ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް މިއަދުގެ އެއްވުމުން ހައްޔަރުކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
02 މާޗް 2018 - 16:42
Just met MPs @abdulla_shahid and @riyazabdulla at HQ. Police informs that they will taken to Dhoonidhoo and has yet not decided whether they are arrested under SoE or not. #MaldivesInCrisis #MaldivesCrisis
— Hisaan ؟🎈 (@hisaanhussain) March 2, 2018
ހިސާންގެ ޓުވީޓް
ގާނޫނީ ވަކީލް ހިސާން ހުސެއިން ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުލުހުންގެ މަރުކަޒުން ޝާހިދާއި ރިޔާޒާ ދިމާވި ކަމަށާއި އެ ބޭފުޅުން ދޫނިދު އަށް ގެންދަން ނިންމާފައިވާ ކަން އަންގާފައިވާ ކަމަށް. އެކަމަކު ޝާހިދާއި ރިޔާޒް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ކަމަށް ނުނިންމާ ކަމަށް ފުލުހުންނާ ހަވާލާދީ ހިސާން ވިދާޅުވޭ. އެ ދެ ބޭފުޅުންގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު ލަތީފާއި އެހެން ބައެއް އާންމުން ވެސް މިއަދުގެ އެއްވުމުން ވަނީ ހައްޔަރުކޮށްފައި.
އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގައި މިއަދު ހަވީރު އެއްވުން ކުރިއަށް ގެންދާއިރު އެސްއޯ ފުލުހުން އެ ސަރަހައްދުގައި މަޑުކޮށްލައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
މަޖިލީހުގެ ތިން މެމްބަރުގެ އިތުރުން، އެއްވުމުން ބައެއް އާންމުން ވެސް ވަނީ ހައްޔަރުކޮށްފައި. މަޖީދީމަގުގެ ހަތަރު ސަރަހައްދެއްގައި އެއްވުން ބޭއްވި ނަމަވެސް ފުލުހުން ނުކުމެ އެ މީހުން ވަނީ ފަހަތަށް ޖައްސާފައި. އެކަމަކު އެކި ސަރަހައްދުތަކުގައި އަދިވެސް ކޮންމެވެސް ވަރަކަށް މީހުން އެއްވެ އެބަތިބި. މިއަދުގެ މެދުކެނޑުމެއް ނެތި އެއްވުން ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ.
އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގައި މިހާރު ކުރިއަށް ގެންދާ އެއްވުމުގައި، ކުރީގެ ރައީސް މައުމޫން ދޫކޮށްލުމަށް ގޮވާލާ ޕޯސްޓަރެއް ހިއްޕަވައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އިދިކޮޅު ހަރަކާތުގެ މިއަދުގެ އެއްވުމުގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ހައްޔަރުކުރުމުގެ ކުރިން މިއަދުގެ އެއްވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވެސް ހައްޔަރުކޮށްފި.
އިިދިކޮޅު ހަރަކާތުން މިހާރު މަޖީދީމަގުގައި ކުރިއަށް ގެންދާ އެއްވުން ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުން ލޮލަށް އޭގެ އަސަރުކުރި މީހަކަށް އެމްޑީޕީގެ އޮފިޝަލަކު ފަރުވާދެނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އަލީ އާރިފް: ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އެއްވުމަށް ނުނިކުންނަވާށޭ. ސަރުކާރުން ދަނީ ހުރިހާ ކަމެއް ކޮށްދެމުންނޭ. މަދަނީ ބަސް ނޭހުމަށް ގޮވާލި ގޮވާލުމަށް ވެސް ސިވިލް ސާވަންޓުން އިޖާބައެއް ނުދިން. ރަށްރަށުގެ ކަރަންޓާއި ފެނުގެ އަގުގެ ތަފާތު ވެސް ކުޑަކޮށްދެއްވީ ވެސް ރައީސް ޔާމީންގެ ސަރުކާރުން.
ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން އަލީ އާރިފް: އެމްޑީޕީން ކުރަނީ ޣައިރު ގާނޫނީ މަސައްކަތެއް. މިއީ ގާނޫނު ނަގަހައްޓާނެ ސަރުކާރެއް. ކުށެއް ކޮށްފިއްޔާ ކޮންމެ މީހަކާ މެދު ވެސް މި ސަރުކާރުން ފިޔަވަޅު އަޅާނެ. އިދިކޮޅު ފަރާތުގައި އުޅޭ އެއްވެސް މީހަކު މަގުމައްޗަކަށް ނުނިކުންނާނެ. ފެށުނީއްސުރެ އިސް މީހުންގެ ބޭނުމަކީ އިދިކޮޅު ހަރަކާތުގެ އާންމު މީހުން ނެރެ ޖަލަށް ފޮނުވުން.
