ރިޕޯޓް / މަޖިލީހުގެ މެމްބަރުން

12 މެމްބަރުންގެ ގޮނޑި: ދެން ވާނީ ކިހިނެއް؟

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު

ހަމައެކަނި 12 މެމްބަރުންގެ މަސްލަހަތު އެކަންޏެއް ނޫނެވެ؛ މައްސަލައިގެ ނިމުން ގުޅިފައި ވަނީ ވެސް މުޅި ގައުމުގެ މަސްލަހަތާ އެވެ. ޕީޕީއެމުން އަމިއްލަ އަށް ވަކިވި އަދި ވަކިކުރި 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގެ ބަހުސް ސުޕްރީމް ކޯޓުގައި އަދިވެސް ދަނީ ކުރިއަށެވެ. މި ބަހުސްގައި އަށް މަސް ފާއިތުވެއްޖެ އެވެ.

އެ މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި، ގޮނޑި ގެއްލުވާލީ ގާނޫނުއަސާސީއާ ޚިލާފަށެވެ. އެހެންވެ އެއީ، އަދިވެސް މަޖިލީހުގެ މެމްބަރުންނެވެ. އެކަމަކު މި މެމްބަރުން މަޖިލީހަށް ވަނުމުގެ ފުރުސަތު ސަރުކާރަކުން ވެސް އަދި މަޖިލީހަކުން ވެސް ނުދެ އެވެ. އީސީގެ ނިންމުމާއެކު ގޮނޑި ގެއްލިއްޖެ ކަމަށް ސަރުކާރުން އެ ތިބީ ސިއްކަ ޖަހައިގެންނެވެ.

އެކަމަކު، ގާނޫނުއަސާސީގައި ބުނާ ގޮތުން، މި ޚިޔާލުތަފާތުވުމަށް ގާނޫނީ ފަރުވާއެއް ދޭނީ ސުޕްރީމް ކޯޓުންނެވެ. އަރަތަކަށް ވެފައި އޮތް އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިދިޔަ ފެބުރުއަރީ މަހު 1 ގައި ނެރުނު ބޮޑު އަމުރުގައި ގޮތެއް ކަނޑައެޅި އެވެ. އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް މިނިވަންކުރުން ހިމެނޭ ގޮތަށް އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، އިންތިޚާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް މިދިޔަ ޖުލައި މަހު އެ ކޯޓުން ކުރި ހުކުމް ބާތިލްކުރާ ކަމަށެވެ. އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިޔަސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުގައި ކަނޑައެޅި އެވެ.

އެކަމަކު، މިއީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހިމެނޭ ގޮތުން އިދިކޮޅުން ގެންނަން އުޅުނު "ބަޣާވާތު"ގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ސަރުކާރުން ބުނެ އެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ އަމުރުގައި މެމްބަރުންނާ ބެހޭ އެ ބައި ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ނިމެންދެން ކުރީގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރަން ވަގުތީ އަމުރެއް ވަނީ ނެރެފަ އެވެ.

ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ކަނޑައެޅި މެމްބަރުންތަކެއް ސުޕްރީމް ކޯޓު ކައިރީގައި. --

އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން މައްސަލަ ހުށަހަޅާފައި ވަނިކޮށް، މަޖިލީހުން މިހާރު ވަނީ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް ފާސްކޮށްފަ އެވެ. އަދި 12 މެމްބަރުން އެ ގާނޫނުގެ ތެރެއަށް ވަންނާނެ ގޮތް ހެދުމަށްޓަކައި މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް އެ ގާނޫނު ހިނގާ ގޮތަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސައްހަކަމުގެ މައްސަލަ ވެސް މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. އިދިކޮޅު ބައެއް މެމްބަރުންގެ ފަރާތުން ހުށަހެޅި އެ މައްސަލަ މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

މެމްބަރުންގެ ގޮނޑި މައްސަލައިގައި ސަރުކާރާއި އިދިކޮޅުން ވެސް އެ ބައެއްގެ ކޮޅަށް ބުރަވާނެ ލައްކަ ހުއްޖަތު ދައްކައިފި އެވެ. މައްސަލަ ނުނިމި ދިގުލައިގެން ދާތީވެ މެމްބަރުންގެ ކަންބޮޑުވުންތަކެއް ވެސް އެބަހުއްޓެވެ. ގިނަ ބަޔަކު އުފައްދާ ސުވާލަކީ މިއެވެ؛ މައްސަލައިގައި ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ސަރުކާރަށް ބާރުވެރިކަން!

