ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
24 މާޗް 2018 - 11:56
އިދިކޮޅު ފަރާތްތަކުގެ މިސްރާބެއް ނެތް ކަމަށާއި އެމީހުންނަށް ކާމިޔާބު ނުލިބޭ ސަބަބަކީ އެއީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެެވެ.
ގއ. ވިލިނގިލީގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ މިހާރު އިދިކޮޅުގައި ތިއްބެވި ލީޑަރުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ހަގީގަތްތައް ކުރިިން ވިދާޅުވެފައި ކަމަށާއި އެ ބޭފުޅުންގެ ދުރުވިސްނުމެއް ނުވަތަ ހާސިލްކުރަން ބޭނުންވާ ވަކި ލަނޑުދަނޑިއެއް ނެތް ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި، މިއީ ރައީސް އަބްދުﷲ ޔާމީން ހައްގުގެ މަގުގައި ދެމިހުންނެވިކަން ސާބިތުކޮށްދޭ ސަބަބެކެވެ.
"ފެނިގެން ހިނގައްޖެ 30 އަހަރު، އެންމެ ވެރިއަކު ވެރިކަން ކުރި ތަން. ފެނިގެން ހިނގައްޖެ އެގޮތް ކަމު ނުދެއޭ، އެ ވެރިއަކު ވެރިކަން ކުރީ ގޯސްކޮށޭ ބުނެ ތިން އަހަރު ރައީސްކަމާ ހަވާލުވި ވެރިއެއް، ފެނިގެން ހިނގައްޖެ އެ ވެރިމީހާ ތިން އަހަރަށް ފަހު އިސްތިއުފާ ދީފައި ދިވެހި ރައްޔިތުންނާ ދުރަށް ދިޔަ މަންޒަރު، 23 ޑިސެމްބަރުގައި، ދާދި ކައިރި ތާރީހެއްގައި ޝެއިހު އިމްރާން ވިދާޅުނުވޭތޯ ރައީސް ނަޝީދަކީ ހުޅަނގުގެ އެޖެންޓެކޭ، ރައީސް މައުމޫން ވިދާޅުނޭތޯ މުހައްމަދު ނަޝީދަކީ ކާކުކަން، ގާސިމް އިބްރާހިމް ވިދާޅުނުވޭތޯ މުހައްމަދު ނަޝީދަކީ ކާކުކަން، މުހައްމަދު ނަޝީދު ވިދާޅެއް ނުވޭތޯ ރައީސް މައުމޫނަކީ ކޮން ބޭފުޅެއްކަން. ރައީސް މައުމޫން ވިދާޅެއް ނުވޭތޯ ދެން ތިބި ބޭފުޅުންނަކީ އާދެ، އިދިކޮޅު ކޯލިޝަންގައި މި ތިއްބަވާ މީހުންނަކީ ކޮބައިކަން،" ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އިދިކޮޅު މީހުންގެ އެއްވެސް މިސްރާބެއް، އެއްވެސް ކަހަލަ ޕްލޭނެއް ނެތް" ކަމަށެވެ.
"...ތަރައްގީގެ އެއްވެސް ކަހަލަ ފިކުރެއް ވިސްނުމެއް ނެތް ބައެއްގެ ވާހަކަ. އެއީ އެ މީހުންނަށް ކާމިޔާބު ނުވާނެ ސަބަބަކީ. އެއީ ރައީސް ޔާމީން ހައްގުމަގުގައި ހުރިކަން ދޭހަކޮށްދޭ އެންމެ ސާބިތު އަސާސަކީ."
އޭނާ ވިދާޅުވީ ރައީސް ޔާމީން ގައުމު ތަރައްގީކުރައްވަނީ އެންމެ ހެޔޮ އަގުގައި ބޭރު ފައިސާ ހޯއްދަވައިގެން ކަމަށެވެ. އެއީ މި ފަހުގެ ތާރީހެއްގައި ގައުމަކަށް ލިބޭނެ އެންމެ ހެޔޮ އަގު ކަމަށް ސައީދު ވިދާޅުވި އެވެ.
