މައުމޫން ހަމީދާއި ވަކީލް ޝަމީލް: ކުއްލި ހާލަތުގެ ގަރާރަކުން ވެސް މަޖިލީހާއި ސުޕްރީމް ކޯޓު ނުހިފެހެއްޓޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
09 ފެބުރުއަރީ 2018 - 20:09
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުނު ގަރާރުގައި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހަނިކޮށްފައި އޮތުމަކީ ގާނޫނާއަސާސީއާ ޚިލާފަށް ކަމެއް ކަމަށް ބައެއް ވަކީލުން މިއަދު ބުނެފި އެވެ.
ޕްރިމިއާ ޗެމްބާސްގެ ހަތް ވަކީލަކު ސޮއި ކުރައްވައި، މިއަދު ނެރުނު ބަޔާނުގައިވަނީ މަޖިލީހަށް މީހުން ހާޒިރު ކުރުމުގެ ބާރާއި ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ބާރު ހަނި ކުރުމުގެ އިތުރުން ފަހު ބަސް ބުނުމަށް ސުޕްރީމް ކޯޓަށް އޮތް ބައެއް ބާރުތައް ނެގުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އެ ބަޔާނުގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓޭނީ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ ހައްގުތައް ކަމަށް ގާނޫނުއަސާސީގައި އޮތުމެވެ.
"ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ނުހިމެނޭ މާއްދާތައް ކަމުގައިވާ ގާނޫނުއަސާސީގެ 99 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 100 ވަނަ މާއްދާ އާއި 101 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ ނ. އާއި 228 ވަނަ މާއްދާ ވަގުތީ ގޮތުން ހިފަހައްޓާފައި ވުމަކީ ގާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ޚިލާފް ކަމެއް.." އެ ބަޔާނުގައިވެ އެވެ.
ކުއްލި ހާލަތު އިއުލާންކޮށް ނެރޭ ގަރާރުގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގެ ބާރެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތްއިރު، ފަހު ބަސް ބުނުމަށް ސުޕްރީމް ކޯޓަށް އޮތް ބާރު ހިފެހެއްޓުމަކީ ކުއްލި ހާލަތުގެ ގަރާރާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ލިބިދޭ ބާރު ވެސް ހިފެހެއްޓުން ކަމަށް އެ ބަޔާނުގައިވެ އެވެ.
ކުއްލި ހާލަތުގެ ގަރާރުގެ ދަށުން، ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުން ވެސް އެއްކޮށް ހުއްޓާލާފައި ވުމަކީ ކުށުގެ ތުހުމަތު ނުކުރެވޭ ފަރާތްތަކަށް ވެސް ގާނޫނުގެ ރައްކާތެރިކަން ގެއްލިގެންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދަންޖެހޭނެ ކަމަށާއި އެކަން ނުކުރުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. ސަބަބެއްގެ ގޮތުގައި އެ ބަޔާނުގައި ވަކީލުން ބުނެފައިވަނީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ މާއްދާ އެ ދެ ބޭފުޅުން ހައްޔަރު ކުރިއިރު ހިފަހައްޓާފައި ނެތުމެވެ.
