ހައްޔަރުކުރުމުގެ ކުރިން ބައްޕާފުޅާއެކު ދުންޔާ ނަގާފައިވާ ފޮޓޯއެއް.-
18 ފެބުރުއަރީ 2018 - 16:20
ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކޮއްކޯފުޅު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާ މިއަދު ހިއްސާކޮށްފި އެވެ.
އެޗްއާރުސީއެމްގެ ރައީސް އާމިނަތު އީނާސްއާ އެކު ނަންގަވާފައި ފޮޓޯއަކާއެކު ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބާއްޕާފުޅާއި ކޮއްކޯފުޅުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ މަޖިލިސް މެމްބަރުންނާއި އެހެން ބޭފުޅުންގެ ހާލަތާ ގުޅޭ ކަންބޮޑުވުންތައް އެ މުއައްސަސާއާ ހިއްސާކޮށްފައިވާ ކަމަށެވެ.
Met with @hrcmv to discuss concerns regarding detention & welfare of my father, Father of the Nation @maumoonagayoom, Justices, my brother @afarismaumoon, MPs & all held under the #State of Emergency. Calling on the authorities to fully respect their rights @raad_zeid @OHCHRAsia pic.twitter.com/ZZ6fbV1A09
— Dunya Maumoon (@dunyamaumoon) February 18, 2018
ދުންޔާގެ ޓްވީޓް
އޭނާ ވަނީ ހައްޔަރުކޮށްފައިވާ ބޭފުޅުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށް ކަމާ ބެހޭ އިދާރާތަކަށް ވެސް ގޮވާލައިފަ އެވެ.
ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައްޕާފުޅާއި ކޮއްކޯފުޅުގެ ބަންދާ މެދު ކަންބޮޑުވުންތައް އެޗްއާރުސީއެމާ ހިއްސާކުރެއްވި އިރު، ދުންޔާ މި ވަގުތު ހުންނެވީ މަސައްކަތްތަކުން ދުރުވެ ޗުއްޓީއެއްގަ އެވެ. ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ސަރުކާރުން އިސްތިއުފާ ދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.
މައުމޫން ހައްޔަރުކުރި ފަހުން، ދަރިކަނބަލުން ދުންޔާ އޮފީހަށް ވަޑައެއްނުގަންނަވަ އެވެ.
މީގެ ކުރިން ދައްތާފުޅު ޔުމްނާ މައުމޫން ވަނީ ފާރިސްގެ ބަންދާ ގުޅޭ ކަންބޮޑުވުންތަކާއެކު އެޗްއާރުސީއެމާއި ކަމާބެހޭ އިދާރާތަކަށް ވަޑައިގެންފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ކުރެއްވުމަށް ފަހު، ސަރުކާރާ މެދު ހިތްހަމަޖެހިވަޑައިނުގެން، ޖުލައި 5، 2016 ގައި ދުންޔާ އިސްތިއުފާ ދެއްވި އެވެ. އޭގެ ފަހުން، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުމްނާ
19 February 2018
އައި ޑޯންޓް ޓުރަސްޓް ދުންޔާ އެޓް އޯލް. މޭބީ ޔޫ އާރ ޕްލޭއިން އަ ގޭމް ޓް ޝޯ އޯފް އަދާރސް.
ފުންއަސަރު
19 February 2018
ގެނުވައިފިޔެ ހިތްދަތިކަން، މަހުރޫމުވުމުން ލޯބިން. އެހަނދާންތައް ރޮއްވީތީ، ފަޅުކަން މިގޮތަށް އައުމުން،. ބައްޕާއެ މަގޭ........
ބޮލައްތުރާ
18 February 2018
ވަރަށް ހިތާމައާއިއެކު ދަންނަވަން ޖެހެނީ ޔާމީނަށް ވޯޓުލީ އެންމެންވެސް މައުމޫނުގެ ބަހަށް. ރާއްޖެއަށް މިޖެހުން ހާލުގެ ޒިންމާ އުފުލަން ޖެހެނީ ކުރީ ޒަމާނެއްގަ ހަމަ މިފަދަ ގޮތަކަށް ވެރިކަންކުރި ބޭފުޅެއް.....
