޯޝަލް ހައުސިންގައި [އަރަބިއްޔާ އާއި ގާކޮށި އިމާރާތުން] ވެސް އެ މީހުންނަށް އެބަ ލިބޭ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯ. ދެ އިމާރާތުން ދެ ބުރި އެއްކޮށް 50 އަހަރަށް އެއްވެސް ކުއްޔަކާ ނުލައި އެ މީހުން ބޭނުން ބަޔަކަށް ކުއްޔަށް ދީގެން ވިޔަފާރީގެ ފައިދާ ނަގަން،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ޅ. އަތޮޅުން ޅޮސްއަލިފުށި ކިޔާ ރަށުގެ ބޮޑު ބައެއް ވެސް ކުއްޔަކާ ނުލައި އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށެވެ. އެ ރަށުގައި ލަގްޒަރީ ވިލާ އަޅައިގެން ޓޫރިޒަމްގެ ވިޔަފާރި ކުރެވޭނެ އެވެ.

ސޯޝަލް ހައުސިންގައި [އަރަބިއްޔާ އާއި ގާކޮށި އިމާރާތުން] ވެސް އެ މީހުންނަށް އެބަ ލިބޭ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯ. ދެ އިމާރާތުން ދެ ބުރި އެއްކޮށް 50 އަހަރަށް އެއްވެސް ކުއްޔަކާ ނުލައި އެ މީހުން ބޭނުން ބަޔަކަށް ކުއްޔަށް ދީގެން ވިޔަފާރީގެ ފައިދާ ނަގަން. --މުއިއްޒު

"މިކަހަލަ އެއްފަރާތަށް ފައިދާ ލިބޭ އެގްރިމެންޓެއް އެކުލަވާލާފައި އޮތީ. ހުރިހާ ކަމެއް ކޮށްފައި ސަރުކާރުން ޖެހޭ ގާކޮށްޓާއި އަރަބިއްޔާ އަށް ފައިސާ ދައްކަން ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

އެޕެކްސް ރިއަލްޓީން ބުނެފައި ވަނީ ފްލެޓްތައް ސަރުކާރާ ހަވާލުކުރާނީ 278 މިލިއަން ރުފިޔާ ދެއްކުމުން ކަމަށެވެ. އެއީ ސަރުކާރުން އެއްބަސްވެފައި އޮތް ގޮތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މުއިއްޒު ވިދާޅުވީ އެ އެގްރިމެންޓް ކިތަންމެ ގޯސްކޮށް އޮތަސް ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކަށް ވީ ރައްޔިތުންނަށް ފްލެޓްތައް ދޫކުރުމެވެ. ނަޝީދު ސަރުކާރު ބަދަލުވުމާ އެކު ހުއްޓިފައި އޮތް އެ މަޝްރޫއު އަލުން ފެށީ އެ ސަބަބާ ހެދި ކަމަށް ވިދާޅުވި އެވެ.

އެ މަޝްރޫއުގެ މަސައްކަތް މި ސަރުކާރުން ފެށީ އެގްރީމެންޓްތަކަށް އިސްލާހުތަކެއް ވެސް ގެނެސްގެންނެވެ. އެގްރިމެންޓުގައި އޮތް މުއްދަތު ފަހަނައަޅާ ދިޔަ ނަމަވެސް ފްލެޓްތައް ނިންމަައި މިހާރު ވަނީ ސަރުކާރާ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގައި ގާކޮށި ހުރި ބިމުގައި 190 ފްލެޓް އަދި އަރަބިއްޔާގެ ބިމުގައި 90 ފްލެޓް އެޅި އެވެ.

ކުރަން ޖެހުނު ހަރަދާ އަޅާބަލާއިރު އަގު ރަނގަޅު

ފްލެޓް ލިބުނު މީހުންނަށް އެތަން ހަވާލުކުރަނީ ފަސް އަހަރު ތެރޭގައި ދެ މިލިއަން ރުފިޔާ ދައްކާ ގޮތަށެވެ. އެ އަގުން ބަލާ އިރު މަހަކަށް ބަހާލުމުން މަހަކަށް 33،000ރ. އެވެ. ފްލެޓްތައް ލިބޭ މީހުންނަށް ކުރިން އަންގާފައި އޮތީ މަހަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 9،000ރ ގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ ފައިސާ ދައްކަން ޖެހޭ ގޮތާ މެދު ބައެއް މީހުންނަށް އޮޅުންތަކެއް އަަރާފައިވާ ކަމަށެވެ.

