ބެން އެމާސަން: އޭނާއަކީ އދ. ގެ ކައުންޓަ ޓެރަރިޒަމާއި އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ސްޕެޝަލް ރެޕަޓުއާ
26 ފެބުރުއަރީ 2018 - 23:47
އދ. އިން މެދުވެރިއެއްގެ ރޯލު އަދާކުރާ ގޮތަށް ސަރުކާރާ އެކު ކުރާ މަޝްވަރާތަކުގައި އިދިކޮޅު ޕާޓީތަކުގެ ލީގަލް އެޑްވައިޒަރަކަށް އިނގިރޭސި ވިލާތުގެ ގާނޫނީ ވަކީލް ބެން އެމާސަން ހަމަޖައްސައިފި އެވެ.
އެ ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މަޝްވަރާގައި އިދިކޮޅު ޕާޓީތަކަށް ލަފާ ދިނުމުގެ އިތުރުން ބައިނަލްއަގްވާމީ އެހެން ފަރާތްތަކާ މައުލޫމާތު ހިއްސާ ކުރުމުގައި ވެސް ބެން އެމާސަންގެ ލަފާ ހޯދަން ނިންމާފައިވާ ކަމަށެވެ.
ބެން އެމާސަން އަކީ އދ. ގެ ކައުންޓާ ޓެރަރިޒަމާއި އިންސާނީ ހައްގުތަކާ ބެހޭ ސްޕެޝަލް ރެޕަޓުއާ ކަން ކުރެއްވި ބޭފުޅެކެވެ.
ޕާޓީތަކުގެ މަޝްވަރާ އަށް އިދިކޮޅު ޕާޓީތަކުން ހުށަހެޅި ޝަރުތަކީ އދ. މެދުވެރިއެއްގެ ރޯލު އަދާކުރާ ގޮތަށް މަޝްވަރާތައް ކުރިއަށް ގެންދިއުމާއި ޖަލުގައި ތިބި އިދިކޮޅު ފަރާތްތައް ދޫކޮށްލުމާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމެވެ. އެކަމަކު ވެރިކަން ކުރާ ޕީޕީއެމުން ބުނެފައި ވަނީ މަޝްވަރާގައި ބައިވެރިވާން ކަމަށް ބުނެ އެއްވެސް މީހަކު ދޫކޮށްލައިގެން ނުވާނެ ކަމަށާއި އެފަދަ މަޝްވަރާއެއްގައި އެ ޕާޓީން ބައިވެރި ނުވާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި މެދުވެރިއެއްގެ ރޯލު އދ. އިން އިން އަދާކުރަން ރައީސް އަބްދުﷲ ޔާމީން ދެކޮޅު ހައްދަވާފައިވާ ކަމުގެ އަޑުތަކެއް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނާ ހަވާލާދީ، މިދިޔަ ހަފުތާގައި ފެތުރުނު ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެއްޔާ
27 February 2018
މިސަރުކާރުގައި ސިޔާސީގޮތުން މަސްކަތްކުރާމީހުންގެ އެއްވެސް އިޙްލާސްތެރިކަމެއްނެތް. ތާބަދަށް ވެރިކމަުގައި ދެމިތިބވޭނޭ ހުރިހާ ގޮތަކަށް އަމަލުތައް ހުރީ. އިންސާފުވެރި އަދުލްވެރި ރިޔާސީ އިންތިޙަބަކުން މިސަރުކާރު ވޯޓުން ބަލިވާނެކަން ޔަގީން. މިކަން އެނގެނީ ގިނަ އާއްމު ރައްޔިތުންގެ ޝުއޫރުތައް ހުރިގޮތުން. ޕޯލްތަކުގެ ނަތީޖާއިންވެސް އުނދަގޫވާނެ ރައްޔިތުންގެ ސާފު ތާއީދު އޮތްމިންވަރު ދެނެގަންނަން. ވ . ވެދުން.
މޯލްޑިވިއަން
27 February 2018
އައްޗީޑި .... އެއްމެ ފަހުން އިދިކޮޅުގެ ވަކީލުންތައް އަންނި އިސްވެ ހުރެ ގުއިކޮށްލީދޯ..... ކޮބާތަ މަމާ މޮޅުކަމަށް ހެދިގެން އުޅޭ ހުސްނުސޫދު އާއި ހިސާންމެން ....މިހާރު ނުވިދޯ މީހުންނަކަށް. ތި ވާނެވަރަކީ ...މީގެ އިނގިގެން މިދިޔައީ އަންނި ބޭނުންވާ ގޮތަށް ދިވެހިންނަކީ އެއްވެސް ބަޔަކަށް ނުހަދާލުމުގެ ޕޮލިސީގެ ތެރެއިން ނެވެ.
ވަތަން
27 February 2018
މީ ވަރަށް ރަނގަޅު ޗޮައިސް އެއް. ކާމިޔާބު ވާނެ
ޑޭންޖުރެސް
27 February 2018
އަލިފުދާލުން މެދުވެރިއެއްގެ ރޯލް އަދާ ކުރާ ނަމަ މަމެން ޕިންކީން އެފަދަ މަޝްވަރާ އެއް ގައި ބައިވެރި ނުވާނަމޭ މިހާތަނަށް އަލިފުދާލުން ވަން ގައުމެއް ނެތޭ ސަލާމަތް ވެފައި އަލިފު ދާލު އެއީ ކޮރަޕްޓް ވަގުން ތިބޭ ތަނެއް ކަން މުޅި ދުނިޔެ އަށް ވަނީ ސާބިތު ވެފައޭ ދޭއާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..
