ފެނުނު ކައްކާައި ހުރި ބިސްތަކެއް: މިއީ ސިއްހީ ފައިދާތައް ގިނަ އެއްޗެއް.
08 މެއި 2018 - 06:28
ހަކުރު ބަލީގެ ނުރައްކާ އޮންނަ މީހުން ކުކުޅު ބިސް ކެއުމުން ހިތުގެ މައްސަލަތަކަށް މަގުފަހިވާ ކަމަށް ބެލެވިފައި އޮތަސް އެއީ ރަނގަޅު ހީއެއް ނޫން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ކުރީގެ ދިރާސާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ހަކުރު ބަލި ހުންނަ މީހުން ހަފުތާއަކު 12 ބިސް ކާ ނަމަ، ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ބިރު ބޮޑެވެ. ނަމަވެސް ސިޑްނީ ޔުނިވަސިޓީގެ ޓީމަކުން ހެދި ދިރާސާއިން ފާހަގަވި ގޮތުގައި ބިސް ކެއުމާއި ހިތުގެ ބައްޔާ ގުޅުމެއް ހުރި ކަމަކަށް ނުދައްކަ އެވެ.
މި ދިރާސާ ހެދުމަށް، ހަކުރު ބަލި ހުންނަ މީހުން ތިން މަސް ދުވަހު، ކޮންމެ ހަފުތާއަކު މަދުވެގެން 12 ބިސް ކައިގެން އަންނަނީ ކޮން ކަހަލަ ބަދަލުތަކެއްތޯ ބެލި އެވެ.
އެކަމަކު އެ މުއްދަތުގެ ތެރޭގައި ބިސް ކައިގެން ބަރުދަނަށް ވެސް މާ ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށާއި ހިތުގެ މައްސަލަތައް އިތުރުވާ ކަމަކަށް ވެސް ނުދެއްކި އެވެ. އަދި އެ މީހުންގެ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލާއި ލޭގައި ހަކުރު އެކުލެވޭ މިންވަރަށް ވެސް ނުރައްކާތެރި ބަދަލެއް ނާދެ އެވެ.
"ތިން މަސް ދުވަހަށް އަހަރެމެން ބެލި ބެލުމުން، ހަކުރު ހުންނަ މީހުންނަށް، ބިސް ކެއުމުން ހިތުގެ އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވޭ،" ދިރާސާ ޓީމުގައި ހިމެނޭ ނިކް ފުލާ ވިދާޅުވި އެވެ. "އެހެންވީމާ އަހަރެމެންގެ ދިރާސާ އިން އެނގުނު ކަމަކީ ހަކުރު ހުންނަ މީހުން ބިސް ކެއުމާ ދުރުވާން ނުޖެހޭކަން. ބިހަކީ ދުޅަހެޔޮ ޑައިޓަކަށް ވަރަށް ވެސް މުހިއްމު ބާވަތެއް."
އެމެރިކަން ކްލިނިކަލް ނިއުޓްރިޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ބިހަކީ ޕްރޮޓީނާއި މައިކްރޮނިއުޓްރިޓަންޓްސް އިން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ ބިހަކީ ހަށިގަނޑަށް އެތެރެ ކުރެވޭ ކާބޮހައިޑްރޭޓްސް އާއި ފެޓްގެ މިންވަރު ވެސް ހަމައަކަށް އަޅުވައިދޭ އެއްޗެކެވެ. އަދި ބިހަކީ ލޮލާއި ހިތާއި ލޭހޮޅިތަކުގެ މަސައްކަތްތައް ވެސް ބަރާބަރުކޮށް ދޭން އެހީތެރިވެދޭ އެއްޗެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެއިތް
08 May 2018
ހަކުރު ހުންނަ މީހުންނަށް ބިހަކީ ނުރައްކަލެއް ނޫން ކަމަށް ދިރާސާ ތަކުން ދެއްކުމުން އެދިރާސާ ގައި ބޭނުން ކޮށްފައިވާނީ ދުނިޔޭގެ ސްޓޭންޑަރޑް އަށް އަޅާ ބިހެވެ. ނަމަ ވެސް މިރާއްޖޭގެ މާލެ އަށް އިންޑިއާ އިން މިގެންނަ ބިހަކީ މީ އެއްވެސް ހާލެއްގައި އެއްވެސް ފައިދާ އެއް ކުރާނެ އެއްޗެއް ނޫނޭ އެއީ ކެމިކަލް ކާރުޚާނާ އެކެވެ. ކިރިޔާ ވެސް ސިއްހަތަށް ފައިދާ އެއް ކުރާނީ ބްރައުން އެގް އިންނޭ އެވެސް އެންމެ ރަނގަޅީ ކައްކައިގެން ކެއުމޭ ބިސް ގަނޑު އަޅައިގެން ތެލާއި އެކު ބިސް ކައިގެން އޭގެ ފައިދާ ނުކުރާނެއޭ. ހަކުރު ބަލި ހުންނަ މީހުންނަށް ބިހަކީ ނުރައްކަލެއް ނޫން ކަން އެނގުން އެއީ މަމެން އުފާ ކުރާ ކަމެކޭ. ދުނިޔޭގައި ލައްވަވާފައިވާ ކާނާ ތަކުގެ ތެރޭން ވަކި ކާނާ އެއް ނުކާން ނުޖެހޭނެއޭ އެހުރިހާ އެއްޗެހި ކޮމްބައިން ކޮށްގެން ކެއުމުންނޭ ހަށިގަނޑަށް ފައިދާ ވާނީ. ފެއިތް އިޒް ފައުންޑް އިން ދަ ގިފްޓްސް ފޯރ އަސް އޯލް ވީ ހޭވް ޓު ޑޫ އިޒް މޭކް ރިސާރޗް އޮން ދެމް.