ހައްޔަރުކުރުމުގެ ކުރިން އިބޫ ޖުމްހޫރީ މައިދާންގައި - ފޮޓޯޯ: ސޯޝަލް މީޑިއާ
17 މާޗް 2018 - 10:03
އިދިކޮޅު ކޯލިޝަންގެ އިސް އެއް ލީޑަރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން އިބޫ ހައްޔަރުކޮށްފައިވަނީ މުޒާހަރާގެ ބައިވެރިންނާ އެކު ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދަވަނިކޮށެވެ. އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އިބޫ މިހާރު ވަނީ ދޫނިދުއަށް ގެންގޮސްފަ އެވެ.
MDP Parliamentary Group leader @ibusolih has been arrested and transferred to Dhoonidhoo. pic.twitter.com/8IeEkzDj7R
— MDP Secretariat (@MDPSecretariat) March 16, 2018
އިބޫ ހައްޔަރު ކުރި ކަމަށް ބުނެ އެމްޑީޕީން ކުރި ޓްވީޓް
އިބޫގެ އިތުރުން ރާއްޖޭގެ ސިޔާސީ ދާއިރާގެ އިސް އެތައް ބޭފުޅުންނެއް ވެސް މިހާރު ތިއްބެވީ ދޫނިދޫގައި ބަންދުކޮށްފަ އެވެ. އޭގެ އިތުރުން އިދިކޮޅު ހަރަކާތުގެ އިސް އެތައް ހިންގުންތެރިންނެއް ވެސް ދޫނިދޫގައި ބަންދުކޮށްފައިވެ އެވެ.
މިއީ އިބޫ ހައްޔަރުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލިހުގެ އިދާރާ ހިމެނޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، ފުލުހުންގެ ސަފުތައް ފޫއަޅުވާލި މައްސަލައިގެ ތުހުމަތުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ކުރި އެވެ.
އިބޫގެ އިތުރުން ރޭގެ މުޒާހަރާގައި ގިނަ އަދަދެއްގެ އާންމުން ހައްޔަރުކުރި އެވެ.
މަޖީދީމަގުން ރޭ ފެށި މުޒާހަރާ ފުލުހުން ރޫޅާލުމުން މުޒާހަރާގެ ބައިވެރިން ދިޔައީ ޖުމްހޫރީ މައިދާނާ ދިމާއަށެވެ. ރޭ 2:00 ޖަހަންދެން ކުރިއަށް ގެންދިޔަ އެ މުޒާހަރާ އެންމެ ފަހުން ހުއްޓުވީ ކަރުނަގޭސް ޖަހައިގެންނެވެ. މިއީ 2015 ގެ ފަހުން އާންމުންނާ ދެކޮޅަށް ކަރުނަ ގޭސް ބޭނުންކުރި ދެ ވަނަ ފަހަރެވެ. ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރަށް ފަހު އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވި މީހުން ފޮނުވާލީ ވެސް ކަރުނަ ގޭސް ޖަހައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
18 March 2018
ސާބަހޭ ! ތި ތިއްބަވަނީ ޙަޤީގީ ލީޑަރުންނަކީ. ތާރީޙު ލިއުއްވާ ބޭބޭފުޅުން އިބޫ ގެ ނަން އުތީމު 3 ބަންޑާރައިން ގެ ނަން ލިއުއްވި ގޮތައް ތާރީޙު ފޮތް ތަކުގައި ލިޔާނެ ކަމާއި މެދަކު މަމެން އެއްވެސް ޝައްކެތް ނުކުރަން. ހިތްވަރު ކުރޭ. ނަސްރު ލިބެނީ ގަދައަލާ މަސައްކަތް ކުރުމުން ކަމަށް އިލްމް ވެރިން ވިދާޅުވޭ.
ޖައްސާތި
17 March 2018
އިބޫ ހައްޔަރު ކޮށްގެން ދޫނިދޫ އަށް ގެންދިއުމުން ދެން ކޮބާތޭ މައްސަލަ އަކީ މައްސަލަ އެއް ނެތެއް ނޫންތޭ އެމެން ގާނޫނާއި ޚިލާފަށް މުޒާހަރާ ކުރުމުން ނޫންތޭ ހައްޔަރު ކުރީ. ކުޅަދާނަ އެއް ނޫން މިފަހަރު ސަލާމަތް ވާން ކުޅަދާނަ އެއް ނޫނޭ. މީ މަމެންގެ ވެެރިކަން މީ މަމެންގެ ގައުމު ދޯ. ކޮބާ ކުއްލި ނުރައްކަލުގެ ހާލަތު އެކްސްޓެންޑް ކުރަންވީއޭ ޖުލައި މަހުގެ ނިޔަލަށް ކުދިންނޭ. ޖައްސާ ޖައްސާ ޖައްސާ ލާރޖް ކޮށް ޖައްސާ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. ރަންރީނދޫ ޓްވިޓަރޭ މެން މަަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ.
