ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަމީރު ވާހަކަ ދައްކަވަނީ.- ފޮޓޯ: މިހާރު
11 ފެބުރުއަރީ 2018 - 18:36
ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަކީ އަބުރު ގެއްލިފައިވާ ބޭފުޅެއް ކަމަށާއި ގާނޫނީ އިމުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިއްކަ ޖަހާނެ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު، އަބްދުއްރަހީމަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
އޭނާގެ ފާޑުވިދާޅުވުން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމަށް މި އަމާޒުކުރީ، ސުޕްރީމު ކޯޓުން އަމުރެއް ނެރެގެން ވެރިކަން ބަދަލު ކުރުމަށް ގެންނަން އުޅުނު "ބަޣާވާތު"ގެ އެންމެ އަޑީގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ކަމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އަބްދުއްރަހީމް ވިދާޅުވުމާ ގުޅިގެންނެވެ.
އަބްދުއްރަހީމް ވިދާޅުވެފައި ވަނީ، ހުކުމުގައި ތިބި ސިޔާސީ ބޭފުޅުން މިނިވަން ކުރުމަށް މި މަހު 1 ގައި ސުޕްރީމް ކޯޓުން އަމުރު ނެރެ، އެ ކަންތައްތައް ރާވާ ހިންގެވީ ގާސިމް ކަމަށާއި އެއީ ގައުމަށް ޣައްދާރުވެފައިވާ ބޭފުޅެއް ކަމަށެވެ. އެކަމަކު ދެ ވަނަ ފަހަރަށް ރައްޔިތުންގެ ގައިގައި އެ ކަށި ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމަށް ރައްދު ދިނުމަށް ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވީ، ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުން ދައްކަވާ ވާހަކައަކުން އެ ޕާޓީ އާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތަށް ހީނަރު ކަމެއް ނާންނާނެ ކަމަށެވެ. އަދި ކުރު މުސްތަގުބަލެއްގައި، ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ އަބްދުއްރަހީމް ޓީވީތަކަަށް އަރުއްވައިގެން ދައްކަވަނީ ރައީސް ޔާމީން ވިދާޅުވާ ވާހަކަތަކެއް ކަމަށެވެ. އަދި ހަމަޖެނުޖެހުން އުފެދޭ ގޮތަށް ވާހަކަ ނުދެއްކުމަށް ސަމީރު ގޮވާލެއްވި އެވެ.
"ތި ގޮތަށް ބަޔަކު ނެރެގެން ގައުމުގައި ހަމަޖެހުން އުފެދޭ ގޮތަށް، އަބުރު ގެއްލިފައިވާ ބޭފުޅުން މެދުވެރި ކުރައްވައިގެން ތި ދައްކަވާ ވާހަކަތައް ހުއްޓާލާ،" ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު ސަމީރު ގޮވާލެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގާސިމް ކޮންމެ ކަމެއް ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިނާއި ދައުލަތުގެ މުއައްސަސާއަށް ތަކަށް ފުރިހަމަައަށް އިހްތިރާމް ކުރައްވައިގެންނެވެ. އަދި ފުލުހުންނާއި ސިފައިންނާ މެދު ގާސިމް ފަޚުރުވެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާސިމް ގަބޫލު ކުރައްވަނީ ފުލުހުންނާއި ސިފައިން ތިއްބަވާނީ ރައްޔިތުންނަށް ހެވާއި ލާބައަށް ރައްޔިތުންގެ ނިންމުމާ އެއްގޮތަށްކަން،" ސަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ގައުމު ހަލަބޮލި ކުރަން ރައީސް ޔާމީން ކިތަަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް ޕާޓީތައް ބައިބައި ނުކޮށްލެވޭނެ ކަމަށެވެ. އަދި ގާސިމް ހުންނެވީ އިދިކޮޅު ޕާޓީތަކާ އެކުގައި ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތައް މިހާރު އޮތް އިއްތިހާދުން ވަކިވާ ނަމަ އެކަން ކުރާނީ ރީތި ގޮތުގައި، ވާހަކަ ދައްކައިގެން ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ކުރާނެ ކަންކަން ރާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަމީރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ގާސިމްގެ ދަރިކަލުން، އިބްރާހީމް ސިޔާދު ގާސިމް ފުލުހުން ހައްޔަރުކޮށް އަނިޔާވެރިވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީރުބިންސަނީރު
12 February 2018
ހެ ހެ ސަމީރަކީ ކާކުބާ؟ ޤާސިމް ފަކީރުވެސް ދުވަސްދަނީވެސް މިކަހަލަ މީހުންނާ ހެދި
ތުއްތީ
11 February 2018
ސަމީރުއެބުނީރަނގަޅު ވާހަކައެއް އަހަރެމެންމިތިބީގޮތްދޫކުރާކައްނޫން.