މަޖިލީހުގެ ގަވާއިދު އޮތްގޮތުން މިދުވަސްވަރަކީ މަޖިލިސް ޗުއްޓީ ދުވަސްވަރެއް ނޫން ފާހަގަކޮށް، އެ ބަޔާނުގައިވަނީ ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި އެ ގަރާރު ފާސްކުރަން މަޖިލީހަށް ހުށަހަޅަން ލާޒިމް ކަމަށެވެ. އެ މުއްދަތުގައި އެކަން ނުކުރުމަކީ ވެސް ގާނޫނާ ޚިލާފަަށް ކުރާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ކުއްލި ހާލަތުގައި އަޅަމުން ގެންދާ ފިޔަވަޅުތައް ބާތިލް ކަމަށް ބުނެ، އެ ބަޔާނުގައި ގޮވާލާފައިވަނީ ކުއްލި ހާލަތު ނިމުމަކަށް ގެނައުމަށާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމަށެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ ގާނޫނުއަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން އިންސާފުވެރިކަމާ އެކު އެކަންކަން ބެލުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
އެ ބަޔާނުގައި ސޮއި ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި މަޝްހޫރު ގާނޫނީ ވަކީލުން ކަމަށްވާ ޝާހީން ހަމީދާއި މައުމޫން ހަމީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ
10 February 2018
އެއްވެސް ތަކަކުން މީހަކު ދޫކުރާކަށް އަމުރެއްނުކުރެވޭނެ. ޖިމާއީ ކޯޓުން މީހެއްގެ މައްޗަށް ކުރެވޭ ހުކުމް ދެމެހެއްޓުމާ ބާތލް ކުރުމުގެ ބާރު ހައިކޯޓަށާ ސްޕްރީމްކޯޓަށް ލިބޭ މިފަދަ ހާލަތްތަކުގާ ޖެހެޭނީ ހުކުމް ބާތިލް ކުރަން . ހުކުމް ބާތިލް ނުކޮށް ދޫކުރަން އަމުރު ނެރެވިދާނެތޯ ؟ ބަންދުމީހާ ދޫލުރުމުގެ ބާރު ރައީސަށް މިހާރު ލިބެނީ މައާފްދިނުމާ އަދަބު ލުއިކުރުމުގެ ގާނޫނުގެ އިޖްރާތު ތެރެއިން ކަމުގައިވާއިރު މިގާނޫނާ ހިލާފަށް މީހުން ދޫކުރުމަށް އެއްވެސް ފަރާތަކުން އަމުރު ކުރެވިދާނެތަ ؟ ގާނޫނުއަސާސީގެ 133 ގެ ޅ ގަ ބުނަނީ އޭޖީ އަމަލު ކުތރަންވާނީ ގާނޫނުއަސާސީއާ ގާނޫނުގައިވާގޮތަށް ކަމަށް އަދި މިކަމުގަ އެއވެސް ފަރާތަކުން ނުވަތަ އެއްވެސް އިދާރާ އަކުން އޭޖީ އަށް މަޖްބޫރު ނުކުރެވޭނެ ކަމަށް.
އަބްދުއްލާ
10 February 2018
253 ގަ ވަނީ ކުއްލި ނުރައކަލުގެ ހާލަތު އިއުލާން ކުރެވިދާނެ ކަންކަން އެކަން އިއުލާން ކުރުމުގެ ބާރު ރައީސަށް އޮތްކަން 254 ގަބުނަނީ 2 ވަނަ ބާބުގައިވާ މާއްދާތަކުގެތެރެއިން ވަގުތިގޮތުންހިފެހެއްޓިދާނެކަމަށް 255 ގަ މިބުނަނީ މާއްދާތަކެއް ދީފަ އެމާއްދާތަ ކުއްލި ނުރައްލުގެ ހާލުގާ ވެސް ނުހިފެހެއްޓޭނެ ކަމަށް މިމާއްދާތަކުގެތެރޭ އިން ތިޔަ ވިދާޅުވާ ކަންކަން ފެތޭތޯ ވަރަށް ބަލައިފިން. ނުފެނުނު.
