އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ޖަލު ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތަށް އެމަނިކުފާނު ހާޒިރުކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
08 މެއި 2018 - 11:54
އެމަނިކުފާނަށް ލިބިވަޑައިގެންނެވީ "ޝަހީދެއްގެ ދަރަޖަ" ކަމަށާއި އެކަމަކު، ގިޔާމަތް ދުވަސް އަދި އެބަ އޮތް ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ އަށް މިއަދު ބަހުގެ ހަމަލަތަކެއް ދެއްވައިފި އެވެ.
އުއްތަމަ ފަނޑިޔާރު އެގޮތަށް ވިދާޅުވީ، ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލަން އެމަނިކުފާނު އެންގެވި މައްސަލާގައި ކުރި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެންނެވެ.
މިއީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
މި ހުކުމް އިއްވަމުން ދިޔަ ވަގުތު، އުއްތަމަ ފަނޑިޔާރުގެ މޫނުފުޅުން ނުތަނަވަސްކަން ފެނުނެވެ. އަދި ހުކުމް ކުރުމާ އެކު، އެމަނިކުފާނުގެ ޓައި ވަރަށް ބާރުކޮށްލެއްވި އެވެ.
މީގެ އިތުރުން، މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އަލީ، ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވާފައި ކޯޓު ރޫމުން ނުކުމެވަޑައިގަންނަވަން ފެއްޓެވުމުން، ގާޒީ އަށް އަޑު އިވޭވަރަށް އުއްތަމަ ފަނޑިޔާރު ހަމައެކަނި ވިދާޅުވީ "ގިޔާމަތް ދުވަސް "އަދި އެބައޮތް ކަމަށެވެ. އެކަމަކު އޭގެ ޖަވާބުގައި ގާޒީ އިބްރާހިމް އަލީ އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.
ޝަރީއަތް ނިމުނު ފަހުން، އުއްތަމަ ފަނޑިޔާރު ވަނީ އިށީންނަވައިގެން އިންނެވި ގޮނޑިކޮޅުން ތެދުވެވަޑައިގެން، އަޑު އަހަން ޝަރީއަތުގެ މަޖިލީހަށް ވަދެ ތިބި މީހުންނަށް އިޝާރާތްކޮށް "މި ލިބުނީ ޝަހީދެއްގެ ދަރަޖަ" ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު، އަދި "މަރު ނުވާ" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން، އުއްތަމަ ފަނޑިޔާރު ކޯޓު ރޫމުން ނުކުމެވަޑައިގެންނެވީ އެމަނިކުފާނުގެ ވަކީލުންނާ ސަލާމް ކުރެއްވުމަށް ފަހު އެވެ. އަދި ޝަރީއަތް އަޑުއަހަން ކޯޓު ރޫމުގައި ތިބި ނޫސްވެރިންނާއި އާންމުންނާ ދިމާލަށް ހިނިތުންވުމާ އެކު، އަތްޕުޅުގެ އިޝާރާތުން ސަލާމް ކުރެއްވުމަށް ފަހު އެވެ.
ސިޔާސީ އިދިކޮޅު ބައެއް ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ހުރި ކަންތައް އިތުރަށް މުރާޖައާ ކޮށްދިނުމަށް އެ ކޯޓުގައި އެދުމަށް ޖެމްސް މެދުވެރިކޮށް، ސަރުކާރުން ފޮނުވި ސިޓީތައް ވެސް ސުޕްރީމް ކޯޓުން ބަލައިނުގަންނަ ކަމަށް ސަރުކާރުން ބުނެ އެވެ. ސިޓީތައް ބަލައިނުގަތުމަށް ފެބްރުއަރީ 4، 5 ގައި، އުއްތަމަ ފަނޑިޔާރުގެ އަމުރަށް އެ ކޯޓުގެ ޖެމްސް ސިސްޓަމް ހުރީ ނިއްވާލާފައި ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.
ނަމަވެސް، އުއްތަމަ ފަނޑިޔާރު ވަނީ ދައުވާ އަށް އިންކާރު ކުރައްވައި، އެއީ އެމަނިކުފާނު "ދެނެހުރި ކަމެއް ވެސް ނޫން" ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު، ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިންގެ ތެރެއިން އެކަކު ބުނެފައި ވަނީ ޖެމްސްގެ ހިދުމަތް ކަނޑާލަން، އުއްތަމަ ފަނޑިޔާރު، އޭނާ އަށް އަމުރުކުރެއްވި ކަމަށެވެ. އަދި އެ އަމުރު އޭނާ އަށް ކުރެއްވުމުން، ސުޕްރީމް ކޯޓުގެ މުވައްޒަފަކަށް އެކަން ކުރަން އަންގާފައިވާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ.
