23 އެޕްރީލް 2018 - 13:04
ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކުގެ މަސައްކަތް ކުރާ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީގެން ހަޅުތާލު ކުރަން ފަށައިފި އެވެ.
އެ ކުންފުނީގެ މުވައްޒަފަކު ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަމުން ބުނީ އެ މީހުން ހަޅުތާލު ކުރަން ފެށީ މުސާރަ ނުދޭތާ ތިން މަސް ދުވަސް ވެފައިވާތީ ކަމަށެވެ.
ފުލުހުންނާއި ސިފައިންނަށް ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތައް: އެތަނުގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައެއް ވަނީ ފެންމަތިވެފައި ފޮޓޯ: އައިލެންޑް އެކްސްޕާޓް
"މުސާރަ ނުދެނީ ކީއްވެގެން ކަމެއް ނޭނގޭ. މި ތަނުގެ މަސައްކަތްތައް ބަރާބަރަށް ކުރިއަށް ދޭ،" އެ މީހާ ބުންޏެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސިފައިންނާއި ފުލުހުންގެ 14 ބުރީގެ ހަ ޓަވަރު ހުޅުމާލޭގައި އިމާރާތް ކުރަން އައިލެންޑް އެކްސްޕާޓުން 1،000 އަށް ވުރެ ގިނަ ބިދޭސީން ގެންގުޅެ އެވެ.
މުސާރަ ނުދޭތީ މަސައްކަތް ހުއްޓާލައި، އައިލެންޑް އެކްސްޕާޓުގެ މީހުން އިހުތިޖާޖު ފެށުމުން ފުލުހުން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ.
އައިލެންޑް އެކްސްޕާޓުގެ މުވައްޒަފުން މިއަދު ހަޅުތާލުގައި.
މިކަމާ ބެހޭ ގޮތުން އައިލެންޑު އެކްސްޕާޓުގެ އިސްވެރިއަކާ ގުޅޭ ގޮތެއް ނުވި އެވެ.
އެ ތަނުގެ މުވައްޒަފުންނަށް މުސާރަ ނުދީގެން ހަޅުތާލުކުރިއިރު، ފުލުހުންގެ ބިލްޑިންގްތަކުގެ މަސައްކަތް މިހާރު ވަނީ ނިމެން ކައިރިވެފަ އެވެ. އަދި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާދާސީދާ
25 April 2018
މުސާރަނުދެންޏާ ޢިމާރާތްކުރިބައި ތަޅާލާ! އޭރުން ހުންނާނީ ރާކަނިމަސް ކެވިފަ!
ޢަލީ1
24 April 2018
ސިފައިންގެ ފްލެޓް ދިނީވެސް ނުހައްގުން ގަވާއިދާ ހިލާފަށް ވަކިބަޔަކަށް ފަހިވާގޮތަށް އެންމެފަހުވަގުތު ސަރުކާރުން ލޯނުހަމަޖައްސަދީގެން، ތިކަހަލަ ބޭއިންސާފުން ކުރާކަންތަށް ނިމޭނީ ހަމަ ތިހެން
ނަސްރާ
25 April 2018
ތީ ފުލެޓުތައް އަންނަސަރުކާރަކުން ތަޅާލާނެ.. އަދީ ނުހައްގުން ފުލެޓު ދީން މީހުންނާއީ ހޯދީމީހުންނައް ޖަލުން ފުލެޓުދޭނީ..
ޤައުމު
24 April 2018
ފުލެޓްގެ ޑައުންޕޭމަންޓް ދެއްކިތާ 5 އަހަރު މިވަނީ! 2އަހަރު ތެރޭ ފްލެޓްއަށް ވަދެވޭނޭކިޔައި ސިފައިންނާއި ފުލުހުންނަށް މި ހިޔާނާތްތެރި މިވަނީ ދައުލަތުގެ ޤައްދާރުންތަކެއް،މިކަމަކީ ތަހްގީކޮށް ފިޔަވަޅު އަޅަންޖެހޭ ކަމެއް، ކބައިތޯ ސައުދީން މި ފްލެޓް އަޅަން ދިން 50 މިލިއަން ޑޮލަރު؟ ޢެވެސް ކައިފަ ބާކީ ފައިސާއިން 50 މިލިއަން ރުފިޔާ އަށްވަނީ ބަދަލުވެފަި! މީ ކިތަށްމީހުންގެ ހައްޤުތޯ؟ މި އޮތީ 2018 ގެ ކުރިން ފުލެޓަށް ވަދެވިފަ...
ކެކެ
23 April 2018
ބުރޯ.ސަރުކާރުން އެކުންފުންޏައް ލާރި ދނީމަ ދޯ ލޭބަރުންނައް މުސާރަ ދެވޭނީ.އަޑުއެހިން އެކުންފުންޏައް ސަރުކާރުން ދޭންވާ ފައިސާ ނުދޭވާހަކަ.
