ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ތެރެއިން، އެޕާޓީން ވަނީ ރޯދަޔަށް ސިޔާސީ ހަރަކާތްތައް މެދުކަނޑާލަން ނިންމާފަ-- މިހާރު ފޮޓޯ
03 މެއި 2018 - 13:02
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ހަރަކާތްތައް މި އަހަރުގެ ރޯދަމަހަށް މެދުކަނޑާލަން ނިންމައިފި އެވެ.
ރޯދަމަހުގައި އަޅުކަމަށް ގިނަ ވަގުތު ދިނުމަށް ކަމަށްޓަކައި މިދިޔަ އަހަރުގެ އެ މަހަށް ވެސް އެ ޕާޓީގެ ހަރަކާތްތައް މެދުކަނޑާލި އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ އަމާޒު މިހާރު ހުރީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކަމަށެވެ. ކެމްޕެއިނަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނައިރު، އެ ކަންކަން މަޑު ޖައްސާލާނީ ރޯދަ މަހަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމާފައި މިވަނީ ރޯދަ އަށް ސިޔާސީ، ރަސްމީ މަސައްކަތް މަޑުޖައްސާލަން. އެކަމަކު ޓީމުތަކުން އަތޮޅުތެރޭގައި ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ގެންދާނެ. އެއީ ރައްޔިތުންގެ ހާލު ބެލުމަށް ގެންދާ ހަރަކާތްތަކެއް،" ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަނީ-- ޕީޕީއެމުން ވަނީ ރޯދަމަހަށް ސިޔާސީ ހަރަކާތްތައް މެދުކަނޑާލަން ނިންމާފައި-- މިހާރު ފޮޓޯ
ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލުމުގެ ގޮތުން، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ނިންމައިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި "ހެސްކިޔާފައި" ނަމުގައި ބާއްވާ އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ އިތުރުން ސަރުކާރާއި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ސަރުކާރާގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވެސް ޖަލްސާގައި ބައިވެރިވާނެ ކަމަށާއި އެ މީހުން ބައިވެރި ވާނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ސަރުކާރަށް ތާއީދު ކުރާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ޕީޕީއެމުން ސިޔާސީ ބޮޑެތި ހަރަކާތްތައް ހިންގާއިރު، އެހެން ޕާޓީތަކުން މަސައްކަތް ކުރަނީ ރާއްޖެ ހަލަބޮލި ކުރަން ކަމަށެވެ.
ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ނުހިންގާ ކަމަށް ޕީޕީއެމުން ބުނާއިރު، އިދިކޮޅު ޕާޓީތަކުގެ ޖަލްސާތަކަށާއި އެއްވުންތަކަށް ސަރުކާރުން ފުރުސަތު ނުދޭ ކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ޕީޕީއެމުން ޖަލްސާތަކާއި އެއްވުންތައް ބާއްވާއިރު، އިދިކޮޅު ޕާޓީތަކަށް އެ ފުރުސަތު ނުދޭތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާތާ ކިތަންމެ ދުވަހެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަގަ
03 May 2018
ކ.އަތޮޅު މާލެ އަކީ ދިވެހީން އެއްމެ ހިއްދަތި ދިރިއުޅުމެއް އުޅެމުންދާ ރައްކަމައް ވާތީ އެކަމާ ވަރައް ހިތާމަ ކުރަން..
ހޯރަފުށީ ދާއިރާ
03 May 2018
ފީފީއެމް ސަރުކާރުން ދާއިރާގަ އަޅާދޭން ބުނި އެއާރފޯޓް ކޮބާ? ރޯދައަށް މެދުކެޑްނީތަ!
ޢަބްދުﷲނާފިޒް
03 May 2018
ޚަލީލޫ ބުނަން ވާހަކައެއް، ކަލޭމެން ކުރާ ކަމެއް ކަލޭމެން ކުރޭ، އެހެން ޕާޓީތަކުން ކުރާ ކަންތަކާ އަޅައިގަނެގެން ނެއްޓެން ނޭގިގެން ތިއުޅެނީ ކީއްވެގެންތޭ، ކަލޭމެންގެ އުނދަގުލާހުރެ މިހާރު ފޮރުއްޕާވަރެއްނޫނޭ، މިގޭދޮށަށް ކޮންމެހެން ހާލު ބަލަން އަންނާނެކަމެއް ނެތް، ހެޔޮ ދުވަހަކުނަޔަސް. އަޔަސް ނަޔަސް ވޯޓެއް ނުދޭނަން، ކިތަންމެ މޮޅު ވާހަކައެއް ދެއްކިއަސް ހަމަ ބޮޑުވަރިހަމަ.
ސިންދުބާދު
03 May 2018
މިރާއްޖޭގައި އެހެން ދީނެއް ފެތުރިޔަ ނުދޭން ތެދުވެރިކަމާ އަމާނާތްތެރި ކަމާއެކު ﷲއަށް ބިރުވެތިވެ ޙަރާމް އެއްޗެއްގައި ނުޖެހި ތިޔަހާ އިޚްލާޞްތެރި ޖިހާދެއް ކުރާ ބަޔަކު ރަމްޟާން ފަދަ ބަރަކާތްތެރި މައްސަރެއްގައި ތިޔަ މަތިވެރި ޖިހާދު ހުއްޓާލާނީ ހަމަ އެހެންގޮތެއް ނެތިގެން ކަން ގަބޫލުކުރެވޭ. ކޮންމެ މައްސަރެއްގައި ކުރިޔަސް މާތްﷲ "ތިޔަމަސައްކަތުގެ ހައްގު ދަރުމަ ދެއްވާނެ".
