15 މާޗް 2018 - 10:03
ގާނޫނާ ޚިލާފަށް ސަރުކާރުން ކުރަމުންދާ ކަންކަން ހުއްޓާލަން، ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު ވަރުގަދަ އިންޒާރުތަކެއް ދޭ ވީޑިއޯއެއް ރޭ އާއްމުވެއްޖެ އެވެ. ޔޫޓިއުބްގައި އަޕްލޯޑުކޮށްފައިވާ އެ ވީޑިއޯގައި އިންޒާރު ދިނީ، ފުލުހުންތޯ އެ މުއައްސަސާ އިން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުންގެ ތަރުޖަމާން، އަހްމަދު ޝިފާން ވިދާޅުވީ، ޔުނިފޯމުގައި ތިބި ނަމަވެސް މިހާތަނަށް އެއީ ފުލުހުން ކަމެއް ޔަގީން ނުވާ ކަމަށެވެ.
އެ ވީޑީއޯ އިން ފެންނަނީ، ފުލުހުންގެ ކޮމްބެޓް ޔުނިފޯމުގައި މޫނު ނިވާކޮށްގެން ތިބި ތިން މީހެކެވެ. ފުލުހުންގެ ނަމުގައި ވާހަކަ ދައްކަމުން ބުނީ އެ މުއައްސަސާއަކީ ޕީޕީއެމްގެ ޖަގަހައެއް ކަމަށް ހީވާ ދަރަޖަ އަށް ކަންކަން ހިނގައްޖެ ކަމަށެވެ. ރައްޔިތުންނަށް، ފުލުހުން އަންގަންޖެހޭ ކަންކަން ފުރަތަމަ އަންގަމުން ދަނީ، ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނާއި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް ކަމަށް ވެސް އެ ވީޑިއޯގައި ބުނެ އެވެ.
އެ ބޭފުޅުން އެ ގޮތަށް އަމަލުކުރެއްވުމުން ހުއްޓާލައްވަން އިންޒާރުދީ، ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އެ ވީޑިއޯގައި ވާހަކަ ދައްކާ މީހާ ބުނެ އެވެ.
ޔޫޓިއުބްގައި އާއްމުކޮށްފައިވާ ވީޑިއޯ އިން ނަގާފައިވާ ސްކްރީން ޝޮޓެއް.
ފުލުހުންގެ ނަމުގައި ޝިފާން ވާހަކަތައް އާއްމުކުރައްވަނީ، ނިހާން އާއި އަބްދުއްރަހީމް އަށް ފަހުގައި ކަން ވެސް ވީޑީއޯގައި ފާހަގަކޮށްފައިވެ އެވެ.
"އަޅުގަނޑުމެންގެ ވެރިންނަށް ބުނެލަން، އޮތީ އަޅުގަނޑުމެން ބޭނުންކޮށްގެން ތިޔަ ހިންގާ ޖިނާއީ ކުށްތަކާއި އަޅުގަނޑުމެންނަށް ތިޔަ ކުރަމުން އަންނަ ޣައިރު ގާނޫނީ އަމުރުތަކަށް ލައްކަ ދުވަހު ކެތްތެރިވެއްޖެއޭ. ފެބުރުއަރީ 7 ގައި އަޅުގަނޑުމެން ނިކުތީ މުއައްސަސާގެ ދިފާއުގައި. މިހާރު ވެސް އަޅުގަނޑުމެން މުއައްސަސާގެ ދިފާއުގައި ނިކުންނާނަން،" އެ ވީޑިއޯގައި ބުނެ އެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ނުކުންނާނަން. އަޅުގަނޑުމެން ސިޔާސީ ކުރުވަން މަސައްކަތް ނުކުރާތި. އަޅުގަނޑުމެން ބޯލަނބަން ޖެހޭ އެއްވެސް ސިޔާސީ ކުލައެއް ނޯންނާނެ."