"ފައިސާ ދެއްކުމުގައި އެ ފަރާތަކަށް ފަސޭހަވާނެ ގޮތަކަށް ފައިނޭންސިން ހަމަޖެއްސިދާނެ. ފްލެޓްގެ ވެރިފަރާތުން ކަނޑައަޅަންވީ ފައިސާ ދައްކާނެ ގޮތް. އޭނާ ކަނޑައަޅަންވީ ފުރަތަމަ އަހަރު ދައްކާނީ މިވެނި ވަރެކޭ. ތިން ވަނަ އަހަރު ދައްކާނީ މިވެނި ވަރެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

"ސްޓެލްކޯ އިން އައިސް ކަަރަންޓް ކޭބަލް ގުޅައިދިނީމަ މީހުންނަށް ދިރިއުޅެން ފެށޭނެ. ސްޓެލްކޯ އިން މައުލޫމާތު ދޭ މި މަސް ނިމެންވާއިރަށް ކަރަންޓް މެއިން ކޭބަލާ ގުޅާލެވޭނެ ކަމަށް،"

ފައިސާ ދައްކަން ބޭންކަކުން މޯގޭޖް ނެގުމުގެ ފުރުސަތު ވެސް އޮތް ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މަހަކަށް 33،000ރ. ދައްކަން ސަރުކާރުން މަޖުބޫރުނުކުރާ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

ފްލެޓްތަކުގެ އަގު ބޮޑު ވާހަކަ ދައްކާއިރު ސަރުކާރުން އެތަނަށް ކުރަން ޖެހުނު ހަރަދު ވެސް ވަރަށް ބޮޑުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ހަރަދާ އަޅާބަލާއިރު މިހާރުގެ އަގު ބޮޑު ކަމަކަށް މިނިސްޓަރު ގަބޫލެއް ނުކުރައްވަ އެވެ.

ފްލެޓަކަށް ދެ މިލިއަން ރުފިޔާ ޖެހޭއިރު، އެއީ މުއިއްޒު ދެކެވަޑައިގަންނަވާ ގޮތުގައި، މާލޭގައި މިހާރު ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ވިއްކަން ހުރި ނިސްބަތަށް ބަލާއިރު ބޮޑު އަގެއް ނޫނެވެ. ބައެއް ތަންތަނުގެ އަގު ހަތަރު މިލިއަނުން މަތީގައި އުޅޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދުވަހަކު ވެސް ބަޔަކު ނުހަދާނެ މިކަހަލަ އެގްރީމެންޓެއް،" ސަރުކާރަށް ލިބުނު ގެއްލުމަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވި އެވެ.

ފްލެޓްތަކުގައި އަންނަ މަހު ދިރިއުޅެން ފެށޭނެ

ދެ އިމާރާތުގެ ވެސް ފްލެޓްތައް މިހާރު ވަނީ ނިމިފަ އެވެ. މިހާރު ކުރިއަށް ދަނީ އެފެކްސް ރިއަލިޓީ އަށް 50 އަހަރަށް ދޫކުރި ދެ ބުރި ނިންމުމުގެ މަސައްކަތް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަންތަން ނުނިމުނަސް ފްލެޓްތަކުގައި ދިރިއުޅެން ފެށޭނެ ކަމަށެވެ.

"ސްޓެލްކޯ އިން އައިސް ކަަރަންޓް ކޭބަލް ގުޅައިދިނީމަ މީހުންނަށް ދިރިއުޅެން ފެށޭނެ. ސްޓެލްކޯ އިން މައުލޫމާތު ދޭ މި މަސް ނިމެންވާއިރަށް ކަރަންޓް މެއިން ކޭބަލާ ގުޅާލެވޭނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

އެ ފްލެޓްތައް ލިބޭނެ މީހުން ހޮވައި ލިއުން ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެކަމަކު ލިބޭ ފްލެޓް ކަނޑައަޅަން އަދި ގުރުއަތެއް ނުނަގަ އެވެ.