އެހެން ހެކިވެރިއަކު ބުނެފައި ވަނީ ސުޕްރީމް ކޯޓުގެ އިސް މީހަކު ގުޅާފައި ޖެމްސްގެ ހިދުމަތް މެދުކަނޑާލަން އެންގުމުން، އެ ހިދުމަތް ދޭ ވާގަނޑު ކަނޑާލާފައިވާނެ ކަމަށެވެ. މި މައްސަލަ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވެފައި ވަނީ ހެކިންގެ ހެކިބަހަށް ރިއާޔަތް ކުރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިންޓީ
09 May 2018
ޝަހީދެއްގެ ދަރަޖަ އެއް ނުލިބެ މޮޔަނުގޮވާ.. ޢިއްޒަތާ ބާރު ދެއްވާ އިމްތިހާނުގަ ވަނިކޮށް ހިތުހުރި ގޮތަކަށް ކަން ކުރަމުން ދަނިކޮށް އެއްކަމެއް ފަޅާއަރައިގެން މައްސަލަބަލާ ހުކުމް ކުރާ މީހަކަށް ޝަހީދުންގެ ދަރަޖައެއް ނުލިބޭނެ. ނަސީބުތާ ގިޔަމަތް ދުވަސް ހަނދާންވިކަން. މުޅިޢުމުރު މަގާމުގަ ތިބޭނެކަމަށް ދެކިގެން ޚިޔާނާތްތެރިވީމާ ލިބޭނީ ތިކަހަލަ ލަނޑެއް.
ދޮންބީފާނު
09 May 2018
ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން ކަނޑާލެވޭނީ. އެންސީއައިޓީ ސާރވަރ ޑައުން ކޮށްލުމުން ނުވަތަ ޑައުން ވުމުން ކަމަށް ވާހަކަ ދައްކާފައި މިވާ މީހުންނާމެދު އަހަރެން ނެތިން އެއްޗެއް ބުނާކަށް. އެކަމަކު ހިތަށް އަރާ ނޭނގޭ ކަންކަމުގެ ވާހަކަ ނުދައްކާނަމަ މާ ރަނގަޅުވާނެތާއޭ. އޭރުން ތިމާއަށް އެކަމެއްގެ ގޮތް ނޭނގޭ މިންވަރު އެހެން މީހުންނަކަށް ނޭނގޭނެތާއޭ.
ހޭކެނޑޭ
09 May 2018
މަނިކުފާނުމެން ތިތާ ތިއްބަވައިގެން ބޭ އިންސާފުން ޙުކުމްތައް ނެރުނު އިރު ޤިޔާމަތް ދުވަސް އެއީ ތިމާއާ ކުރިމަތި ލާން ނުޖެހޭނެ ދުވަހެއް ކަމުގައި ދެކިތިބެ ދޮތަ މި ހުރިހާ ދުވަހަކު ކަނަތައް ކުރަމުން އައީ. އަދި ތިބާ މެންނަކީ އުމުރު ދުވަހު ތި މަޤާމު ގައި ތިބެވޭނެ ކަމަށް ހީކޮއް ދޮތަ އުމުރަށް ހުވާ ކޮއްގެން ތިބީ. މިހާރު ދޮތަ އެނގުނީ ޤަޔާމަތް ދުވަހަކީ އޮތް ދުވަހެއްކަން. މިކަމުންވެސް ތިޔަ ކޯޓުގައި ބާކީ ތިއްބެވި ފަނޑިޔާރުން ނަށް އެއްޗެއް ވިސް ނޭނެ ކަމަށް ހީކުރަން.
