ޚަބަރު / ލޯކަލް މާރުކޭޓް

ބާރު ބޮޑު، އަގު ބޮޑު، ބާޒާރެއް!

ގިނަ ބަޔަކު ވިޔަފާރި ކުރަން ދިޔަ ދުވަހަކު ބާޒާރުމަތި ތޮއްޖެހިފައި-- މިހާރު ފޮޓޯ

މުލަ ރޯދަ ދުވަހާއެކު ބާޒާރުމަތި ހަލަބޮލިވެފައިވާއިރު ދިވެހި އުފެއްދުންތަކުގެ އަގު ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު ކުރަން ފަށައިފި އެވެ.

ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަކޮށްފައިވާ ދަތުރުވެރިންގެ މާރުކޭޓު، މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށްވެސް ވަނީ ތޮއްޖެހިފައި އެވެ. ކާބޯތަކެތި ގަތުމަށް އެތައް ބަޔަކު އެތަނަށް ގޮސްފައިވާއިރު އެންމެންވެސް ދައްކަނީ އެއް ވާހަކައެކެވެ. އެއީ ތަކެތީގެ އަގު ބޮޑު ވާހަކަ އެވެ.

"އަށް ރުފިޔާއަށް ކޮޕީ ފަތެއް ވިއްކަނީ. ކުރިން 10 ރުފިޔާ ނޫނީ 15 ރުފިޔާއަށް ފަތް ބޮނޑިއެއް ލިބޭ،" ތަކެތީގެ އަގު ބޮޑުކަމުގެ މިސާލު ދައްކަމުން މީހަކު ބުންޏެވެ.

ރޯދަ ފެށުމުގެ ކުރިން ހުރި އަގުތަކަށް 15-20 ރުފިޔާ އިތުރުކޮށް އަގު ބޮޑުކޮށްފައިވާ ކަމަށް ބާޒާރު މަތީން ދިމާވި ބައެއް މީހުން ބުންޏެވެ.

ރޯދަ މަހު ދިވެހިންނަށް އެންމެ ހާއްސަ ކަރާގެ އަގު އުޅެނީ 35 ރުފިޔާ އަށް ކިލޯ އެކެވެ. ވިއްކަން ގިނައިން ހުރީ ބޭރު ކަރަ އެވެ.

މީހަކު ދޮންކެޔޮ ގަންނަނީ، ދޮންކެޔޮ ވަކެއްގެ އަގު އުޅެނީ 6 ރުފިޔާއަށްވުރެ އަގު ބޮޑުކޮށް-- މިހާރު ފޮޓޯ

"ވިއްސާރަ ވީމަ ދިވެހި ކަރާ ލިބުން މަދީ. އަދި ލިބޭނެ. ހަފުތާއެއް ތެރޭ ދިވެހި ކަރާ ގިނަ ވާނެ. އޭރުން އަގު ކޮންމެވެސް ވަރަކަށް ދަށް ވެދާނެ. އެކަމަކު އެހާ ބޮޑުތަން ދަށެއް ނުވާނެ،" މާރުކޭޓުގެ ވިޔަފާރިވެރި އަކު ބުންޏެވެ.

Dhanduthakah gellunve, karaa libun dhathivejje

Dhanduthakah gellunve, karaa libun dhathivejje

The most trusted news source in the Maldives

Mihaaru

ވިއްސާރަވެ ދަނޑުތަކަށް ގެއްލުން ލިބުން---

ކަރާގެ އިތުރުން ކެއިންބުއިމަށް ބޭނުންކުރާ އެހެން ތަކެތީގެ އަގު ވެސް ބޮޑެވެ. އެގޮތުން ކުރިން 20 ރުފިޔާ އާއި 25 ރުފިޔާއަށް އާންމުކޮށް ވިއްކަން ހުންނަ ލުނބޯ ކިލޯއެއްގެ އަގު ހުރީ 45 ރުފިޔާއަށެވެ. ކުރިން 150 ރުފިޔާއަށް ވިއްކާ ދިވެހި މިރުސް ކިލޯއެއްގެ އަގު 700 ރުފިޔާ އަށް ވުރެ މައްޗަށް ވަނީ އަރާފައި އެވެ.

ދޮންކެޔޮ ވަކެއް ވިއްކަނީ ފަސް ރުފިޔާ އަށްވުރެ އަގު ބޮޑުކޮށެވެ. ޕެޝަންފުރުޓް ކިލޯއެއް އުޅެނީ 65 ރުފިޔާއަށެވެ.

އެހެން ރޯދަ މަސްތަކާ އަޅާ ބަލާއިރު ބާޒާރުގައި ތަކެތި އެހާ ގިނަ ނޫންކަން ވެސް ފާހަގަވެ އެވެ. ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަކޮށްފައިވާ އެ މާރުކޭޓުގައި ގިނަ އަދަދަކަށް ބޭރުގެ އުފެއްދުންތައް އެބަހުއްޓެވެ. އޭގެ ތެރޭގައި އާފަލާއި އޮރެންޖާއި މޭބިސްކަދުރާއި އަނބު ހިމެނެ އެވެ.

