މި މަހުގެ 10 ވަނަ ދުވަހު ޒުވާނުން މުޒާހަރާ ބޭއްވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: އެ މުޒާހަރާއިން ފަސް ޒުވާނުން ހައްޔަރުކުރި.-- ފޮޓޯ: އެމްޑީޕީ ޔޫތް ވިންގް
19 ފެބުރުއަރީ 2018 - 18:23
މި މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި މި މަހުގެ 10 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ފަސް މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން މިއަދު ދޫކޮށްލައިފި އެވެ.
އެ މުޒާހަރާގައި ދެ ކައުންސިލަރަކާއި އެމްޑީޕީ ޔޫތު ވިންގުގެ ތިން މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި އއ. ރަސްދޫ ކައުންސިލް މެމްބަރު އަބްދުﷲ އަނިލް ފަސް ދުވަހަށް ޖަލު ބަންދެއްގައި ހުރި އިރު، އަނެއް ތިން މީހުން ގޭ ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އަމުރުކުރި އެވެ.
ފުލުުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ދެން ހައްޔަރުކުރީ އެމްޑީޕީ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމާއި އެ ވިންގުގެ ދެ މެމްބަރުން ކަމަށްވާ ސަފާތު އަހުމަދާއި ވަކީލް ޝީނާ މުހައްމަދެވެ.
1 February 2018 vana dhuvahu Supreme Courtun nerunu Amuru thanfeezu kurumah govaalaa Zuvaanun Majeedhee magu Chandhanee magu kanmatheega Ihuthijaaj kuramun dhanee pic.twitter.com/Ph2EFRHkvb
— MDP Youth Wing🎈 (@MDPYouth) February 10, 2018
ސުޕްރީމް ކޯޓުގެ އަމުރަށް ފަހު ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މާލޭގައި ދަނީ އެއްވުން ބާއްވަމުންނެވެ. އެކަމަކު އިދިކޮޅު ހަރަކާތުން ތަނަކަށް އެއްވާއިރަށް ފުލުހުން ގޮސް ރޫޅާލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑިމޭން
20 February 2018
ގޮންޖަހާފަ ބުނަން. އެމްޑީޕީގެ އެއްވެސް އެއްވުމެއްގައި މިހާރު ޒުވާނުންނެއް ބައިވެރިއެއް ނުވާނެ. ވީޑިއޯއިން ފެންނަ މުޒާހަރާގައިވެސް 15 ޒުވާނުންވެސް ނުތިބޭނެ. ޒުވާނުންނަށް ހެޔޮވިސްނޭ. އެމްޑީޕީއަށް ޖެހިފައިމިވަނީ ކުރީގެ ޑީއާރުޕީއަށް ޖެހުނު ހާލު. މުސްކުޅިންކޮޅެއް ނިކުންނަނީ ހަރުގެ ދޮށަށް. އެވެސް އެތާގައި ބޮޑިބަތް ދުވާލު ދެއިރަށް ބަހާތީ.
ވަހީދު
20 February 2018
ޒުވާނުންގެ މުޒާހަރާ ޒުވާނުންގެ ސަރުކާރުގަކުރަނީ މީ ބޮޑު އަރަތެއް
ތައްތި
20 February 2018
ޔާމީން ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފަ ޒުވާން ކުދިންކޮޅެއް އެއްކޮށްގެން އިހައްރޭ މިއުޒިކް ޝޯވއެއް ބާއްވާފައި ޒުވާން އަންހެންކުދިންނާއި ފިރިހެންކުދިން ލައްވާ ޝުއޫރު ފާޅުކުރުވިތަން ފެނުނީމަ ހިނިވެސް އާދޭ.. ދެރަވެސް ވޭ.. ހިނި އަންނަނީ އަޑު ފަޅައިގެންދާ ވަރަށް ލެވި ހަޅޭކުން.. ދެރަވަނީ ޒުވާނުންގެ ތެރެއިން މަދުބައެއްގެވިޔަސް ސިކުނޑި ކާލާފަ ވާތީ.. އިދިކޮޅުން ގަޓުހުރި ޒުވާނުންކޮޅެއް ނިކުންނަ އިރަށް ގެންގޮސް ހައްޔަރު ކުރިޔަސް ޔާމީނަށް ނޭގޭ ހަގީގަތަކީ ޒުވާނުން ތިބީ ވޯޓު ކަރުދާސްކޮޅު އަތަށް ނާރައިގެން ކެތްމަދުވެފަ ކަން.. ވޯޓުން ޔާމީނަށް ތަހުޒީބު ގޮތުގައި ގަޓުގައި ނޫނެކޭ ބުނަން.