52 ކޮމެންޓް, 115 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 9%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަމެން

23 September 2016

މިފިލްމަށް ކިޔާނީ ޓާޓާ ސްޓީލިން އަވަރ ޕެރެޑައިސް.

The name is already taken The name is available. Register?

ޓާޓާބައިބައި

23 September 2016

ތިއެގްރިމަންޓް ހެދިބަޔަކަށް ވަނީ ވަރަށް ފައިދާވެފަ. ފައިސާދީގެން އިމާރާތެއް ކޮށްދޭތީ އޭގެ ބަދަލުގައި ބޮޑުއަގުދީފަ އަދި އިތުރު ދެބިން މާލެއިންދީފަ ބޮޑު ފަޅުރަށެއްދިނީ ގައިމު އެބަޔަކަށް ކިހާބޮޑުފައިދާއެއް ދިނީމަކަން ކިރިޔާވިސްނާލިޔަސް އެގޭނެ. ޢެކަމަކު ޔެލޯސަރުކާރުން ކުރިކަމެއްވީމަ ގޯސް ކުރެވެންނޯންނަނީ.

The name is already taken The name is available. Register?

ބުރޯ

01 September 2016

މުއީޒަކީ ސަރުކާރުގެ ފައިސާ އެންމެޙަރަދު ކުޑަކޮއްމަސައްކަތްކުރާ ބޭފުޅެކެވެ.

The name is already taken The name is available. Register?

ތުއްތުބޭބެ

01 September 2016

ތިޔައެގްރީމަންޓަކީ އެއަރޕޯރޓް އެރީގްމަންޓްހެން އުފަންވުމުގައިވެސް ބާތިލު އެގްރީމަންޓަކަށް ހަދާލަންވީ

The name is already taken The name is available. Register?

ޕޮޓޭޓޯ

16 July 2016

ރާއްޖޭގަ ހުރި އެތަކެއް ރިސޯޓްތަކެއް ބިޑަކާއި ނުލައި ކޮރަޕްޝަން ހިންގަން 99 އަހަރަށް ދިނުން ތި އެގްރީމެންޓަށްވުރެ އެތައް ހާސް ގުނައެއް ގޯސް. ރާއްޖޭގެ ބިންތައް ބިދޭސީންނަށް މިލްކުކުރެވޭ ގޮތަށް ހެދުން ތި އެގްރީމެންޓަށްވުރެ އެތައް މިލިޔަން ގުނައެއް ގޯސް.

The name is already taken The name is available. Register?

Fee es em

23 September 2016

މާނައަކީ ޓާޓާ އިސް ސްޓީލިން އަވަރ ޕެރެޑައިސް ދެއްތޯ؟

The name is already taken The name is available. Register?

ރޮކް

14 July 2016

މިސަރުކާރުން ކުރާކަންކަންވެސް ފެންނާނީ ވެރިކަން ވެއްޓޭފަހުން. މިހާރުވެސް ބިޑަކާނުލާ 40 ރަށް އެއޮތީ ޕާޓީ އެކްޓިވިސްޓުންނަށް ދޭން ނިންމާފަ. ޓާޓާއަށް އެއް ރަށާއި 4 ބިންތޯ 40 ފަޅުރަށްތޯ ގެއްލުން ބޮޑީ އެނގޭނީ ހަމަ މުއިއްޒުއަށް.

The name is already taken The name is available. Register?

ހަސަން

14 July 2016

ޑރ. މުއީޒުއަށް، އަޅުގަނޑައްފެނޭ ތިޔައެގުރީމެންޓުން ސަރުކާރައް ގެންލުންވޭ މީގެ ބަދަލުގައި ނަޝީދުގެ ކަނޑުކޮސް ކަމުން ނުވަތަ ތަންދޮރު އޮޅުން ނުފިލާހުރުމުގެ ސަވަބުން ދިވެހި ރައްޔަތުންނައް ވާނެ ގެއްލުން ތަންކޮޅެއް ތިލަކޮށް އެއްމެ އާދައިގެ މީހާއައްވެސް އެނގޭނެ ގޮތައް ޕުރިންޓްކޮށް އާއްމުނައް ބެހެުމައް... އެހެނީ ނަޝީދު ފަދަ ކިޔާނާތް ތެރިޔަކައް ސަޕޯރޓްކުރާ މީހުނައްވެސް އޭނާގެ ވިޔާނުދާ މިއަމަލުތައް އެނގިގެންދާނެތީއެވެ.