ގުލާމު
08 May 2018
މާތްކަލާގެ ހެޔޮ ރަޙުމަތާއެކު, އާރާއި ބާރު ދެއްވި ދުވަހުން އޭގެ ބޭނުން ނަހަމަގޮތުގައި ކުރަމުނަދާ އަޅުތަކުން އާޚިރަތުގެ މަތީން ހަނދާންކުރަން ޖެހެނީ މިފަދަ ކަންކަމަކީ ކުއްލިއަކަށް ވެސް މެދުވެރިކުރައްވަފާނެ ކަންތައް ކަމަށް ހިތުގެ އަޑީން ގަބޫލުކޮށްގެން. ﷲ އިންސާނުން އިމްތިޙާނުކުރައްވަނީ ބާރާއި ޢިއްޒަތާއި ތަނަވަސްކާމާއި މިފަދަ އެތައް ކަމަކުން. ﷲގެ ނިޢުމަތާމެދު ޣާފިލުވުމަކީ އިންސާނާގެ ހަލާކު. ﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ އެކަކަށް ލަހެއް ފަހެއް ނުވޭ. ޢިބުރަތް ލިބިގަންނަންވީ ދިރިތިބީން.
އެންސީއައިޓީ ސީއީއޯ އުއްތަމަ
08 May 2018
ދައުލަތުގެ މުައައްސާސާތަކުގެ މެދުގަ ސިޓީ ބިޓީ ބަދަލުކުރާ ޖެމްސް ގެ ޚިދުމަތް ހޯދުމަށް ފުރަތަމަ ސިޓީއެއް ފޮނުވުމަށް ބޭނުންވާ ތަނަކުން (މިސާލަކަށް ޕީޖީ ނޫނީ އޭޖީ އޮފީސް) އެފޮނުވަން އުޅޭ ސިޓީއަކަށް ޖެމްސް ދޫކުރާނީ ސިޓީ ނަންބަރު. އެނިމުނީ. ސިޓީ ރެޖިސްޓަރ އެވީ. ދެން ހާޑް ކޮޕީ ފޮނުވާނީ މެސެންޖަރު އަތަށް ދީފަ ސުޕްރީމް ކޯޓަށް. ސޮފްޓް ކޮޕީ ސްކޭން ކޮށްފަ ފޮނުވާނީ ޖެމްސް މެދުވެރިކޮށް . ދެފަޔަށް ހިނިއަރާގެން ޖެމްސޭ ޖެމްސޭ ކޮމްޕިއުޓަރ ނިވާލީއޭ ޚިދުމަތް މެދުކެނޑީއޭ ކިޔަކަސް ނުވާނެ އަދި. އެންސީއައިޓީ ޖެމެސް ސާރވާރ ޑައުންކޮށްފައެއް ނުވޭ. މާނައަކީ ޖެމްސް ޚިދުމަތް ނުކެނޑެއޭ. ސިޓީ ލިބެންޖެހޭ އޮފީހެއްގަ ހުންނަ ކޮމްޕިއުޓަރެއް ނިވުން ހަލާކުވުން އެއީ ޖެމްސް ހުއްޓުމަކަށް އަންނާނެ ކަމެއް ނޫން އެންސީއައިޓީ ސާރވާރ ޑައުން ނުކުރާހާ ހިނދަކު. ސިޓީ ބިޓީ ފޮނުވާނެ ވަރަށް ގިނަ ގޮތްގޮތް ހުންނާނެ. އެއްގޮތަކަށް ބަރޯސާވެ ސިޓީ ރައްދުވިކަން ޔަގީން ނުކުރުމަކީ ސިޓީ ފޮނުވަން އުޅުނު ފަރާތަކުން ޒިންމާ ނަގަން ޖެހޭކަމެއް.
ދޮންތުއްތު
09 May 2018
"......... ދެން ހާޑް ކޮޕީ ފޮނުވާނީ މެސެންޖަރު އަތަށް ދީފަ ސުޕްރީމް ކޯޓަށް." ެހެހެހެހެހެ ދައުލަތުގެ އިދާރާތަކުން ފޮނުވާ ލިޔެކިޔުންތައް ފޮނުވަންޖެހޭ ރަސްމީ އުސޫލު ކަލެއަށް ތިހިރީ ނިކަން ރަނގަޅަށް އެނގިފަ. ހެހެހެހެހެހެ މާ މޮޅު މީހަކަށް ހެދިގެން އުޅެން ހަދައިގެން ތިކަހަލަ ބޭޒާރު ވާނީ.
ޕޮގުބާ
08 May 2018
ގިޔާމަތްދުވަސް މަތިން ހަދާންވަނީ ކަމެއްދިމާވީމަ ނުހައްގުން އެތަށްބައެއްގެ ހައްގުތަށް ނިއުޅައިގަތްއިރު އެކަމެއް ހަދާނެއްނުނެތޭ
ނިސާރު
08 May 2018
1 ފެބުރު އަރީ ގައިވެސް އިދިކޮޅޭމެން ކައިރީ ގަ ހަމަ ތިޔަހެން ބުނި ނަމަ. އަދިކިރިޔާ ގިޔާމަތް ދުވަސް މަތިން ހަދާންވީ ދެއްތޮ.
