ސްކޫލް ކުދިންތަކެއް: ކުދިންގެ އަޚުލާގީ މައްސަލަތައް އިތުރުވަމުންދާ ކަމަށް އެމްޑީޕީން ބުނޭ.
25 އެޕްރީލް 2018 - 10:14
ސްކޫލް ކުދިންގެ އަޚުލާގީ މައްސަލަތައް އިތުރުވަމުން ދަނީ ތައުލީމީ މަންހަޖުން ބާކީކޮށް "ދަސްވާރު" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގެ ސަބަބުން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
މަޖީދިއްޔާ ސްކޫލް ގްރޭޑް 10ގެ ދަރިވަރަކާއި އެ ސްކޫލް ކިޔަވައިދޭތާ 12 އަހަރު ވެފައިވާ އިންޑިއާގެ އެ ޓީޗަރަކާ ދެމެދު މާރާމާރީ ހިންގި މައްސަލައެއް ވަނީ ފެންމަތިވުމާ އެކު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ޓީޗަރު ސަސްޕެންޑު ކޮށްފަ އެވެ. އަދި ޓީޗަރު ސަސްޕެންޑް ކުރި މައްސަލައިގައި މަޖީދިއްޔާގެ ހުރިހާ ޓީޗަރުން ވަނީ އިއްޔެ އިހްތިޖާޖް ވެސް ކޮށްފަ އެވެ.
އެ ޓީޗަރަށް ގުރޫޕަކުން ބިރު ދައްކާތީ، ރާއްޖެ ދޫކޮށް އިއްޔެ ވަނީ ފުރައިފަ އެވެ. އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގުމުގައި ބައިވެރިވި ކުއްޖަކީ ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވަމުން އަންނަ ކުއްޖެކެވެ.
މި މައްސަލާގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ވަކި ކުދިންތަކަކީ ނުކިޔެވޭނެ ކުދިންތަކެއްގެ ގޮތުގައި ލޭބަލް ކޮށްގެން ގެންގުޅުމަކީ ގޯހެއް ކަމަށެވެ. އެއީ ސްކޫލާއި ސްކޫލުން ބޭރުގައި އެ ކުދިން ނަފްސާނި ގޮތުންނާއި އަޚުލާގީ ގޮތުން ބަލިކަށި ވެދާނެ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"އޭގެ ސަބަބުން ކުށްކުށަށް އަރައިގަންނަ ކުދިންގެ އަދަދު ގިނަވުމަކީ އެކަށީގެންވާ ކަމެއް،" ބަޔާނުގައި ވެ އެވެ.
އެމްޑީޕީން ބުނި ގޮތުގައި ސްކޫލާއި ސްކޫލުން ބޭރުގައި ވެސް ކުދިންގެ މި ފަދަ މައްސަލަތައް ދިމާވުމުން، އެ ކަންކަމާ ގުޅިގެން އަވަސް ފިޔަވަޅުތައް އަޅަމުންނެއް ނުދެ އެވެ.
އެހެން ދިމާވަނީ ސްކޫލްތަކުގެ ހިންގުމުގެ ތެރެއަށް އެޑިއުކޭޝަނުން ވަރަށް ބޮޑަށް ވަދެ، ސްކޫލްގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޚުތިޔާރު ސްކޫލްތަކަށް ނުދީ ސްކޫލްގެ ކަންކަމާ ގުޅޭ ގޮތުން ނިންމަންޖެހޭ ނިންމުންތައް ސީދާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާތީ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެހެންކަމުން، ސްކޫލްތަކުގެ ކަންކަން ނިންމުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު އެ ތަންތަނުގެ މެނޭޖުމަންޓަށް ދޫކުރުމަށާއި ސްކޫލާއި މުޖުތަމައުގައި ކުދިން ކުށަށް އަރައިގަންނަ މައްސަލައާ މެދު ހަރުދަނާ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
އަދި ސްކޫލް މާހައުލުގެ ރައްކާތެރިކަން ޔަގީންކޮށް ދިނުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށާއި ތައުލީމީ ދާއިރާގައި ނިންމާ ކަންކަން އިންސާފުވެރިކޮށް ނިންމުމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ބަޔާނުގައި އެޑިއުކޭޝަން މިނިސްޓްރީ އަށް ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޒްކާރޓް
26 April 2018
ކަލޭމެން ތިޔައީ އަޚުލާޤުގެ މަތިވެރި ނަމޫނާއެއް!
