ޚަބަރު / އެމްއާރްޑީސީ

އެމްއާރުޑީސީގެ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް

ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ސާވިސަސްގެ ނަން ބޯޑު، ކުރީގެ އެމްއާރުޑީސީގެ ސައިޓްގެ ބޭރުގައި ހަރުކޮށްފައި -- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މަސައްކަތްތައް، އެތަނުގެ މުވައްޒަފުންނާ އެކު، ހައުސިން މިނިސްޓްރީގެ، ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިދިޔަ މަހުން ފެށިގެން، އެމްއާރުޑީސީގެ ބިޒުނަސް ޑިވެލޮޕްމެންޓް ފިޔަވާ އެހެން ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުންނާއި މަސައްކަތްތައް ވަނީ ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފަ އެވެ.

ޓްރެކް ދަނޑު ކައިރީގައި ހުންނަ އެމްއާރުޑީސީގެ ސައިޓު ވެސް މިހާރު ވަނީ ޕަބްލިކް ވޯކްސް ސާވިސްގެ ދަށަށް ގެންގޮސްފަ އެވެ. އެގޮތުން އެތަނުގައި ވަނީ އެ ޑިޕާޓްމަންޓްގެ ނަން ބޯޑު ވެސް ހަރުކޮށްފަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓްބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް ކުރަމުން ދިޔަ އެމްއާރުޑީސީ އުވާލަން އެކުންފުނީގެ ބޯޑުގައި ކުރިން ވަނީ މަޝްވަރާކޮށްފަ އެވެ.

MRDC uvaalan mashvaraakoffi

MRDC uvaalan mashvaraakoffi

The most trusted news source in the Maldives

Mihaaru

އެމްއާރުޑީސީ އުވާލަން މަޝްވަރާ ކުރުން--

މަޖީދީ މަގު ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ މުވައްޒަފުން ކުރަނީ: އެމްއާރުޑީސީގެ މަސައްކަތްތައް ވެސް މިހާރު ވަނީ ހައުސިންއަށް ބަދަލުކޮށްފައި -- މިހާރު ފޮޓޯ

އެމްއާރުޑީސީއަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ކުންފުންޏެކެވެ. އަދި އެއީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރި ކުންފުނި ވެސް މެ އެވެ. މިހާތަނަށް އެ ކުންފުނީގައި ފަސް މެނޭޖިން ޑިރެކްޓަރުން މަސައްކަތްކޮށްފައިވެ އެވެ.

10 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 3%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެނޭބާ

06 March 2018

ކައްޕީ ރިހޭފައި މައްޗަށް ފޮއި

The name is already taken The name is available. Register?

މުއިއްޒުޑް

06 March 2018

ދެން ކުޅުދުއްފުސީ އެަރޕޯޓް ޕްރޮޖެކްޓް ވެސް މުއިއްޒުވާނީ... މި ގައުމު މި ފުޑެނީ.....

The name is already taken The name is available. Register?

އައިޖޭ

06 March 2018

އިންޑެޕެންޑެންޓް އޮޑިޓެއް ނުހަދާ،މި ގޮތަށް ބަދަލު ކޮށްލުމުގެ ބޭނުމަކީ މިހާރު ހުރި ކޮރަޕްޝަން ތައް ފަސްލަ ފޮރުވުން..... ކޮރަޕްޝަން މެކުހަށް

The name is already taken The name is available. Register?

ދުންތަރި

05 March 2018

އެންމެ ބަރާބަރަށް ހިންގަވާނެ ބޭފުޅާއާއި ހަވާލުކޮށްލީ. ނިމިގެންދާނީ އަދީބަށްވެގެން.

The name is already taken The name is available. Register?

