މެމްބަރު މުހައްމާ އިދިކޮޅުން ބޭއްވި މުޒާހަރާއެއްގައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
14 މާޗް 2018 - 15:44
ރިޝްވަތުގެ ތުހުމަތު ކޮށްފައިވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ)ގެ މައްޗަށް ފަސް ކުށެއްގެ ތުހުމަތު ކޮށް، ފުލުހުން އެ މައްސަލަތައް ތަހުގީގުކުރަން ފަށައިފި އެވެ.
ތަހުގީގަށް މުހައްމާ މިއަދު ފުލުހުންގެ އިދާރާ އަށް ވަނީ ހާޒިރުކޮށްފަ އެވެ. އޭނާ އަށް ތުހުމަތު ކުރަނީ އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ދައުލަތުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް ރިޝްވަތު ހުށަހަޅައި މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ހުރަސް އަޅައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.
އެ ތުހުމަތާ އެކު ފަސް ކުށެއް ކުރި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެ އެވެ. އެއީ ކުށްކުރަން ރޭވުމާއި ރިޝްވަތުގެ ކުށާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން ގާނޫނު ހިންގުމާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ކުށެވެ. އޭގެ އިތުރުން ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ނުވަތަ މައުލޫމާތު ބޭނުން ކުރުމުގެ ތުހުމަތު ވެސް ކުރެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކޮށް ފޯނު އަތުލުމަށް ފަހު މުހައްމާ ދޫކޮށްލާފައިވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ޗިޓް ދިނުމަށްފަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކާ ގުޅުމަށް ފަހު، ސަރުކާރާ ދެކޮޅު އެއްވުންތަކާއި މުޒާހަރާތަކުގައި މުހައްމާ ގެންދަވަނީ އިސް ދައުރެއް އަދާކުރައްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިތިބޮންޑިއެއްބޯން
15 March 2018
ތިޔައުލެނީ ހިތިބޮންޑިއެއްބޯން
އަލީ ނާޒިމް
15 March 2018
ހަވަނަ ޕޮއިންޓަކައް ޖަހާލާ، ތަނެއް ދޮރެއް ދޮރާއްޓެއް ނޭނގި މަގުމަތީގަ އުޅެނިކޮން، ގައުމު ބިނާ ކުރުމުގެ ނަމުގަ ގުނބޯލި ހައްދާފަ، މުޅި ގައުމުގެ ގާނޫނު އަސާސީ ފަރުމާ ކުރާ މަޖްލިހައް ލީމަ، ފެންވަރު އޮޅުނުކަން!
ހޭލާ
14 March 2018
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމާއި ނަހަމަ ގޮތުގައި ރަސްމީ ހައިސިއްޔަތު ބޭނުން ކުރި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭނީ ޔާމީނަށް އޭނަ ގެންގޮސްގެން ސުވާލުކޮށްބަލަ. ފަޑިޔާރުގެއަށް އަތްބާނަނީ ކީއްވެތޯ؟ މުއައްސަސާތަކުގެ ބާރު ކަނޑުވާލީ ކީއްވެތޯ؟ މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވަނީ ކީއްވެތޯ؟
ބައިރޯ
14 March 2018
އަދި މަދު
ހިސްޓޯ
14 March 2018
ރައީސް ނަޝީދަށްކުރި ނުހައްގު ހުކުމަށް ފަހު އެމަނިކުފާނު ވިދާޅުވެފައިވޭ ދުނިޔެއަށް ލަދެއްނެތި އާޚިރަތައް ބިރެއްނެތި އުޅޭމީހާ ކޮންމެފަދަ ނުބައި ނުލަފާ ކަމެއްވެސް ކޮށްފާނެއޭ ތިމަން މަނިކުފާނު އެ ގާޒީންނަށް ހިތް ހަލާލޭ! މީ ހަމަ އެކަނި ގާޒީންނަށް ރައްދުކުރެއްވި ބަސްކޮޅެއްނޫން! ޒިންމާ އުފުލަންތިބި އެންމެނަށް ނިސްބަތްވާ ބަސްކޮޅެއް! ކޮންފަދަ އިބުރަތުން ފުރިގެންވާ ވާހަކަ ކޮޅެއްތޯ؟ ބުއްދީގެ އަހުލުވެރިންނަށް. ހެޔޮދުޢާ ސަލާމް
މަ އަލީ
14 March 2018
ބުއްދިވެރިއެއް ނޫން އެއީ...