މުޅި މި މައްސަލައިގެ އަސްލު ގުޅިފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތާ އެވެ. ކޮންމެ ފަދަ "ގުރުބާނީއަކުން" ނަމަވެސް މަޖިލީހުގެ ރައީސް ކަމުގެ މަގާމު އަބްދުﷲ މަސީހަށް ދިފާއުކޮށްދިނުމެވެ. މެމްބަރުންތަކެއްގެ ގޮނޑި "ގެއްލުވާލުމުގެ" އަސްލަކީ ވެސް އެއީ ކަމަށް އެ މެމްބަރުންނާއި އިދިކޮޅުން ގަބޫލުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ކުރިން އޮތް ނަމަވެސް، މަސީހު މަގާމުން ދުރުކުރަން އިދިކޮޅުން ފެށި މަސައްކަތުގައި، ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލިއްޖެ އެވެ. އެހެންވެ، މަޖިލީހުގެ ޖަލްސާތައް ވެސް މިހާރު ބާއްވާތަން ފެންނަނީ، ސަރުކާރުން ބޭނުންވާ ކަމެއް ނިންމާލަން އެކަންޏެވެ. މިއީ، ގާނޫނާ ޚިލާފަށް މަޖިލީސް "ހިސޯރުކުރުން" ކަމަށް ބުނެ އިދިކޮޅު އެއްވެސް މެމްބަރަކު ޖަލްސާއަށް ހާޒިރެއް ނުވެ އެވެ.

މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން ވެރިކަން ކުރާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގައި މިހާރު ތިއްބެވީ 41 މެމްބަރުންނެވެ. އެއީ ޕީޕީއެމްގެ 36 މެމްބަރުންނާއި އެމްޑީއޭގެ ފަސް މެމްބަރުންނެވެ. މީގެ ތެރޭގައި، ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ސަރުކާރާ އިދިކޮޅު ޕާޓީތަކަށް 44 މެމްބަރުން މިހާރު އެބަތިއްބެވި އެވެ. ސުޕްރީމް ކޯޓުގެ ނިންމުން ސަރުކާރާ އެއްކޮޅަށް އަތުވެއްޖެ ނަމަ، ނުވަތަ އެއީ މެމްބަރުން ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، އިދިކޮޅު މެމްބަރުންގެ އަދަދު 32 އަށް ދަށްވާނެ އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ބެހިފައިވާ ގޮތް.

މިއާއެކު، މަޖިލީހުގެ އަަޣުލަބިއްޔަތު އަނެއްކާވެސް ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަނަށް ލިބުނީ އެވެ. އެހެންކަމުން، ސަރުކާރުން ބޭނުންވާ ކަންކަން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ނިންމަން މާބޮޑަށް ފަސޭހަވެގެންދާނެ އެވެ. އީސީގެ ނިންމުން ސައްހަ ކަމަށް ކަނޑައަޅައިފި ނަމަ، މެމްބަރުންގެ ގޮނޑި ގެއްލި ސަރުކާރަށް އިތުރަށް ބާރުގަދަވީ އެވެ. ސަރުކާރާ ދެކޮޅަށް، "ފިޔަވަޅު" އަޅަން އިދިކޮޅަށް އޮތް ހުރިހާ މަގުތަކެއް ގާތްގަނޑަކަށް ބަންދުވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން ވިދާޅުވާ ގޮތުން ނަމަ ދައުރު ހަމަނުވަނީސް "ބަޣާވާތުން" ސަރުކާރު ވައްޓާލަން ކުރާ މަސައްކަތް ނިމުމަކަށް އަންނާނެ އެވެ. އެއާއެކު، ތަރައްގީގެ މަސައްކަތްތައް ބާރު ސްޕީޑުގައި އަނެއްކާވެސް ކުރިއަށް ގެންދެވޭނެ އެވެ.

އިދިކޮޅަށް ބާރު ލިބި، ބަދަލުތަކެއް!