އަބޫ ކެޓް
03 May 2018
ގެނެސްދެމުން އައި ކެންޕެއިން ޕްރޮގުރާމްތަށް މެދުކަނޑާލީ، ދެން އޮންނާނީ ދީނީ އިލްމުވެރިންގެ ދަރުސްކިޔާ ވަރަށް ރީތި ހުށައެޅުމެއް.
ސަބްނަމް
03 May 2018
ޕީޕީއެމްގެ ސަރުކާރުން މަސްވެރިންނަށް ދޭން ބުނި ފައިސާ ބަހަން ފަށަނީ ކޮން އިރަކުން. މިހާރު މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދޭންފެނޭ. މިކަންތައްތައް ރޭވިފައި އޮތްގޮތް ކިޔައިލަދިނުމަށް.
ރެވެނިއު
03 May 2018
ޕީޕީއެމްގެ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. ސަރުކާރުން މިހާރު މިއަހަރު ރައްޔިތުންނަށް ކޮށްދޭން ފަށާ ޕްރޮޖެކްޓްްސް ތަކެއް ވެސް މިއަހަރު އެއްގޮތަކަށް ވެސް ފެނިގެން ނުދެއޭ މިހަފްތާ ވެސް ނިމިގެން ދިޔައިރު ސަރުކާރުން ރައްޔިތުންނަށް ފަހިވާގޮތަށް ކޮށްދޭނެ ކަމެއް އެއްވެސް މިނިސްޓްރީ އަކުން މިނިސްޓަރަކު ކީ ތަނެއް އަދި ސޮއި ކުރި އެއްބަސްވުމެއް ފެނިގެން ނުދެއޭ. މިއަހަރު ގެ ބަޖެޓް އިން ކުރާ ކެޕިޓަލް އިންވެސްޓްމެންޓް އެއްގެ މައުލޫމާތެއް އަދި އެއް ރައްޔިތުންނަށް ތިލަ ވެގެން ނާދެއޭ. ކޮބާތޭ ތިލަފުށި މިހަފްތާގައި ހިއްކަން ފަށާނަމޭ އެމްޓީސީސީން ބުނުމަށް ފަހު އެކަން ވެސް ނުފަށައޭ އެމްޓީސީސީ އަކީ ސަރުކާރުގެ ކުންފުންނަކަށް ވާއިރު ކޮންޓިންޖެންސީ ބަޖެޓުން ފައިސާ ދީގެން ނަމަވެސް ތިލަފުށި ހިއްކާލަންވީއޭ އެއިރުން ޔަގީނޭ އެހިއްކާ ބިން ތަކުގެ އަދަދު 40 ބިލިއަން އަކަފޫޓަށް ވެއްޖެނަމަ 20 ބިލިއަން އަކަފޫޓް ކުއްޔަށް ދިނީމާ މަހަކު 20 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ސަރުކާރަށް..
ޢައިންތް
03 May 2018
ޝައިތޯނާ ވެސް ކަސްތޮޅު އެޅުވޭ ރޯދަމަހު
އަސީލް
03 May 2018
ޝުކުރިއްޔާ ރޯދަ މަހު ތަން ކޮޅެއް ހަމަ ޖެހިގެން އުޅެވޭނެ މި ވެރިންގެ ރޯބުހުތާން ޚަބަރެއްނުވެ. ނޫހެއް ބަލާލަން ނޯވޭ ބޮޑޭ ކަނޑާ ދައްކާ ކޮސް ވަހަކަތަކުން
ނައުފަލް
03 May 2018
މަޖުލިސް އޮތީ މިހާރުވެސް ޗުއްޓީގަ، އަނެއްކާ ކޯޓުތައްވެސް ރިސެސް ނަގަނީ؟ އެވެސް މުޅި ރޯދަ މަހަށް؟......
ވަޓްޑޫޔޫ
03 May 2018
ޕީޕީއެމްގެ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލި ނަމަވެސް ސަރުކާރުން ރައްޔިތުންގެ ތަރައްގީ އަށް ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރު ރޯދަ މަހު އަދި ސްޕީޑް ޖެހޭނީ އެކްސެލެރޭޓް ކުރަންއޭ އެގޮތުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ އަމިއްލަ ކުންފުނި ތަކަށާއި އަދި ސަރުކާރުގެ ހުރިހާ ކުންފުނި ތަކަށް ގުޅި ފަޅުން ނާއި ތިލަފުށިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް 100 އަހަރު ދުވަސް ވަންދެން ދައްކާ ގޮތަށް ހަދާ އެދެ ފަޅު ހިއްކާ އެތަނުން ބިންތައް ކުއްޔަށް ދޭނެ ކަން ސަރުކާރުން އިއުލާން ކޮށްލާ އެމްޓީސީސީ އަށް ދީގެން މިދެ ފަޅު ހިއްކާލަންވީއޭ. އެއިރުން ނޭ މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ މީހުންގެ އަދަދު އިތުރުވެ ރާއްޖޭގެ އިގްތިސާދު ފުޅާވެގެން ދާނީ. އޯއް އޯއް އޯއް ޑޯންޓް ބީ ސޯ އިންޑިސައިސިވް މޭކް ފާރމް ޑިސިޝަން އެން މޫވާ ފާސްޓް ވަޓް ޑޫ ޔޫ މީން އޯއް އޯއް އޯއް ވަޓް ޑޫ ޔޫ މީން..
ޑާޑާޑާޑާޑާ
03 May 2018
ކޯޑިނޭޓަރޫ، ކޯޑިނޭޓަރު ވެއްޖެނޫންތާ ދިވެހި ބަހުން ލިއަންކަން ދަސްކުރާ ކުރު ކޯހެއް ނަމަވެސް ހަދަން، އޭގެ ފަހުގަ ކޮމެންޓު ކުރެވޭތޯ ބަލާނީ އިނގޭ.