ހެމްސް
17 March 2018
މި މީހުންތިބެނީ އެތާގޮސްބަޑުކޮއްލާގެން ހުރިހާ ގުރުބާނީއެއްވާންޖެހެނީ ހީރޯ ރަތްޔިތުން ދެން ހުރިހާފޮނިކޮޅޭއް އެމީހުން ދަމައިގަންނަނީ
Yoosuf Fulhu
17 March 2018
ޚާއްޞަކޮށް އެމްޑީޕީ މީހުން....މުޒާހަރާ ލީޑުކުރުމުގާވެސް އުޅެނީ ގޮނޑިގެއްލިގެން ނޭވާހޮޅި ފިތިފަ ތިބިކުދިންކޮޅާ ސޭޓް ކުންފުނީ ކެނައިން...އެމްޑީޕީ އަކީ އަބަދުވެސް ޔަހޫދީ ހިޔަޅު ފިކުރުގެ ބައެއް.
ބެލިން ތެރިޔާ
17 March 2018
އަން ނި ނޭވާ ލާހާ ދުވަހަކު ރާއްޖެ އަކަން ހަމަޖެހުމެއް ނެތް މީ ބޮޑު އުދަގުލެއް ކަހަލަ މީހެއް
އުމަރު
17 March 2018
ބަންދުކޮށްކޮށް ވަރުބަލިވާނެ، ހަމަޖެހޭނީ ދޫކުރަން، ރައީސް ޔާމީނުގެ ސަރުކާރުގެ ބައެއް މިނިސްޓަރުން ގާނޫނީ ވާހަކަ ނުދައްކާ، އިސްލާމްދީނުގެ ވާހަކަ ނުދައްކާ، އިސްލާމީ ވެރިޔަކު ތިޔަގޮތަކަށް އޭނާގެ ޤައުމުގެ މީހުންނަށް އަނިޔާނުކުރާނެ، ތިޔަކުރައްވަނީ ވެރިކަމެއްނޫން، ވެރިކަމަކީ ރައްޔިތުންގެ ލޯބި ހޯދައިގެން ކުރާ ވެރިކަމެއް، ރައްޔިތުންތިބީ ވަރަށް ރުޅިއައިސްފައި، ހިތްހަމަ ނުޖެހިފައި، ރައްޔިތުންތިބީ ވަރަށް ބިކަމެ، ނިކަމެތިވެފައި، ޖީޑީޕީގެ އަސަރެއް ރައްޔިތުންނަކަށް ނުކުރޭ،
މުހައްމަދު އަހްމަދު
17 March 2018
ޢަޅުގަނޑު ދެކޭގޮތުގައި އިބޫ ރައީސް ނަޝީދައްވުރެ ޕްރެޒިޑެންޝިއަލް ކޮލިޓީސް އެބަހުރި. މިސާލަކައް ރައީސް ނަޝީދު ވަރައްގިނައިން ޖޯސް އައިސްގެން ގޮސް ކިޔޭ ނުކިޔޭ ނޭންގޭ ފަހަރު އާދޭ. މިހުން މިދަންނަވަނީ ރައީސް ނަޝީދު ގޯސްވީމަކާ އެއްނޫން. ރައީސް ނަޝީދު ހަމަ ބަރާބަރު އެކަމަކު އިބޫ ރައީސް ނަޝީދައްވުރެ ވައިސް ކަމައް ފެނޭ. ޢެމްޑީޕީއިން ރައީސް ނަޝީދު ނެރެވޭނެ ގޮތް ނުވެއްޖެނަމަ އިބޫ ނެރެގެންވެސް އިންތިހާބު ކާމިޔާބު ކުރެވޭނެކަން ހަމަ ޔަގީން.
