ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށް. --ފޮޓޯ: ނިޝާން އަލީ/ މިހާރު
16 އެޕްރީލް 2018 - 19:02
ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ.ގެ ކޮމެޓީއަކުން ނިންމި ނަމަވެސް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް އެމަނިކުފާނަށް ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ މަދަނީ އަދި އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ހުށަހެޅި މައްސަލައިގައި އެ ކޮމެޓީންގެ ނިންމުން ވެސް އައީ އެމަނިކުފާނާ އެއްކޮޅަށެވެ. މީގެކުރިން، އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން، ނަޝީދު މިނިވަންކުރަން ވެސް ގޮވާލާފައިވެ އެވެ. ފަހުގެ ނިންމުމުގައި ވަނީ، ނަޝީދުގެ ނިގުޅައިގެންފައިވާ ހައްގުތައް އަލުން އިޔާދަކޮށްދީ، އިންތިހާބުގައި ވާދަކުރަން އެމަނިކުފާނަށް ފުރުސަތު ދިނުމަށް އެ ކޮމެޓީން ވަނީ ދިވެހި ސަރުކާރަށް ހުށަހަޅައިފަ އެވެ.
ސިޔާސީ މައްސަލަތަކުގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، މިނިސްޓަރު ޝައިނީ "މިހާރު" އަށް ވިދާޅުވީ އިންތިހާބުގައި ނަޝީދަށް ފުރުސަތު އޮންނަންވާނެ ކަމަށް އދ.ގެ ކޮމެޓީ އަކުން ބުނި ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީ އަށް ބަދަލު ނުގެނެސް ނަޝީދަށް އިންތިހާބަށް ކުރިމަތި ނުލެއްވޭނެ ކަމަށެވެ. އެއީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ރާއްޖޭގައި މި ހިނގަނީ ރާއްޖޭގެ ގާނޫނުއަސާސީ. އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ، ނަޝީދަށް ކުރިމަތި ނުލެއްވޭނެއޭ. އެމަނިކުފާނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެއޭ،" ޝައިނީ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައި. --ފޮޓޯ: އަހްމަދު އާޒިމް (އަންޖު)
ޝައިނީ ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރުގެ ހުކުމެއް ނަޝީދުގެ މައްޗަށް އިއްވާފައި ވަނީ ރާއްޖޭގެ ކޯޓުތަކުން ކަމަށްވާއިރު، އެ ކުށަކީ އެމަނިކުފާނު ކުރެއްވި ކަމެއް ކަމަށް އެތައް ފަހަރަކު ވަނީ އިއުތިރާފްވެ ވަޑައިގެންފަ އެވެ.
ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުރިހާ އިޖުރާއަތުތަކެއް ވެސް ގެންގޮސްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް އދ.ގެ ކޮމެޓީން ވަނީ ބުނެފަ އެވެ. ސިޔާސީ މަގްސަދެއްގައި ކުރިއަށް ގެންދިޔަ ޝަރީއަތަކުން، އެމަނިކުފާނު އިންތިހާބުގައި ވާދަކުރުމުގެ ހައްގުން މަހްރޫމްކުރުން ކަމަށް ވެސް އެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ޝައިނީ ވިދާޅުވީ ނަޝީދުގެ މައްސަލަ ފުރަތަމަ ބަލަން ފެށީ މި ސަރުކާރަކުން ނޫން ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް އެއީ ހިނގަމުން ދިޔަ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"އަނެއްކާ މި ކޭސް ހިނގަމުން ދަނިކޮށް ނޫންތޯ [2013]ގެ އިލެކްޝަނުގައި ނަޝީދު ބައިވެރިވެވަޑައިގެން ކުރިއަށް ދިޔައީ ވެސް. އެހެންވީމާ، ސިޔާސީ ގޮތުން މި ސަރުކާރަށް މަންފާއެއް ހޯދަން ކުރި ކަމެއް ނަމަ، އެ އިންތިހާބުގައި ވެސް ވާދަނުކުރެވުނީސް،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ ނަޝީދު ނުކުރައްވާ ކުށަކަށް ވާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ އެވެ. ގާޒީއަކު ގާނޫނާ ޚިލާފަށް ހައްޔަރުކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، އެކަން އެ ނޫން ގޮތަކަށް ބަދަލު ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ނަޝީދުގެ ވަކީލުން މައްސަލަ ހުށަހެޅީ، ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ މަނިކުފާނު މިނިވަންކުރަން ގޮވައިލި ގޮވައިލުމަށް ދިވެހި ސަރުކާރުން އަމަލު ނުކުރުމުންނެވެ. އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުން މި އައީ، ސަރުކާރުން އަމަލުނުކުރި މައްސަލަ އަށް ވެސް ރިއާޔަތްކުރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީމަން
17 April 2018
ބިރުގަންނަނީ، ކޮންމެ ދުވަހަކު ވޯޓުލިޔަސް ބަލިކުރާނެކަން ކަށަވަރުވާތީއެވެ.
