ވަފާގަކީ ބަހުރޭނުގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އުވާލީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ. --ފޮޓޯ: ރޮއިޓާސް
18 ޖުލައި 2016 - 11:58
މަނާމާ (ޖުލައި 17) - ބަހުރޭނުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކޯޓު އަމުރެއްގެ ދަށުން އުވާލާ އެ ޕާޓީގެ މުދާތައް ހިފަހައްޓައިފި އެވެ.
ޝިއައީންގެ ވަފާގު ނޭޝަނަލް އިސްލާމިކް ސޮސައިޓީ އުވާލުމުގެ ކުރިން ބަހުރޭނުގެ ސުންނީ މުސްލިމް ސަރުކާރުން މިދިޔަ މަހު ވަނީ އެ ޕާޓީ މަނާކޮށްފަ އެވެ. ބަހުރޭނުގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، ވަފާގު ޕާޓީގެ ހުރިހާ މުދަލަކާއި ފައިސާއެއް ސަރުކާރާ ހަވާލު ކުރާނެ ކަމަށް ވެސް އަލް އަރަބިޔާ ޓީވީން ބުންޏެވެ.
ވަފާގުން ދަނީ 2011 ވަނަ އަހަރުން ފެށިގެން ބަހުރޭނުގައި ޑިމޮކްރެސީ ގާއިމްކުރުމަށް އެދި ގޮވާލާ އެއްވުންތައް ބާއްވަމުންނެވެ. އެ އަހަރުގެ ފެބްރުއަރީ މަހު މަގުތަކަށް ނުކުތް މީހުން ވަނީ ސިޔާސީ ހައްގުތައް ހޯދުމަށާއި ޝިއައީންނާ މެދު ތަފާތު ނުކުރުމަށް އެދި ގޮވާލައިފަ އެވެ. ޖެހިގެން އައި މަހު ރަސްގެފާން ހަމަދު ބިން އީސާ އަލް ޚަލީފާ ވަނީ އަވަށްޓެރި ގައުމުތަކުން ސިފައިން ގެނެސް ގަދަ ބާރުން މުޒާހަރާތައް ހުއްޓުވައިފަ އެވެ. މި ހަމަނުޖެހުންތަކުގައި ވަނީ އާއްމުންގެ 30 މީހުންނާއި ފުލުހުންގެ ފަސް މީހުން މަރުވެފަ އެވެ.
ޖަސްޓިސް މިނިސްޓްރީން މިދިޔަ މަހު ބުނީ ގައުމީ ސަލާމަތަށް ޓަކައި ވަފާގު ޖަމާއަތް މަނާކުރުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. މި ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލްގެ ޖަލު ހުކުމް ހަތަރު އަހަރުން ނުވަ އަހަރަށް ކޯޓުން މިދިޔަ މަހު ވަނީ އިތުރު ކޮށްފަ އެވެ. މީގެ އިތުރުން ބަހުރޭނުގެ އެންމެ ވަރުގަދަ ޝިއައީ ދީނީ ލީޑަރު ޝެއިޚު އީސާ ގާސިމްގެ ރައްވެހިކަން ވެސް ވަނީ ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޅު
18 July 2016
ބަހްރައިންގެ ސިޔާސީ ޕާޓީގެ ޤާނޫނުގެ 21 ވަނަ މާއްދާގައި ކޯޓުއަމުރަކުން ޕާޓީ އުވާލެވޭނެކަމުގެ އިޝާރާތެއް އޮވެއެވެ. އެހެންކަމުން އެކަން އެގައުމުގައި ކުރެވުނަސް އަދި މިގައުމުގައި ނުކުރެވޭނެއެވެ.
