އޭޑީކޭ ހޮސްޕިޓަލް: އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާގެ ހާލު ސްޓޭބަލް ވަމުން އަންނަކަމަށް އޭޑީކޭ އިން ބުނި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 ޖޫން 2018 - 13:42
ހުޅުމާލޭގައި ރޭ ހިނގި ސައިކަލް އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ދެ ވަނަ ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އޭޑީކޭގައި މިހާރު ފަރުވާ ދެމުން އަންނަނީ، މަގުމަތިން ހިނގާފައި ދިޔަ ޒުވާނެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން 18 އަހަރުގެ ޒުވާނާ އަށެވެ.
ހުޅުމާލޭ އަމީން އެވެނިއު ކައިރީގައި ރޭ އެކްސިޑެންޓް ހިނގީ، 24 އަހަރުގެ ޒުވާނަކު ޖޮގިން ނިންމާފައި އެ މަގުން ހިނގާފައި ދަނިކޮށް، ދެ ޒުވާނަކު ދުއްވާފައި ދިޔަ ސައިކަލުން އެ ޒުވާނާގެ ގައިގައި ޖެހިގެންނެވެ. މި އެކްސިޑެންޓްގައި، ސައިކަލުގައި ތިބި ދެ ޒުވާނުންނާއި ހިނގާފައި ދިޔަ ޒުވާނާ ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ. އޭގެ ތެރެއިން ސީރިއަސް ޒަހަމްތަކެއް ލިބުނު 24 އަހަރުގެ ޒުވާނާ ވަނީ، ހުޅުމާލޭ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް ރޭ މަރުވެފަ އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތައް ލިބުނު 18 އަހަރުގެ ޒުވާނާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ އަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.
އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭޑީކޭ އިން ބުންޏެވެ. ނަމަވެސް އެ ގެއްލުންތަކުގެ ތަފުސީލެއް ނުދެ އެވެ.
އެ އެކްސިޑެންޓުގައި މަރުވީ، ޖޮގިން ނިންމުމަށް ފަހު ހިނގާފައި ގެއަށް ދިޔަ، ދަފްތަރު ނަމްބަރު 1159، މުހައްމަދު ސޮބާހު ހުސައިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭބަލި
10 June 2018
ތިމީހާ ހައްޔަރުކޮއް ލައިސަންސް އުމުރު ދުވަހައް ބާތިލްކޮއް ދެން ތިބި މީހުންނަށް ފިލާވަޅަކަަށް ހައްގު އިންސާފުން އަދަބު ލިބެންޖެހޭ. އެހެންނޫނީ ތިކަމެއްވެސް ހައްލެއް ނުވާނެ.
މިރައިސް209
10 June 2018
ނިޔާވި ކުއްޖާގެ އާއިލާއަށް ގޮވާލަން މިކުއްޖާގެ މައްޗަށް ދައުވާކުރުމަށް. އެއްގޮތަކަށްވެސް ދޫކޮށްލައިގެން ނުވާނެ.
ލީނާ
10 June 2018
ޢަނެއްކާ ގޮސް މީހެއްގެ ގައިގަ ޖައްސާ. މަރުވި މީހާގެ ކުށަކީ ކޮބާ
އަލިފް
10 June 2018
އޭނަގެ ވަނަވަރު ކޮބާ ހެއްޔެވެ؟ މަރުވިމީހާގެ ވަނަވަރު ނޫހުގަ ލިޔެލިއެވެ.
ޏީމް
10 June 2018
މީނަ އަތުހައޮތީ ފަޓާސްބަރިއެއްހެން ދިން ލައިސަންސްއެއްތޯ ބަލާލުން ރަނގަޅު...
2018
10 June 2018
ހަމަ ކަނޑާފަ ދުއްވާ ނަގަނީ. އެދެމީހުންނަށް ޖެހޭނެ އަދަބު ދޭން.
ދޮންދުބުރިމާ
10 June 2018
ކޮބާ ހިގާފަދިޔަ މީހާގެ ކުށަކީ
އަންވަރު
10 June 2018
އެހާބާރު ސްޕީޑު ދުއްވާނީ މަރުވިޔަސް ހެޔޮވީމައޭ އަހަރެންބުނާނީ. ބާރަށްދުއްވާ މީހުންގެ ސަބަބުން އެންމެ ނުރައްކަލީ ގަވާއިދުން ހިނގާފަދާމީހުންނަށޭ. މިކަމުގަވެސް އަދުރޭގެ ތައުރީފު ޔާމީނަށް ދިނީމަ އެވީނު.