އެގިތިބެ ގައްދާރުނުވައްޗޭ
10 February 2018
ސްޕްރީމްކޯޓްގެ ހުކުމްރަގަޅުވާމީހުން ބުނެބަލަ އަދީބުއަކީ ސިޔާސީ ކުއްވެރިއެއްތަ.. ހާމިދު ސޭޓަކީ ސިޔާސީ ކުއްވެރިއެއްތަ.. ރނަޝީދު ގާޒީ ރަހީނު ނުކުރޭތަ.. ބާކީ ހުރިމީހުންގެ ކޭސްތައް ސިޔާސީކޮއްލީ. އޯކޭ. އެކަމަކު މިބުނިމީހުން މިލިސްޓަށްލެވުނީ ސްޕްރީމްކޯޓް އިންސާފުވީމަތަ. ކުރިން ސްޕްރީމްކޯޓުންހުކުމް ކުރިއިރު ނުފޫޒުންކުރިކަމަށް ވަންޏާ މިހާރު އެނުފޫޒުފިލީ ކޮންކަމެ ބަދަލުވެގެން.. ވެރިކަމުގަ ހުރީ ކުރިން ހުކުމްކުރިއިރު ގައުމުގެ ވެރިކަމުގަ ހުރިމީހާ.. ސްޕްރީމް ކޯޓުގަތިބީ ކުރިންވެސް އެހުކުމްއިއްވި ފަޑިޔާރުން.. ކޮންކަމެ ބަދަލުވީ.. ބިރުފަހަނައަޅާ ދިޔައީ ކޮންކަމެ ގަދަލުވެގެން.. އެމީހުން އޭރުހުކުމްކުރީ ހަމަބުއްދި ނާންނަވަރުގެ ތަސައްރަފް ނުފުދިތިބި އުމުރުގަތަ.. ރނަޝީދުއަށް ގާޒީއެއް ވަގަންނެގުމުން އަދަބު ލިބެންނުޖެހެންޏާ ރޔާމީންއަށްވެސް އަދަބެނުލިބޭނެ..ފަޑިޔާރަކު ވަގަށްނެގުމަކީ ކުށަކަށްނުވަންޏާ މިކަމުގަ ރޔާމީންގެ ކުށެނެތް..
ޖޯޖް
10 February 2018
ބަލަ އެމީހުނއ ކުއް ނުކުރާ ވާހަކައެއް ނޫނޭ މިކިއަނީ އެމީހުންގެ މައްޗަށް ހިންގާފައިވަނީ ބޭއިންސާފު ޝަރީއަތެއްވީަ ެިންށފުވެރި ޝަރީއަތެއް ހިންގަންދެން އެމީހުންގެ މައްޗަށްކުރި ހުކުމަކީ ބާތިލް ހުކުމެކޭ އަދި ވަގުތުން މިނިވަން ކުރަން ޖެހެނީވެސް އެހެންވެ
އަބްދުއްލާ
10 February 2018
ފިހާރައިގާ ހުންނަ މުދާ ސޭޓާ ހަވާލުކުރީމާ ވިއްކަންވާ އަގުވެސް އެގޭނީ ސޭޓަށް ސޭޓްޖެހޭނީ ވިއްކަން .އަގުޖަހާފަ ބަހައްޓައިގެން އަގަށް ބަލަން އިނަކަސް ކަމަކު ނުދޭ އައީ މަ ޑިސްކައުންޓް ދީގެންވެސް މުދާވިއްކާ އާމުދާގެންނަންޖެހޭނެ.
ޖުހާ
10 February 2018
މިރައީން މީ ގާނޫން ދަންނަ ބޭފުޅެއް ނޫން. އަދި ގާނޫންގަ ވާ ގޮތަށް ވެރިކަން ކުރަށްވާ ބޭފުޅެއްވެސް ނުމެނޫންމެ.
މަގޭ ދީނާ މަގޭ ޤައުމާ
10 February 2018
ސްޕްރީމް ކޯޓަކީ އެންމެ މަތީ ކޯޓުކަމުގައިވިޔަސް އެ ކޯޓުންވެސް ޤާނޫނު އަސާސީ އާއި ޚިލާފަށް ޙުކުމެއް ނުކުރެވޭނެ. ޤާނޫނޫ އަސާސީން ޖޫޑީޝަލް ކޮމިޝަނަށް ދީފައިވާ ބާރެއް ސްޕްރީމްއަކަށް ނަގާ މުށުތެރެއަށް ނުލެވޭނެ. އެއީ ސްޕްރީމް ކޯޓަށް އެޅުނު ޅައެއްޗަކީ. ކޮންމެ މީހަކު ކޮންމެ ވިސްނުމެއްގައި ކޮމެންޓެއް ކުރިއަސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެއީ ސްޕްރީމް ކޯޓަށް އެޅުނު ޅައެއްޗެއްކަން. އޭގެ ފައިދާ ސަރުކާރުންނެގީ
ޑިގު ކުޅޭ ފައިސަލް
10 February 2018
އުއްތަމަ ފަނޑިޔާރު އާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތުން ދުރުކުރުމަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އިޚްތިސާސް ތެރޭގައި ހިމޭނޭ ކަމެއް ނޫން.. ޤާނޫނު އަސާސީގެ ނިޔަތަކީ ވެސް މިއެވެ.ސުޕްރީމް ކޯޓުން މާނަ ކޮށްދީފައި ވަނީ މިކަމެވެ.އެއީ އެކޯޓަށް ލިބޭ ޤާނޫނު އަސާސީގެ ބެލެނިވެރި ކަމުގެ ދަށުން ނެވެ.މާނަ ކުރުމުގެ އިޚްތުސާސްގެ ދަށުން ކުރި ހުކުމެކެވެ.