18 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 11%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ނަސީރު

17 May 2018

ވާހަކަ ގިނަކުރާނެކަމެއްނެތް. ބޭނުމިއްޔާގަނޭ! މިއީ މަގޭ އަމިއްލަ ފައިދާއައް ކުރާކަމެކޭ، ކޮންމެހެނެއް ގައުމައްޓަކާ ކުރާކަމެއް ނޫން!

The name is already taken The name is available. Register?

އަލތަކުރާ

17 May 2018

އެހާއަގުބޮޑުވީމައި އަހަރެން މާރުކޭޓަށްގޮސް އަގުބޮޑުކޮށް އެއެއްޗެހިނުގަންނަން... ވީހާވެސް ހަރަދުކުޑަކޮށް މެނޭޖުކުރަމުން މިދަނީ އޯލަޓަރނޭޓިވް އޮޕްޝަންތަކަށް ބަލައިގެން... ދެން ރޯދަމަސް ނިމޭއިރު ތިހުރިހާއެއްޗެއްގެ އަގު ޓަސްލާފައި އަގުވެއްޓިގެންދާނެ... އޭރުން މިހާރު ވިއްކަންތިބިމީހުންނަށް ލޮސް ދައްކާނީ...

The name is already taken The name is available. Register?

ރާއްޖެ

17 May 2018

އަޅުކަމުގެ މައްސަރަށް ތަކެތި އަގު ބޮޑުވާ ހަމައެކަނި ގައުމު- ދިވެހިރާއްޖެ

The name is already taken The name is available. Register?

ދޮއްތަ?

17 May 2018

އާޅޭ ނޫސްވެރިންނާއި ކޮމެންޓް ލިޔާކުދިންނަށް ޖަންވާގޮތް ހަމަ ނޭންގެނީތަ? އަތޮޅުތެރެ ފަޅުވެއްޖެ. ރަށުގައި ތިބީ މާމައާއި ކާފަ. ޒުވާންދަރިން ތިބީ 25 ބުރީގެ ޓަވަރުން ދެ ކޮޓަރީގެ ފްލެޓްހޯދުމަށް މާލެއައިސް. ދެން ކޮން ދިވެހި އުފެއްދުމެއްގެ ވާހަކައެއްތަ ތިޔަ ދައްކަނީ. ދިވެހިން މަސައްކަތެއްނުކުރޭ. މުޅި މާރުކޭޓުގައި ބިދޭސީން. ފެންނަ ލޮލެއްނެތް. އެމަމަކުއެެއީ ބޮޑުކުށެކޯ. އެކުއްއެކުރަނީ އެއޮށްވަރުގަދަ ކުރިމިނަލްކޯޓުގެ ކުރިމަތީ އެއޮށްފަދަ ފުލުހުންގެ ޖުރިމަތީ.

The name is already taken The name is available. Register?

ޝާއްނާ

17 May 2018

ރާއްޖެ ރައްޔަތުން އިސްލާމްވެ ރޯދަހިފަން ފެށީންސުރެން ، އެމަހަަކީ ކާބޯތަކެތީގެފެސްޓިވަލް އަކަށްވެފައި މިއަދާއި ހަމަޔައްވެސް ވެފައިމިއޮތީ ، ދެން އޮންނާނީ ކުޅިވަރު ކުޅުން ، ތާސްބައިން ފެށިގެން ތިންހަމައިން ރާޒުވާއިން ކެރަމްބޯޑުން ހިރިކުޅުމުން މިހެންގޮސް މިހާރު ބާސްކެޓާޢި ފުޓްބޯޅައަދި މަސްރޭހާއި ބައިބަލާއަށް ބަދަލުވެފައި މިއޮތީ ، އަސްލު ރޯދައަށް ތިބެ ހަދަންވީއެއްޗެއް ނޭންގެނީކަމެށް ހަދަން ބޭނުންނުވަނީކަމެށް އަޅުގަނޑަކަށް ނޭންގޭ ، އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ ރޯދަހިފުގައި ހަޑިގަނޑު ޑިޓޮކްސް ކުރުމަކީވެސް ވަރަށް ބޮޑުބޭނުމެއްކަން ، އެކަން މިހާރު ވެސް ޔޫރަޕްގައި ކޮއްުއުޅޭ އޭގެ ކުލިނިކްއެބަހުރި ޖާރމަނީގައިވެސް ، ހުސްފެންބޮއިގެން ހަފްތާއެއް ދެންގޮސް މަސްދުވަސް ވަންދެންވެސް އެތަނުގައި ތިބޭ ، ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ޒަމާނެއްގައިވެސް ޑިޓޮކްސް ކޮއްއުޅޭ ކަމުގެ ވާހަކަތަކާއި ހެކިތަށްއެބަހުރި، ވީމާ ދިވެހިންގެ ސިސްޓަމްއެބަޖެހޭ ބަދަލުވާނެ ،

The name is already taken The name is available. Register?