ރައީސް ޔާމީން ގައުމާ ހަވާލުވެވަޑައިގެންނެވީ ގައުމު އަނދިރިކަމަކަށް ވައްޓާލައި ނާމާންކަމެއްގެ ތެރޭގައި އޮއްވައި ކަމަށާއި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެމަނިކުފާނު ކޮށްދެއްވި މަސައްކަތުން އިތުރު ދައުރަކަށް ޖާގަ ދެއްވަން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވި އެެވެ.
ރައީސް ޔާމީން އަލުން އިންތިހާބުކޮށްފި ނަމަ، ސައީދު ވިދާޅުވި ގޮތުގައި، ބޭރު ގައުމުތަކަށް ގޮސް ސަލާންޖަހާކަށް ނުޖެހޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމިއްލަމީހާ
25 March 2018
ސައީދުގެ ވާހަކަނ ކިތައްމެހާވެސް ރަނގަޅު އިނދިކޮޅުމީހުންގެ އަމާޒަކީ މަގުމަތީގައި ހަޅޭއްލަވާފަ ދިއުންކަމައްވާނަމަ އެއަމާޒަށް ވާސިލްވެވޭ އެކަމަކު ވަކިމަގުސަދެއް ހާސިލްކުރަންކަމަށްވާނަމަ އެބުނާ އަމާޒެއްނެތް މިސްރާބެއްވެރިޔެއް
އިންސާރފް
25 March 2018
މިސްރާބު ހުރީ ހަމަ ބަރާބަރަށް ސީދަލަށް، އެއޮތީ ކުޑަކަކޫ ޖައްސުވާފަ!!!
ޢަލިދީދީއައްޑޫސިޓީ
25 March 2018
ހުރިހާ ވެސް މައްސަލަޔަކީ އޮޑި ދުއްވަން ހުރި ކައްޕިޔަށް މިސްރާބު އޮޅިގެން ގޯޅި އަޅައިގެން ދިއުން. އޮޑީގެ ފަޅުވެރިކުދިން މިކަހަލަ ވާހަކަ ދެއްކުމަކީ ލަދުވެތިކަމެއް. އޮޑި ދުއްވަން ނޭނގެންޏާ މަމެންނާ އޮޑި ޙަވާލުކުރޭ މެކުހަށް ޖަހާފަ ފަރަށް ނާރުވާ ގެންގޮސް ބާލަދޭނަން.
ޓިނު
25 March 2018
ހިއެއްނުވޭ މިސްރާބެއް ތިއައްވުރެ ބޮޑައް އޮތް ބަޔަކު ދުނިޔޭއަވެއް އުޅޭކަމަމަށް؟
ދޮންކަމަނަ
24 March 2018
ތިޔާ ސޮރުގެ އަގަ ބަންދުކުރަން އެބަޖެހޭ؟؟؟ އަޅެފަހެ ހައިރާނެއް ނުވާނެތަ؟ މިސްރާބުނެތީ ކޮން އޮޑިއެއްގައިބާ؟؟؟ ތިޔަ އުޅެނީ ރައްޔިތުންގެ ރަނގަޅު މަޖްލީހެއް ބާއްވަން ނުކެރިގެން އަހަރުވަނީ މިހާރު. އަދިވެސް ބޮޑުވާހަކ ބުނާށެވެ.
އިހުމާލް
24 March 2018
މިސަރުކާރުގެ މިސްރާބު ހުރީ ތިވެހި ރައްޔަތުންގެ ޙަޒާނާއާއި ދިމާލަށް، އެކަން މިހިރަ ފެންނަނީ،،ޕަކަޕަކަ ލާފަ...
އަހައްމާ
24 March 2018
ކާންދޭ އަތުގައި ދަތްއަޅާ ސައީދު.
ބާބޫ
24 March 2018
ތިކަން އެގުނެއްނު ޢެންމެފަހުން ބޭއްވި ކައުންސިލްގެ އިންތިހާބުން ؟
ކަބީރު
24 March 2018
އަބަދުވެސް ތިއުޅެނީ ކޮންމެސް މީހަކާއި އަޅައިގަނެގެން ؟ ދެން ރައްޔިތުންނައް ކަމެއްކޮށްދެބޭނީ ކޮހެނެއް
މައްމަނު އާދަނާ
24 March 2018
މި މީހުންގެ މިސްރާބު ހުރީ މާލިއްޔަތު ދުވެ ސާފު ކުރުން ދޯ