ހެހެ
18 April 2018
ތިޔައީ ހަމަ ހީވާ ގޮތް. ކުރިންވެސް ބަލިވި ގޮތަށް އަދިވެސް...
ބީކޭކޭ
17 April 2018
ތީބަޔަކު އުފާކޮއްލަންވެގެން ބުނިއެއްޗެއް ދެއްތޯ! ތިހެން ބުނިއިރުވެސްްއިނގޭ ދެއްތޯ ތިކަންތިގޮތައް ނުވާނެކަން! އަޅުގަޑައް ލަފާކުރެވޭގޮތުގަ ހީވަނީ ފަހުންވިދާލުވަނެހެން އެއީ އޮޅުމަކުން ވިދާލުވެވުނުއެއްޗެކޭ!
މައެކަނިމަށް
17 April 2018
ނަޝީދަކަށް ނުލެވޭނެ، މައުމޫނަކަށް ނުލެވޭނެ، ޤާސިމަކަށް ނުލެވޭނެ، ފާރިޝް އަކަށް ނުލެވޭނެ، ޢިބޫ އަކަށް ނުލެވޭނެ، ރިޔާޒަކަށް ނުލެވޭނެ، ޝާހިދަކަށް ނުލެވޭނެ، ހަމައެކަނި ލެވޭނީ މަށަށް. ނެތޭ ޝަރުތު ހަމަވާ އެއްވެސް މީހެއް މަނޫނީ. އަނެއްކޮޅުން މީން މީހަކު ލައިފިއްޔާ މަށެއް ނޮހޮވޭނެ. މިހާރު އަހަރެން މިހުރީ އެމީހުން ބަލިކޮށް އެމީހުންނަށް ނުލެވޭނެހާ ގޮތްގޮތް ހަދާފައި. މަށާ އިދިކޮޅަށް ޤާނޫނެއްވެސް ނެހެދޭނެ އަދި ކޯޓު އަމުރެއްވެސް ނުނެރެވޭނެ. ޤާނޫނު ހަދާ މަޖިލީހަށް ވަދެވޭނީ މަ ބޭނުން މީހަކަށް، މަށާއި އިދިކޮޅަށް އަމުރެއް ނުވަތަ ހުކުމެއް ކޮށްފިއްޔާ އެމީހަކަށް އޮތީ ޖަލުގޮޅިއެއް. އަހަރެން ބުނާގޮތަކަށް އަމުރުތަކާއި ހުކުމްތައް ކުރަން ޖެހޭނީ. މިއީ އިންސާފަކީ. މިގޮތަށް ރާއްޖެއަށް ތަރައްޤީ ގެނެވޭނީ. މަށަކީ ރާއްޖޭ ދެކެ ލޯބިވާ މީހަކީ. ދެން ނޫޅޭ ރާއްޖެ ދެކެ ލޯބިވާ މީހަކު. ދެން ތިބީ ފަނާކުރުވަނި ލާދީނީ ހިޔާލުގެ މީހުން. އިސްލާމްދީން ހިމާޔަތްކޮށް ރައްކާކުރެވޭނީ މަށަށް އެކަނި. މަގޭ ޤައުމާއި މަގޭ ދީނާ ނުކުޅެއްޗޭ..
ޒުއްބަ
17 April 2018
ވޯޓް ކަރުދާހުގައި ރައީސް ނަސީދުގެ ނަން އޮންނާނެކަން ކަށަވަރުވެއްޖެ. ސައިނީ ދެން ރޯލަރޯލާ ހުރޭ. ފުރުސަތެއް ނެތް، ނިންމުން ބަދަލެއް ނުވާނެ އެހެންކިޔާލަ ކިޔާލަހުރޭ. ތީކާކުތަ އެއްވެސް ހައިސިއްޔަތެއްނެތް
ކައްބަ
17 April 2018
ވޯޓްލާން ގޮސް އަމިއްލައަށް ވޯޓް ކަރުދާހުގައި ނަޝީދުގެ ނަން ލިއެލާ. އޭރުން އޮންނާނީ.
ދެން އަތްޖަހާ
17 April 2018
ގަޓްކަމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުރިހާ ޕޮޓެންޝިއަލް އިދިކޮޅު ކެންޑިޑޭޓުންނަށް ވަނީ ނަގާލާފަ، ވާދަ ކުރާނީ ޑީއާރްޕީގެ ކާނަލް ނަޝީދާ ހެންހީވަނީ.