އީސީން ނިންމިއަސް 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް އިއްވައިފި ނަމަ، އިދިކޮޅު ޕާޓީތަކުން ބޭނުންވާ މަގްސަދު ހާސިލްކުރަން ފަސޭހަވީ އެވެ. މަސީހު މަގާމުން ދުރުކުރަން ބޭނުންވީ، އިދިކޮޅުން ބުނެފައިވާ ގޮތުގައި، ފުރަތަމަ ކަމަކަށް މިނިވަންކަމާ އެކު ރައްޔިތުންގެ މަޖިލީސް ހިންގަން ފުރުސަތު ދިނުމަށެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގައި އިދިކޮޅުގައި މިހާރު ހިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އޭގެ ބަދަލުގައި، މިހާރުގެ ވިސްނުން ހުރީ، މަސީހު މަގާމުން ދުރުކޮށް، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ކަށަވަރުކުރުމެވެ. އޭގެތެރެއިން ވެސް އިދިކޮޅުގެ އެންމެ މުހިއްމު އަމާޒަކީ އިލެކްޝަންސް ކޮމިޝަނަށް ބަދަލުތަކެއް ގެނައުމަށެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވި ފަސް މެމްބަރުންނާއެކު، މިނިވަން އިންސާފުވެރި، އެންމެންނަށް ވާދަކުރެވޭ ރިޔާސީ އިންތިހާބެއް ބޭއްވިދާނެ ކަމަކަށް އިދިކޮޅުން ގަބޫލެއް ނުކުރެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.

އެހެންކަމުން، މަޖިލީހުގެ އަޣުލަބިއްޔަތު އިދިކޮޅަށް ލިބިއްޖެ ނަމަ ފުރަތަމަ މަސައްކަތަށް ވާނީ، އިލެކްޝަންސް ކޮމިޝަނަށް ބަދަލުތައް ގެނައުމެވެ. އެއާއެކު، ގާނޫނުއަސާސީގައި މިނިވަންކޮށް ހިނގަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މުއައްސަސާތައް މިނިވަންކަމާ އެކު ހިނގުމުގެ ޖާގަ ދޭނެ ކަމަށް ވެސް އިދިކޮޅުގެ ޕާޓީތަކުގެ ލީޑަރުން އެކުލަވާލާފައިވާ އިސްލާހީ އެޖެންޑާގައިވެ އެވެ.

"ރާއްޖޭގައި މިނިވަން އިންސާފުވެރި އެންމެންނަށް ފުރުސަތު ހުޅުވާލެވިފައިވާ އިންތިހާބެއް ބޭއްވެން އަންނަނީ ރައްޔިތުންގެ މަޖިލީސް މިނިވަންވެގެން. އެއާއެކު މިނިވަންކަން ނިގުޅައިގަނެފައިވާ އެހެން މުއައްސަސާތަކުގެ މިނިވަންކަން ވެސް ކަށަވަރުކޮށްދީގެން. މިކަން ކުރެވެން އަންނަނީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް ހަމަޔާއި އިންސާފުން ކަންކަން ނިމިގެން،" އިދިކޮޅު މެމްބަރަކު ވިދާޅުވި އެވެ.

"މަޖިލީހުގެ ކޮންޓްރޯލް ސަރުކާރަށް މިހާރު ވެސް ގެއްލިފައި އޮތީ. މީގައި މުހިއްމީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުން. ބާރަ މެމްބަރުންގެ ގޮނޑިއާ ގުޅިފައިވާ 60،000 އަށް ވުރެ ގިނަ ރައްޔިތުންގެ ހައްގު މިއޮތީ ހިފެހެއްޓިފައި."

އެއް ބަޔަކު ދެކޭ ގޮތުގައި، މި މައްސަލައިގައި މުހިއްމީ އިދިކޮޅާއި ސަރުކާރަށް ލިބޭނެ މޮޅަށް ވުރެ، ގާނޫނީ ހައްލެއް ހޯދި، އިންސާފު ކަށަވަރުވުމެވެ. އިންސާފު ލިބުން ލަސްވުމަކީ އިންސާފު ނުލިބިދިއުމާ އެއްވަރުގެ ކަމެކެވެ. މި މައްސަލަ ނިމޭނެ ގޮތަކަށް އެތައް ބައެއްގެ އިންތިޒާރު ކުރަމުން ދަނީ އެހެންވެ އެވެ.

32 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 82%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2018މީހާނޫނު

12 April 2018

12 ގޮނޑިގައަށް ނިސްބަތްވާ ބޭފުޅުންކޮޅު 12 ދާއިރާގެ ރައްޔިތުން ކުރިމާތީގަ މާތްﷲ ގަންދީ ހުވާކުރަންވީނުން ތިމަންނާމެން މިތިބީ އޮލަނބަށްކަމަށް. އޭގެފަހުގަ ސްޕްރީމް ކޯޓްގައިވެސް ތިބޭފުޅުން ހުވާކުރަންވީނުން ތިމަން 12 މެންބަރުން މިތިބީ މާތްﷲ ގަންދީ ހުވާގެމަތީގައިކަމަށް... އޭރުން މިއާޓިކަލްގަވާ ކަންކަމުގެ ހަގީގަތްސާފުވެގެންދާނެ.

