އިދިކޮޅު މެމްބަރުންތަކެއް މަޖިލީހަށް ވެންނެވުމަށް މިއަދު މަސައްކަތް ކުރެއްވުމުން ސިފައިން އެކަމަށް ހުރަސް އަޅަނީ.
13 ފެބުރުއަރީ 2018 - 17:04
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނުފަށައި ދިގުލައިގެންދާ މައްސަލަ ހުށަހަޅުއްވަން އިދިކޮޅު މެމްބަރުންތަކެއް މިއަދު މަސައްކަތް ކުރެއްވި ނަމަވެސް ސިފައިންގެ ހުރަސްއެޅުމާ ގުޅިގެން އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.
މި މައްސަލަ ހުށަހަޅުއްވަން ގިނަ އަދަދެއްގެ އިދިކޮޅު މެމްބަރުންނަށް މަޖިލީހުގެ ގޭޓުން އެތެރެއަށް ވަދެވަޑައިގެންނެވުނު ކަމަށް ވިޔަސް، މަޖިލީހުގެ އިދާރާގެ އިމާރާތުގެ ތެރެއަށް ވަދެވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އެއީ ޔުނިފޯމްގައި ތިބި ގިނަ އަދަދެއްގެ ސިފައިން އެ މެމްބަރުންނަށް ހުރަސްއަޅައި ހުއްޓުވުމުންނެވެ. އެހެންވެ، ޖަލްސާތައް ނުބާއްވާ މައްސަލަ މަޖިލީހުގެ އިދާރާގެ އޮފިޝަލުންނާ ހަވާލު ކުރެވޭނެ ގޮތް ނުވެގެން އިދިކޮޅު މެމްބަރުން ބަނީ އެތަނުން ފަހުން ނުކުމެވަޑައިގެންފަ އެވެ.
އިދިކޮޅު މެމްބަރުންތަކެއް މަޖިލީހަށް ވެންނެވުމަށް މިއަދު މަސައްކަތް ކުރެއްވުމުން ސިފައިން އެކަމަށް ހުރަސް އަޅަނީ.
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ، ސިފައިން ހުރަސް އެޅީ މެމްބަރުންގެ ވާޖިބަށް ކަމަށެވެ. އަދި އެ ސިފައިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ދުވަހެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޣައިރު ގާނޫނީ އަމުރަށް ތަބާވެ ތިބި ސިފައިން އަޅުގަނޑުމެންނަށް ހުރަސްއެޅީ. ގާނޫނީ ވާޖިބެއް ނޫން ސިފައިން އަދާކުރީ. އެމީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ،" އަމީތު ވިދާޅުވި އެވެ.
ޖަލުގައި ތިބި އިދިކޮޅު ސިޔާސީ ނުވަ ބޭފުޅަކު ވަގުތުން މިނިވަން ކުރުމަށާއި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުން އެ މަގާމުން ވަކި ނުވާ ކަމަށް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ މި އަހަރުގެ ފުރަތަމަ ޖަލްސާ ވަނީ މުއްދަތެއް ނެތް ގޮތަށް ކެންސަލް ކޮށްފަ އެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވަނީ، ޖަލްސާ ނުބާއްވައި ލަސް ކުރަނީ ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލުމުން ކަމަށް ވިދާޅުވަމުންނެވެ. އަދި ޖަލްސާތައް އަލުން ފަށާނީ ސަރުކާރަށް ބޭނުންވާ މެޖޯރިޓީ ހޯދުމަށް ފަހު ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބުނީ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު "ބަޣާވާތްފުޅު"ގެ ސަބަބުން ކަމަށާއި ކުއްލި ހާލަތު ނިމުމާއެކު ޖަލްސާތައް ފަށާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުހީމު
13 February 2018
ތިއެންމެގެން ފޮޓޯ ސާފުކޮށް ނަގާފަ ވީޑީއޯވެސް ކޮށްފަ ބަހައްޓާތި. ޖަލަށް ދާންޖެހޭ ދުވަސް އަންނާނެ
ޒިންދަގީ
13 February 2018
މުލައްދަނޑީގެ ބާރުއެކަނި.. ފޮޓޯއިން ފެންނަ ސިފައިންގެ މޫނުމަތިން ވަރަށް ބޮޑެތި މަންޒަރުފެނޭ..
އަލީބެ
13 February 2018
ތިސިފައިންގެ ރަށްޓެއްސަކު ތިމާގެ މީހަކު ވެސް ނެތީތަ. މިހާރު ތިކުރާ ކުށުގެ އަދަބު ލިބުނީމަ ތަންތަނަށް ސިޓީލުމުގެ ބަދަލު އެމީހުނަށް ހެޔޮއެދޭނަމަ މިހާރު އެހިންގާ ޖަރީމާ ހުއްޓާލުމަށ
ސައްދާމް
13 February 2018
ރައީސް އަބްދުﷲ ޔާމީނު އަށް އަހުލަބީޔަތު ލިބުމުން ނޫނީ ރައްޔިތުންގެ މަޖްލިސް ޖަލްސާއެއް ނުބާއްވާނެ...... މިއީ ވަކިމީހެއްގެ ވެރިކަން ދިފާއުކުރުމަށް ބޭނުން ކުރާ ތަނެއް.........
އެމްސް
13 February 2018
ޤާނޫނަކީ ސިފައިންވެސް އެއަކަށް ތަބަޢަވާންޖެހޭ އެންމެ މަތީ ފަރާތް، ޤާނޫނު ހަދާ މަޖިލިހަކީ މިކަހަލަ ނުފޫޒު ފޯރުވިގެން ވާނެ ތަނެއް ނޫން
ޢަލިބޭ
13 February 2018
އެހެންވީމާ އެބައެނގެއެއްނު ޖަލްސާ ނުބާއްވާ ސަބަބު ދެންކޮން މައްސަލައެއް ހުށަހަޅާކަށް. ތެޅުނުވަރަކަށް ދާނީ ހުޅުނބު.