ރާއްޖެ
25 April 2018
ސިޔާސީ ކަންކަމާއި މަސްތުވާތަކެއްޗާއި މާރާމާރީއާއި ބޮޑެތި ހުރިހާ ކުށްތަކެއްގައި 18 އަހަރުނުވާ ކުދިން އުޅޭ.... އަދި މީކީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއްވެސް ނޫން. އަހަރެމެން 2002ގަ މަޖީދިއްޔާއިން ކިޔެވިއިރުވެސް މާރާމާރިއަކީ އެތާގަ އާންމުކަމެއް. ބަދަލަށް ގެނައި އެމްޑީޕީގެ 3 އަހަރުގަ ވެސް މިކަހަލަ މައްސަލައަކަށް ބަދަލެއް ނާދޭ. މިއީ މުޅި ގައުމު ފެއިލްވުން.
އައިސް
25 April 2018
ހަޤީގަތަކީ ކޮންމެވެރިޔަކުވެސް ބޭނުންވަނީ ކުރީގެވެރިޔާ ކޮއްފައި އޮތީކޮން ނުބައިކަމެއްތޯ ބަލައި އެކަމެއް އޭނަޔަށްވުރެ ނުބައިކޮއްކުރެވޭތޯ؟ ރަނގަޅުކަމެއް ކުރަންވެއްޖިއްޔާ ހަމައެކަނި މެނިފެސްޓޯގައި ޖަހާނީ
ޢާނު
25 April 2018
ތިކަމާ ހެދި އަޅުގަޑު ދަރިފުޅު ރާއްޖެއިން ބެރައް ބަދަލު ކުރަން ޖެހުނީވެސް.
އަހުމަދު އިބްރާހިމް
25 April 2018
މިހާރު ދަރިވަރުން ތިބެނީ ޓީޗަރުންނަށް ވުރެ މަތީގަ،.،.... ޓީޗަރުން ތިބެން ޖެހެނީ ސައިޒުގަ.... މިއީ ރިއާލިޓީ އަކީ އިނގޭތޯ... އަޅުގަނޑުމެން ކިޔެވި އިރު ރޭގަނޑު 9 ގެ ފަހުން ބޭރުގަ ވެސް އުޅުން މަނާވާނެ... ސިނގިރޭޓް ބުއިމުން ސުކޫލުން ކަނޑާލާނެ... ޑިމޮކްރަސީ އާއި އެކު އައި އިންގިލާބު ތި ފެންނަނީީީ.... ވ. ސަލާމް
ޢަބްދުލްމުހައިމިން
25 April 2018
އެމްޑީޕީ އޭ ކިޔާ ސަރުކާރެއް އޮތް ދުވަސްވަރު ވަށާޖެހޭ ތަޢުލީމީ ކިޔައިގެން ހަންފެތުރީ ރަނގަޅަށްތަ؟ ކޮންމެ ދަރިވަރަކީ އޯލެވެލް އިމްތިޙާނު ހަދާ ވަރުގެ ޤާބިލުކަން ލިބިފައިވާ ދަރިވަރުންނެއްނޫން. މަތީ ގުރޭޑުތަކުގައި ފާސްނުވެ ގުރޭޑު 10ށް ގޮސް ބޮޑު ޚަރަދުކޮށްގެން އިމްތިޙާނު ހަދާ ޔޫ ސެޓެއް ލިބުނީމާ އެވަނީ ކޯއްޗަކަށް؟ އެއަށްވުރެ ދަސްވާރު ޕްރޮގުރާމުގެ ފައިދާ މާބޮޑު. "ދަސްވާރު" ގެ ޕްރޮގުރާމު ހިންގަނީ ތައުލީމީ މަންހަޖުން ބާކީކޮށްގެންނެއް ނޫން. ނޭނގިތިބެ ބަޔާންތައް ނެރުނީމާ އެ ވަނީ ޤަމާރުންނަށް. ވަރަށް ވާހަކަ.
