ވިޔަފާރި / ކޭބަލް ޓީވީ

ކޭބަލް ޓީވީ ވާދަވެރި މާކެޓަކަށް: ދެން އަގު ހެޔޮވާނެ!

ޕީއެސްއެމްއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ލައިސަންސް ހަވާލުކުރަނީ: ޕީއެސްއެމް އިން އަންނަ އަހަރު އަންނަ އަހަރު މި ހިދުމަތް ފަށަން ވާންޖެހޭ ތައްޔާރީތައް ވަމުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މީގެ 10 ވަރަކަށް އަހަރު ކުރި އެވެ. އެއީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް އެންމެ ކުންފުންޏަކުން ދިން ދުވަސްވަރެވެ. ކައިރި ރަށެއްގައި ހުންނަ މީހަކަށް ގުޅައި "ހަލޯ" އޭ ބުނެ ނިމޭ އިރު ފޯނު ބިލަށް ހައެއްކަ ރުފިޔާ އަރަ އެވެ. ބޭރު ގައުމަކަށް ގުޅާލައިފި ނަމަ މަހު މުސާރަ އެއްކޮށް ހެން ހުސްވެ އެވެ.

އޭރު ދިރާގުން ހަމައެއް ލަމައެއް ނެތި އަގުތައް ހަދާފައި ހުރީ އެކަން އެމީހުންނަށް ކުރެވެން އޮތީމަ އެވެ. ވާދަވެރި އެހެން ބަޔަކު އެ ވިޔަފާރިއަކު ނެތެވެ. އެކަން ހަމައަކަށް އެޅުމުގެ ކޮޅުމަތި ފެންނަން ފެށީ ވާދަ ކުރާނެ އިތުރު ކުންފުންޏެއް ގެނައުމުންނެވެ. މިހާރު މި ވަނީ މުއާސަލާތީ ހިދުމަތްތަކުގެ އަގުތައް އަތް ފޯރާ ފަށަށް އައިސްފަ އެވެ.

ކޭބަލް ޓީވީ އާއި އެއާ ގުޅުން ހުރި ހިދުމަތްތަކުގެ ހާލަތު އަދިވެސް އޮތީ މުއާސަލާތީ ހިދުމަތްތައް މީގެ އަހަރުތަކެއް ކުރިން އޮތް ހާލަތުގަ އެވެ. ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ވިޔަފާރި އަށް ވެސް ފާއިތުވެ ދިިޔަ އަހަރުތަކުގައި ދިމާވެފައި ވަނީ ހަމަ އެ މައްސަލަ އެވެ. އެ ދާއިރާގައި މީޑިއާނެޓާ ވާދަ ކުރާނެ ބަޔަކު ނެތުމުން އެ ތަނަށް ދައްކަން ޖެހޭ މަހުފީ އާއި ގަންނަން ޖެހޭ ޑީކޯޑަރުތަކުގެ އަގުތައް އަހަރުން އަހަރަށް ދިޔައީ ބޮޑު ވަމުންނެވެ. މުހިއްމު އިވެންޓުތައް ފަދަ ކަންކަމާ ގުޅިގެން ކުރަންޖެހޭ ހަރަދުތައް އިންތިހާ އަށް އުފުލެ އެވެ.

އެކަން ބަދަލު ކޮށްލުމުގެ ފުރުސަތު މިހާރު މިވަނީ ލިބިފަ އެވެ. ބްރޯޑްކާސްޓިން ކޮމިޝަނުން އިތުރު ކުންފުނިތަކަށް ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިނުމާ އެކު ކޭބަލް ޓީވީގެ އަގު ހެޔޮ ވާނެ ކަމުގެ އުއްމީދު މިވަނީ އާވެފަ އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މުޅި ރާއްޖެ އަށް ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދޭނެ އިތުރު ފަރާތްތަކެއް ހޯދަން އިއުލާނެއް ކޮށްފަ އެވެ. އެ ފުރުސަތުގައި މި ހިދުމަތް ދޭން ކުރިމަތިލި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި އަމިއްލަ ކުންފުންޏަށް ވެސް މިހާރު ވަނީ ހުއްދަ ދޫކޮށްފަ އެވެ. އެ ދެ ފަރާތަށް ވެސް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދިނުމަށް މިހާރު އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ.