ނިހާދު
11 February 2018
ގާސިމްގެ ވިޔާފަރި ހަލާކުވެ މިދަނީ ސަމީރު އާއި ރިޔާޒު ގެ ނަސޭހަތަށް ހައްލާލާފަވާތީ
ސސސަމީ
11 February 2018
ސަމީރުގެ އަބުރެއް އެބަައޮތްތަ؟ ގާސިމް ދިނީމަ ކައިގެން ހުރޭ؟
ސަމީރަށް ސަޕޯރޓް
12 February 2018
ތިބުނީއެއްނު ސަމީރު ކަނީ ޤާސިމް ދިނީމައޭ.. ކޮބާ މައްސަލައަކީ... އަދުރޭ ފްލެޓް ގަންނަން ލާރިދިން މީހަކު ނޭގެޔޭ..އެހެންވީމަ ކަމަކު ނުދޭނު..
އަބުރުފުޅު
11 February 2018
ތިހާ ހިއްވަރު ހުރިއްޔާ އިންތިހާބުގަ ރޔާމީނާ ވާދަކޮއްގެން ވެރިކަމަށްއަންނަންވީނުން.. ތިއީ ފިނޑިން ދައްކާކަހަލަ ވާހަކަ. ވެރިކަން ނިމެން ހައެއްކަމަހަށްވީ.. ދެން ކަލޭމެން ސިއްކަޖަހަންވާތަން ނޭގިތިއްބާ ﷲގެވާގިފުޅާލާއިގެން ރޔާމީން ދެވަނަ ދައުރަކަށް ރައްުޔިތުންހޮވާނެ.. ފިސާރި ފިރިހެނުންނަކީ ރީތިކޮށް ވާދަކުރުން.. ސަޅިކޮށް ބަލިކޮއްލާނީ... ދޮލަނގުގެ އަރިމަތިން އެތިކޮޅުހޮވާ ކާން ދަހިވެތިކަމާއެކު ބަލަހައްޓައިގެންތިބެނީ އަމިއްނަފްސުގެ އަގުނޭގޭމީހުން. އެތެރެހައްޓަށްލާ ސުވާއަކީ އަމިއްލަ ގާބިލްކަމުން މައްސަކަތުން ހޯދި ތަކެތިން ކެއްކި އެއްޗެހީގެ ސުވަޔަކަށް ވާނަމަ ތިގޮތަށް ދޮލަނގުތަކުގެ އަރިމަތިން ފާއިބާ އެތިކޮޅަށް އިންތިޒާރު ކުރަންނުޖެހޭނެ.. ދެންއަބުރުގެ ވާހަކަ ނުދައްކާ.. ތިއީވާ ވަރުގަދަ އަބުރުތަކެއްލިބިފަ ތިބޭބައެއް ސިޔާސީ ހައްޕުޑުން... އިހަށްބަލާބަލަ ދާއިރާގެ ރައްޔިތުންގެ ތާއިދުއޮތްތޯ..
ރާއްޖެ
11 February 2018
ކަލޭމެން ތި ޕާޓީތަކުގެ އިސްސަފުގަ އުޅޭ އެކަކުގެ ވެސް ތިބުނާ އެއްޗެއް ނެތް.
އެހެންތޭ
11 February 2018
އަބްދުއްރަހީމްގެ އަބުރެއް ނެތް، ވެރިކަމުގައި ސިއްކަ ޖަހާނަން ކަމަށް ސަމީރު ބުނާނަމަ މިހާރު ވެސް ގާނޫނީ ގޮޅި އަކަށް ފެތުނީއޭ ދެން ތަމެންގެ ސިއްކަ ޖެހުނީ އޭ މަމެން ބުނަން ނެތީމު ދޯ.
ޝީޝާ
11 February 2018
ތީ ހަމަ އެއްކަަހަލަ ދެ މީހުން. އެކެއްގެ ތަންކޮޅެއް އަގަ ގަަދައީ އަނެއްހެންބަލާއިރު އޮއްޓަރެއްނެތް އެކެއްގެ ވެސް ތާކުން ތާކު ނުޖެހޭ ފޮނި ވާހަކަ ދައްކާނީ ސަމީރުއަށްވެސް ހީވާ ކަހަލަ ފިސާރި މީހެކޭ ތިމަންނާއަކީ
ޗާލީ
11 February 2018
އަބުރުގެ ދައުވާ ކުރޭ އަބުދުރަހީމް މަޗަށް މާ ފެންމަށްޗަށް އަރާ ގެން މިހާރު އެއުޅެނި ރީތި ގޮތަކަށް ދާނެ މީހެން.