ކުރުކޮށް
18 February 2018
އިންސާނީ ކޮމިޝަނެއް މި ރއްޖޭގަ އެބައޮތް ބާވައެވެ މިރާއްޖެ މިހާރު ހުރީ ކަތި ކޮމިޔުނިސްޓް ގައުމެއްގެ މިސްރާބަށެވެ
ބޮޑުކަކުނި
18 February 2018
ކީއްކުރަން ތޯ އަތްފައި ނެތް ލޮލެއްނެތް ކަނފަތަކަށް ނީވޭ ބަޔާ ބައްދަލު ކުރަނީ މުއައްސަސާޔަކީ މުސާރަ ދޭނެ ބަޔަކު ހޯދާފައި އުފައދާފަ ހުރިތަނެއް
ހަބަރުދާރު
18 February 2018
ބައްޕަ ހައްދުފަހަނަ އަޅާދާތަން ބަލަންތިބެ ނުހުއްޓުވީ ކީއްވެ؟ އަންނި ބައްޕަ ބޮލަށް ސަވާރުވެ ހަދާނެ އެއްޗެއް ހަދާ ނިނަމައިފި. ފާރީޝް އެހެރީ ބްރެއިންވޮޝް ކޮށްލާފަ. ދެން އެހާލަތުން ސަލާމަތެއް ނުވާނެ ވަރުގަދަ މަސައްކަތަކުންނޫނީ. އާއިލާ ތިއޮތީ ހަފަޅިވެފަ. ރައީސް ޔާމީނާ ނުގުޅި އުޅެވޭކަށް ނެތް އަންނިއާ ވަކިވެވޭކަށް ނެތް
އއއކކ
18 February 2018
ތި އެޗްއާުރުސީމް އަކީ ފަރުދުންގެ ހައްގުގެ ދިފާއުގައި މަސައްކަތްކުރަން ތިބެންޖެހޭބަޔެއް. އެކަމަކު މިއުޅެނީ ސަރުކާރު ގެ މަސްލަހަތުގެ ދިފާއުގައި.
ޔުމްނާ
18 February 2018
ޔުމްނާ ގެ މަސައްކަތުން ދުންޔާވެސް ހަމަ އަކަށް އެލޭން ފަށައިފި ...އެބަ ރަނގަޅުވެ... އެކަމު މިފަހަރު ގޮސް ކޯޑިނޭޓަރަކަށް ބަދަލު ނުވާތި......
އައިޖޭ
18 February 2018
ދުންޔާ ފޮރިންމިނިސްޓަރަކށް ހުރެ ރާއްޖޭގެ އަދުުލު ގެ ނިޒާމުގެ ފުރިހަމަކަމާ، އިންސާފުވ ެރި ަކމޭ ކިޔައިގެން އުޅުނުއިރު، އެތަނުގެ އަސްލު ހާލަތު ނެނގޭ ދޯ... ﷲ ރަހުމަތުން މިއަދު ކަމަނާ އަށްވެސް ރާއޖޭގެ ފަނޑިޔާރުގެ ތަކާއި، ފުލުހުންނާއި ކަރެކްޝަންސްގެ ހުރި މައްސލަ ތައް ފަހުމް ވާން ފަށައިފި..... ދެން ރަނގާޅުވަނެ... އަޅުގަނޑުގެ ދުއާ އަކީ ކަމަނާގެ ބައްޕާފުޅިާއި ކޮއްކޮ އާއި ޅިޔަނު އަދި ދެންވެސ ތިބި ހައޔަރީން އަވަަހަށް މިނިވަްނ ވުން...
ލައްކަވާހަކަ
18 February 2018
ކަމަނާ ތި މަގާމުން އިސްތިއުފާ ދޭ އިރަށް ދެން ގެން ގޮސް ލާނީ ކޯޑިނޭޓަރަކަށް. ތިއީ މަތިން ތިރިއަށް ޕުރޮމޯޝަން ލިބޭ ކަމަނާއެއް