މާމިގިލި އިންޓަނޭޝަނަލް ޕޯޓު ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
02 މެއި 2018 - 22:33
ކުޑަ ގައުމަކަށް ވާތީ ފަގީރުކަން އޮންނާނެ ކަމާއި ކަންކަން ނުކުރެވޭނެކަން މީގެ ކުރިން ދިވެހިންނަށް ވިސްނައިދެމުން އައިސްފައިވާ ކަމަށާއި އެކަމަކު މިހާރު އެކަން ބަދަލުވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. މާމިގިލީގައި ހެދި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރު ހުޅުވުމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އަބަދުވެސް އައީ ރާއްޖެ އަކީ ކުޑަ ގައުމެއް ކަމަށް ވުމުން ވަސީލަތްތައް ރާއްޖޭގައި ނެތް ކަމަށް ވިސްނަައި ދެމުން ކަމަށެވެ. އިގްތިސާދު ބިނާ ކުރަމުން އައީ ހަމައެކަނި ފަތުރުވެރި ކަމަށް ކަމަށާއި ނަތީޖާއެއްގެ ގޮތުން އެހެން އިގްތިސާދީ ދާއިރާތަކާ މެދު އޮތީ ވަރަށް ބޮޑަށް އިހުމާލު ވެފައި ކަމަށް ސައީދު ވިދާޅުވި އެވެ. އެކަމަކު ސައީދު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން އެ ކަންކަން ބަދަލުކުރައްވައިފި އެވެ.
ރާއްޖެ އަކީ ކަނޑުގެ ސަރަހައްދު ބޮޑު އަދި މުހިންމު ތަނެއްގައި އޮތް ގައުމަކަށް ވާތީ އެކަމުގެ އިގްތިސާދީ ފައިދާ ވަރަށް ބޮޑަށް ނެގިދާނެކަން ސައީދު ފާހަގަކުރެ އެވެ.
"އަޅުގަނޑުމެންނަކީ ކަނޑުގެ ފުޓް ޕްރިންޓް ވަރަށް ބޮޑު ގައުމެއް. އަޅުގަނޑުމެންނަކީ އިގްތިސާދީ ފުޓް ޕްރިންޓް ވަރަށް ބޮޑު ގައުމެއް،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މުދާ ހިފައިގެން ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ދަތުރު ކުރެވޭނެ މާ ގިނަ ގޮތްތަކެއް ފަހިވެފައި ނެތް ކަމަށެވެ. ދުނިޔޭގެ މުދާ އުފުލާ ބޮޑެތި ބޯޓު ފަހަރަށް އިންޑިއާ ކަނޑު ހުރަސްކޮށް މުދާ އުފުލެން އޮންނާނީ ދެ ކަނޑުއޮޅިއެއް ކަމަށާއި އެ ދެ ކަނޑު އޮޅި ވެސް އޮތީ ރާއްޖޭގެ ސަރަހައްދުގައި ކަމަށް ވުމަކީ ރާއްޖެ އަށް ލިބިފައި އޮތް ބޮޑު ނަސީބެއް ކަމަށް ސައީދު ވިދާޅުވި އެވެ.
"މިހާރު ދުނިޔޭގައި ހުރި ބިޔަ، ވެރީ ލާޖް ކޮންޓެއިނާ ކެރިއާ (ވީއެލްސީސީ) ނުވަތަ އަލްޓްރާ ލާޖް ކޮންޓެއިނާ ކެރިއާތަކަށް ސުއެޒް ކެނަލް އަކުން ދަތުރެއް ނުކުރެވޭ. އެއީ ފަސް ލައްކަ ޓަނަށް ވުރެ ބޮޑެތި ބޯޓް ފަހަރަށް މި ދަތުރު ކުރެވެނީ ސައުތު އެފްރިކާގެ ޓިޕުން ޗައިނާއަށް ނުވަތަ އީސްޓަށް. އަދި އީސްޓުން ޔޫރަަޕަށް ދާ ނަމަ، މިސާލަށް ބްރެޒިލްގައި އުފައްދާ ތެޔޮ ޗައިނާއަށް ފޮނުވާ ކަމަށް ވަންޏާ އިންޑިއާ ކަނޑު ހުރަސްކޮށް ދެވެން އިންނާނީ ހަމައެކަނި ސައުތު އެފްރިކާގެ ޓިޕުން. ސުއެޒް ކެނަލްއަކުން ދަތުރެއް ނުކުރެވޭ،" ސައީދު ވިދާޅުވި އެވެ.