ފުލުހުންނަށް ޣައިރު ގާނޫނީ އަމަލުކުރުން މާޗް މަހުގެ ނިޔަލަށް ހުއްޓާލުމަށް އެ ވީޑިއޯގައި ސަރުކާރަށް އިންޒާރު ދީފައިވެ އެވެ. އަދި ރައްޔިތުންނަށް އަނިޔާކުރަން ފުލުހުންނަށް ކުރަމުންދާ އަމުރުތައް ހުއްޓާލުމަށް ވެސް އަޑުހަރުކޮށް އެ ވީޑިއޯގައި ވާހަކަ ދައްކާ މީހާ އިންޒާރު ދިނެވެ.
"ގާނޫނުއަސާސީ އަށް ރުޖޫއަ ނުވެއްޖެ ނަމަ، އޭޕްރީލް 1 ގައި، މުޅި މުއައްސަސާގެ ދިފާއުގައި އަޅުގަނޑުމެން އެންމެން ނުކުންނާނަން،" ވީޑީއޯގައި ވާހަކަ ދައްކާ މީހާ ބުންޏެވެ.
މި ވީޑިއޯއާ ގުޅިގެން ފުލުހުންގެ ތަރުޖަމާން ޝިފާން އެއްވެސް އެއްޗެއް ވިދާޅުވެއްޖެ ނަމަ، ބުނާ ހިސާބުން ވީޑިއޯ ނިމެ އެވެ. އެހެންވެ، ޝިފާންއާ ގުޅުވައިގެން ބުނަން އުޅުނު ވާހަކައެއް ސާފެއް ނޫނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިބިހޫރު
15 March 2018
އަައްސަރިބަހާއި ސާބަސް!
ކުނި
15 March 2018
އަޅެ ފެންފޯއްރުއްކެނޑި ކުދިންދޯ ގައިރުގާނޫނީ އަމުރުނުކުރައްޗޯ މިހާރު ހަމަ ކިނބިހިންޏަކަށްވެގެން ވަޒީފާގެބިރަށް ތެޅެނީ
ވިސްނާމީހާ
15 March 2018
އިއްތިފާގެއްބާ 16 ވަނަ ދުވަހުގެ ކުރިން މި ވީޑިއޯއެއް ފޮނުވުން މީގެ ކުރިންވެސް 3 މީހަކުވެގެން ރައީސަށާއި އޭރުގެ ނާއިބަށް އިންޒާރުދިން ވީޑިއޯއެއް ޔޫޓިއުބަށް އަޕްލޯޑްކުރި ފުލުހުންގެ އަގުވައްޓާލަން ކޮންމެ ބަޔަކު ކުރިޔަސް ތީ ވަރަށްދަށުދަރަޖައިގެ އަމަލެއް ފުލުހުންގެ ޔުނީފޯމެއް ލިބިދާނެ ހައްޔަރުކުރި ފުލުހުންގެ ޔުނީފޯމްވެސް ބަޔަކަށް ފޯރުކޮށްދީފައި އޮތުމަކީ ވަރަށް ގާތްކަމެއް މިކަމަކީ ފުލުހުންގެ ތެރެއިން ބަޔަކުނަމަ ވަގުތުން ހައްޔަރުކުރަންޖެހޭ
ޢިލޮށި ފަތި!
15 March 2018
ވަރަށް ދަށުދަރަޖައިގެ ކޮމަންޓެއް!
