މަހްލޫފް: އޭނާ މިހާރު ދަނީ ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން --ފޮޓޯ/މިހާރު
20 ޖުލައި 2016 - 10:56
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ދައުވާކުރާ ދެވަނަ މައްސަލައިގެ ހުކުމް އިއްވުން މާދަމާއަށް ފަސްކޮށްފި އެވެ.
މިހާރު ވެސް ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މަހްލޫފްގެ މައްޗަށް ކުރާ މި ދައުވާއަކީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ގަދަކަމުން ވަދެ، ބެރިކޭޑްތައް ކޮއްޕާ ހެދި ކަމަށް ބުނެ ކޮށްފައިވާ ދައުވާއެކެވެ. ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާ މި މައްސަލާގައި ކުރާއިރު މިހާރު ހުކުމް އިއްވާފައި ވަނީ ވެސް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި މައްސަލައެއްގަ އެވެ.
މިއަދު މެންދުރު ހުކުމް އިއްވަން ހަމަޖައްސާފައި އޮތަސް މިހާރު ވަނީ ހުކުމް ކުރުން މާދަމާއަށް ފަސްކޮށްފަ އެވެ.
މަހްލޫފް މިހާރު ޖަލު ހުކުމް ތަންފީޒު ކުރަމުންދަނީ ފުލުހުންގެ ބަންދުގައި ހުރެ، ފިލަން މަސައްކަތް ކުރި ކަމަށް ބުނެ ކުރި ދައުވާ ސާބިތުވުމުންނެވެ. އެކަމަކު އެ ހުކުމާ އެކު މަހްލޫފްގެ މެމްބަރުކަން ނުގެއްލެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަކަށް ހާޒިރެއް ނުުވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
20 July 2016
ހުކުމްވެސް ކުރަންވީ. ޖަލަށްވެސްލާންވީ. އެކަމަކު ކުށްކުރީމަ. ފުރަތަމަ ކުށްކުރި މީހުންނަށް ފުރަތަމަ ހުކުމްކުރަންވީ. ނިހާނުބެރިކޭޑަށް ފުށްމައިގެންއަރާ ޖެއްސިވައްތަރުވެސް ފެނުނު. އަދިބަޔަކު ބެރިކޭޑްތައް މޫދަށް އަޅާތަންވެސް ފެނުނު. ސުލައިމާނު ބަޣާވާތްކުރިދުވަހު އެކަމުގަ ވަރަށް އަވަދިނެތި އުޅުއްވިތަންވެސްފެނުނު. ޔާމީންކިޔާމީހަކުވެސް އެދުވަހު ވަރަށް ނަރުނަގާފަ ވާހަކަދައްކާ އެކަމުގައި އަމަލީގޮތުންއުޅުނުތަންވެސް ފެނުނު. އުމަރު އަމިއްލަޔަށް ބުނަމުންދިޔަ ތިމަންނާހުރީ ކޮމާންޑްސެންޓަރުގައޭ. އެއާޕޯޓަށް ފުރަންދާ ސަރުކާރުގަ ހިމެނޭ ބޭފުޅަކުނަމަ ހިފަހައްޓަންވެސް ގޮވި. ދުންޔާ އެދުވަހު ޖުމްހޫރީ މައިދާނަށް ދިޔަ ޕިކަޕެއްގެތެރޭ އިންދާފެނުނު. ދުންޔާގެ ކޮއްކޮ ހުސެންއާދަމް ބިލްޑިންގް އިން ޕޮލިހުންގެ އެއްޗިހިތައް އާއްމުންނަށް ފޯރުކޮށްދެމުން ދިޔަތަންވެސްފެނުނު. އަދިވެސް މކަހަލަ ކިތައްމެ ބަޔަކު އެބަތިބި.................... އެކަމަކު މިމީސްމީހުންގެ މައްސަލަނުބަލާ ހުކުމާހަމަޔަށް ނުގޮސް މާފަހުގެ ކަންކަން ބަލާތީ ބޮޑުސުވާލު އުފެދޭ. މިމައްސަލަތައްބަލާ ހުކުމްކުރުމަށްފަހު. ދެން ހުރިހާރައްޔަތުންގެ މައްސަލަބަލާ މިސަރުކާރުންބޭނުންފުޅުވަނީ ރައްޔިތުންތަކެއް ޖަލަށްލުން ކަމުގައިވާނަމަ އެއްމެފުރަތަމަ ޖަލަށް ދާން ތައްޔާރަށް ހުރިކަމުގައި ދަންނަވަން. ނިކަންކެރެންޏާ ކުރީގެ މައްސަލަތައް ބަލާ ފިޔަވަޅުއަޅުއްވަ ދެއްވާ!
ދޮގެއްތަ؟
20 July 2016
މާދަމާ ކުރާނެ ކަމެއް ނެތް. މިއަދު ކުރަންވީ. ތި ދެން ތިމާވަރު މީހެއް ނެތިގެން އުޅޭ މީހެއް
އަހްމަދު
20 July 2016
ސާބަހޭ ފުލުހުންނަށް. ދެން ނެތިއްޔާ އުފަންކުރުވައިގެންވެސް މާދަމާ ޕީޖީ އަށް މާދަމާއަށް ކޯޓަށް ތިދެން މީހަކަށްޖައްސާލިއސް ބޮޑުވަރު. ބަޢާވަތު ދުވަސްވަރު ތިބުނާ ބެރިކޭޓް ތަކެއް ފަޅުތެރެއިން ވެސްނެގި ފުލުހުންގެ ހަތިޔާރު އާއްމުންނަށްދިން ފުލުހުން ބަޢާވްތްކުރި ކޮބާ އެމީސްމީހުން ކޮބާ ނިހާނު ހަމަ ނުކުރާކަމެއް. ކޮބާ އިންސަފު.
ބުހާރީ
20 July 2016
ހެޔޮ ނުވާނެ ހެޔޮ ނުވާނެ...އިންޝާނަކަށް ތިޔަހެން ހަދަން ހެޔޮނުވާނެ. ބެރިކޭޑް ކޮއްޕާލައިގެން އިތުރު ހަމަސް ދުވަސް ގެންނަން ހެޔޮނުވާނެ. އެކޮއްޕައިގެން މީގެއްގެ ފުރާނަ ދިޔަތަ؟ މީހެއްގެ އަތުން މުދާގަނޑެށް ގެއްލުނުތަ؟ ތިހާ ދެރަގޮތްގޮތަށް މީހުންނާއި މެދު ކަންތަށް ނުކުރޭ....މަހްލޫފް ކިތަންމެ ހިތްވަރުގަދަވިޔަސް އޭނަގެ އަންހެނުންނާއި އާއިލާއަށް ނަފްޝާނީ ގޮތުން ލިބޭނެ ގެއްލުން ވިސްނަވާލައްވާ. މާތްރަސްކަލާނގެ ވޮޑިގެންވާކަން ހަނދުމަ ކުރައްވާ...ރައްޔިތުންނާއި ޤައުމަށް ހެޔޮގޮތުގައި އިންސާފައްޓަކައި ހިދުމަތްކުރާ ކޮންމެ މީހަކަށް ހެޔޮކޮށް ހިތާ...އާހިރަތައްޓަކާ ހެޔޮގޮތް ހިޔާރުކުރައްވާ.