މެމްބަރު އިމްތިޔާޒު ފަހުމީ: އަބްދުﷲ ޔާމީނަކީ މިހާރު އަޒުލްކުރަން ޖެހޭ [ބޭފުޅެއް]. ފުލުހުން ނުޖެހޭނެ އަބްދުﷲ ޔާމީންގެ އަމުރަށް ކިޔަމަންވާކަށް.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހުގައި ކުރިއަށް ގެންދާ ނިއުސް ބްރީފިންގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ފެށުމުގެ ކުރިން ރޫޅިފައިވާ ކަމަށް. އަދި އެކަން އެހެންވީ ފުލުހުންގެ ސަބަބުން ނޫން ކަމަށާއި މުޒާހަރާ އަށް ދާނެ ބަޔަކު ނުވެގެން ކަމަށް އޭނާ ވިދާޅުވި. އަދި މިއީ ރައީސް ޔާމީނަށް އޮތް ތާއީދު ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި.
އިމްތިޔާޒު ފަހުމީ: ދައުލަތު އަނދަވަޅަކަށް ރައީސް ޔާމީން ވަނީ ވައްޓާލާފައި. މީގެ ކުރިން ރިޔާސީ ކޮމިޝަނެއް ނުހަދާނަމޭ ކިޔާފައި މިހާރު އެ އުޅެނީ ރިޔާސީ ކޮމިޝަން ވެސް ހަދައިގެން. އެ ކޮމިޝަނުން ވެސް ބަލަންވީ އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރުގެ މައްސަލަ ބެލުން.
އެމްޑީޕީގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ: ސަރުކާރާއި އަބްދުﷲ ޔާމީން ކުރާ ކަންކަމަށް ނަފުރަތުކޮށް، ޝުއޫރު ފާޅުކުރާތީ އާންމުންނަށް ޝުކުރު ދަންނަވަން. ސުލްހަވެރިކަމުގައި ތިބި ރައްޔިތުންގެ އެއްވުން ރޫޅާލައި، ޕެޕާ ސުޕްރޭ ދަނީ ޖަހަމުން. ފުލުހުން އެގޮތަށް އަމަލްނުކުރަން ގޮވާލަން.
މަޖީދީމަގުގައި އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ މުޒާހަރާ ރޫޅާލައި ފުލުހުން މީހުން ފަހަތަށް ޖައްސާއިރު، ޚާއްސަ އެހީ އަށް ބޭނުންވާ މީހަކު އަސައެއްގެ އެހީގައި ހިނގާފައި ދަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ކުރާ ކޮންމެ މުޒާހަރާއެއްގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން މި މުޒާހަރާގެ ކުރިން ވަނީ ހައްޔަރުކޮށްފައި. އޭގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފް ފާހަގަކޮށްލެވޭ. ކުރިން އޮތް އެއްވުމެއްގެ ތެރެއިން ހައްޔަރުކުރި ގޮތަށް އޭނާ ދުލެއް ނުކުރޭ. އޭނާގެ އާއިލާ އިން ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުގެ ކުރިން އޭނާ ދޫކޮށްނުލާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް.
މަޖީދީމަގުގެ އެކި ސަރަހައްދުތަކަށް އެއްވާ މީހުން ފުލުހުން ރޫޅާލި ނަމަވެސް އެ މީހުން އެހެން ސަރަހައްދުތަކަށް އެއްވެ އަނެއްކާވެސް ޝުއޫރު ފާޅުކުރަމުން އެބަދޭ.
ކޮންމެ ސަރަހައްދެއްގައި ވެސް ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން އާންމުންނާ އެކު ބައިވެރިވޭ. އަދި އެ ބޭފުޅުން ގެންދަނީ ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަށް ފުލުހުން އަރައިނުގަތުމަށް ގޮވާލައްވަމުން. ގައިރު ގާނޫނީ އަމުރުތަކަށް ފުލުހުން ތަބާނުވަން ވެސް އެ ބޭފުޅުން އެދިވަޑައިގަންނަވާ.
ސަރުކާރާ ދެކޮޅު މި އެއްވުމުގައި އާންމުން ގޮވާލަމުން ދަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން. އަދި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް ނޭޅުމަށް. އެކަމަކު އެއްވެ އުޅޭ ހުރިހާ ސަރަހައްދެއްގައި ވެސް އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުން. އަދި ޕެޕާ ސްޕްރޭ ވެސް ޖަހާ.
