އުނގޫފާރުގައި ފިހުނު އެކަކު ހޮސްޕިޓަލަށް ގެންދަނީ.
10 ޖޫން 2018 - 21:22
ރ. އުނގޫފާރުގެ ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި މިރޭ އެއްޗެއް ގޮވައި ދެ މީހަކު ފިހިއްޖެ އެވެ.
"ހޯކްސް"ގެ ތެޔޮބޯޓެއްގައި ހިނގި އެ ހާދިސާގައި ދެ މީހަކު ވަރަށް ބޮޑަށް ފިހިފައި ވާއިރު އެ މީހުންނަށް އަންނަނީ އުނގޫފާރު ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެއީ، އެ ބޯޓުގައި މަސައްކަތް ކުރާ ދިވެއްސަކާއި ސްރީ ލަންކާގެ މީހެކެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި، އެކެއްގެ ދެ އަތާއި ދެ ފައި ވެސް ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އަދި ލައިގެން ހުރި ޓީޝާޓު ވެސް ވަނީ އަނދައިފަ އެވެ.
އުނގޫފާރު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، އެ ދެ މީހުންނަށް އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އިތުރު ތަފަސީލެއް ނުދެއްވަ އެވެ.
އުނގޫފާރު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ އެ ހާދިސާ ހިނގީ ބޯޓުން ތެޔޮ އެޅުމަށް ބޭނުން ކުރާ ޕަންޕު ނިވާލަން އުޅުމުގެ ތެރޭގައި އެއްޗެއް ގޮވައިގެން ކަމަށެވެ. އެއްޗެއް ގޮވި ވަގުތު އަލިފާން ހިފި ނަމަވެސް، ދަނގަޑާއި ފައިބަރުން ހަދާފައިވާ ބޯޓުގައި ރޯވެ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ، ބޯޓަކީ އެކި ރަށްތަކަށް ތެޔޮ ސަޕްލައި ކުރަން ގެންގުޅޭ ބޯޓެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮވުން
11 June 2018
ގޮވަނީ ކޮންމެހެން ބަޑިބޭހެއްނޫން.. މިކަހަލަ ގޮވުމަކީ ތެޔޮބޯޓާއި އެގެ ވަށައިގެން ވާ މާހައުލުގައި ހުންނަ ފިއުލް ވޭޕާ ނުވަތަ ފިއުމް ކޮންމެވެސް ގޮތަކުން އިގުނައިޓްވަނީ މިހާހަލުގައި އެބުނާ އިގްނިޝަން ސޯސްއަކީ ކަމަށް އެކަށީގެން ނުވާ ޕަމްޕަކަށް ވެދާނެ އިލެކްޓްރިކް ޕުރޫފް ސުވިޗަކަށްވެސް ވެދާނެ މޮބައިލްފޯނެއް ބޭނުންކުރީކަމަށްވެސް ވެދާނެ އަދި މިފަދައެހެން ކަމަކަށްވެސް ވެދާނެ. އަހަރެން ވަރަށް ކަންބޮޑުވޭ އާއްމުކޮށް މީހުން ސިގަރެޓް ބޮއެ ލައިޓަރުއަޅާ އެއްވެސް ބެލުމެއްނެތި އުޅޭ ބަނދަރު ތަކުގައި މިފަދަ ތެޔޮބޯޓްތައް އަޅާފައި އޮންނާތީ މީގެ ސަބަބުން މުޅި ފަޅުތެރޭގައި ހުންނަ ހުރިހާ އުޅަނދުތަކެއްވަނީ ނުރައްކަލުގެ ތެރޭގައި. އެދި ޙުދު ތެޔޮބޯޓަށް ވެސް ނުރައްކާ. ވީމާ މިކަމާއި ކޮންމެވެސް ބަޔަކު އަޅާލުން ބުއްދިވެރި.
ފަހުމީ
11 June 2018
2 މީހުންނެއް ނުފިހެ. ފިހުނީ ސްރީލަންކާ ރައްޔިތެއް. ޢެއީ ތެޔޮ ޓެންކަރުގެ އޮއިލަރ. ޢެސޮރުގެ ހަށިގަނޑުގެ %55 އިންސަތަ ވަނީ ފިހިފަ. ޢުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޢިމަޖެންސީގައި ފަރުވާ ދިނުމަށްފަހު އިތުރުފަރުވާދިނުމަށް ބަލިމީހާ މިހާރުވަނީ މާލެ ފޮނުވާލެވިފަި
nޭނޭނގޭވިސް
11 June 2018
މީގަދެރައީ ކުޑަކޮށްވެސް ގޮވިއެއްޗެއް ނޭނގޭތީ!