އެމްޑީޕީގެ ހަރުގެ ކައިރީގައި އެއްވުމެއް ކުރިއަށް ގެންދާއިރު ފުލުހުންގެ ކާރެއް އެ މަގުން ދުއްވާފައި ދަނީ: ރޭގަނޑު 10:30ގެ ފަހުން ބާއްވާ އެއްވުންތައް ހުއްޓުވާނެ ކަމަށް ބުނި.---ފޮޓޯ: ނިޝާން އަލީ/މިހާރު
25 ފެބުރުއަރީ 2018 - 18:13
ރޭގަނޑު 10:30ގެ ފަހުން މަގުތަކަށް އެއްވެގެން ހިންގާ ހަރަކާތްތައް ހުއްޓުވާނެ ކަމުގެ އިންޒާރު ފުލުހުން ދިން ނަމަވެސް، މަގުތަކަށް ނިކުންނާނެ ކަމަށާއި ގާނޫނު އަސާސީން ދީފައި އޮތް ހައްގެއް ފުލުހުންނަށް ނުހިފެއްޓޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، މިރެއިން ފެށިގެން 10:30 ގެ ފަހުން މަގުމަތީގަ އާއި ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކުގައި މީހުން އެއްވެގެން ހިންގާ ހިންގާ ހަރަކާތްތައް ފުލުހުން ހުއްޓުވާނެ ކަަމަށެވެ.
އޭނާ ވިދާޅުވީ އެއް ސަރަހައްދަކަށް ގިނަ ބަޔަކު އެއްވެ، ތަފާތު ހަރަކާތްތައް ހިންގާތީ އާއްމު ދިރިއުޅުމަށް އުނދަގޫވާކަމުގެ ޝަކުވާ ފުލުހުންނަށް ކޮންމެ ރެއަކު ވެސް ލިބޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ އޮފީސް ހުންނަ މ. ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ފަހިކޮށްދީފައިވާ ހައްގެއް ކަމަށާއި އެހެންވެ ފުލުހުންނަކަށް ވެސް އެ ހައްގު ނުހިފެއްޓޭނެ ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ ދިވެހި ގައުމު ދިރިއޮތްހާ ހިނދަކު ރައްޔިތުންގެ ބާރު ނުހިފެއްޓޭނެ ކަމަށެވެ.
"ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ އެބައޮތް. ގާނޫނު އަސާސީގެ ހަތަރު ވަނަ މާއްދާ ނޫވެ. ގާނޫނު އަސާސީއެއް ނޫވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ދިރި އެބައޮތް. އެހެންވެ ރާއްޖޭގެ ގާނޫނު އަސާސީ ދިރިއޮތްހާ ހިނދަކު، ދިވެހި ގައުމު ދިރިއޮތްހާ ހިނދަކު ދިވެހި ރައްޔިތުންގެ ބާރެއް ނުހުއްޓުވޭނެ. ދިވެހި ރައްޔިތުންގެ ބާރު ފެށޭ ހިސާބަކީ ވެސް ރައްޔިތުންނަށް އެއްވެ އުޅުމުގެ ހައްގު ލިބުން. އަދި ދިވެހި ރައްޔިތުންގެ ބާރު ނިމޭ ހިސާބަކީ ވެސް ހަމަ އެއްވެ އުޅުމުގެ މިނިވަންކަން،" އަލީ ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއްވެ އުޅުމުގެ މިނިވަންކަމަކީ އެންމެ މުހިއްމު ހައްގުގެ ގޮތުގައި ބަލައިގަނެ އެ ހައްގުގެ ބޭނުން އެންމެ މަތީ ދަރަޖައަކަށް ބޭނުންކުރަން ޖެހޭ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އެފަދަ އިންޒާރުތައް ދިން ކަމުގައި ވިޔަސް ރޭގަނޑު 10:30ގެ ފަހުން މަގުތަކަށް އެއްވެ އިހުތިޖާޖުކުރާނެ ކަމަށެވެ.
މިރެއިން ފެށިގެން 10:30ގެ ފަހުން އެއްވެ އުޅުން ފުލުހުން މަނާކުރިއިރު، އެކަން އިއުލާނުކުރުމުގެ ދެތިން ގަޑިއިރު ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްުދުﷲ ވަނީ، ރޭގަނޑު 10:30ގެ ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނުހިންގާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ވަރަށް ސާފުކޮށް މި ބުނަނީ، 10:30ގެ ފަހުން ވެސް މަގުތަކަށް ނިކުންނާނަން. މި ހައްގު ފުލުހުންނަކަށް ނުހިފެއްޓޭނެ. އެ ހައްގު އަޅުގަނޑުމެން އެކްސަސައިޒް ކުރާނަން. ދިވެހި ރައްޔިތުންނަށް މި ގޮވާލަނީ މި އިހުތިޖާޖުގައި ވީހާ ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަށް،" އަމީތު ވިދާޅުވި އެވެ.