އެ ކޮމިޝަނުން ބުނާ ގޮތުގައި އެ ފުރުސަތު ހުޅުވާލީ މުޅި ރާއްޖެ ކަވަރު ކުރެވޭ ފެންވަރު ރަނގަޅު، އަގު ހެޔޮ ހިދުމަތެއް އާއްމުންނަށް ފޯރުކޮށްދޭން ބޭނުން ވާތީ އެވެ. އަދި މިހާރު ކޭބަލް ޓީވީގެ ހިދުމަތް ދޭ ފަރާތުގެ ޕެކޭޖުތަކުގެ ފީ ބޮޑު ކަމަށް ގިނަ ޝަކުވާ ލިބޭތީ ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

މީގެ ކުރިން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ފުރުސަތު އެކި ކުންފުނިތަކަށް ދިނެވެ. އެ ގޮތުން، ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގަށް ވެސް ވަނީ ލައިސެންސް ދީފަ އެވެ. އެކަމަކު، އެ ކުންފުނިން އަދި މުޅި ރާއްޖެ އަށް ކޭބަލް ޓީވީގެ ހިދުމަތް ދޭކަށް ނުފަށަ އެވެ. ދިރާގުގެ ކުރިން، ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިން އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަކީ ބީނެޓެވެ. އެ ކުންފުނިން ވަރަށް ފުޅާ ދާއިރާއެއްގައި ހިދުމަތް ފެށި ނަމަވެސް، ޒަމާންވީ މީޑިއާނެޓާ ޖެހި މާ ގިނަ ދުވަހަކު ކުރިއަށް ގެންދެވޭ ގޮތް ނުވީ އެވެ.

އޯކިޑް މަގުގައި ހުންނަ މީޑިއާނެޓް ސޭލްސް ސެންޓަރު: މީޑިއާނެޓުގެ މިއަހަރުގެ ރޯދަ ހަދިޔާ ގޮތުގައި ދެނީ ތުރުކީއަށް ދަތުރެއް. -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

ބީނެޓަށް އެ ހިދުމަތް ފުރިހަމަ އަށް ފޯރު ކޮށްދެވިފައި ނުވަނީ އެއީ އަމިއްލަ ކުންފުންޏަކަށް ވެފައި އޭގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެންނެވެ. ޕީއެސްއެމް މި ދާއިރާ އަށް ވަނުމާ އެކު ފެންނާނެ ތަފާތަކީ މިފަދަ ބޮޑު ކަމެއް ކުރުމުގެ ގާބިލްކަން އެ ކުންފުނީގެ ކިބައިގައި ހުރުމެވެ. ޕީއެސްއެމް އަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ތަނަކެވެ. ފައިސާގެ ތަނަވަސް ކަމާއި ވަސީލަތްތަކުގެ ގޮތުން ވެސް މުއްސަނދި ކުންފުންޏެކެވެ. އެހެންވެ، މިފަދަ ހިދުމަތެއް ދިނުމުގެ ގާބިލްކަން ހުރިހާ ގޮތަކުން ވެސް ޕީއެސްއެމް އަށް ލިބިފައިވެ އެވެ. ހަމަ އެއާ އެކު ހުއްދަ ދޫކޮށްފައިވާ އަނެއް ކުންފުނިން މިހާރު ވަނީ އެ މީހުން އެ ހިދުމަތް ދިނުމުގެ ހުރިހާ މަސައްކަތެއްހެން ނިމުމަކަށް ގެނެސްފަ އެވެ.

ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް އަންނަ އަހަރު ފަށަން ޕީއެސްއެމް އިން ތައްޔާރުވަމުން އަންނައިރު، އެ ކުންފުނިން އަމާޒު ހިފާފައިވަނީ މި ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ. އާއްމުން ކުރާ އުއްމީދަކީ ވެސް އެއީ އެވެ. އެހެންވެ، އަންނަ އަހަރު ހިދުމަތް ދޭން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަރަށް ބާރު ސްޕީޑުގައި މިހާރު ވެސް ފަށައިގެން ކުރިއަށް ގެންދަމުން އަންނަ ކަމަށް އެތަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޕީއެސްއެމް އާއި އެ ނޫން ވެސް ކުންފުނިތަކުން މި ދާއިރާ އަށް ވަދެ، ކޭބަލް ޓީވީގެ ހިދުމަތް ދޭން ފެށުމުން އާއްމުން ދެކެން ބޭނުންވަނީ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ދުވަހެކެވެ. މާ ގިނަ ފައިސާ ހަރަދު ކުރުމެއް ނެތި ބޭނުންވާ ޗެނަލްތައް ބަލައިލުމުގެ ހިތްހަމަޖެހުމާއި އުފާ ލިބިގަތުމަށެވެ. މުއާސަލާތީ ހިދުމަތް ދިނުމަށް އިތުރު ކުންފުންޏެއް ގެނައުމުން އެ ހިދުމަތުގެ އަގަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ފަދައިން ކޭބަލް ޓީވީގެ އަގަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ބެލެވެ އެވެ.

"ރާއްޖޭގެ ހުރިހާ ހިސާބަކަށް، އަތް ފޯރާ އަގުތަކެއްގައި ގިނަ ޗެނަލްތައް ބަލާލެވޭނެ ގޮތް ހަމަޖައްސައިދޭން. އެ މަސައްކަތް ކުރުމަށް މިހާރު މި ދަނީ ބޭރުގެ ޗެނަލްތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުން،" ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ހުއްދަ ލިބިފައިވާ އަމިއްލަ ކުންފުނީގެ އަމާޒަކީ ވެސް މި ހިދުމަތުގެ އަގު އަތްފޯރާ ފަށަށް ގެނައުމެވެ. އެނގިފައިވާ ގޮތުގައި އަގުތަކަށް ބޮޑު ބަދަލެއް އަންނާނެ އެވެ.

ރާއްޖޭގެ ކޭބަލް ޓީވީގެ ހިދުމަތުގައި އުޅުއްވާ ބޭފުޅަކު ވިދާޅުވީ ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތް މިހާރު ދެމުން އަންނަނީ ވަރަށް ބޮޑެތި އަގުތަކުގަ އެވެ.

"ހަތް ސަތޭކަ ރުފިޔާ ކަރަދުކުރަންވީމަ އެއީ ވަރަށް ބޮޑުވަރެއް. އަޅުގަނޑަށް ޔަގީން މިހާރު 300 ވަރަކަށް ޗެނަލް އެންމެ ކޮލިޓީކޮށް އެންމެ ގިނަވެގެން ވެސް ހަތަރުވަރަކަށް ސަތޭކަ ރުފިޔާ އަށް ދޫކުރެވޭނެކަން،" އޭނާ ވިދާޅުވި އެވެ. "މި މާކެޓަށް އިތުރު މީހުން ވަންނަންވީ. އޭރުން އަގުތައް ބަދަލުވާނެ."

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދަން ނުވަތަ މުނިފޫހި ފިލުވާލުމަށް ވެސް ބަލައިލެވެނީ ކޮންމެވެސް ޓީވީ ޗެނަލެކެވެ. ހުރިހާ އުމުރުފަރެއްގެ މީހުންނާ ވެސް ގުޅިފައިވާ މި ހިދުމަތަކީ މި ޒަމާނުގައި ޒަރޫރީ ބޭނުމަކަށް މިވަނީ ވެފަ އެވެ. އެެހެންވެ، މި ހިދުމަތް އަތް ފޯރާ ފަށަށް އަންނަންޖެހެ އެވެ. މިހާރު ކުރެވޭ އުއްމީދަކީ އެއީ އެވެ.

