އަކްރަމް އަބްދުލްވައްހާބް. އޭނާއަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒްއާ އާއިލީ ގޮތުން ގުޅުން ހުރި ބޭފުޅެއް.
29 މާޗް 2018 - 12:21
ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައި ތިބި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ، ފުލުހެއްގެ ފޯނު އެއް މަސް ދުވަހަށް ހިފަހައްޓާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ޗީފް ސްޓޭޝަން އިންސްޕެކްޓަ އޮފް ޕޮލިސް އަކްރަމް އަބްދުލްވައްހާބުގެ ފޯނު ހިފަހައްޓާފައިވާއިރު، އޭނާ އަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ،މާފުށީ ޖަލުގައި މިހާޜު ބަންދު ކޮށްފައިވާ އަބްދުﷲ ރިޔާޒްގެ އާއިލީ ބޭފުޅެކެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރިޔާޒް ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.
އަކްރަމްގެ ފޯނު ހިފެހެއްޓީ ދޫނިދޫގައި ހައްޔަރުގައި ތިބި ބައެއް ގައިދީން ގަވައިދާ ޚިލާފަށް އެތަނުން ދޫކޮށްލަން އުޅޭ ކަމާއި ސިޔާސީ ބޭފުޅުންނަށް ނާޖައިޒް މަންފާ ހޯދައި ދިނުމަށް މަސައްކަތް ކުރުމާއި ސިޔާސީ ގޮތުން ވަކި ފިކުރަކަށް ތާއީދުކޮށް ވާހަކަ ދައްކާ ކަމަށް ބުނެ އެވެ.
ދޫނިދޫގައި ހައްޔަރު ކުރި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ، ފުލުހެއްގެ ފޯނު ހިފެހެއްޓިއިރު، ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ބައެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ފުލުހުން މަގާމުން ވަކިކޮށްފައިވެ އެވެ.
ސިޔާސީ އިދިކޮޅު ލީޑަރުން ވެސް ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ކުރި އަމުރާ މެދު ސަރުކާރުން ގޮތެއް ނުނިންމަނީސް، އެ އަމުރު ފުލުހުންގެ މުއައްސަސާ އިން ތަންފީޒު ކުރަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އަރީފަށް ކުރެ އެވެ.
އެ އަމުރުން ދައުލަތް ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ފަހު ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.
އަމުރު ބާތިލްކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ އަމުރަކީ، ބޮޑެތި އަދަދުތަކުން ދެ ފަނޑިޔާރަކު ވެސް ހިމެނޭގޮތަށް ރިޝްވަތުގެ ފައިސާ ނަންގަވައި ވެރިކަން ވައްޓާލަން ހިންގި އަމަލުތަކެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެރު
29 March 2018
އަނެއްކާ އެއީ ތަޅު ހުޅުވާ ޒާތުގެ ފޯނެންބާ؟
Thhhk
29 March 2018
ކޯޓުން ދޫކުރީމަވެސް ހިފަހަޢްޓައިގެން އުޅެނީ ހަމަ ބިރުން ...... ހެއްދެވި ފަރާތް ދެކެ އެކަނި ބިރު ގަންނަން ޖެހެނީ ...
މޯޑް
29 March 2018
މިހާރު ފޯނު ފިހާރައެއް ހުޅުވާވަރަށް އެކި ފަރާތްތަކުގެ ފޯނު ހިފަހައްޓައިފި!
އަލީ_
29 March 2018
އެންމެ ފުލުހަކު ބޭނުންވިޔަސް ގައިދީން ދުލެއް ނުކުރެވޭނެ. އެއީ ސިއްރުސިއްރުން ކުރެވޭނެ ކަމެއް ނޫން. ވީމާ ތިޔަ ބޮޑަށް ވައްތަރީ ސިޔާސީ ހިތްބިރުގަތުމެއްގައި ބަދަލުހިފަން ތެޅިގަތް ތެޅިގަތުމަކާ.
ހަދާން
29 March 2018
ތީނަ ތީ 7 ފެބުރުއަރީގަ ޖުމްހޫރީ މައިދާނުގައި އޭރުގެ ރައީސާ އިދިކޮޅަށް އެންމެގަދައަށް އަޑުއުފުލި އެކަކު
1828
30 March 2018
އަޑު އުފުއްލަން ޖެހޭ ހާލަތްތަކުގައި ވެރިމީހާއާއި ދެކޮޅަށްވެސް އަޑު އުފުއްލަން ވާނެ. އެއީ މައްސަލައެއް ނޫން.
ދަމުބޭކަލުން
29 March 2018
ދެން ދުވަސްކޮޅަކުންއިވޭނީ ފޯނެއްނައްތައިލައިގެންޓެރަރިޒަމުގެ ދަޢުވާކުރިވާހަކަ.
މިތު
29 March 2018
މިހާރު މީ ޓެކްނޮލޮޖީގެ ޒަމާންވީމައި ތޯއްޗެކެވެ. ފުރަތަމަވެސް ކުއްވެރިވެ އަދަބު މިލިބެނީ ސްމާޓްފޯނަށް ..
ލުއްޑާ
29 March 2018
1 ފެބްރުއަރީގެ 2018ގެ އަމުރުން އެނގެނީ އެއަމުރަކީ ވެރިކަމުގައި ހުރިބޭފުޅަކަށް ހަޖަމުނުވި އަމުރެއްކަމަށް.
ސަމާލު
29 March 2018
ހުރިހާ ފުލުހުންވެސް ސަމާލު ވާން ޖެހިއްޖެއެވެ. ކޮންމެ ވަގުތަކުވެސް ކޮންމެ ފަދަ ތުހުމަތެއްވެސް ކޮށްފާނެއެވެ. މިއީ ފެންކައްކާ ބޮލީގެ އިއްޒަތްދޭ ސަރުކާރެކެވެ. އެވަގުތަކު ފެނިވަޑައިގަތްގޮތް އެއީ ރަގަޅު ގޮތެވެ.
ހަސަނު
29 March 2018
ދެން އޭނަ އާ ފޯނެއް ގަންނާންތަ ޖެހޭނީ އެއް މަސްދުވަހަށް...؟