މެންޓަލިސްޓް
18 July 2016
ތިޔައި އިސްލާމީ ދުނިޔޭގައި އުފެދިފައިވާ ފިރުގާތަކުގެ މައްސަލަ ، އެބައުޅޭ ސުންނީންނާއި . ޝީއީންނާއި ، އަހްމަދީންނާޢި ، ގާޑިޔާނީންނާޢި ، ގުރުއާނީންނާ މިހެންގޮސް ބައިވަރު ، ސުވާލަކީ މާތްނަބިއްޔާ އަކީ ސުންނީއެއްތޯ ؟ ޝިއައީއެއްތޯ ؟ އިބްރާހިމް (އސ)އަކީ ސުންނީއެއްތޯ ޝިއައީއެއްތޯ ؟ ޖަވާބަކީ އެދެބޭފުލުންވެސް އެއީމުސްލިމުންނޭ ، މިސްލިމުން ތިބޭނީ މުސްލިމުންގެ ނަމުގައި ، ޢޭގެކުރިއަށް ސުންނީ ޝީއީ ނާންނާނެ ، އެއީ ނަބިއްޔާއަކީވެސް ސުންނީއެއްވެސް ޝީއީއެއްވެސް ނޫން ، ހަމައެކަނި މުސްލިމެށް ،
ބޫ
18 July 2016
މީގެ އިތުރުން ބަހުރޭނުގެ އެންމެ ވަރުގަދަ ޝިއައީ ދީނީ ލީޑަރު ޝެއިޚު އީސާ ގާސިމްގެ ރައްވެހިކަން ވެސް ވަނީ ނަގައިފަ އެވެ. މި ގައުމުގައި މި އުޅޭ މީހުންނަށްވެސް މިހެން ހަދަން ފެނޭ،
ރަދީފް
18 July 2016
ބޫ ޑިމޮކްރަސީ މިބަސް ދަންނަންތަ؟؟ ލަދުކޮބާ؟؟؟
ހުސޭނުބެ
18 July 2016
ގައުމު ހަމަޖެހުން ނަގާލާ އަބަދު ތަޅާ ފޮޅުމަށް ހިތްވަރުދީ ސުންނީންނާ ޝީޢީންގެ މެދުގައި ހަމަނުޖެހުން އުފެދޭގޮތަށް ހިތްވަރުދީ ހަދާ ޕާޓީއެއް ތިޔަޕާޓީ ވެފައިވަނީ!! އެހެންކަމުން މިފަދަ ޕާޓީ ތަކުން ޑިމޮކްރަސީގެ ނަމުގައި މަސައްކަތްކޮށް ގައުމު ހަލާކު ކުރަމުންދާތަން ގިނަ ފަހަރަށް ފެންނަނީ!! ބަހުރޭންގައިވެސް މިދޭތެރެއިން ހިނގި ހުރިހާ ހަމަނުޖެހުމެއްގެ މުގުލުގައި އޮތީ ތިޔަ ޕާޓީ!! މިފަދަ ޕާޓީތަކަށް ޣައިރު މުސްލިމުން ކުރާ ތާޢީދުވެސް ބޮޑު!! އެއީ މުސްލުމުން ގައުމުތައް ހަލާކުކުރުމުގެ ބޭނުމުގައި ކުރާ ތާޢީދު!! މިއަދު މިގައުމުގެތެރޭވެސް ތިޔަފަދަ ޕާޓީއެއް އެބައޮތް!! ތަފާތަކީ ތިޔަފަދަ ފިޔަވަޅެއް އަޅަން މިގައުމަށް ނުކުރޭކަން!! ޕާޓީކުރާ ކަމަކީ ހަމަ ފިތުނަ ފަސާދަ އުފެއްދުމާއި ހަމަނުޖެހުން ނަގާލުން!! މިއީ މާޒީގައި ހިގާފައިވާ ކަންތައްތަކުން ލިބިފައިވާ ފިލާވަޅުގެ އަލީގައި ލިޔެލި ކޮމެންޓެއް!!
ތުއްޕުޅު
18 July 2016
އެއީ ކޮންޕާޓީއެއް؟ ޕީޕީއެމްތަ؟ ހުސޭނުބޭ ތިހެން ބުނެލީމާ އެދެން ހަގީގަތަކަށްވީ ތަ؟
ހަދީޖާ
18 July 2016
އޭ.. ތިއޮތީ ރަނގަޅު އައިޑިއާއެއް.. ރާއްޖޭގާ އެމްޑިޕީއާ، އަދާލަތާ ޖުމްހޫރީ އުވާލާނީ.. އޭރުން އެ ނިމުނީ ހުރިހާ ކަމެއް..
ރަދީފް
18 July 2016
ބަހުރޭންގެ އިދިކޮޅު ޕާޓީ ކޯޓުން އުވާލައިފި. އޯކޭ ދިވެހިމާހައުލާ ގުޅޭގޮތައް ތިޔަ ސުރުހީ ދިވެހި ނޫސްތަކުން ފެނުންވެސް ވަރަށް ކައިރި.