ރައްޔިތުމީހާ...
08 May 2018
ބަލަގަ 1 ފެބުރުއަރީގައި ހަމައެއް ލަމައެއް ނެތި ބޮޑެތި ކުއްވެރިންނާއި މިޤައުމުގެ އަދުއްވަކު ދޫކުރަން އުޅުނުއިރު ޤިޔާމަށް ދުވަސް އޮންނަކަން މަނިކުފާނު ހަނދާނުގައި ނެތީބާ؟؟؟؟؟؟؟
ނަންނުކިޔާ
09 May 2018
ރައްޔިތުމީހާ. ސްޕްރީމް ކޯޓުން 1ފެބްރުއަރީ 2018ގައި ކުރިހުކުމް ރަގަޅަށްކިޔާލަބަލަ.ހަމަ އެކުމުގަ އެބައޮތް އެމީހުންގެ ޝަރީޢަތްތައް އިންސާފުވެރިކަމާއެކު ތަހުޤީޤްކޮށް އަލުން އެޝަރީޢަތްތަށްކުރިޔަށް ގެދިއުމައް އަމުރުކޮއްފަ.
ކެޓް6 ހުކުމް
08 May 2018
އެންސީއައިޓީ ވާގަނޑަކީ ކެޓް6 ކޭބަލް ކޮޅެއްތަ؟ އެންސީއައިޓީ ގެ ޒިންމާ އުއްތަމަ ފަނޑިޔާރު ނަގަންތާ ތިޖެހުނީ! ދައުލަތުގެ ކޮމްޕިއުޓަރ ނެޓްވޯކް ކޮޅުތައް ތިޔާ ހުރީ އަތްފޯރާ ފަށުގަތާ! ސުޕްރީމް ކޯޓު އައިޓީވެސް ހެޑަކީ އުއްތަމަ ފަނޑިޔާރު. ޖެމްސް ހަވާލުކޮށްފަ އިންނަ ކާތިބުގެ ވަޒީފާ ބަޔާންގަ ހިމެނޭ ޖެމެސް އާއި ގުޅުން ހުރި ބައިތައްވެސް އުއްތަމަ ފަނޑިޔާރަށް. ހައްހައްހާ.. މިނިސްޓަރުން ޖެމްސް އަށް ސަމާލުވޭ!
ކެޓް ކެޓޭ
08 May 2018
ހާދަހާވާ ނޭނގޭ ކަމަށޭ މިހާރު މިއިދިކޮޅު ކުދިން މިހެދެނީ... އަޅެފަހެ ތިޔަހާ މޮޔަ ނުގޮވިޔަސް ރަނގަޅުވާނެ
ތަމަތަމަ
09 May 2018
ބަލަ ކަލެއަކަކަށް ނޭނގޭތެ އެއޮފީހަކުން ބޭނުންވެއްޖެނަމަ ހިދުމަތް ކަނޑާލެވޭނެކަން. އުއްތަމައަކަސް އަބަދަކު ދޮގެއް ނުހެދޭނެ.
ކަނޑޮކޮސް ހކމ
08 May 2018
ތިޔަށް ވުރެ ތާހިރުވީސް އުއްތަމަ ފަނޑިޔާރު އިންޖީނުގޭ ޖަނަރޭޓަރު ތައް ނިވާލަން އެންގިއޭ ބުނިނަމަވެސް. އެންސީއައިޓީ ބަލަހައްޓާ ސިސްޓަމްތަކާ ދައުލަތުގެ ކޮމްޕިއުޓަރ ނެޓްވޯކް އިންފާސްޓަރަކްޗަރ ގެ އެޑަމިނިސްޓްރޭޓަރަކީ އުއްތަމަ ފަނޑިޔާރު މޭޒުކޮޅުން ހިންގާ ކަމަކަށް ތިޔަ ހެއްދެވީ!
ބޮޑުކޮސް
08 May 2018
ކަނޑުކޮހުންނަކަށް ނޭނގޭނެ މިވާނުވާ! އެކަމު އުޅޭނީ ވަރަށް އެނގޭކަމަށް ވަރަށް ވިސްނުން ރަނގަޅުކަމަށް ހެދިގެން..