71 ކޮމެންޓް, 224 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 19%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޙްމަދު މާހިރު

28 July 2016

ޕީއެސްއެމްއަށް ތިޔަކަން ނުވާނޭކަމުގެ ފުރިހަމަ ޔަޤީޏްކަން ދެން. ވާނެނަނަމަ ދިރާގަށްވެސް ވީސް. އެނގިހުރެ މިބުނަނީ ކޮންޓެންޓް ނުވަތަ ޗެނަލްތައް ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫން. މީޑިއާނެޓުން ބައެއް މުހިއްމު ޗެނަލްތައް އެހެރީ އެކްސްކްލޫސިވްކޮށް ނަގާފަ. އަނެއްކޮޅުން އެމީހުންގެ އިންވެސްޓްމަންޓާ އިންފްރާސްޓްރަކްޗަރ އެދަނީ އިންތިހާއަށް ފުޅާކުރަމުން. މިހާރު އަޑު އިވޭގޮތުގަ މީޑިއާނެޓްގެ 70 އަށް ވުރެ ގިނަ ޗެނަލް އެހެރީ ސެޓެލައިޓްއަަށް އަޕްލިންކްކޮށް މާލޭއެކޭ އެއްގޮތަށް ރަށްރަށުންވެސް ހަމަ އެނަމްބަރު ޖަހާލީމަ ފެންނަގޮތް ހަދާފައި. މިފެންވަރަށް ޕީއެސްއެމް ގެންދެވޭނީ އަދި އެންމެ މަދުވެގެން 4 އަހަރުފަހުން. އެހާތަނަށް ދާއިރު ސަރުކާރު ބަދަލުވެ ބޯޑު ބަދަލުވެ އެޖެންޑާ ބަދަލުވެ ގެރިމަރުވާނެ. ހުރިހާ ގެއްލުމެއް ވާނީ ރައްޔިތުމީހާއަށް. އަނެއްކޮޅުން ޕީއެސްއެމް އަކީ މިހާރު ސިޔާސީ މީހުންގެ އައްޑާއެއް. ހަލީލުމެން އިކުރާމުމެން އެތިބެނީ ބުނީމަ ބުނާހާކަމެއް ކުރަން. އެންމެ ބޭނުންތެރި ދަނޑިވަޅުގަ ސިޔާސީ އިދިކޮޅު ފަރާތްތަކުގެ އަޑު ނީވޭގޮތް ހަދާނެ. މިހާރު ކިތަންމެ ވަރަކަށް ނުހަދާނަމޭ ޕްރޮފެޝަނަލް އޭ އެގްރީމެނޓޭ ކިޔަސް ހަދާށޭ ބުނީމަ ޖެހޭނީ ހަދަން. އެހެންވީމަ ރައްޔިތުމީހާގެ އިތުބާޜެއް ނެތް. ސިޔާސީވެގެން ގޮސް ހައްދުފަހަނައަޅާފައޮތް ޕީއެސްއެމް ނޫންތަނަކުން ތިކަން ކުރަން އުޅެފިއްޔާ ފަހަރުގަ ވެދާނެ. އަދިވެސް އިތުބާރު ބޮޑީ ދިރާގަށް. ދިރާގު ނުވަތަ އުރީދޫ އިން ކޮށްފިއްޔާ ތިޔަކަން އަދިވެސް ވެދާނެ.

The name is already taken The name is available. Register?