The name is already taken The name is available. Register?

މޫސަ

14 July 2016

ތިޔަވަނީ މުޅިން އޮޅުވާލައްވާފައެވެ. ޓާޓާއިން އެމަސައްކަތް ކުރަމުން ގެން ދަނިކޮށް ނަޝީދު ސަރުކާރު ބަދަލުވުން ދެން އައި ސަރުކާރުންވަނީ ނާދީ ހުރި ބިން ނަންގަވާ ސަޕްރީމް ކޯޓް އެޅުމަށް ދެެއްވާފައެވެ. އޭގެ ބަދަލުގައި ބިމެއް ދޭން އޮތީ ހުޅުމާލެއިންނެވެ. ނަމަވެސް ޔާމީން ސަރުކާރާއި ހަވާލުވުމުން ނުފޫޒުގަދަ ވިޔަފާރިވެރިއަކު އެމަސައްކަތާއި ހަވާލުވީ އައިމާއަށް ޓާޓާއިން ދޭންޖެހޭ ފައިސާ 78 މިލިއަން ރުފިޔާ ނުދީގެން މަސައްކަތް ހުއްޓިފައި ވަނިކޮށެވެ. ދެން ވީގޮތަކީ އެވިޔަފާރިވެރިޔާ ހިތްހަމަ ޖައްސާދިނުމާއި އެފަރާތުން ސަރުކާރަށް ނުވަތަ ސަރުކާރުގައި އުޅޭ ބަޔަކަށް ދެމުން ދެމުންދިޔަ މަންފާތަކެއްގެ ސަބަބުން ކަޅު ހުދަށްވެ އެގްރީމެންޓްގައި ނެތް ކަންތައްތަކެއްލައިގެން އެގްރިމެންޓް އައުކޮށް އޯޑިއޯން ބިމާއި ނާދީ މިންވެސް ދޭގޮތަށް ހަމަޖައްސާ އިމާރާތް ނިމުމާއެކު ފައިސާ ދޭންވެސް އެއްބަސްވީ ނޫންތޯއެވެ. މިއީ މިކަންވީ ގޮތް ނޫންތޯއެވެ. ކުރާނެ ކަމެއްނެތްތާއެވެ. ކަރަޕްޝަނަށް ނުވާ އެއްވެސް ކަމެއް ކުރާނެ ބަޔަކުނެތި މުޅި ޤަވްމު ތިމާމެންގެ ޖީބުތަކަށް ލާން އުޅުމުން ރައްޔިތުންނަށް އާޚިރުގައި ދިމާވާނީވެސް މިކަހަލަ ނަތީޖާތަކާއެވެ.

The name is already taken The name is available. Register?

ނެޝަނަލިސްޓް

14 July 2016

އޭޕެކްސް ރިއަލްޓީ އިން "އަލުން" މަސައްކަތް ފެށީ އެގްރިމެންޓަށް ބަދަލު ގެނެސްގެން ކަމަށް މުއީޒް ވިދާޅުވިޔޭ ކިޔާފައި ލިޔެފައި އޮތް ޙަބަރެއް "ހަވީރު" ގައި ލިޔެފައި އޮއްވާ ކިޔާލެވުނު ހަދާނެއް އެބަވޭ! މި ކަހަލަ ވާހަކަ ދެއްކެވީމާ އެގެނީ މުއީޒް މިކަމަށް ނާގާބިލް މިންވަރު!

The name is already taken The name is available. Register?

ރަބަރޭ

14 July 2016

ހައުސިްންގ މިނިސްޓަރު ކަން ކުރާތާ 5 އަހަރު ވަނީ........ ރަސްފަންނު.........ފުލޮޕް މާބުލް ޖެހުން ......ފުލޮޕް މާލޭގެ ގޯޅިތައް ބަންދު ކުރުން........ ފުލޮޕް ލިލީމަގު ހައިވޭ ޢަކައް ބަދަލު ކުރުން.......ފުލޮޕް މީނަޔައް ހަމަ އެއްކަމެއވެސް ރަގަޅަކައް ކުރެވިފަ އެއް ނެތް.......މަގާމައްޓަކާ ޕާޓީ ބަދަލު ކުރުން ފިޔަވާ ........ޕަކާސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454