ހަބޭސްބޭބެ
15 March 2018
ކޮންމެބަޔަކު ކުރިޔަސް މިކަމެއް ބަލައެއް ނުގަނެވޭނެ، މިކަހަލަ ކަންކަން އާންމުވެ ގައުމު ގޯސްމަގަކަށް ވެއްޓިނަ ނުދިނުމަށް ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުން ކުރުމަކީ މިއަދު މުހިންމު ކަމެއް. އަދި ފެބުރުއަރީ 7 ގެނައީ ފުލުހުންނެއް ނޫން. އަދި މުއައްސަސާގެ ދިފާއުގައި ނިކުންނާކަށް ނުޖެހޭނެ. މުއައްސަސާގެ ވެރިން ކަންކަން ރަގަޅަށް ކުރަމުންދާނަމަ ނިކުންނާކަށް ނުޖެހޭނެ. އަދި މިފަދަ ވީޑިއޯ އެއް ބަޔަކު ތައްޔާރުކޮށް ނެރުމަކީ ސީދާ ބަގާވާތް ކުރުމަށް ހިތްވަރު ދިނުންކަމުގައި ބެލެވޭ އަދި އެއްވެސް ހައިސިއްޔަތެއް ނެތް ބަޔެއްގެ މިފަދަ އަމަލު ތަކަކީ ޓޮލެރޭޓް ކުރެވިގެންވާނެ ކަމެއް ނޫން، ސަލާމަތީ ބާރު ތަކުން މި ކަން ދެވަނަ ސްޓޭޖް އަކަށް ދިއުމުގެ ކުރިން ހުއްޓުވުމަށް ގޮވާލަން. ވިސްނާ
ޖަހާޕަނާ ޝަރީފް
15 March 2018
ތިއީ ފުލުހުންގެ ޔުނީފޯމުގައި ހުންނަ ޕެޓާންތަކެއް ނޫން. އެއާ ވައްތަރު އެކަމަކު ތަފާތުވާ ޑިސައިންކޮޅުތައް އެބަހުރި. މީއީ، ފުޮލުހުންނާއި ސިފައިނގެ ސަފުތައް ރޫޅާލާ ގަޑު ބަޑު އުފެއްދުމަށް އިދިކޮޅު އެމްޑީޕީ އިން ރާވައިގެން ތައްޔާރުކުރާ އެމީހުންގެ ޕްރޮޕެގެންޑާތައް. މިފަދަ ގެންޑާތައް ފަތުރާ މީޑިއާތަކާ މެދުގައިވެސް މިއަދު ފިޔަވަޅު އަޅަންވެއްޖެ. އެހެނީ، ކީރިތި ޤްރުއާނުގައި އަންގަވާފައިވާފަދައިން "ތިޔަބައި މީހުންނަށް ޚަބަރެއްގެ ތެދު ދޮގު ކަށަވަރު ނުވާހާ ހިނދަކު ތިޔަބައިމީހުން އެޚަބަރެއް އަނެކާއަށް ނުދޭށޭ"
އިބޫބެ
15 March 2018
އެހެންތަ؟ ކަލޭ ހާދަ މޮޅޭ... ކަލޭ ދާންވީނު ދެން ފަލަސްތީނުގެ އިންޓެލިޖެންސުގަ މަސައްކަތްކޮށް އިޒުރޭލުގެ ޖަލުތަކުގައި ތިބި މީހުން ދޫކޮށްލަން... ތިހާ މޮޅު މީހަކު ދުވަހަކުވެސް ނުދެކެން... އަދުރޭ ފިޔަވައި... ކީރިތި ޤުރުއާނުގެ އާޔަތްތަށް ނަހަމަ ގޮތުގައި ލިޔެއުޅުމަކީ ބޮޑު ފާފައެއް ބަފަޔާ... ހޭއަރާ!
ވާލުސޮރު
15 March 2018
ޝިފާން އަށް ނޫނަސް މަށަށްވެސް ފުލުހުންގެ ޔުނީފޯމް ގަ ތިބޭ ބައެއް ސިފައިން ކަމަލަކަށް ގަބޫލެއް ނުކުރެވޭ. އެއީ ފުލުހުންނަކީ ޤާނޫނު އަސާސީ އާ ޤާނޫނާ ފުލުހުންގެ ހުވައި ގޮތަށް ޢަމަލުކުރަންޖެހޭ އަދި ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާ ނުވުމުގެ ހިއްވަރާ ފަންވަރު ހުންނަން ޖެހޭ ބަޔަކަށްވިޔަސް ބައެއް ފުލުހުން ހަމަ ފާޅުގަ އެއާ ދިމާ އިދިކޮޅަށް އަމަލުކުރަމުން ގެންދާތީ!!!