އުދުހޭ
10 February 2018
ކަންކަން އިލްހާމް ވެގެން ތިޔައިރު އެއްވެސް ވަރަކަށް އިލްހާމެއް ނުވޭ ދެއްތޯ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން ވަގަށްނެގި ފައިސާގެ އެއްވެސް ކަމެއް؟ ހަހަހާ!
އަބްދުއްލާ
10 February 2018
ގާނޫނުއަސާސީގެ ކުއްލި ނުރައްކަލުގެ ހާލަތު ގެ މާއްދާ ގަ ބުނާގޮތުން އެހާލަތުގާ ގާނޫން އަސާސީ ގެ މާއްދާ ތަކަށް އަމަލު ކުރުން ހުއްޓުވާނުލެވޭނެ މާއްދާތައްކަމުގާ ބުނެފައިވަނީ 21،25،27،28،42،48،51،52،53،54،55،57،59،60،62،64 މި މާއްދާތައް .މި މާއްދާ ތަކުގެތެރޭ ތިޔަ ވިދާލުވާ ކަންކަމާ ބެހޭ އެއްވެސް މާއްދާ އެއް ނުހިމެނޭތީ ކުއްލި ނުރައްކަލުގެ ހާލަތުން ވަކީލުން ބުނާފަދަ ނަފީއެއް ވާނެކަމަކަށް ނުބެލެވޭ
ހުތާ
09 February 2018
ގާނޫނު އަސާސީގެ 254 ވަނަ މާއްދާގައިބުނަނީ ".. މިޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ކަނޑައެޅިފައިވާ ޙައްޤުތަކާއި މިނިވަންކަމުގެ ތެރެއިން ބައެއް ޙައްޤުތަކާއި މިނިވަންކަން ވަގުތީ ގޮތުން ހިފެހެއްޓުމާއި، ބައެއް ޤާނޫނުތަކަށް ޢަމަލުކުރުން ވަގުތީގޮތުން ހުއްޓައިލުން ހިމެނިދާނެއެވެ" މިހެންނެވެ. އަދި 255 ވަނަ މާއްދާގެ (ށ) ގައި އެނުކުތާގެ ދަށުން ހިމެނިފައިވާ 16 ނަންބަރުގައިވާ ބަޔާންކޮށްފައިވާ މާއްދާތަކުގައިވާ ހައްގުތައް ކުއްލި ނުރައްކަތުގެ ހާލަތުގައިވެސް ނުހިފެއްޓޭނެކަންވެސް ބަޔާން ކޮށްފައިވެއެވެ. މިނަންބަރުތަކުގައިވާ މާއްދާތަކަށް ބަލާލުމުންވެސް މުޅިންވެސްހުރީ ވެސް މުޅިންވެސް ޤާނޫނުއަސާސީގެ 2 ވަނަ ބާބު (އަސާސީ ޙައްޤުތަކާއި މިނިވަންކަން) ގައި ބަޔާންކޮށްފައިވާ މާއްދާތަކެވެ. އެހެންކަމުން ވަރަށްސާފު، މިހާރު ނެރެގެން އުޅުއްވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރަކީ ގާނޫނީ ހުދޫދުގެ ތެރެއިން ނެރެފައިވާ ގަރާރެއް ނޫންކަން.
ސަކީނާ
09 February 2018
ގާނޫނު އަސާސީއަށް ތަބާވުމުގެ މުހިންމުކަން ގިނަ ދިވެހިންނަކަށް ނޭނގެ.
ޖޯޖް
10 February 2018
ފުރަތަމަ ގައުމުގެ ރައީސްއާ ތިސުވާލ ކޮއްލަ ބަލަ