އަމީތު ވިދާޅުވީ ފުލުހުންނަށް ވުރެ ކުރިން އަބްދުއްރަހީމް އެގޮތަށް އިއުލާނުކުރުމުން، ފުލުހުންނަށް ކޮމާންޑު ކުރުމުގެ އެންމެ އަޑީގައި ހުންނެވީ އަބްދުއްރަހީމް ކަމަށް ސިފަކުރެވޭ ކަމަށެވެ. އަދި އޭނާގެ ކޮމާންޑަށް ފުލުހުން އަމަލުކުރަން ޖެހުނު ސަބަބު ހާމަކޮށްދޭން ޖެހޭ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.
ރައްޔިތުންގެ ކިބައިން ހައްގުތައް ނިގުޅައިގަތުމަކީ ފުލުހުންނަށް ދީފައި އޮތް އިހުތިޔާރެއް ނޫން ކަމަށާއި އެ ހައްގުގެ ބޭނުން ހިފައި އެންމެ މަގުމައްޗަށް ނިކުތުމަށް އަމީތު ވަނީ ގޮވާލައްވައިފަ އެވެ.
"ވަރަށް ސާފުކޮށް މި ބުނަނީ، 10:30ގެ ފަހުން ވެސް މަގުތަކަށް ނިކުންނާނަން. މި ހައްގު ފުލުހުންނަކަށް ނުހިފެއްޓޭނެ. އެ ހައްގު އަޅުގަނޑުމެން އެކްސަސައިޒް ކުރާނަން. ދިވެހި ރައްޔިތުންނަށް މި ގޮވާލަނީ މި އިހުތިޖާޖުގައި ވީހާ ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަށް،" އަމީތު ވިދާޅުވި އެވެ.
މި މަހުގެ ފަސް ވަނަ ދުވަހުގެ ރެ އިން ފެށިގެން ކުއްލި ނުރައްކަލުގެ ހާލަތުު ރައީސް އަބްދުﷲ ޔާމީން އިއުލާން ކޮށްފައި ވިޔަސް އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު އެމްޑީޕީ ހަރުގެ އަދި ކުނޫޒު ސަރަހައްދަށް އެއްވެ އެވެ. އެކަމަކު ވަކި ހިސާބަކުން ކޮންމެ ރެއަކު ވެސް ފުލުހުން އިދިކޮޅު ފަރާތްތަކުގެ އެއްވުން ރޫޅާލަ އެވެ. ނަމަވެސް، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ކޯލިޝަންގެ ޖަލްސާ އަށް ފުލުހުން ހުރަސް ނާޅާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެންދޯ
26 February 2018
މި ޕޮލިހުން ބުނެފާނެ ޤައުމީ ސަލާމަތަށް ނުރައްކާވާތީ އިނދެ ވަރިކުރުންވެސް މަނަލޭ. ދެން ދިވެހިންވީ މިބައިމީހުންގެ ބަސް އަހަންތަ؟ ތިޔައީ މިހާރު ޕޮލިހުންނަށްވުރެ ބޮޑަށް ޕީޕީ ގެ ފެކްޝަނެކޭ. މަނާކުރެވޭނެކަންކަމާއި ނުކުރެވޭނެކަންކަން ޤާނޫނު އަސާސީގައިވަނީ ލިޔެފަ. އޭގެ މައްޗަށް ފައިން ނޭރުއްވުން އެދެން.
ލައިފާ
26 February 2018
ހަމަހަމަ ކަމާއެކު ހަައްޤު ލިބުމަކީ ކޮންމެމީހަކު ކުރިޔަސް އަނިޔާވެރިކަމެއް ވާނީ އަނިޔާވެރިކަމަކަށް އެނާ އެކަމުން ބަރީއަކުރަންޖެހޭނެ . ތިމާގެ ދަރިންނާ ތިމާޔާ ހަމަނިދިނިދަން އެއީ ހަމަހަމަ ހައްޤެއްނޫން. ގޭ ކައިރީގައި ހުރިމީހާ ހައްޤުން ކަމަކާނުލާ އޭނާގެ ފިރިމީހާ ވަނީ ޖަލުގައި އޭނާގެ އަނބިދަރިން ވަނީ ހާލުގައިޖެހިފައި . ތިމާގެ ދަރި ތިމާގެ ފިރިމީހާ ޔަށް ހަމަނިދިދީފައި އަވައްޓެރިޔާ ގެ ހައްޤުކޮބާތޯ؟ ތިމާ ގެ ފިރިމީހާ ހައްޤުން ކަމަކާ ނުލައި ޖަލައްގެންދާދުވަހު ކައިރި އެންމެން އަތްޖާހާފައި ހީހީފައި ދެފާދަމާފައި ނިދީމައި ތިމާއަށްކުރާނެ އަސަރު ނުވިސްނޭނަމަ ތިއައިކީ ހައްޤުގެވާހަކަ ދައްކަނީކީނުން. ތީޒާތީވުން.