The name is already taken The name is available. Register?

އަބްދުއްލާ

12 April 2018

ގޮނޑިޔާ ހިފާނެ ކަމެއްނެތް . ގޭގަ މަޑުން ތިބެބަލަ ނޫނީ އަލުން ޕީޕީއެމް ޢާ ގުޅެންވީ އެއްނު

The name is already taken The name is available. Register?

ބާބު އެކެއް

11 April 2018

ދެންފަހެ މީބާރަ މެމްބަރުން އަލުން ވާދަކޮއް އީންތީޚާބު ކާމީޔާބު ކޮށް.. އަލުން މަޖީލީހައްވަދެ..އެ މެމްބަރުންގެ މައްޗަށް މީސަރުކާރުން ކޮށްފައީވާ އެންމެހާ ބޭއީންސާފަކާއީ ޖަރީމާ އާއީ އަނީޔާއެއް މީހާރުގެ ރައީސް އާއީ އަދީ ސަރުކާރާއީ ގުޅީފަތީބީ އެންމެންގެ ކީބައީން ބަދަލުހޯދާ އަދަބުދޭނެކަމުގައީ ލަފާ ކުރަމެވެ. މީގޮތުން މީކަން އެއީ ހަގީގަތަކައް ވުމުއް އެދޭ ދީވެހީ އާބާދީގެ ރައްޔީތުން މީ ބޭކަލުންނައް ގީނައަދަދަކައް ވޯޓުލާނެ ކަމުގައީ ދެކެމެވެ.

The name is already taken The name is available. Register?

ކެޔޮޅު

11 April 2018

ގޯނިގޯނީގަ ބެހި ފައިސާ ލިބުނު މެންބަރުން ގޮނޑި ގެއްލުނަސް އޯކޭނުން އުމުރަށް އުޅެވޭ ވަރަށް ލާރި ހުންނާނެނު

The name is already taken The name is available. Register?

ދާނެތަ

11 April 2018

ގާނޫނު އަސާސީގައިވާ ގޮތަށް ހަމަޔާ އިންސާފުން ކަންކަން ދާނެތަ މަޖްލިހުގެ މެމްބަރުން ޕާޓީއެއްގެ އަޅުވެތި ކަމުގައި ތިބޭހާ ދުވަހަކު؟ މިހާރު މިގައުމުގައި ވަރަށް ބޮޑަށް ސާފުވެފައި އޮތް ކަމެއް މި ގައުމުގެ އެންމެ ބޮޑު ދެ ޕާޓީއަށް ބާރުތަކެއް ލިބުމުން ކަންކަން ކުރަނީ ކިހިނެތްކަން.

The name is already taken The name is available. Register?

މަހަށްދޭދޭ

11 April 2018

ބާރަ މެމްބަރުންގެ ގޮނޑި އަށް ދެން ވާނީ ކިހިނެއް ކަމަށް ތަމެން ބުނާ އިރު އެގޮނޑި ތަަކަށް ވާނެ ގޮތަކީ އެގޮނޑި ތައް އެހެރީ ގެއްލިފައޭ ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ.

The name is already taken The name is available. Register?

ފާތުން

11 April 2018

ތިމައްސަލަ މަޑު ޖައްސާނެ ރިޔާސީ އިންތިހާބާ ޖެހެން ދެން ވެސް

The name is already taken The name is available. Register?

އަލިބެއްޔާ

11 April 2018

ސުޕްރީމްކޯޓުން 12 ގޮނޑި ނުގެއްލޭކަމަށް ނިންމައިފިނަމަ މިހާރު ތިބި 3 ފަނޑިޔާރުންނަށްވެސް ޖަލަށް ދިއުމުގެ ފުރުސަތުބޮޑު. އަދި އެކަންވާނީ ހަމަ އުއްތަމަފަޑިޔާރާ އަލީ ހަމީދުވެސް ގެންދިޔަހާ އަވަހަށް.

The name is already taken The name is available. Register?

ބެލިނތެރިޔާ

11 April 2018

ޝާހިދު ަެ ަުޅުަްވަނީ މަޖިލީހުގެ ޜައީސްކަން ނުލިބިގެން ނުލިބޭނެ ކިތަމްނެ ވަރަކަށް އުޅުއްވިޔަސް

The name is already taken The name is available. Register?

ވަރުނީސް

11 April 2018

8 މަސްވެއްޖެ؟ އަސްލުވެސް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454