ސައުދީގެ ރަސްގެފާނު ސަލްމާން ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޔާމީނާ ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
16 ފެބުރުއަރީ 2018 - 23:00
ރާއްޖޭގެ އަމާންކަމާއި ހަމަޖެހުމަށް ލޮޅުން އަރާ ކޮންމެ ކަމަކާ މެދު ކަންބޮޑުވާ ކަމަށާއި ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމަށް ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީ އިން މިއަދު ބުނެފި އެވެ.
ސައޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ގައުމާއި ޔޫއޭއީ އިން އަންނަނީ ރާއްޖޭގައި ހިނގާ ކަންކަން ވަރަށް ގާތުން ބަލަމުން ކަމަށެވެ. ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާ މެދު ކަންބޮޑުވިއަސް އެއީ، ދާޚިލީ ކަންތައްތަކެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެ މައްސަލަތަކުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، އެ ދެ ގައުމުން ބާރުއަޅަނީ ބޭރުގެ ފަރާތްތަކުން ވެސް ތަދައްޚުލު ވުމެއް ނެތި ކަމާބެހޭ ފަރާތްތަކުން ވާހަކަ ދައްކައިގެން ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގެ ތެރެއިން ހައްލެއް ހޯދުން ކަމަށް ވެސް ބަޔާނުގައިވެ އެވެ. އެ ވާހަކަތަކުން މައްސަލަތަކަށް ސުލްހަވެރި ހައްލެއް ލިބޭނެ ކަމަށް ދެ ގައުމުން އުއްމީދުކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މައްސަލަ ހައްލުކުރަން ދުސްތޫރީ އޮނިގަނޑުގެ ތެރެއިން އަޅާ ކޮންމެ ފިޔަވަޅަކަށް ދެ ސަރުކާރުން ތާއީދުކުރާނަން،" ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ސައޫދީ އާއި ޔޫއޭއީން ދޭ އެއްބާރުލުމުގެ ތެރެއިން ސައޫދީ ފަންޑާއި އަބޫދާބީ ފަންޑުން ރާއްޖޭގެ އެއާޕޯޓް ތަރައްގީކުރުމަށާއި މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން އެހީތެރިވާނެ ކަމަށެވެ. ދެ ފަންޑުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަގު 160 މިލިއަން ޑޮލަރަށް އަރާ ކަަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީން ބަޔާނެއް ނެރެފައި މިވަނީ، ރާއްޖޭގެ ހާލަތު އޮޅުންފިލުވައިދޭން ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސައޫދީ އަށް ވަޑައިގެން އެ ގައުމުގެ ސަރުކާރާ އެކު މަޝްވަރާ ކުރައްވާފައި ވަނިކޮށެވެ.
ދެ ގައުމުން މިރޭ ނެރުނު ބަޔާނުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދީފައިވާތީ މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
In support Saudi Arabia n UAE offers US$160 million for development projects, including in the areas of Airport development and Fisheries. Thank U to the brotherly people of Saudi and UAE. Alhamdhu Lillahi. Now u see 👉🏻......2/2
— Mohamed Shainee (@mshainee) February 16, 2018
ރާއްޖެއާ ގުޅޭގޮތުން ސައޫދީ އާއި ޔޫއޭއީން ނެރުނު ބަޔާނާ ގުޅިގެން ޝައިނީގެ ޓުވީޓް.
ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން މި މަހު 1ގައި ނެރުނު އަމުރާ ގުޅިގެން ރާއްޖޭގެ މަސްރަހު ހަލަބޮލިވެފައިވާ މައްސަލާގައި ގައުމުތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. އޭގެތެރޭގައި އިންޑިއާ އާއި ސްރީ ލަންކާ އާއި އެމެރިކާ އާއި އިނގިރޭސިވިލާތާއި ޖަރުމަން ފަދަ ގައުމުތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތައް ވެސް ހިމެނެ އެވެ.
މި ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި ބޭފުޅުން ހައްޔަރުކުރި ފަހުން، ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ވަނީ ބާތިލްކޮށްފަ އެވެ.
މިއީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ބުނެ، އިދިކޮޅު ފަރާތްތާއި ބައެއް ގައުމުތަކުން ދަނީ ސަރުކާރަށް ޕްރެޝަރުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޯރު ވަގު
17 February 2018
ހާލަތެއް ރަންގަޅެއް ނުވާނެ ހުދުމުހުތާރު ވެރިޔެއް މިރާއްޖޭގެ ވެރިކަމުގަ ހުރެގެން، މީނަގެ ވިސް ނުމަކީ އިދިކޮޅު ސިޔާސީ ވެރި ތިބެންޖެހޭނީ ފުރޭމުކޮއްފަ ޖަލުގަ. ވެކިކަން ތަބަކަކައް ލާފަ ދިނީމަވެސް އެހެރީ މީހާގެ އަސްލައް ރުޖޫއަވެފަ
އަހުމަދު އިބްރާހިމް
17 February 2018
ޝައިނީ އަންގަނީ ކުރުކޮށް ފޮނިކޮށް ' ނައު ޔޫ ސީ"' ...........