ކުރަފިރިހަ

26 July 2016

އޮންޑިމާންޑކޮށް އެމީހަކު ބޭނުން އެއްޗެއް ބޭނުން ވަގުތެއްގައި އުނިއިތުރުކަމެއް ނެތި ނެޓްފްލިކްސް ކަހަލަ ހިދުމަތްތަކުން ބެލެން ހުއްޓާ އަދިވެސް ތެޔޮ ލައިގެން ކޭބަލް ޓީވީ ބަލަން. ލޮލް. ބަލަ، މީ 2016 އޭ.

The name is already taken The name is available. Register?

އައްސަދު

26 July 2016

މީދިއާނެޓުން ހަމަ ދިރާގުން އުޅުނުހެން ރައްޔިތުން ފެލަނީ ހަމަ

The name is already taken The name is available. Register?

ޖޮންގޯ

26 July 2016

ކޭބަލު ފީ ބޮޑުކުރުން އެއްކިބައިގައި އޮއްވާ 6 މަހުން 6މަހުން ބޮޑު އަގުދީފައި ޑީކޯޑަރުވެސް ބަދަލުކުރަންޖެހޭ!

The name is already taken The name is available. Register?

މޮހޮދީ

26 July 2016

މީޑިއާނެޓް މިހާރު މުޅިރާއްޖެއަށް ލިބޭ. އޭގެ ފައިދާ ރައްރަށުގެ ކޭބަލް އޮޕަރޭޓަރުންނަށްވެސް ކުރޭ. ދެންޕީއެސް އެމްއަށް ޖާގައެއް އޮތް ކަމަކަށް ނުފެނޭ.

The name is already taken The name is available. Register?

އިމްރާން، މާއެނބޫދޫ

26 July 2016

ޕީއެސްއެމްއިން ތިޔަކަމަށް ޚަރަދު ކޮށްފައި ގެއްލުންވީމަ ދެރަވާނީ ހަމަ އަހަރުމެން ރައްޔިތުންނަށް. ހެޔޮނުވާނެ މިހާރު ޖަހާފައި މިހިރަ ޓަވަރު ތަކުން އެއްޗެއް ފެންނަގޮތް ހަދައިދީބަަލަ. ޓަވަރު ޖަހާފައި ބުނި އެންޓަނާ ޓީވީ މަތީގައި ބެންދީމަ ފެންނާނެއޭ. އެންޓަނާ ރުކުކުރިއަށް ނެގީމަވެސް ފެންނަނީ ސާގް ބޮނޑިބަތް ކައްކާތަން

The name is already taken The name is available. Register?

މޫސާ ހަލީމް

26 July 2016

ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާއަކީ ބާތިލްނުވާ ހުއްދައެއްދިނުންތަ؟؟ ޚިދުމަތް ނުދިނަސް އޯކޭދޯ.

The name is already taken The name is available. Register?

ސަމްސިއްޔާ

26 July 2016

ހުސްބޭކާރު ހުއްދަތައް. ކޮބައިތަ ދިރާގު، ޕްލޭކާސްޓް؟؟ މިހާރު 3 އަހަރުވީ . ވީކަމެއް ހަރާން

The name is already taken The name is available. Register?

ޚަލީލް

26 July 2016

ތިޔަގޮތަށް 6 މަސްތެރޭގައި ޚިދުމަތްދޭނަމޭ ކިޔާފައި ފޮނިކެނޑި "ޕްލޭކާސްޓް" ޖޭބީ ވެސް. މިހާރު ކޮބައިތަ؟؟ އެންމެ ޗެނަލެއްވެސް ނުދެއްކުނު.

The name is already taken The name is available. Register?

ރަމްޒީ

26 July 2016

ޕީއެސްއެމްއިން ކޮންމެ އަތޮޅެއްގައި ޖެހި ޓަވަރުތައް ކޮބައިތަ؟؟ ފުރަތަމަ ފަށާފައި ހުރި ޕްރޮޖެކްޓްތައް މެއިންޓެއިން ކޮއްބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454