މިހާރު ވެސް ރާއްޖޭގެ ކަނޑުއޮޅި ހުރަސްކޮށް ދުވާލަކު އެތައް މިލިއަން ފީފާއެއްގެ ތެޔޮ ދުނިޔޭގެ އެއް ބިތުން އަނެއް ބިތަށް ގެންދާ ކަމަށް ސައީދު ވިދާޅުވި އެވެ. އެހެން ކަމުން އަހަރެއްގެ މައްޗަށް އެއް ޓްރިލިއަނަށް ވުރެ ގިނަ ފީފާގެ ތެޔޮ ރާއްޖޭގެ ކަނޑު ހުރަސްކޮށް ގެންދެވޭނެ ކަމަށާއި އެއިން ވެސް އެނގެނީ ރާއްޖެ އަށް ފަހިވެފައި އިގްތިސާދީ ގޮތުން ފަހިވެފައި އޮތް ފުރުސަތުތައް ކަމަށް ސައީދު ވިދާޅުވި އެވެ.
ޓޫރިޒަމަށް ބަރޯސާ ނުވެ އިގްތިސާދީ އެހެން މަސައްކަތްތަކުން ވެސް ނަފާ ހޯދޭނެކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ދިވެހިންނަށް ވިސްނައިދެމުން އައިސްފައި ވަނީ "ނުވާނެ" ކަން ކަމަށެވެ
"ނުވާނެ ކަމުގެ މައްޗަށް އަޅުގަނޑުމެންގެ ވިސްނުން ތިލަ ކޮށްފައި ހުރީ. އަދި އެ ވިސްނުންތަކުގެ މައްޗަށް ކުރި ވެރިކަންތަކެއް އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. ފަގީރު ކަމަކީ މިހާ ކުޑަ ގައުމެއްގައި އޮންނާނެ ކަމެއް ކަމާއި، ވަސީލަތްތައް ނެތް ކަމާއި، މިފަދަ ހުރިހާ ވާހަކައެއް އަޅުގަނޑުމެންގެ ވިސްނުމަށް ލައިދެމުން ދިޔައީ.،" ކުރީގެ ސަރުކާރުތަކަށް ފާޑު ވިދާޅުވަމުން ސައީދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށް މާމިގިލީގައި ހުޅުވި އެ ބަނދަރަކީ ރާއްޖޭގައި ރަށެއްގައި ހަދާފައިވާ އެންމެ ބޮޑު ބަނދަރެވެ. ގާސިމްގެ ވިލާ ކުންފުނިން ހެދި އެ ބަނދަރު ހިންގާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަބްނަމް
03 May 2018
ރާޢްޖެއަކީ ކުޑަ ޤައުމެއް މިކަމާ ދެކޮޅުހެދޭކަށްނެތް އަދި ވަސީލަތްތައްވެސް މަދު، އެކަމު ޤައުމަށް ލިބޭ މަދު އެތިކޮޅުވެސް ގެންދަނީ ވަކިބަޔަކުކަން އެނގެންވާނެ. ވަޒީފާތައްވެސް ދަނީ އެގޮތަށް. ފުލެޓްވެސް އެގޮތަށް. އިރުގަޑީ ފައިސާވެސް އެއްބަޔަކަށް ދީފައި އަނެއްބަޔަކަށް ނުދޭ.
މުހައްްމަދު
03 May 2018
ރަނގަޅަށް ކިޔަވައިގެން ކޯސްތައް ހަދާފަ ތިބި ކުދިން ވަޒީފާއަށް ކުރިމަތިލީމަ ތަނެެއް ދޮރެއް ނުދަންނަ ލާޗާާރު ބިޗާރު ބަޔަކަށް ވަޒީފާތައް ދީފަ ނަމަކަށް އިންޓަވިއު ކޮށްފަ ބައެއްގެ ހައްގުތަކަކަށް އަރައިގަނެ މިނޫންދުވަހެއް އޮތްކަން ހަނދާންވޭތަ މިކޮމެންޓް ޖަހަން ކެރޭނެތަ
ހުއްބުލް ވަތަން
03 May 2018
އެއާޕޯރޓް، ފެން ކުންފުނި، ދިރާގު ޝެއާރ މީހައްތަހާވެސް ވިއްކާލި އެއްޗިހި ދެއްތޯ؟
ފޭކުއިކޮނޮމިސްޓް
03 May 2018
އަހަރެމެން ކުޑައިރު މީހުން ކިޔާ އުޅޭ ކޮންމެވެސް މީހަކު އޭނާގެ ގޯތި ވިއްކާލާފަ ކާރެއް ގަތް ވާހަކަ. އެންމެ ފަހުން އޭނާ ވަންނާނެ ތަނެއް ނެތިގެން ނިދަން ޖެހުނީވެސް އެ ކާރުގަޔޭ ކިޔާ. މިހާރުގެ އިގުތިސާދީ ސިޔާސަތުގެ ވަރަށް ރަނގަޅު މިސާލެއްމީ.