އިބަ
17 April 2018
ކަލޯ ޝައިނީ ތިބާމެން ނަށް ކިޔޭނުކިޔޭ އެއްޗެއް އެބައެގޭތަ.އަހަރުމެން ގިނަދިވެިންނަކީ ގުބޯކަމަށްހިތާ ކޮސްނުގޮވަބަލަގަ.ނަޝިދު އަބްުގދުްﷲ ގަޒިހައްޔަރުކުރީމަ ގާނޫނީކުށަކަށްވީ.ފުރާޅުން ތިނުނާގާ ސްޕްރީމް ކޯޓުގެ ކަރާމާތް ކަޑާ އުއްތަމަ ފަޑިޔާރާއި އަލީ ހަމީދު ހައްޔަރުކޮށް ކުރީގެ ރައީސް މައުމޫން އަދި އެތަކެއް ދިވެހިފަރުދުން ނަށް ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތަކާ ރައްކާތެރިކަމަށް އަރައިގަނެގެން އެމީހުން ހިފާހައްޔަރު ކޮއްގެން ތިތައުލެނީ އެއީ ގާނޫނާހިލާފު ކުށަކަށް ނުވާތީތަ.ބަލަ ކެއްމަދުވެގެން ސްޕްރީމް ކޯޓު ފުރާޅުން ޓިނުނާގާާ އެތަނަށް ސިފައިން އަރައިގަތީމަ ހީވީ ސްޕްރީމް ކޯޓު ފަޑިޔާރުން އެތަނުގަތިބީ ހަތިޔާރުހިފައިގެން ނުވަތަ މާލެގޮއްވާލެވޭވަރުގެ ބޮމެއް ހިފައިގެންހެން ..އުއްތަމަފަޑިޔާރާއި ދެންތިބި މީހުން ކުއްލިއަކަށް ބޯޑެތި މުޖުރިމުން ނަށްވެ ހައްޔަރުކުރަން ދުއްވައިގަތީ އިންތިހާބުގައި އިދިކޮޅުފަރާތް ތަކަށް ބައިވެރިވެވޭނެ ފަދަ އިންސާފުވެރި ހުކުމެއްނެރުނީމަ.މިހާރުވެސް ތިތިބީ ބަލިވެފަ
މަރޭމިތުރާ
17 April 2018
ބިއްލާހިތެދެއް މިބުނީ ވޯޓެއް ލައިފިއްޔާ ބަލިކޮށްލާނަން... ކިއްލާ ރަސްކަމުގެ ކޮއެލު ޖުމްހޫރިއްޔަތަކަށްް ގެންނާނަން.
ފާތުން
17 April 2018
ނަޝީދަށް އިންތިހާބުގަ ބައިވެރިވެވުން އެއީ އަދި އެހެންކަމެއް. އެކަމަކު އދ އިން މިގޮތަށް އެކަން ނިންމީތީ އެކަމާ މި ސަރުކާރު ލަދުގަންނަންޖެހޭ އަދި ނަޝީދުގެ ޝަރީއަތް ގެންދިޔަގޮތް އެއީ ހަމަ ކަނޑައެޅިގެން ޤާނޫނާ ހީލާފަށް ކުރިކަމެއްކަން ޤަބޫލުކުރަންޖެހޭ. ޔާމީން މިހާރު އެތައްބަޔަކު ނުހައްގުން ޤާނޫނާ ހިލާފަށް ޖަލަށް ލައިގެން އުޅޭއިރު އޭނަ ރައީސްކަމުގަ މިއަދާހަމައަށްވެސް އެހެރީ ބާރުތަކުގެ ބޭނުން ކޮއްގެން، ޤާނޫނު އަސާސީ އާ މުޅިން ހިލާފުވެގެން. މީކީ ޕިންކީސް މާ އުފަލުން ވާހަކަ ދައްކާވަރުގެ ކަމެއް ނޫން. ލަދަކީވެސް އޮންނަ އެއްޗެއްކަން ދަސްކުރަންވެއްޖެ.
ނާޝްރީ
17 April 2018
ޝައިނީމެން ހާދަ ބިރެކޭދޯ ރައީސް ނަޝީދުދެކެ ތި ގަންނަނީ. އިނގޭ ދެއްތޯ އިންތިޚާބު ކާމިޔާބުކުރަން ރައީސް ޔާމީނަށް ވަރަށް އުދަނގޫވާނެކަން ރައީސް ނަޝީދު ވާދަކުރައްވަންޔާ؟ ބިރުފުޅު ނުގަންނަވާ. އެކަން އެމަގުން އިންޝާﷲ ހިނގާނެ. ރައީސް ނަޝީދަކީ އަހަރުމެން ހިއްތަކުގެ ރައީސް. ރައީސް ޔާމީނަށް އެޖާގަ މިހިއްތަކުން ދުވަހަކުވެސް ނުދެވޭނެ. ސޮރީ ޝައިނީ.
ޒައީމް
17 April 2018
ގަދަބަސް ނުބުނޭ މިހިރަ ޝައިނީ. މާދަންވެސް މާތް ﷲ ހާލަތު ބަދަލު ކުރައްވަފާނެ. ޔާމީނުގެ ވެރިކަމާ ޝައިނީގެ މިނިސްޓަރކަންވެސް ނެތި ހިގައިދާނެ. އޮތީ ހަމަ އެކަލާންގެ އެކަމަކަށް ވާށޭ ވަހީ ކުރެއްވުން. އަނެއްކާވެސް ހަނދާންކޮށްދެން! ގަދަބަސް ނުބެނޭ!