އަލީ!

17 May 2018

މައްސަލައެއް ނެތެއްނު ދިވެހިން ގަންނާނެ ކިތައްމެ އަގުބޮޑަސް.

The name is already taken The name is available. Register?

އަހަންމާ.

16 May 2018

މީގެ އަހަރުތަކެއް ކުރިން އަޅުގަޑަށް ރޯދަމަހެއްގައި އުޅެން ޖެހުނީ މުސްލިމުންނާއި، ޗައިނީސް ބުޑިސްޓުންނާއި،ހިންދޫ ތަމަޅައިން އުޅޭ ގައުމެއްގައެވެ.އެކަމަކު ރޯދަމަހު މިޗައިނާ މީހުންގެ ބޮޑެތި ސްޕަރމާކެޓް ތަކުގައިވެސް ސޭލު އަޅުވާ މުސްލިމުންނަށް ހެޔޮ އަގުގައި ކާބޯ ތަކެތި ވިއްްކައެވެ،އެކަމަކު މިއީ %100 މުސްލިމް ގައުމެއް ދެއްތޯއެވެ.

The name is already taken The name is available. Register?

ނިމާލް މޫސާ

16 May 2018

ރިސޯޓްތަށް ބޭރު މީހުނަށް، ދަތުރުފަތުރުކުރުން ބޭރު މީހުނަށް، މަސްވެރިކަން ބޭރު މީހުނަށް، ކަރާ ދަނޑުތަކާއި އުނގު ވިޔަފާރި ބޭރުމީހުނަށް، ދެން އަގުބޮޑުވާނެ، މިސަރުކާރަކުންވެސް ތަކެތީގެ އަގު ހެޔޮނުކުރެވުނު، ކުރެވުނުހާވެސް ކަމަކީ ސިޔާސީ މީހުން ޖަލައްލުން

The name is already taken The name is available. Register?

އަސްލުހާލަތު

17 May 2018

ރަނގަޅު ބަންގާޅީނާ އިންޑިއާ މީހުން މިހާރު މާރުކޭޓަށް ގެންނަ ތަކެތި ކޮންޓްރޯލްކުރަނީ.. ރަށު ދަނޑިގަ މަސައއކަތު ހުންނަ ބޮންދާ މާލޭގެ ބޮންދު އޭޖެންޓް ހުންނަނީ ގުޅިފަ.. ބޮންދު މާލެ އެތަކެތި ގެނެސް ގޮޅިތަކަށް ބޮޑު އަގުގަ ވިއްކަނީ.. މިކަން ހުއްޓުވަން ސަރުކާރު ނުކުޅެދިފަ.. އެސްޓީއޯއިން ނިކަން ގަބެލަބަކަ ގަނޑުކޮށް ރަށްރަށު ދަނޑުތަކުގެ ވެރިން އަތުން ދެން އެއްބައި ވިއްކާފަ އަނެއްބައި ގޮޅިތަކަށް ވިއްކާނި ކުޑަރޭޓެއްގަ ނުކެރޭނެ މާ ބޮޑު މާޖިންގ އެއް ލާކަށް އެސްޓީއޯއިން ވިއްކަންޏާ. އެކަހަލަ ޓްރިކަކުން ސަލާމަތްވާނި

The name is already taken The name is available. Register?

މިކީ

16 May 2018

ދިވެހި އުފެއްދުންތަށް ދޫކޮއްލާ ބޭރުގެ އެއްޗެހި ބޭނުން ކުރަންފަށަންވީ

The name is already taken The name is available. Register?

ރަށްދު

16 May 2018

ސަރުކާރެއްނޫން ރަށްޔިތުންފެލަނީ ވިޔަފާރިވެރިން ރަށްޔިތުން ފެލަނީ މަރުކޭޓްގަ ހުރިހާއެއްޗެއްވެސް ވިއްކަނީ ރަށްޔިތުންފެލާލަންވެގެން އެކަން އެމީހުން ރާވައިގެން ބަރާބަރަށްލުރެ

The name is already taken The name is available. Register?

އަލިފް

16 May 2018

ގިނަ ތަންތަން ސިޔާސީ މީހުން ނަގާފަ އަގުބޑު ކޮށް ކުޔަށް ދެނީއެވެ. އަޑި އޮތީ ސަކަރާކޮށްލާފައެވެ. ދެން މީހުނައް ފެންނާނީ ބޭރު ފަށަލައެވެ. އެތާ އުޅޭ ބިދޭސީން އެތިބެނީ ކޭޝިއަރުންނަށެބެ. އެއީ އެއްވެސް ގާނޫނެއް ހުއްދަ ކުރާ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454