އަހުމަދުބެ
03 May 2018
ވިސްނައިދީފަ އޮތީ ގިނައިން ލޯނު ނެގީމަ ޖީބައްލެވޭ ބައި ބޮޑުވާނެކަމަށެވެ. ދެން ފައިސާ ދައްކާނީ ރައްޔިތުން ކަމަށެވެ. ވެރިކަން ބަފަލުވީމަ ރާއްޖެއިން ބޭރުގަ އުޅޭގޮތަށެވެ. ސިޔާސީ މަގާމް ތަކުގަ ހުރި ނުލަފާމީހުން ދުރުކުރަން އިތުރު ދައުރެއް ދޭން ކަމެއް ނެތެވެ.
އަހަންމާ1001
03 May 2018
ދަރަނިކޮށް ބޮޑެތި ލޯނު ނަގައިގެން، އެކަށީގެން ނުވާ ބޮޑެތި އަގުތަކުގައި ޕްރޮޖެކްޓުތައް ހިންގަނީ ޤައުމައް ހެޔޮއެދިގެން ނޫން. ފައިސާ ނެގޭނީ ޕްރޮޖެޓްތަކުގެ ތެރެއިން ކަމަށްވާތީ. އަތްނުބާނާ ހަމަ އެންމެ މުޢައްސަސާއެއް ނެތް. މިނިވަންކަން ނެތް މުޢައްސަސާތަކުން ނެރޭ ތަފާތު ހިސާބުތައްވެސް ޤަބޫލުކުރަން ދަތި.
ހަސަނު2
03 May 2018
ނޫން ވިސްނިފައި އޮތީ ގައުމު ވިއްކާލައިގެން ދަރުވާލައިގެން ޗައިނާ ފަދަ ގައުމުތަކުގެ ދަރަނި އަވާގައި ނުޖެހި ކަންކަން ކުރަން.. އެހެން މީހުންނަށް ތި އޮޕްޝަން ނެތީކީ ނޫން.
ޢަލީބަލީ
03 May 2018
ލޯނަކަށްފަހު ލޯނެއް. އަހަރެމެން ވިކި ހުސްވެއްޖެ. ތިޔަތަރައްގީ ބޭނުމެއްނޫން.
ނިއުރިޗްބޯއިސް
03 May 2018
ވިސްނައިދީފައި އޮތީ ފަގީރުކަމާއި ކަންކަން ނުވާނެކަން ކަމަށް އެންމެ ބޮޑަށް ޕްރޮޕެގެންޑާ ފެތުރީ އިންޑިއާ ލަންކާ މީހުންނޭ އެމެން އަޑީގައި ތިބެގެން. މިހާރު ވެސް ރާއްޖޭގައި އިންޑަސްޓްރިއަލް މަސައްކަތް ތައް ކަމުގައިވާ އިންޖިން އެސެމްބްލް ކުރުމާއި އަދި ބޮޑެތި އާގު ބޯޓް ފަހަރު ބަނުމާއި އަދި ބޮޑެތި ޓަގް ތަކާއި ކޮޅު ވެއްޓި ބަނުމާއި އަދި ވެލްޑިންގް އެން ލޭތް ރިލޭޓެޑް ފިރިހެން ވަންތަ މަސައްކަތުގައި ރާއްޖެ ކުރި އަރައިގެން ހިނގައިދާނެ މިހާރު ވެސް މާލެ ސަރަހައްދުން ގުޅި ފަޅުން ނާއި އަދި ތިލަފުށިން ކުޑަ އަގުގައި ދިގު މުއްދަތަށް މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ކޮންމެ އަމިއްލަ ކުންފުންނަކަށް 10 ހާސް އަކަފޫޓްގެ ބިމެއް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރު ދުވަސް ވަން ދެން ކުއްޔަށް ދެނި ކޮށް. އަދި މާލެ ސަރަހައްދުން މާލެ ވަށައިގެން 5 ކިލޯ މީޓަރުގެ ރޭޑިއަސް ގައި ހުރި ފަޅު ތައް ހިއްކަިއގެން 20 ބިލިއަން އަކަފޫޓް ކުއްޔަށް ދޭންވީ. ޖަސްޓް ގޮނާ މޭކް އަސް އަ ސުޕަރ ރިޗް ކަންޓްރީ.
ބީވާ
03 May 2018
ކަލޯ ކަލޭމެން ތިޔަ ނަގަމުންދާ ލޯނު ތަކަށްވުރެވެސް ފަގީރުކަން މާ ހިތަށް ފަސޭހަ ވާނެ. ދިރި ތިބި ބަޔަކަށް ތިކަން ފެންނާނެ. ކަލޭމެން ހަމައެއް ލަމައެއް ނެތި ރައްޔިތުން އަތުން ނަގަމުންދާ ޓެކްސްތަށްވެސް އެބަ ފެނޭ.