Yoosuf Fulhu
17 March 2018
ތިކަން ތިހެން އޮއްވާ ކީކުރަން ކަލޭ މުޒާހަރާއަށް ނިކުމެ ގައުމު ހަލަބޮލި ކުރަން ތިއުޅެނީ....އިބޫ ގޮވައިގެން ކެމްޕޭނަށް ނިކުމެބަލަ
ނީރާ އަބޫބަކުރު
17 March 2018
މިހާރު މުޅި ޤައުމުގައިވެސް ހުރި އެންމެ ދީންވެރި ބޭފުޅުންނަކީ އަދުރޭ އާއި ނިހާނު. އެދީނުގަ އޮންނަ ގޮތުން އަނިޔާވެރި ވުމާ މީހުންގެ މުދާ ފޭރުމާ ވައްކަންކުރުމާ ލާ އިންސާނީ ހުރިހާ ޖަރީމާތަކެއް ހިންގުމާއި ރައްޔިތުންގެ ބައިތުލްމާލު ދަވާލުމަކީ އެންމެ ދީންވެރި ތަޤުވާވެރިން ކޮށްއުޅޭ ކަންކަމެވެ.
ސވލއ
17 March 2018
އެމީހުންގެ ދީނައްކިޔަނީ 'މަގެދީން' ދޮތަ؟
މުރާސިލް
17 March 2018
ތިހެން ހަަމަ ނުޖެހުން ހިންގާކަށް އިބޫއެއް ކާސިމެއް ކަމަކު ފުރުސަތެއް ނުދެވޭނެއެވެ. ތިޔަ މީހުން އަަދުވެސް ބައިތިއްބަންވީ ޖަލުގައެވެ. އޭރުން ގައިމު އެހެން މީހުންނަށް ހަަޖެހިލައިގެން މި ޤައުމުގައި އުޅެވޭނެއެވެ.
ޙަމީދު ދ
17 March 2018
ކީއްވެތޯ ކަރުނަ ގޭހުގެ ހިސްޓްރީ އެއްކޮށް ނުކިޔުއްވީ. ޢަންނީ އިސްތިއުފާދެއްވި ދުވަހު ކަރުނަ ގޭސް ޖެއްސްވި ވަރު މަދީތޯ.
ޢަލީމް
17 March 2018
އޭރުންވާނެ ގޮތަކީ 2012ގެ ބަޣާވާތުގެ ހިސްޓުރީވެސް ގެންނަންޖެހޭނެ.
ރިމްޒް
17 March 2018
ގިނަ ބައެއްގެ އިހްތިރާމް ލިބިފައިވާ އަދި ސަރުކާރުގެ އިސް މީހުން ވެސް ގަދަރުކުރާ މިފަދަ ޝަހުސިއްޔަތެއް ހިފާ ހައްޔަރުކުރުމުން އެނގެނީ ޔާމީނަށް ގޮތް ހުސްވީކަން. ވަގުތު ޖެހެނީ.
ބެއްޔާއްކަލޯ
17 March 2018
ކިތަންމެ ނަންހުރި ގަދަރުބ\ވެރިއެއްވިޔަސް ގައުމީ މަސްލަހަތަށްޓަކައި ބަންދު ކުރަން ޖެހުނީމަ ބަންދު ކުރާނެ. ރައީސް ނަޝީދުގެ ވެރިކަމުގަ، ޔާމީން އަބުދުްލް ގައްޔޫމް ހައްޔަރު ކުރީ ކޮންކަމެއް ކޮށްގެން ނުވަތަ ކޮންކަމެއް ނުކޮށްގެންބާ؟
ލިނަޒް
17 March 2018
ޔާމީނު ހައްޔަރުކުރަން ޖެހޭ. ދައުލަތުގެ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓްގައި.
ހެހެ
17 March 2018
އަންނިވެސް ގޮތް ހުސްވެގެން ވެރިކަމުގެ ފަހުކޮޅު ފުލުފުލުގަ ސިޔާސީ އިސް މީހުން ހައްޔަރުކުރަމުން ގެންދިއައީ...ޔާމީނަށް ގޮތް ހުސްވީއޭ ތިހެން ކިޔާތާ ލައްކަ ދުވަސްވެއްޖެ. އެކަމު އަދިވެސް ގޮތުން ފުރިފަ ހުންނަ ކަމަށް ފެންނަނީ. އެސްއޯ ފުލުހުން ވީޑީއޯގަ ކުރި ހުވައާ އެއްގޮތަށް ނުނިކުތީ ކީއްވެބާ؟
ހނރތ
17 March 2018
ގައުމީ މަސްލަހަތަށްޓަކާ ޔާމީން އަށް ފިޔަވަޅު އަޅާކަށް ނުޖެހޭތަ. ރާއްޖެ އަވަދިކޮށް ނިންމާއިރު.