— Nazim Sattar (@nazimsat) March 2, 2018
ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ދޫކޮށްލުމަށް ގޮވާލައި ކުރީގެ ރައީސް ނަޝީދުގެ މަންމާފުޅު ފާރިސްގެ ޕޯސްޓަރެއް ހިއްޕަވައިގެން.
ދިއްދޫ ދާއިރާގެ މެމްބަރު ލަތީފު: އަޅުގަނޑު ހައްޔަރުކޮށްގެން ގެންދަނީ އަމުރަށް ނުކިޔަމަންތެރިވެގެންނެއް ނޫން. އަޅުގަނޑު މިއަދު ފުލުހުންގެ ބާރުގެ ދަށަށް ގެންދަން އަމުރު ކުރީމާ ފުލުހުން ނަގައިގެން ގެންދަނީ. މިހާރު މި އިނީ ފުލުހުންގެ ވެހިކަލްގެ ތެރޭގައި.
Anti-Government protests continue In #Maldives #HappeningNow MajeedheeMagu/Alikilifaanu Junction
— Rahoo 🦄👑🦄 (@Rawhoo_) March 2, 2018
#MaldivesInCrisis pic.twitter.com/BHZzIVHvnW
ގާނޫނީ ވަކީލު ހިސާން: ފުލުހުން ގެންދަނީ އެކަށީގެންނުވާ ބާރުގެ ބޭނުންކުރަމުން. އޭގެ ސަބަބުން ބައެއް މީހުންނަށް ގެއްލުންތައް ލިބެމުން ދޭ.
ގާނޫނީ ވަކީލު ހިސާން: ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ރައްޔިތުންނަށް ކަށަވަރުކޮށް ދީފައިވާ އެއްވެ އުޅުމުގެ ހައްގު ފުލުހުންނަށް ނިގުޅައެއް ނުގަނެވޭނެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ހައްޔަރުކޮށްފި.
ބައެއް ސަރަހައްދުތަކުގެ އެއްވުން ރޫޅާލައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފައި.
ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގެ މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގައި މިއަދު މުޒާހަރާ ކުރަނީ.
މި އިހުތިޖާޖު މިހާރު ކުރަމުން ދަނީ މަޖީދީމަގާއި ޗާންދަނީމަގާ ގުޅުނު ކަންމައްޗާއި މަޖީދީމަގާއި ސޯސަންމަގު އަދި ޖުމްހޫރީ ޕާޓީ އޮފީސް ހިންގާ މ. ކުނޫޒް ކައިރީގަ އެވެ. އެއްވުން ފެށިތާ ގިނައިރުތަކެއް ނުވަނީސް ފުލުހުން ނުކުމެ ބައެއް ހިސާބުތަކުން މީހުން ފަހަތަށް ޖެއްސުމަށް މަސައްކަތް ފަށައިފަ އެވެ.
އިދިކޮޅު ފަރާތްތަކުން މަޖީދީމަގުގައި މިއަދު މުޒާހަރާ ކުރަނީ.
މުޒާހަރާ ކުރާ މީހުން އެއްވި އެކި ސަރަހައްދުތައް ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާއިރު، ބައެއް މީހުން އެ ސަރަހައްދުން ފޮނުވާލުމަށްޓަކައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
03 March 2018
ކޮބާ އަދުރޭ ނިހާނު. ބޮޑު މަންޒަރު ފެނޭބާ މިހާރު!
ގައްދާރު
02 March 2018
މާތްމަނިކުފާނުގެ ވެރިކަމުގަ މަގުމަތި އަމާންކޮއްފީމޭ މިހުރިހާދުވަހުކީ..
އާދިލް
02 March 2018
ޑިކޮމްރަސީ އޮންނަ ތަނެއްގަވިއްޔާ މުޒާހަރާ ކުރާނެ. އެއްވެސް މައްސަލައެއްނޫން. ވެރިކަމަކާ ބެހޭވެސް ކަމެއްނޫން. ލަވާނެ ހަޅޭކެއްލަވާ ކުރާނެވަރަކަށް ރައްޔިތުންނަށް އުނދަގޫކޮށްފަ ވަރުބަލިވީމަ ގެއަށް ދާނެ. މައުމޫނު ރައްޔިތުންގެ ބޮލަށް ވައްޓާލި އެއްޗެއް ޑިމޮކްރަސީއަކީ އަދި ކޮރަޕްޝަނާ ޑްރަގަކީވެސް.