ނާޝް
15 March 2018
ރަދީފް ތިޔަ ބުނީ ރަނގަޅަށް. ހުދުމުޚްތާރު ވެރިން ވައްޓާލެވޭނީ ލައްކަ މަސައްކަތުން. ހަޤީޤަތަކީ ރައީސް ނަޝީދު ވެރިކަން ކުރެއްވީ ރައްޔިތުންނަށްޓަކާ ކަން އަދި ވެރިކަން ދޫކުރެއްވީވެސް ރައްޔިތުންނަށްޓަކާ ކަން. ބާރުގެ ބޭނުން ކޮށްގެން އޭރުވެސް ވެރިކަން ކުރެވުނީސް. މިހާރު މިހުރީ ފެންނަން އޭގެ ދިމާ އިދިކޮޅު. އަމިއްލަ އެދުން ނޫން އެއްޗެއް ނެތް. ރައްޔިތުން ނަށް ބިމުގެ ވެއްޔަށް ކުރާ ޤަދަރުވެސް ނުކުރެ. ޕީޕީ ކުދިން ހަޖަމު ކޮށްލާ މި ވާހަކަ
ރޮބިން
15 March 2018
ރައްޔިތުންނަށްޓަކައި ކަމައް ބުނިނަމަވެސް އަމިއްލަ އެދުމުން ފުރިގެން އަންނި ވެސް ވެރިކަން ކުރީ އަދު މިއަދުވެސް
ފާޝް
15 March 2018
ރައީސް ނަޝީދު ވެރިކަން ދޫކުރެއްވީ ރައްޔިތުންނަށްޓަކައި ނަމަ އަނެއް ދުވަހު ވެރިކަން ހޯދަން މަގުމައްޗަށް ނުނިކުންނާނެ އަދި ގައުމުގެ އެތައް ތަނެއްގައި ހުޅުނުޖަހާނެ. މީހުން އެއްކޮށްގެން ބާރުގެ ބޭނުން އެދުވަހުވެސް ކުރަން އުޅުނު. ކާމިޔާބުނުވީ. ޚުދުމުޚުތާރު ވެރިއެއް ކަމަށް އެންމެ ފުރަތަމަ މަޝްހޫރުކުރުވީ ރައީސް މައުމޫން އެކަމު ނަޝީދު މައުމޫނާ ގުޅުނު ހިސާބުން އެކަން އެއީ ނަޝީދު ހަދައިގެން އުޅުނު ބޮޑު ދޮގެއްކަން އެއޮތީ ސާފުކޮށް އެނގެން. މީހުންނަށް އޮޅުވާލައި ގައުމުގައި ހަމަނުޖެހުން އުފެދޭ ވަރަކަށް އެމީހަކަށް ހަމަޖެހުން ލިބޭ މީހަކީ ކޮން ކަހަލަ މީހެއް؟
ނާޝް
15 March 2018
ޝިފާނު ތިޔަ ބުނީ ފުލުހުންގެ ޔުނިފޯރމް ގަ ތިއްބަސް އެއީ ފުލުހުން ކަން އަދިވެސް ޔަޤީން ނުވާކަމަށް. އެހެންވީމަ އިދިކޮޅު މުޒާހަރާ ތައް ހުއެޓުވުމަށްވެސް ފުލުހުންގެ ޔުނިފޯރމް ގަ ތިބޭ ފުލުސް ނޫން މީހުން ނިކުމެޔޭ ބުނެ ކުރާ ތުހުމަތަށް ބާރު ލިބޭ ނުރައްކާތެރި ބަހެއް ތިޔަ ބުނެވުނީ. ފެބްރުއަރީ 7 ގަ ފުލުހުންގެ މުގުރު ތަކާ ޝީލްޑް ތައް ޢާއްމުންނަށް ބެހި މަންޒަރު ފެނުނު ހިސާބުން މަ ތިބަޔަކަށް ޝައްކު ކުރަން ފަށައިފިން.
ލޯކޯ
15 March 2018
ހެހެ އަޅެފަހެ މޮޔައިންތަ ތީ؟ ބަލަގަ އެބުނަނީ އޭޕްރީލް 1 ގައޭ؟؟؟؟ ގެޓުނުވޭތޭ؟؟؟؟ ލޯކޯ މޮރޑިސް.
ފުލުހުން
15 March 2018
ޓު ޕްރޮޓެކްޓް އެންޑް ސަރވް!!! ސާބަހޭ ފުލުހުންނޭ