ބޮސާޑް
23 April 2018
އެފްލެޓްތަކަކީ ސަރުކާރުން އަޅާ ތަންތަނެއް ނޫން. ސިފައިންނާއި ޕޮލިހަކީ ސަރުކާރުގެ އިދާރާތަކަށްނުވާތީ އެތަންތަނުގެ އަމިއްލަ ބަޖެޓުން އެމީހުން ކަންކަން ބަލަހައްޓަނީ. ދައުލަތާއި ސަރުކާރު ވަރަށް ގިނަމީހުން މަސްހުނިކުރޭ ކަންނޭގެ.
ޙުސެން
24 April 2018
ޜައީސްގެ ކުރި ކެނޑިޔަސް އެބުނަނީ ދައުލަތަށް ހުރަސް އަޅާފިޔޭ. ދެންއޮޅޭނެނު.
ނަންނުކިޔަާ
23 April 2018
އަހަރެން ޑައުންޕޭމަންޓް ދިންތާ 4 އަހަރު ވީ 91000 ވަރަށް އުފަލާއި އެކު ޑައުންޕޭމަންޓް ސިފްކޯ އަށް ދެއްކީ.. މިއަދާ ހަމައަށް ވެސް އަދި ވަދެވޭނެ ކަމުގެ ޔަޤީންކަމެއް ނުލިބޭ.. ވަދެވޭނެ 3 ޑޭޓެއް މިނިސްޓަރ ދެއްވި. މިއަހަރު ވެސް އެތަން ނިމޭނެ ކަމެއް ނޭގެ.. ސިފްކޯ އިން އޭރު ކުލީގެ ގޮތުގައި ނަގަން ބުނީ 7000.. އެކަމަކު މިހާރު އަޑުތައް އިވޭ ގޮތުގައި 10000 ދައްކަން ޖެހޭ ކަމަށް ސިފްކޯ ގެ މުވައްޒަފުން ބުނޭ.. މިހެން ވެއްޖެ ނަމަ ވަރަށް ދެރަ.. މިހާރު ހިތައްއަރާ ވެށިފަހި އަށް ލެވުނު ނަމަ އޭވެސް.. ވަރަށް ދެރަ
އެއްމެފަސް
23 April 2018
އެއްމެ ފަހުން ތިތަންތަންވެސް ނިންމާނީ ސިފައަށް ނުކުމެ ތޯއެއްޗެއް.
2222
23 April 2018
"އެ ތަނުގެ މުވައްޒަފުންނަށް މުސާރަ ނުދީގެން ހަޅުތާލުކުރިއިރު، ފުލުހުންގެ ބިލްޑިންގްތަކުގެ މަސައްކަތް މިހާރު ވަނީ ނިމެން ކައިރިވެފަ އެވެ. އަދި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތުގެ ބޮޑު ބައެއް ވަނީ ނިމިފަ އެވެ" ކީކޭބާ މިބުނަނީ.
ޢަބްދުﷲނާފިޒް
23 April 2018
ފޮޓޯއިން ފެންނަން އެހެރީ މަސައްކަތް ނިމިފަހުރިވަރު ކަމަށް ވަންޏާ ދެން ކުރަންހުރި މަސައްކަތް ތަކަކީވެސް ކުރު މުއްދަތެއްގަ ނިންމޭނެ މަސައްކަތެއް ނޫން، އިމާރާތެއްގެ ފިނިޝިންއަކީ ވަރަށް ގިނަ ކަވި މަސައްކަތްތަކެއް، ވަރަށް އަވަހަށް ނިންމާ ނުލެވޭނެ، އެކަމަކު ނަވާޒު ތިތަންތަން ބަލާލަން ދަނިކޮށް ވަރަށް އަވަހަށް ނިމިދާނެ.
ޟުރާ
23 April 2018
އެންމެ ފަހުން ހުޅުމާލޭގެ ސެންޓްރަލް ޕާކު ކައިރޯ 3 ޓަވަރު ހެދި ރާއްޖޭގެ މަޝްހޫރު ކޮންސްޓްރަކުޝަން ކުންފުންޏަކުންވެސް ލޭބަރުންނަށް މުސާރަ ނުދޭތާ 3 މަސް ވެފައިވާ ކަމަށް އެމީހުން ބުނި. ރައީސްގެ ގެ ހަދަނީވެސް މި ބުނާ ކުންފުނިން.
ޗިކުސް
23 April 2018
އެހާ ބުރަ މަސައްކަތް ކުރާއިރު ، އަދި ތިޔަހާ ކުޑަ މުސާރަޔެއް ދޭ އިރު ތި ގޮތައް ހަދަން ހެޔޮވެސް ނުވާނެޔެއް ނުން. ކޮންމެ ސިފައިގަވެސް ކޮރަޕްޓް ވަދެފަ ތި އޮތީ.
ޑާޑާޑާޑާޑާ
23 April 2018
ރަނގަޅު، ހަމަ ބޮޑު ރަނގަޅު.........