އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދު: އެ ދެ ބޭފުޅުންގެ މައްޗަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރަން ވަނީ ހުށަހަޅާފައި---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
17 މެއި 2018 - 11:10
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށް ލުމަށް އިއްވި ދެ ހުކުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އިއްވި ޖަލު ހުކުމް އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
ސިޔާސީ އިދިކޮޅު ބޭފުޅުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކުރުމަށް އަންގައި މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު ޖަލަށް ލުމަށް ދެ ހުކުމެއް އަދި އަލީ ހަމީދަށް ޖަލު ހުކުމެއް މި މަހު ކްރިމިނަލް ކޯޓުން ވަނީ އިއްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރަށް އައިސްފައި ވަނީ ގަވަމެންޓް އީ ލެޓާ މެނޭޖްންޓްމަންޓް ސިސްޓަމް (ޖެމްސް) ސިސްޓަމް ސުޕްރީމް ކޯޓުގައި ޑައުން ކުރަން އެންގެވި މައްސަލާގައި އިއްވާފައިވާ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލަށް ލުމުގެ ހުކުމެވެ.
ފަނޑިޔާރު އަލީ ހަމީދަށް އިއްވާފައި ވަނީ ވެސް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.
އެ ހުކުމްތައް އިސްތިއުނާފް ކުރަން އެ ބޭފުޅުންގެ ފަރާތުން ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ މައްސަލަތައް ބަލައިގަތުމާ މެދު ހައި ކޯޓުން ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދަށް ކުރި ހުކުމުގެ އިސްތިއުނާފްގެ މަރުހަލާތައް ނިމޭއިރު އެ ދެ ބޭފުޅުންނަށް ކުރި ހުކުމް ދަމަހައްޓައިފި ނަމަ، އެ ބޭފުޅުންގެ ފަނޑިޔާރު ކަމުގެ މަގާމު އޮޓަމެޓިކުން ގެއްލޭނެ އެވެ. އެ ދެ ބޭފުޅުން މިހާރު ވެސް ތިއްބެވީ މުސާރަ ނުލިބޭ ގޮތަށް ފަނޑިޔާރު ކަމުން ސަސްޕެންޑްކޮށްފަ އެވެ.
ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކުރާ ހުކުމް އިސްތިއުނާފް ކުރަން ލިބޭނީ 10 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގައި އިސްތިއުނާފް ކުރުމުން އެ މައްސަލައެއް 30 ދުވަސް ތެރޭގައި ހައި ކޯޓުން ނިންމަން ޖެހޭނެ އެވެ. އަދި ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި އެ މައްސަލައެއް ސުޕްރީމް ކޯޓުން ވެސް ނިންމަންޖެހެ އެވެ.
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ކުރެ އެވެ. އެގޮތުން ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ވެސް އެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ބަކުރު
17 May 2018
ތިމީހުންގެ މަޤާމަކީ ޖަލުގޮޅި ތިމީހުން ގޮންޑީގަ ތިބިއިރު ކުށެއްނެއް ކިތަކެމީހުން ޖަލައްލާ އަދި އަދަބު ލިބެން ޖެހޭ ކިތައްމީހުން ލާރި ދީގެން މިނިވަންކޮށް އިންސާނީއަތާ ހިލާފު އެތަކެއް އަމަލު ހިންގާފަވޭ
އިސްތިއުނާފް
17 May 2018
ހެހެ. މައުމޫނުވެސް އަންނަނީ ހިންޏެވެ. މަވެސް މިހާރު އަންނަނީ ހިންޏެވެ. ތިމީހުނަށް ތިއިސްތިއުނާފް ނިކަން ރަނގަޅަށް އެނގޭނެއެވެ. އިސްތިއުނާފު ވާގޮތާއި އިސްތިއުނާފުގައި ވާގޮތާއި އިސްތިއުނާފް ހުކުން އަންނަގޮތް ނިކަން ރަނގަޅަށް އެނގޭނެއެވެ. އިއްޔެ ކަލޭމެން ކަންތައްކުޅަގޮތުން މިއަދު އަހަރެމެންގެ ހިތުގައި ކަލޭމެނަކަށް ރަހުމެއް ހަމްދަރުދީއެއް ކުލުނެއް ލޯތްބެއްނެތެވެ. ކަލޭމެން ޙުކުމްތައް ފަޓާސްބަރިއެއްހެން ކޮށްނިންމަމުންދިޔައީ އިންސާނިއްޔަތުކަމެއްވެސް ނެތި ވިއްޔާއެވެ.
ކެވެލި
17 May 2018
މި ދެމީހުންނަށް މިފަދަ ޙުކުމެއް ޙައްގުވޭ. ނިޒާމު ގަޑުބަޑު ކޮށްލުމުގެ މައި ރޯލެއް އަދާ ކުރި ދެ މީހުން. 2013 ގެ އިންތިޚާބު ގައި މިމީހުން ޢަމަލު ކުރި ގޮތް އަދިވެސް ހަނދާން އެބަހުރި.
އިންމަބޭ
17 May 2018
ކުއްކޮއްފަ ފިލޭތޯ ބަލާތި އަދިވެސް. އަދި ނުބެދޭ ކިތައް ކަންތައް ކޮއްފަ ތިބޭނެ މިމީހުން
ޕަޓަޕަޓަޕަޓަ
17 May 2018
ފަޓާސް ބަރިއެއް.
ލައްކަ ވާހަކަ
17 May 2018
ތި އިސްތިއުނާފު ކުރީ ތި ތަނުގެ ހުކުމެކެވެ .
އަނދަގޮޑި
17 May 2018
ތިއީ އެއްމެ ބޭކާރު ކަންތަކެވެ.ތި ޝަރީއަތް ކުރަންތިބި މީހުންތިބީ ތި ގޮޑި ތަކަށް ދަހިވެތި ވެފައެވެ.