އުއްމަތޭ
17 February 2018
މިސްރު ހާލުގެ ދުލުން އެދި އެ ރޮނީ އަލްސައުދުގެ އާއިލީ މަސްލަހަތު ހިމާޔަތް ކުރަން ގަތް ގަނޑުން. ދެން މިހާރު ފަލަސްތީނު އެއޮއްގެން ފޮހެލަން މަސައްކަތް ކުރަނީ، އިސްރޭލު އުނގަ ލައިގެން.
ދެރަވަރު
17 February 2018
ތިއުޅެނީ ދިވެހި ރައްޔިތުން ގަނެލަންތަ... ތިދޭ ފައިސާ އަކީ ޝައިނީއަށް ދޭއެއްޗެއްތަ؟ ޔާމީނަށް ދޭ އެއްޗެއްތަ؟ ދިވެހި ރައްޔިތުން ނަށް ދޭއެއްޗެއްތަ؟ މާރަގަޅެއްނު ފަލަސްތީނަށް އެހީ ވިއްޔާ... ޔަމަަނަށާ ސީރިޔާ އަށް އެހީވިއްޔާ
ކުޑަ ބޮޑު
17 February 2018
ރާއްޖެއަކީ ކުޑަކަސް ބޮޑު ޤައުމެކެވެ
ޔާމީނު
17 February 2018
ގާނޫނަށް ބޯލަނބާށޭ އެއޮތީ ބުނެފައި, ތާހިރުވެއްޖެނުން, ހުރިހާ މުއައްސަސާއެއް މުށުތެރެއަށް ލައިގެން މިއުޅެނީ, ގާނޫނު ތަންފީޒުނުކުރާން
56ޔތދޗ
17 February 2018
ސަރުކާރު ވެއްޓިވެއްޓި. ލޮލް. ދިއްދޫ ސަމީރު ވެފަ މި އިދިކޮޅު އެންމެން މިތިބެނީ. ސަރުކާރު ވަރުގަދަކަން އެނގޭ ހެކި ބޭރުގެ އެހީތައްލިބޭކަަކީ. މުޒާހަރާގަ މަދުބައެއް އުޅޭކަމީ. 2 މީހުން އެއްވެލާއިރު މިހީވަނީ ސަރުކާރު ވެއްޓެނީއޭ. ނަޝީދު ގަޔަށް ދެވިގެން ވާނުވާގަ އިސްތިއުފާ ދިނީ.
ހަމީދު
17 February 2018
ޝައިނީ ބުނި ދަތުރު ކާމިޔާބޭ. އެކަމް މިއިން އެއްވެސް ގައުމަކުން ސަރުކާރަށް ބައިތު ހިފިވާހަކައެއް ބަޔާނަކުނެތް. ސަރުކާރުގެ އަމަލުތަކަށް ތާއީދުކުރަމެކޭވެސް ނެތް. ހާލަތު ބަޔާންކޮށްދޭން ކުރި ދަތުރު ނިންމާ އަލްހަމްދުލިﷲ ކިޔާ ވަރަށްކާމިޔާބޭބުނެ ޝައިނީ ދިވެހިރައްޔިތުންނަށް އޮޅުވާލީ.
ޕުލާސްޓިކު
17 February 2018
ސަރުކާރު ވެއްޓިވެއްޓި އޮންނައިރުވެސް ބަލަނީ ގައުމުގެ ހުރިހާކަމެއް ގޭދޮށަށް ޖަމާކުރެވޭތޯ. ގޭގައޮވެގެން ނުފެންނަ ހިސާބެއްގަ ބޮޑު އެއްވެސް މަޝްރޫއެއް ނުހިންގާ.
އެލްމިނިއަމް
17 February 2018
އައިނެއް ހައްދައިގެން ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރެއް ކޮށްލަބަލަ.
އުސްތާޒު
17 February 2018
މިނިސްޓަރު ޝައިނީގެ ޓްވީޓަކީ އޮޅުވާލުމެއް... ބަޔާނުގައި ވަނީ އެއާރޕޯޓްބޮޑު ކުރުމުގެ މަޝްރޫޢާއި މަސްވެރިކަމުގެ ދާއިރާއިން ދެމުންގެންދާ 160 މިލިޔަންގެ ( އަލަށް ދޭނެ ފައިސާގެ ވާހަކައެއްނޫން) ލޯނު ހުއްޓާލުމެއްނެތި ކުރިއަށް ގެންދާނެވާހަކަ. އަދި ބުނެލަން: ސައޫދީން ކްރެޑިޓް ނެގިކަމުގައިވިޔަސް މިއީ އަސްލު އަބޫދާބީ ފަންޑުން ދެެމުންގެންދާ ލޯނެއް
ނަސީމް
17 February 2018
ހަގީގަތަކީ ޔާމީން ސަރުކާރަށް ތާއީދުކުރާ އެއްވެސް ގައުމެއްނެތް.