ރަދީފް

05 March 2018

''އެމްއާރުޑީސީއަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އެޅިފައިވާ ކުންފުންޏެކެވެ. '' މިއީ ހަމަ ތެދެއްތަ އަދުރޭ؟؟

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

05 March 2018

ތިންވަނަ ދުނިޔޭގެ ނިކަމެތި ޤައުމުތަކާއި އެފުރިކާ ބައްރުގެ ހުދުމުޙުތާރު ދައުލަތްތައް ހިންގާންތިބޭ ވެރިން “އެމީހުން ހިންގާފައިވާ ޙިޔާނާތުގެފަސާދަ ފޮރުވާ ލިޔެކިއުން ނައްތާލުމަށް” މިފަދަ ކަންކަން ކޮށް އުޅޭ. . . އެއްބަޔަކު މިފަދަކަންކަން މާނަ ކުރަނީ ދާދިފަހުން ދިވެހި ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ “ޝިން ޔުއާން 18" އިން ނޯތް ކޮރެއާ އާއި އެކު ހިންގިކަމަށް ޖަޕާނުން ޝައްކު ކުރާ “ވަގު މުއާމަލާތް” ފަދަ މުއާލަމާތެއްގެގޮތަށް. . . މިއީ ހުޅަޤުފަދަ ތަހުޒީބް ދައުލަތް ތަކުގެ ސަރުކާރުތަކުން ކަންކުރާ އަދި އެ ޤައުމު ތަކުގެ ރައްޔިތުން އެފުރުސަތު ސަރުކާރަށް ދީގެން ތިބޭނެ ފަދަ ކަންކަމެއްނޫން. . . ކުންފުނި ތަކުގެ ލިޔެކިއުންނެތިގެންގޮސް “ހިސާބު ކިތާބު އޮޅޭފަދަ ކަންކަން ގަސްތުގައި ކުރުމަކީ ތިޖޫރި ކަޅާކުރުމާއި އެއްފަދަ ބޮޑު ޖަރީމާއެއް” ކަމުގައި ބެލުމުގެ ޖާގަ އޮންނާނެ.

The name is already taken The name is available. Register?

ފުއާދު

05 March 2018

ސިޔާސީ މީހުން އެޅިހާ ބަތަކަށް ރިހަ އަޅައިގެން ހުރި ޕީއެސް އެއް ހުރިތަނެއް..ދެން ކިހާވަރެއް ވާނެ..މުވައްޒަފުންނަށް މިވަރުގެ ޖެއްސުން ބޮޑު ޕީއެސްއެއް މަދުވާނެ..އިތުރު ބަަކަޔަކު ގެނެސް ކިހިނެއް ހަދާނެބާ..

The name is already taken The name is available. Register?

ނިޒާރު.

05 March 2018

މުޅި ހައުސިންގް މިނިސްޓްރީ އޮޔާ ގޮއްސަ..އަދިވެސް އެތަނަށް ފުނިޖަހާ. މަސައްކަތް ކުރުވާފަ މުވައްޒަފުންނަށް ހަމަޔަށް މުސާރާ ނުދެވޭ..އިތުރުގަޑީ ބަންދުދުވަސް މަސައްކަތް ކުރުވާފަ ފައިސާ ނިދޭތީ މިހާރުވެސް މިނިސްޓަރަށް ޕީއެސް އަށް އެތައް މުވައްޒަފުންނެއް ލިޔުން ހުށައަޅައިފި.. ސިވިލްކޮމިޝަނަށްވެސް ހުށައެޅި ވީކަމެއް ހަރާމް..އަދިވެސް މީހުނާއި މަސައްކަތާއި ހަވާލުވޭ..

The name is already taken The name is available. Register?

ުިަަި

05 March 2018

ދިވެހި ނަވީތީ ވެ ލަދު ގަނޭ

The name is already taken The name is available. Register?

ގުއިއްޒު

05 March 2018

ރާއްޖޭގެ ވެރިކަން ހިންގުން ހައުސިންގ މިނިސްޓްރީ ގެދަށަށް ގެންދިއުމަށް އެދެން. މުއިއްޒު ތީ ވާމީހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454