ޚުރާ
25 February 2018
މި އިދިކޮޅު މީހުން މިއުޅެނީ މޮޔަވެގެން. ރީތިކޮށް ތިބެބަލަ އިންތިހާބް ޖެހެންދެން. ސްޓޭޓް އޮފް އިމަޖެންސީ ނިމެންދެން މަޑުކޮއްލިޔަސް އޯކޭ.
ދަތްނެތްކުއްޖާ
25 February 2018
ބަލަ ހަމަ ނިދިވެސް ނިދޭނީ މި އަނިޔާވެރިކަން ނިމި ގެނެއްނޫން ދޮތަ! ތި ގޮތައް ހަމަ ނިދީގައި އޮތްވާ ވެދެ މީހުން ހައްޔަރު ކުރާ ކުރުން މިހާރު އާއްމުވެއްޖެ ކަން ނޭގެނީބާ! އަދި ރައްޔިތުންގެ ޙަޒާނާ ބަޔަކު ނަގާ ކައި ހުސްކުރާ ކަންވެސް ހަމަ ނޭގެނީތޯ! ތިމާ ޤަމާރު ވިޔަސް ތީ ދެން ބޮޑު ވަރެއް.
ޙަބަރުދާރު
25 February 2018
މުޒާހަރާކޮށްލަ ކޮށްލާ ތިބޭ ދަރިންނޭ!
ސީލާ
25 February 2018
ސާބަސް އަމިތު
falaku ain
25 February 2018
ކުރިއަށް ގައުމު. ޚިޔާނާތްތެރިންނަށް ގައުމު ދޫކޮށްގެންނުވާނެ. ގޮތްހުސްވަނީ ޕެޕަރސްޕްރޭ ގަންނަން ފައިސާއެއް ނެތް.
އެމްސް
25 February 2018
ޢަދުލު އިންސާފާއި ހަމަހަމަކަމަށް ޖާގަދޭންވެއްޖެ
އެފް އެމް
25 February 2018
ޤާނޫން އަސާސީން ލިބިދީފައިވާ ހަމައެކަނި ހައްގަކީ މުޒާހަރާކުރުން ކަމުގަ ބަލާނަމަ ދަތުރުފަތުރު ކުރުމުގެ ހައްގާއި ހަމަޖެހޭ މުޖްތަމައުއެއްގައި ދިރިއުޅުމުގެ ހައްގާއި ރޭގަނޑުގެ ނިދުމުގެ ހައްގުފަދަ ހައްގުތަކަކީވެސް ހަމަ ޤާނޫން އަސާސީން ލިބިދޭ ހައްގުތަކެއް އެހެންކަމުގަ ވާނަމަ މިދެންނެވި ހައްގުތަަށް ލިބިގަންނަން ބޭނުންވާ ފަރާތްތަކުގެ ހައްގަށް މުޒާހަރާކުރަން ނުކުންނަ ފަރާތްތަކުން އެބައަރައިގަނެވޭ ކޮބައިތޯ އެބުނާ ހަމަހަމަކަމާއިއެކު ހައްގު ލިބުމަކީ
ރައިވެރިބެ
25 February 2018
ތިއޭ މި ބުނާ ވާހަކައަކީ ... ފަހަތުން ކިތަންމެ ގިނަ ބަޔަކު ގޮތް ދޫނުކޮށް އަޑުގަދަކޮށް ދުވިޔަސް ގޭގައި ތިބޭ ކުދިންނާއި ބަލި މުސްކުޅިންނާއި މަގު ހިނގާ މީހުނާއި އަނބިމީހާ ގޮވައިގެން ބުރުޖަހާ މީހުނާއި ޖޫގޯ ބޯލާ ހިތްހަމަ ޖައްސާލަން ނިކުންނަ މީހުނާއި ނިދަޏްތިބޭ މީހުންގެ ހައްގުތައް ފޭރެވޭއިރު ނޭނގި ތިބެ ހައްގޭ ގޮވިޔަސް ކަމަކު ނުދާނޭ
ޙހގފދ
25 February 2018
ސާބަހޭ އަމީތު.