އެޑަމް
27 February 2018
ތަމެން ޕިންކް ކުދިން ކޮރަޕްޓޭ ކިޔަން ލަދު ގަންނަން ޖެހޭނެ، ކޮރަޕްޝަނާ ނުފޫޒު ފޯރުވުން ފާޅުގަ ހިނގަމުން މިގައުމުގަ މިދަނީ.... އދ. އިން ބުނާ އެއްޗެއް ކަމަކު ނުދ ޭއެކަމަކު އދ. އިން މިހާރުވެސް އެހީއެއް ދީބަލަ ކޮރަޕްޝަން އޮތްތާ އޮއްވާ އެއަށް ވާގޮތް އެއާ ހަވާލުވި މީހާއަށްވެސް ނޭގޭނެ.
888
27 February 2018
އަންސަން ސޫކިގެ ޖުރުމްތައް ފޮރުވުމުގެ މަސައްކަތް ކުރާމީހާ, އިދިކޮޅުގެ ލޯޔަރު. ބޮޑު މަންޒަރު, ސީދާ އިސްލާމްދީނާދެކޮޅަށް ހިނގާޖަރީމާތައް.
އަޖީތު
27 February 2018
ދީނޭ ދީނޭ ދީނޭ... ކޮންމެ ދުވަހަކު 6 ފަހަރު، ފަހަރަކު 12 ފަހަރު ކިޔާބަލަ. މީހުން ނިކަން ފަސޭހައިން މޮޔަ ހެއްދޭނެ.
ކަޅުފޮށިބެ
27 February 2018
އަހަރެމެންގެ ގައުމު ހައިޖެކްކޮށް ކޯޓުތަކުގެ ފުރާޅުންވަދެ ގާޒީންހިފާ ރައްޔިތުންގެ މަޖްލިސް ހިސޯރުކޮށް އަހަރެމެންގެ ލީޑަރުންގެ ކަރަށް ފައިންއަރާތިބެ ކޮމެންޓެޓަރުން ލައްވާ އިސްލާމްދީނޭ ކޮނަ ސޫޗީއެކޭތަ ތިޔަ ކިޔަނީ؟
ނުވިސްނޭ
27 February 2018
މިމީހުން އެޑްވައިޒަރުންނަށްވެސް މިގެންގުޅުނީ ފަރަންޖީން. މިމީހުނަށް ނުވިސްނޭ މިގައުމަށް ރަގަޅުގޮތެއް މިފަރަންޖީންނަށް ވިސްނޭނެބާ؟
ޔާމިން
27 February 2018
ފަރަންޖީން ދޭ ޓިޕްސްގަ ހިފަން އޯކޭ ދޯ
ޖިމޯ
27 February 2018
600 ޑޮލަރު ދީފަ ސަރުކާރުގެ މޫނުމަތި ރީތިކުރަން ހަވާލުކުރީ އެމެރިކާގައި އޮންނަ ރާއްޖޭގެ ރަށެއްގެ ކުންފުންޏަކާތަ؟
ނަންނުކިޔާ
27 February 2018
ފަރަންޖީން ކައިރިން ކިޔަވައިގެން އަންނަން އޯކޭދޯ. ފެނަށް ޖެހުނީމަ ފަރަންޖީން ދިން ފެން ބޯންވެސް އޯކޭދޯ. އަދި ގައުމުގެ ބޮޑެތި ޕޮރޮޖެކްޓް ތައް ޗައިންނަާ އިން ހިންގުން ވެސް އޯކޭ ތޯ؟
falaku ain
27 February 2018
ނުކެރޭނެ ގަޓް ރައީސް ހުއްޓަކާ ބޭރުމީހުން މިގައުމުގެ ކަމެއްގާ ބައްސާކަށް. އަމުދުން ދޮންމީހަކަށް. އިނގިރޭސިއަކަށް.
ހިނި އަންނަ އަހައްމަދު
27 February 2018
ސަރުކާރުގެ މޫނުމަތި ރީތިކުރަން އެންމެ ފަހުން އެހޯދި ޕީއާރު ކުންފުނީގައި ތިބީ ކޮން ކުލައެއްގެ ބައެއްތޯ ބަލާލަބަލަ ގޫގްލް ކޮށްލާފަ ނަމަވެސް. ލޮލް
މަގޭ ދީނާ މަގޭ ޤައުމާ
27 February 2018
ޗައިނާ މީހުންނަކީ އަޅެ ހދ އަތޮޅު ރަށެއްގެ ބައެއްތަ؟ ހެހެހެހެ. އެމީހުން އިގްތިސާދީ މަސައްކަތް ހިންގަން ބޭނުންވެގެން ރޮހިންގާ މުސްލިމުން އެތަނުން ބޭރުކުރީ ބަރުމާ ސަރުކާރުން. ޗައިނާގައި ރޯދަ ހިފުން މަނާ ނަމާދު ކުރުން މަނާ. އެކަމަކުވެސް ޔާމީނަށް ޗައިނާ ވަރެއްނެތް. ދެންވެސް ބުނޭ މަގޭ ދީނޭ މަގޭ ގައުމޭ.
888
27 February 2018
އަންސަން ސޫކިގެ ޖުރުމްތައް ފޮރުވުމުގެ މަސައްކަތް ކުރާމީހާ, އިދިކޮޅުގެ ލޯޔަރު. ބޮޑު މަންޒަރު, ސީދާ އިސްލާމްދީނާދެކޮޅަށް ހިނގާޖަރީމާތައް.