ކިޔަންކާ
02 March 2018
މައުމޫނު ރައްޔަތުންގެ ބޮލަށް ވައްޓާލަދިން އެހެން ތަކެތިވެސް ކިޔާލިނަމަ. ތިލައިގެން ހުރި ޖީންސާއި ތިހިތްގައިމު ގަމީހާއި ތިރީތި ޓެނިހާއި އަތުކުރީ އޮތްގަޑިޔާއި ޖީބުގައި އޮތް ސްމާޓްފޯނާއި ބުރިބުރިޔަށް ނަގާފައި ހުރިގެޔާއި އަތުގައި އޮތް ޑިގްރީއާއި މިހުރިހާ އެއްޗެއްގެ ވާހަކަ ވެސް ކިޔަންވީނުން. ގައިމު މައުމޫނު ވެރިކަމަށް އައުމުގެ ކުރިން މިއިން އެކައްޗެއްވެސް ލިބިފައި ނުހުންނާނެ ވިއްޔާ.
6543
02 March 2018
މުޒާހަރާއަށް ދޭބަލަ. އެތާ މީހަކު ނެތޭ..ކޮބައިތަ ސޮނި ބާލާ ސޮރު ލަލަލާ.
ލަލަލާ
02 March 2018
މުގޫ ކަނޑާލާފަ ދޫނި ދުއަށް ގެންގޮއްސި. މިރޭ މުޒާހަރާއަށް ދާނެ މީހަކު ނުވި. ގެއަށްވަދެ ނިދާލަ. ހުވަފެނުން ރައީސްޔާމީން 2018 ފެނިދާނެ.
777
02 March 2018
މުޒާހަރާ އޮންނާނީ ރޫޅާލާފަ. ދެންޗޯފޮހެލާ..
އިބުރަތް
02 March 2018
ޝާހިދު މެން އަބުދުއްﷲ ރިޔާޒް މެން ފަދަ ޝަޚްޔިއްޔަތުން ހައްޔަރު ކުރަން ވެސް ކުދި ކުދި ފުލުހުން ޖެހިލުމެއް ނުވެއެވެ.ބަލަ އެއް ބަލަ އެއް ނަޒަރަކުން ބަލާ ނަމަ އެވެސް ރައީސް ޔާމީނު ފަދަ ބޭފުޅުން ނެވެ.ރައީސް ޔާމީނު ނޫން ކޮންމެ މީހަކު ވެސް ހަމަ ހައްޔަރު ކުރަންވީ ތޯއެވެ؟ ނިކަން ވިސްނާލަ ބަލާށެވެ.ޤާސިމު އާއި ކޤނަލް ނޤޒިމު އާއި ޝައިޚު އިމްރާނު ހައްޔަރު ކުރި އިރު ތިބި ޕޮލިހުންގެ ބޮޑުން މިހާރު ކޮބާތޯއެވެ؟ އެ ބޭފުޅުންގެ މައްޗަށް ހުކުމް ކުރި އިރު ތިބި އިސް ފަނޑިޔާރުން މީހާރު ކޮބާ ތޯއެވެ؟ ވިސްނާ ބަލާށެވެ
ފާތުން
02 March 2018
ހާދަ މީހުން މަދު މުޒާހަރާއެކޭ. ފައިސާދީގެން މުޒާހަރަ ކޮށްދޭނެމީހުންވެސް މިހާރު ނުވަނީ ދޯ.
ހަމަ ބުއްދި
02 March 2018
ހައްޔަރު ކުރަން ޖެހުމަކީ ދެރަކަމެކެވެ. ބަލަންވީ ހައްޔަރު ކުރަން ޖެހޭ ފަދަ ކަމެއް ކުރަން ޖެހެނީ ކީއްވެގެން ތޯއެވެ؟ އެގޮތަށް ބަލާފައި މީހުން ހައްޔަރު ކުރަން ޖެހޭ ފަދަ ކަންކަން ކުރަން ނުޖެހޭ ގޮތަށް ސަރުކާރުގެ ވިސްނުން ވެސް ގެންގުޅުން ޤައުމަށް ފައިދާ ބޮޑުވާނެއެވެ ކޮންމެ ހައްޔަރު ކުރުމަކީ ޑެމޭޖެ ކެވެމ
ހޯރަފުށީ ދާއިރާ
02 March 2018
އުމަރު ހަންޔަރު ކޮށްފަ ޖަލަށް ލީމަ ހުރިހާ ބަގާވަތުގެ އަހުލުވެރިން ޖަލަށްލެވުނީ..ރައީސްޔާމީން 2018