އެފް އެމް
25 April 2018
ކުދިންގެ އަޚްލާގުގެ މައްސަލަ އެމް.ޑީ.ޕީ އިން ދައްކާއިރު ވެރިންނަށް ރައްޔިތުން ކިޔަމަންވާން ނުޖެހޭ ކަމަށާއި ތީޗަރުންނަށް ދަރިވަރުން ކިޔްމަންވާން ނުޖެހޭ ކަމުގަ ފާޅުކަން ބޮޑުގޮތެއްގައި ވަކަލާތުކޮށް ރާއްޖޭގެ އިޖްތިމާޢީ ފޭރާން ވީދާ ކުދިކުދި ކޮއްލީ ހަމައެކަނި އޭރުގެ ވެރިމީހާ ވެރިކަމުން ބޭލޭނެ ހަމައެކަނި ގޮތަކީ އެއީކަމަށް ބުނެ އޭގެފަހުން އެކަންކަން ރަނގަޅުކުރެވިދާނެކަމަށް ބުނެ ހުދު އަޅުގަނޑު ކައިރީގައިވެސް އެމް.ޑީ.ޕީ ސަރުކަރުގެ މިނިސްޓަރަކު ވާހަކަދެއްކި މިއަދު މިވާހަކަތައް އެމެ.ޑީ.ޕީ އިން ދައްކަން ލަތުވެތިވާން ޖެހޭ
ގެދާނޯމޮސް
25 April 2018
އިންޑިޔާ މީހެއްގެ ވާހަކައިން ފެށޭކަމެއްގެ ވިއްޔާމުން އެމްޑީޕީ ކަންބޮޑުވުން ފާޅު މިކުރަނީ ދެޤައުމު ފަނިކުރަން ފުރުސަތު ހޯދުމަށެވެ. މިވެސްސިޔާސީ ގޮތުން ހިތިފިލުވަން ހިންގި ކަމަކަށް ވުންގާތެވެ.
ކަލޭފާނު
25 April 2018
އެހެންވަނީ ހައްދެއް މިނެއްނެތި އިންޓަނެޓު ދޫކޮށްލާފަ އޮންނާތީ. ބަލާނެއެއްޗެއް ބެލުނުގޮތަކަށް ބަލަނީ ހުރިހާއުމުރުފުރާއަކުންވެސް.
ރަދީފް
25 April 2018
ކުދިންގެ އަޙްލާގް ގޯސްވުން އެއީ ވަރަށް ހިތާމަހުރިކަމެއް.ރަދީފްމެން ސްކޫލްގަ އުޅުނުއިރު ޓީޗަރެއް މަގުމަތިން ފެނުނަސް ޖެހިލުންވެފަ ތިބެނީ.(މިބުނީ ޕްރައިމަރީގަ ކިޔެވިއިރު) އެއީ ސ.ހިތަދޫ ނޫރާނީ ސްކޫލް.އެސްކޫލްގެ ޕްރިންސިޕަލް އަލްމަރްހޫމް އަލީ ލުތުފީ ކުދީންގެ އަޙްލާގް ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި.އޭގެ ނަތީޖާއަކީ އެދުވަސްވަރު އެ ސްކޫލުން ތައުލީމް ހާސިލްކުރި ޖެނެރޭޝަން އެއީ ނަމޫނާ ޖެނެރޭޝަނެއް.އަޅުގަނޑު ވަރަށް އުފާވޭ އެފަދަ ފުރާޅެއްގެ ދަށުން ޕްރައިމަރީ ތައުލީމް ހާސިލް ކުރެވުނީތީވެ.ދެން ފަހުން ސެކަންޑްރީ ތައުލީމް ހާސިލްކުރީ އީޕީއެސްއިން.އެސްކޫލްގެ ސުޕަވައިޒުން ކަމުގައިވާ ޕަރޭ ، އަސަރޭ ފެނުނަސް ދަރިވަރުން ޖެހިލުންވާނެ.އެފަދަ ކަލްޗާއެއް ސްކޫލްތެރޭގަ ނެތި ދަރިވަރުންގެ އަޙްލާގް ރަނގަލުކުރަން ވަރަށް އުނދަގގޫވާނެ.ވ.ވެދުން