ޚަބަރު / ރައްޔިތުންގެ މަޖިލިސް

ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ހެދި ބިލު ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް ހިނގަމުން ދަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ކޮމިޓީ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އިރު މާ ބޮޑެތި ބަދަލުތަކެއް ނުގެނެ އެވެ. ހަމައެކަނި ކޮމިޓީގައި ބަދަލު ގެނައީ ބިލުގައި ހުރި ބައެއް އިބާރާތްތަކަށެވެ.

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ބިލުގައި އޮތުމަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމެއް ކަމަށާއި މިއީ ފާސް ކުރެވޭނެ ބިލެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ގާނޫނުއަސާސީގެ 154 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވިޔަސް އަދި ނުވިޔަސް، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށެވެ.

އެކަމަކު، ބިލުގައިވާ ގޮތުން ބިލުގައި ބުނާ ހާލަތުގައި ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބުނާ އިޖްރާއާތުތައް ނުހިނގާނެ އެވެ. ކުށެއް ސާބިތުވެގެން ފަނޑިޔާރަކު ވަކިކުރާ ކުރުމަކީ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ ނުުވަތަ ތައުދީބީ ފިޔަވަޅެއް އެޅުން ކަމުގައި ނުވާތީ ކަމަށް ބިލުގައިވެ އެވެ.

މީގެ އިތުރުން ފަނޑިޔާރެއްގެ މައްޗަށް ކުށުގެ ދައުވާ އުފުލޭ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެފަދަ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ވެސް އެ އިސްލާހުގައި ކަނޑައަޅާފައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންޖެހޭނެ އެވެ. އަދި ކުށެއްގެ ދައުވާ އުފުލާ ހިސާބުން ފެށިގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމެންދެން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންޖެހޭނީ މުސާރަ ނުލިބޭ ގޮތަށް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހު އެގޮތަށް ހުށަހެޅިއިރު ޖިނާއީ ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މި ވަގުތު ތިއްބެވީ ހައްޔަރުކޮށްފަ އެވެ. އެހެންވެ، މި އިސްލާހު އެ ގޮތަށް ފާސް ކުރުމަށް ފަހު، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެ، އިސްތިއުނާފު މަރުހަލާ ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި އެ ބޭފުޅުން މަގާމުން ވަކިވާނެ އެވެ.

މި ބިލަށް ބަހުސް ކުރައްވަމުން އަބްދުއްރަހީމް މިއަދު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅެން ނެތީމަ ކަމަށެވެ. މި ބިލަށް ބަހުސް ކުރެއްވި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ. މި ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

11 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 6%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕީޕީއެމްޑީޑީޕީ

13 March 2018

ހަމަ ރަހަޅު.ތި ފޮނި ގްރޫޕު މައިރި ކުރެވޭނީ ތިގޮތަށް..

The name is already taken The name is available. Register?

ގުއިކޯޓް ފިނޑި-ޔާރު

13 March 2018

ފަނޑިޔާރުން އެބަ ތިބި ތަ؟ ނުދެނަ ހުރީމެވެ.

The name is already taken The name is available. Register?

ދަލޭ

13 March 2018

ﷲ އިރާދަކުރެއްވިއްޔާ އަނިޔާވެރިންގެ ނިމުން އޮތީ ވަރަށް ކާރީގައި,

The name is already taken The name is available. Register?

މިހާފީ

13 March 2018

ޤާނޫނު އަސާސީއާއި ޚިލާފުވުމަކީ އެންމެ ބޮޑު ބަގާވާތް. ބަގާވާތަކީ ޤާނޫނަށްވުރެ މަތީގައި ހުންނަން ކުރެވޭ މަސައްކަތް. މިކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް އަސްލު ބަޣާވާތުގެ ދައުވާ އުފެލޭ ދުވަހު ނާށި ހިފައިގެން އަންބާ ކިޔަން ދާނަން.

The name is already taken The name is available. Register?

ށެވެން

12 March 2018

ސުޕްރީމު ކޯޓުން މި ބިލު ޤާނޫނަކަށްވާ ހިސާބުން ބާޠިލުކުރާނެކަމަށް އުއްމީދުކުރަން. ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފު. ޕޕއެމް ފަނޑިޔާރުންނަށް ބިރު ދެއްކުން ފިޔަވައި އެެހެންްކަމެއް ނޫން

The name is already taken The name is available. Register?

ޚިޔާލް123

12 March 2018

ރަގަނޅު ހީފުޅު ނުކުރައްވައްޗޭ، އަބަދު ދުނިޔެ އެއްގޮތަކަށް ހިގައިނޭ، ތިއިސްލާހުން އިސްޤާޒީ ވަކިކުރުމުން ތިމާމެންނަށް ހިއްހަމަޖެހުން ލިބޭނީ ކުޑަ ހިނދުކޮޅަކަށެވެ. ތިއިސްލާހް ތިމާމެންނާ އަރާހަމަ ކުރާނެކަން ދަންނާށެވެ، އެދުވަހުން މިދުވަސްމަތީން ވިސްނޭނެއެވެ.

The name is already taken The name is available. Register?

އުމަރު

12 March 2018

ރައީސުލް ޖުމްހޫރިއްޔާ ކޮންމެ ކަމެއް ކުރިޔަސް ފިޔަވަޅެއް ނެއެޅޭނެ، އެކަމަކު ފަނޑިޔާރަކު ޖިނާއި ކުށެއް ކުރީމަ ވަކިކުރެވޭނެ، ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް އިތުބާރުނެއް މައްސަލައެއްވެސް ނުލެވޭނެ، ހަމަ އެއާއި އެކުގައި މަޖިލިހުގެ ރައީސްގެ މައްޗަށްވެސް އިތުބާރު ނެއްކަމުގެ މައްސަލައެއް ނުލެވޭނެ، މިއީތޯ ގާނޫނު އަސާސީގެ ރޫހަކީ؟ ރައީސުލް ޖުމްހޫރިއްޔާގެ މައްސަލަވެސް ބެލެވޭނެ، މަޖިލިހުގެ ރައީސްގެ މައްސަލަވެސް ބެލެވޭނެ، އެމީހުންގެ މައްސަލަ ބަލާ ބަޔަކުނޫން ޖަލައްލައި އެމީހުންގެ މައްޗަށް ޤާނޫނު ހަދަންވީ

The name is already taken The name is available. Register?

އުދުހޭ

12 March 2018

ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާގޮތަށް ގާނޫނު ނުހެދުމަށް ރައްޔިތުންގެ ވޯޓުން ހޮވިވަޑައިގެން މާތްﷲ ގަންދީ ހުވާކޮށްގެން ތިބި އިއްޒަތްތެރި މެންބަރުންނަށް އިލްތިމާސްކުރަން. އަދި ﷲ އަށް ބިރުވެތިވުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާ ތިޔަ މެންބަރުންނަށް ގޮވާލަން.

The name is already taken The name is available. Register?

ބާބޫ

12 March 2018

މިއީ ޤައުމެއްތަ؟ ނޫނީ ބައެއްގެ ވިޔަފާރި ކުންފުއްޏެއްތަ

The name is already taken The name is available. Register?

ފެނޭތޭ

12 March 2018

ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑްގުޑް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454